އަދުގެ ޚާއްސަ

އެނގޭތަ

Print

އެތައް ކަމަކަށް ފަހި ސްވިސް ނައިފް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ސަމީރު ޢަލީ

އެތައް ކަމަކަށް ފަހި ސްވިސް ނައިފް، ފަލްސަފީ ވިސްނުމަކުން                  


ސްވިޓްޒަލެންޑްގެ ވިކްޓޯރިނޮކްސް ކުންފުނިން ތަފާތު ވައްތަރުގެ ތަކެތި އުފައްދައެވެ. މި ކުންފުނިން އުފައްދާ ތަކެތީގެ އެންމެ މުހިންމު އަދި އެންމެ ފާހަގަ ކުރެވޭ އެއްސިފައަކީ އުފައްދާ ކޮންމެ އެއްޗެއްގެ މަސައްކަތުގެ ފެންވަރު ރަނގަޅުކަމެވެ. ވިކްޓޯރިނޮކްސް ކުންފުނީގެ އެންމެ މަޝްހޫރު އުފެއްދުމަކީ މުޅި ދުނިޔެއަށް މަޝްހޫރު [ސްވިސް އާމީ ނައިފް] އެވެ. އެންމެ މަޝްހޫރު ކުލަޔަކީ ރަތްކުލައެވެ. ތަފާތު ބޭނުންތައް، ހިފޭ މި 'ވަޅި' އަކީ އޭގެ މަޝްހޫރުކަން، އެ އުފައްދާ ކުންފުނީގެ ނަމަށްވުރެ  މާ މަޝްހޫރު އެއްޗެކެވެ.
Print

ރޯދަމަހަށް މަރުޙަބާ!

ޝާޢިއުކުރީ އިސްމާޢީލް އަލީ ރ.ކަދޮޅުދޫ . ހިމެނޭބަޔަކީ އެނގޭތަ

އިސްމާޢީލް އަލީ ރ.ކަދޮޅުދޫ

ބަރަކާތުން ފުރިގެންވީ ރަމަޟާންމަސް ހެޔޮކަމުން ފުރިގެންވީ ރެއަކާއިއެކު އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމަހަށް އަޅުގަނޑުމެން މަރުޙަބާ ކިޔަންވާނީ ހެޔޮހިތުންނެވެ. ހިތުގެ އިޚްލާސްތެރި ކަމާއިއެކުގައެވެ. މިމާތް މައްސަރާއި، މިބައްދަލުވީ ދިގުއިންތިޒާރަކަށްފަހުގައެވެ. އެކަމަށްއެދި ދުރާލާ ތައްޔާރުތަކެއް ވުމަށްފަހުގައެވެ. ޝަރަފްވެރި މެޙްމާނަކަށްވާތީ ހޫނު ހޫނު މަރުޙަބާއެއް ކިޔަންބޭނުންވެއެވެ. ރަތްދޫލައިގެމަރުޙަބާއަކަށް ވުރެވެސް ފުރިހަމަކޮށެވެ.
Print

ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ޝާހީން
 
ސައިމާ ނުވަތަ "ހައިބިސްކަސް" އަކީ ދިވެހިންނަށް އައު މަލަކަށް ނުވާނެއެވެ. ސައިމަލަކީ އޭގައި ވަރަށް ގިނަބާވަތްތަކެއް ހިމެނޭ މަލެއްމެއެވެ. ސައިމަލަށް ސައިމާ ކިޔުނީ ކިހިނެއްވެގެންތޯ ބަލާލަމާ ހިނގާށެވެ. "ސައި" މިބަހަކީ އިނގިރޭސި ބަހުން "ޓީ" ގެ މާނައިގައި ބޭނުންކުރެވޭ ބަހެކެވެ. އަޑުއިވިފައި ނެތަސް ހަގީގަތަކީ "ހައިބިސްކަސް ޓީ" އަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބުއިމަކަށް ބޭނުންކުރާ އެއްޗެއްކަމެވެ.

ސައިމާ ސަޔަކީ ދުނިޔޭގެ ކަންކޮޅުތަކުގައި، ފިނިކޮށް އަދި ހޫނުކޮށްވެސް
Print

ހުވަފެން ހަނދާން ބަހައްޓާނީ ކިހިނެތް؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ޝާހީން


އިނގިރޭސިބަހުން "ޑްރީމް" އަކީ ހުވަފެނެވެ. ހުވަފެން ފެންނަނީ ކީއްވެހެއްޔެވެ؟ މިއީ  ޖަވާބުދެވިފައިނުވާ ސުވާލެކެވެ. މިލިޔުމުގައި މިހިމަނާލަނީ ސްލީޕް އެކްސްޕާޓެއް ކަމަށްވާ ކޭސްޕާ ޕޮސްޓަވުސްކީ ގެ ފޮތްކަމަށްވާ "Vivid Dreams- unlocking shadow memories " މިފޮތުގައި ކޭސްޕާ ގެނެސްދީފައިވާ ހުވަފެން އިއްޔެވީ ކަމެއްހެން ހަނދާން ބަހައްޓާނެ އުކުޅުތަކެއް ނުވަތަ ޓެކްނިކް ތަކެކެވެ. މިއީ އެހާ އުނދަގޫ ކަމެއްނޫނެވެ.

ރޭގައި ފެނުން ހުވަފެން ހަނދާން އެބަހުރި ހެއްޔެވެ؟ ނޫނީ ކުރީރޭ ފެނުން ހުވަފެން ހަނދާނުގައި އެބަހުރި ހެއްޔެވެ؟ އާންމުކޮށް ހަނދާނެއް ނުހުންނާނެއެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްކުރިން ނިދާހޭލާފައި މިލިޔުން ކިޔާނަމަ ފަހަރެއްގައި ދެންމެ ފެނުން ހުވަފެން ހަނދާނުގައި ހުރެދާނެއެވެ. އަޅެވިސްނާލަބަލާށެވެ.
Print

ރުޅި ކޮންޓްރޯލްކުރުމުގެ މުހިންމުކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


ދިމްނާ ފާކިރު (ދިމީ)


ކޮންމެ އިންސާނެއްގެ ތަބީޢަތުގައި ރުޅީގެ ކޮންމެވެސް މިންވަރެއް އެކުލެވިގެން ވާނެއޭ ބުނުމަކުން ދޮގަކަށްނުވާނެ. މި އިހުސާސް އެކި ދަރަޖަތަކުގައި ބޭނުން ކުރެވޭ. ބައެއްފަހަރު ވަރަށް ބޮޑަށް ރުޅިއަންނަ ފަހަރުވެސްދޭ. ހަމައެހެންމެ ބައެއް މީހުން ރުޅި އަންނަ ވަގުތު ރުޅީގެ މައްޗަށް ގަދަވާ ފަހަރުވެސްދޭ. ރުޅި މިއީ އިހުސާސެއް ނަމަވެސް ގިނަ މީހުންނަށް ރުޅި އަންނަ މީހުން ބަލައިގަންނަން އުނދަގޫވޭ.

ރުޅި މައްސަލަ އަކަށް ވަނީ ގިނަފަހަރު އެ ރުޅި އައުމުން އެކަންތައް ހިފަހައްޓައިގެން ހުންނަމުން ގޮސް އެންމެފަހުން އެރުޅި ފަޅައިގެން ދިޔުމުން ކަމުގައިވެސް ބައެއް މީހުން ބުނޭ. އަދި އެހެންމެ ރުޅި އަންނަ ކޮންމެ ފަހަރަކު ހަޅޭއްލަވާ، އަޑުގަދަކޮށް، އެރުޅި ދުއްވާލަން މަސައްކަތްކުރާ މީހުންވެސް މަދެއްނޫން. މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ތިމާ އަށާއި ކައިރީގައި އުޅޭ މީހުންނަށް ރުޅީގެ ސަބަބުން ނޭދެވޭ އަސަރުފޯރާލެއް މަދެއްނޫން. އެހެންނޫންތޯ؟
Print

ހިޔުމަން ރިސޯސް ޕްލޭނަކީ ކޮބާ؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

ކުންފުނިތަކާއި ވިޔަފާރިތައް ހިންގަވާ ވަރަށްގިނަ ފަރާތްތަކުން އެމީހުންގެ ވިޔަފާރި ފެށުމުގެ ކުރިން ބިޒްނަސް ޕްލޭނެއް ހަދައެވެ. ނަމަވެސް ދަށްފަންތީގެ ވިޔަފާރިވެރިން ނުވަތަ ކުދި ވިޔަފާރިވެރިން އެމީހުންގެ ބިޒްނަސް ޕްލޭންތަކުގައި ހިޔުމަން ރިސޯސް ޕްލޭނިންގ ހިމަނާފައެއް ނުހުރެއެވެ. އެހެނީ ގިނަފަރަށް ކުދިވިޔަފާރިވެރިން ވިޔަފާރި ފަށަނީ ވަރަށްމަދު ނޫނީ އެއްވެސް މުވައްޒަފެއް ނެތިއެވެ. އެހެނަސް ފަހުން ވިޔަފަރި ފުޅާވެ މުވައްޒަފުންގެ މުހިންމުކަން ބޮޑުވެ،
Print

މުޙައްމަދުއްރަސޫލުﷲ ސިލްސިލާ - ކިހައިވަރެއްގެ ދިރާސާއެއް؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


އިޔާޒު ނަސީމް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅަށް ނިސްބަތްކޮށް، އެކުލަވައިލެވިފައިވާ މުޙައްމަދުއްރަސޫލުﷲ ސިލްސިލާއަކީ ކޮންމެ ރޯދަމަހެއްގައި ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ޝައުޤުވެރިކަމާއެކު ބަލާ ސިލްސިލާއެވެ. މި ސިލްސިލާ ކުޅެފައިވަނީ މިޞްރުގެ ލިޔުންތެރިއެއް ކަމުގައިވާ ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު (ފޮޓޯގައި) ލިޔުއްވާފައިވާ ސީރަތުގެ ވާހަކައެއްގެ މައްޗަށެވެ. އެހެން ކަމުން އެހެނިހެން ޚިޔާލީ ނުވަތަ ފުލޯކު ވާހަކަތަކަށް ކުޅެފައިވާ ސިލްސިލާތަކާ މި ސިލްސިލާއާ ވަރަށް ތަފާތެވެ.
Print

އަޑު އެހުމުގެ ނިޒާމު - ޤުދުރަތުގެ އަޖާބު ކުރުވަނިވި ފަރުމާއެއް (1)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުﷲ އިލްހާމް އިބްރާހީމް

ކުރިއަރާފައި މިވާ ދުނިޔޭގައި، އިންސާނާ ވަނީ ސުވާލުތަކުގެ ތެރޭގައި ޣަރަޤުވެފަ އެވެ. އަޑު އެހުމުގެ ޙަޤީޤަތްތަކާ ބެހޭ ސުވާލުތަކަކީ މީގެ ތެރޭން ފާހަގަ ކޮށްލެވޭ ކަމެކެވެ. އެހެނީ އަޑު އެހުމާއި އަޑު ދެނެގަތުމުގެ ނިޒާމުގެ ސިއްރުތައް ދެނެގަތުމުގައި  އުފެދޭ ސުވާލުތަކާމެދު ހޯދަން ޖެހޭ އެތައް ކަމެއް ހޯދުމުގައި އިންސާނާ ވަނީ ނުކުޅެދިފައެވެ. މިހާތަނަށް ހޯދި ހޯދުންތައް ގޮސް ނިމޭ ހިސާބަކީ، ކުޅަދުންވަންތަ މާތް ﷲ އިންސާނާ އުފައްދަވައިފައިވާލެއް ފުރިހަމަކަމާ މެދު އަޖާބުވެ އަންތަރީސް ވުމެވެ. އެ ޚިޔާލުތަކުގައި އިންސާނާގެ ފިކުރުތައް އޭގެ ނިހާޔަތަށް ދިޔުމެވެ.
Print

މަދިރީގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ



މުޙައްމަދު ޢަބުދުއްޞަމަދު، ފެހިވިލާގެ، ހއ. އިހަވަންދޫ

މާތްﷲ ސުބުހާނަހޫ ވަތައާލާވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި ، އެކަލާނގެ ވޮޑިގެންވާކަމުގެ، ގުނައި ޢަދަދު ނުކުރެވޭހާ ހެކިތައް އިންސާނާގެ ވަށައިގެން ލައްވާފައެވެ. އިންސާނާ އާއި އޭނާގެ މާހައުލުގައެވެ.  އިންސާނާގެ ލޮލުގެ ކުރިމަތީގައި ކޮންމެ ވަގުތަކުމެ ތަކުރާރުވާނެ ހެންނެވެ. އެކަލާނގެ ނިމުމެއްނެތް ރަޙުމަތުން އިންސާނުންނާއި އަދި ކިއެއްތަ ވިސްނުމެއް ނެތް ދިރޭތަކެއްޗަށް؛ ގަބޫލުކުރަންދަތި، ޚިލާޔަށް ނުގެނޭފަދަ މަސްއޫލިއްޔަތުތައް އެކަލާނގެ މަތިކުރައްވައިފައި ވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ