އަދުގެ ޚާއްސަ

އެނގޭތަ

Print

އިސްލާމްދީން އައުމުގެ ކުރިން ދުނިޔޭގެ ޙާލަތާއި އޭގެފަސް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ އެނގޭތަ


އިބްރާހީމް އަޙްމަދު

އިސްލާމްދީނުގެ އަލިކަން ދުނިޔެއިން ފާއްދާލުމުގެ ކުރިން ދުނިޔެ އޮތް ޙާލަތަކީ އިންސާނީ ތާރީޚް ދުށް އެންމެ ދަށުދަރަޖައިގެ ޙާލަތެވެ. މިގޮތުން ދީނީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބެލިނަމަވެސް ދުނިޔޭގެ ހުރިހާ ކަމެއްގައިވެސް ފެންނަނީ ހަމަނުޖެހުން ޢާއްމުވެފައިވާ ތަނެވެ. އަދި ޖާހިލުކަމުގެ މަންހަޖު އިންސާނާގެ ފިކުރާއި ޢަޤީދާއާއި ތަޞައްވުރުގެ މައްޗަށް ވެރިވެގެންފައި ވެއެވެ. މިހެންވުމުން ޖާހިލުކަމާއި ފާޖިރުކަމާއި ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ބިނާވެފައިވާ ދަށްފެންވަރުގެ ޢަމަލުތަކުންނާއި އިންސާނާގެ ހިތުގައި އުފެދޭ ބޮޑާކަމާއި ކިބުރުވެރިކަން މުޖުތަމަޢަށް ޢާއްމުވިއެވެ. އަދި ޖާހިލިއްޔަތުގެ އެންމެ ފާޅުކަން ބޮޑު މަންހަޖަކީ މީސްތަކުންގެ ދިރިއުޅުމުގެ މައްޗަށް ވެރިވެ ގަތުމެވެ. މުޅި ދުނިޔޭގައިވެސް އަމަން އަމާންކަމެއް ސަލާމަތްކަމެއް ނެތެވެ.
Print

ޤުރުއާން ހިތުދަސްކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކެއް

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


 ސުންދުސް


01.    ޤުރްއާން ހިތުދަސްކުރުމަކީ ކިހާމުހިއްމު ކަމެއްކަން ފުރަތަމަ ދެނެގަންނާށެވެ.

02.    ޔަޤީނުންވެސް ތިމާޔަށް ދުވާލެއްގެ މައްޗަށް ދަސްވާނެ މިންވަރެއް ކަނޑައަޅާށެވެ. މިގޮތުން ދުވާލަކު އެކެއް ، ދޭއް ނުވަތަ ފަސް އާޔަތް ، ބައި ޞަފްޙާ ، ނުވަތަ އެއް ޞަފްޙާ ކަނޑައެޅިދާނެއެވެ. 

03.    ފުރިހަމަ ވުޟޫއަކުން ވުޟޫކުރާށެވެ. އެއަށްފަހުގައި ދެރަކްޢަތުގެ ނަމާދެއްކޮށް ޤުރުއާން ހިތުދަސްކުރުމުގައި ތައުފީޤް ދެއްވުން އެދި ﷲ އަށް ދުޢާކުރާށެވެ.
Print

ކީލް- ބިލްޑް ޓޫކަން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


ޝާކިރު

ކީލް – ބިލްޑް ޓުކަނަކީ ސައުތު އެމެރިކާގައި އުޅޭވައްތަރެއްގެ ދޫންޏެކެވެ. މިދޫންޏަށް ބޮޑުތުންގަޑެއް ލިބިގެންވެއެވެ.

މިދޫނި ދިރިއުޅެނީ ރެއިންފޯރެސްޓް ތަކުތެރޭގައާއި ތިރިބިންތަކުގައި ކުދިކުދި ބައިބައަށް އައިން ހަދައިގެންނެވެ.

މިއީ އުދުހުމުގެ ގާބިލިއްޔަތު ކުޑަ ދޫންޏެކެވެ. މިދޫނި ގަސްތަކުގެ ތެރޭ ހަރަކާތްތެރިވަނީ ފުމެމުންނެވެ.

ޓޫކަން ބިސްއަޅަނީ ގަސްގަހުގެ ތޮފަޅަ އަށެވެ. މިދޫނި ގޮވަނީ ކުރަކި އަޑަކުން ކާޅާއި ބޮއްގަވާޒާތަކަށް ކަރުބުޑުންނެވެ. ހީވާނީ ކަރުތެރެއިން ރރރރކ ގެ އަޑުލައްވާ ހެނެވެ.
Print

ވެބްސައިޓްތަކަށް ޚަބަރު ލިޔުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އޮންލައިން ނޫސްތައް ފުރަތަމަ ތަޢާރަފްވީ ދުވަސްކޮޅު ޕްރިންޓް މީޑިއާގެ ނޫސްވެރިން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އޮންލައިން ނޫހުގެ ސަބަބުން ޗާޕުކޮށްގެން ނެރޭ ނޫސްތައް ވިކުން މަދު ވެދާނެ ކަމަށް ނުވަތަ ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ މަގާމު އުވިގެން ހިނގައިދާނެ ކަމަށް ބިރުންވެސް އުޅުނެވެ. އެހެންނަމަވެސް ފަށައިގަތް ދުވަސްވަރު ބައެއް ނޫސްތަކުން އިންޓަރނެޓްގެ ބޭނުން ހިފަން ފެށީ ޗާޕުކޮށްގެން ނެރޭ ނޫހުގެ ބައެއްގެ ގޮތުގައެވެ.
Print

ހޮހަޅައިގެ ތިން މިތުރުން

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ އެނގޭތަ



އިބްރާހީމް އަޙްމަދު

ފަންވަތުގެ ޚާއްޞަ ނޯޓު:

''އައްޝައިޚު އިބްރާހީމް އަޙްމަދަކީ، އަލަށް ފަންވަތާ ގުޅިވަޑައިގެންނެވި ލިޔުންތެރިއެކެވެ. އިސްލާމީ ތާރީޚުގެ ރޮނގުން މަތީތަޢުލީމު ޙާޞިލް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އޭނާގެ ވަރަށް އަގުހުރި ލިޔުންތައް މިހާރު ވަނީ ފަންވަތަށް ހަދިޔާ ކުރައްވާފަައެވެ. އެހެންކަމުން އަލްއަޚު އައްޝައިޚު އިބްރާހީމް އަޙްމަދަށް، ފަންވަތުގެ ހިންގުންތެރީންނާއި، އެހެނިހެން ލިޔުންތެރިންނާއި، ކިޔުންތެރިންގެ ނަމުގައިވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.''

ހޮހަޅައިގެ ތިން މިތުރުން

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޢަބްދުﷲ ބުނު ޢުމަރު ރިވާކުރައްވާފައިވ
Print

މޮޅު ބުއްދިއެއް ( ފަތްތޫރައިން ނަގާފައި)

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އެނގޭތަ


ފޮނުވީ: އަޙުމަދު ނާސިރު

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ، ޖަޕާނުގައި ހަނގުރާމަކުރަމުން ދިޔަ އެމެރިކާ ސިފައިން ގެ މީހަކު ގެއްލުނެވެ. އޭނާގެ ޚަބަރެއް ނުވާތާ އެތައް ދުވަހެއް ފަހުން އޭނާގެ މަންމައަށް ސިޓީއެއް ލިބިއްޖެއެވެ. އެދައިތަ އުފަލުން ފޮޅުނެވެ. އަދި އަވަސް އަވަހަށް އެސިޓީ ކަނޑާ ކިޔާލިއިރު އޭގައި ލިޔެފައި އޮތެވެ. " ޖަޕާނުގެ ސިފައިންގެ ފަރާތުން އަޅުގަނޑުމެންނާ ދޭތެރޭ ބަހައްޓަވާ އޯގާތެރިކަމާއި ހެޔޮކަން ސިފަކޮށްދޭންވެސް ނޭގޭހާ ރަނގަޅެވެ. މަންމާއެވެ. އަޅުގަނޑު ސްޓޭމްޕް އެއްކުރާ ކަން މަންމަ ހަނދާން އެބަހުއްޓެއްނޫންތޯއެވެ. އެހެންވީމާ

Print

ހަރުފައިގެ ދޫ

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެނގޭތަ


ތަރުޖަމާ: ޝަމްސުލް ފަލާޙް

ހަރުފައިގެ ދުލަކީ، ޙަމަލާދިނުމަށް ނުވަތަ ޝިކާރަކުރުމަށް ބޭނުންކުރާ ނުރައްކާތެރި ގުނަވަނެއް ނޫނެވެ. ހަރުފައިގެ ދޫ ބޭރަށް ނެރެނީ، އޭތީގެ މަތީތަލީގައިވާ ވަހުން މަޢުލޫމާތައް ދެނެގަތުމުގެ ގުނަވަނަށް (ޖެކޮބްސަންސް އޯގަން) މަޢުލޫމާތު ހޯދައިދިނުމަށްޓަކައެވެ. ދޫ ބޭރަށް ނެރޭ ކޮންމެ ފަހަރަކު، ހަރުފައިގެ އަނގައިން، ކެމިކަލް ޕާރޓިކަލްތަކެއް ބޭރަށް ބުރުވާލައެވެ.

Print

އިސްލާމީ ފަންޑަމެންޓަ ލިސްޓެއް އަދި ޓެރަރިސްޓެއް

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އެނގޭތަ


ޝިފްޒާން އަޙްމަދު (ޒާން)

''ޓެރަރިސްޓު'' އަދި ''ފަންޑަމެންޓަލިސްޓް'' މި  ދެނަމަކީ، މި އަދު މުސްލިމުންގެ ވާހަކަ ދެކެވޭ ކޮންމެ ތަނެއްގައި ދީނުގެ ޢަދާވަތްތެރިން ބޭނުންކުރާ ދެނަމެވެ. ބޭނުމަކީ މުސްލިމުންގެ ޝަޚްޞިއްޔަތު ހީނަރުކޮށް، މާތްވެގެންވާ އިސްލާމްދީނުގެ ޞޫރަ ހުތުރު ކޮށްލުމެވެ.  އެހެންކަމުން، މި ކަމާގުޅިގެން ޑރ. ޒާކިރު ނާއިކަށް ދެންނެވުނު ސުވާލަށް އޭނާ ދެއްވާފައިވަނީ ވަރަށް އާދަޔާ ޚިލާފު ޖަވާބެކެވެ.

ސުވާލު:  މުސްލިމުންކުރެގިނަ ބަޔަކު ފަންޑަމެންޓަލިސްޓުންނާއި ޓެރަރިސްޓުންކަމުގައި ހިމެނެނީ ކީއްވެ؟؟
Print

ބެންޖަމިން ފްރޭންކްލިން

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އެނގޭތަ


ޝަމްސުލް ފަލާޙް


ބެންޖަމިން ފްރޭންކްލިން އަކީ، އެތައް ހުނަރެއްގެވެރިއެކެވެ. ބެންޖަމިންއަކީ، މަޝްހޫރު ސައިންޓިސްޓެކެވެ. ދެވަނައެއްނުވާ ފަލްސަފާވެރިއެކެވެ. ކުޅަދާނަ ޑިޕްލޮމެޓެކެވެ. އިންސާނުންގެ ދިރިއުޅުން ފަސޭހަކުރުމަށްޓަކައި އީޖާދުކުރުންތައް އީޖާދުކުރުމަށްޓަކައި، ބެންޖަމިންވަނީ، ސައިންޓިފިކް އެތައް ތަޙްލީލުތަކެއް ކޮށް، އެތައް އީޖާދުތަކެއް ކޮށްފައެވެ.
މިގޮތުން، 1752 ގައި، މަޑި (އޮނު ނުވަތަ އިލޮށިން މައިގަނޑެއް ހަދައި އޭގައި ކަރުދާސް ތަތްކޮށް، ވަޔަށް އެއްލުމަށް ހަދާ އެއްޗެއް.) އެއް ބޭނުންކޮއްގެން ކުރި ތަޙްލީލެއްގައި، އުޑުމަތީގައިވާ ވިލާއިން ކަރަންޓް އުފައްދާކަން ބެންޖަމިން ހޯދިއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ