އަދުގެ ޚާއްސަ

ޤަބޫލުކުރަންދަތި

Print

ޖާން ޑޮމިނިކް ބޯބީގެ ލާމަސީލު ހިތްވަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


އަޙްމަދް ސަމީރު ޢަލީ

ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ މަޝްހޫރު ހޮސްޕިޓަލެއްގައި، އެންމެ ބޮޑަށް އަޅާލުން ބޭނުންވާ މީހުންގެ ކޮޓަރީގައި ފަރުވާ ދެވެމުން އެދާ އެކަކީ  އުމުރުން 43 އަހަރުގެ  (Jean-Dominique Bauby)  ޖާން ޑޮމިނިކް ބޯބީއެވެ. ދެތިން ދުވަސް ކުރިން، އެއްތާކު ދެފައި ނުޖަހައި އަވަދި ނެތި އުޅުނު ލިޔުންތެރިއެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފެޝަން  މަޖައްލާ އެލް (Elle)   ގެ އެޑިޓަރެވެ!
Print

ބޭނުންވަރަކަށް ޑޮލަރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ ސުންނަތަކީ ވެސް އަޖާއިބެއްކަހަލަ އެއްޗެކެވެ. އެއްބަޔަކަށް ބަނޑުފުރާނަ މުއްތިކޮށްލާނޭ ކާއެތިކޮޅެއް ނުލިބި ބަނޑަށް މަރުވާއިރު، އަނެއްބަޔަކު ކާނެ ނުކާނެ އެއްޗެއް ނޭނގި، ބައިވަރުތައް ހަދަހަދައިގެން އިސްރާފުކުރަނީ އެވެ. ކާން ނުލިބިގެން ބައެއް މީހުން އަނަރޫފަވެ ކަށި ފުރޭނި މަރުވާ އިރު އަނެއްބަޔަކު ތިބެނީ ކާލެއް ގިނަ ކަމުން ލޮކި މަސް ޖަހައި ސަރުބީ ގިނަވެ ހިކުމަށްޓަކައި ހަދާނެ ގޮތް ހުސްވެފައެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ހައްތާވެސް އިމްތިޙާނެވެ. ވިސްނާ ބަޔަކަށް މި ކަމުގައިވެސް ވަނީ ޢިބްރަތެވެ. މަތިވެރި ފިލާވަޅުތަކެވެ.

ހަމަ އެކަނި ކާތަކެއްޗެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސް އަދި
Print

މާލޭގައި އުޅެނީ މުޅިންވެސް މުސްލިމް ޖިންނިބާވައެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއީ ގިނަ ބަޔަކަށް ޤަބޫލުކުރާން އުނދަގޫ ވާހަކަތަކަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤީ ޙާދިސާތަކެއްގެ ވާހަަކައެވެ. ޖިންނިއާ ބެހޭ ވާހަކަތަކެކެވެ. މާލޭގައި އުޅޭ ނުވަތަ މާލޭގައި ޙަރަކާތްތެރިވާ ޖިންނިތަކެއްގެ ވާހަކައެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރ މަސް ނިމެމުންދަނިކޮށް ދިމާވި ޙާދިސާއެކެވެ. ހ. ރަނގަޅަށް ހެދޭގޭ (އަޞްލުނަމެއް ނޫން) ޢަބްދުލްކަރީމް އާދަމް (އަޞްލު ނަމެއް ނޫން) އޮތީ ގޭގެ ސިޓިންގ ރޫމްގައި ސޯފާގައި ދެމިލައިގެންނެވެ. އޭނާގެ އަންހެނުން އަވަދިނެތި އުޅުނީ ގޭތެރޭގެ މަސައްކަތެއްގައެވެ. އޭރު ޓީވީގައި ހުރީ "ޑިޒްނީ ޖޫނިއަރ" ޗެނެލް އަޅުވައިފައެވެ. އެއީ އެގޭ އެންމެ ކުޑަކުއްޖާ ބެލުމަށް ކޮންމެ ދުވަހަކު ހަވީރު އަޅުވާ ޗެނެލެކެވެ.
Print

އަޅުގަނޑަށް ފެނުނު ތައިލެންޑު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

"އެއް ގޮތެއްގައި ހުންނަ އެއްޗެއް، އެ މީހަކަށް އިހްސާސްކުރެވޭ ގޮތުގެ ތަފާތުން އެ މީހަކަށް އެ އެއްޗެއް ސިފަވާ ގޮތް ތަފާތުވުމަކީ ވެދާނެ ކަމެކެވެ. މަޝްހޫރު ފިޒިކްސް ޢިލްމުވެރިޔާ އަލްބަޓް އައިންސްޓައިން (14 މާޗް 1879 - 18 އެޕްރީލް 1955) ގެ މަޝްހޫރު ނިސްބީ ނަޒަރިއްޔާ (Theory of relativity) ބިނާކުރައްވައިފައި ވަނީ މި ޙަޤީޤަތުގެ މައްޗަށެވެ.
Print

އިންސާނަކު ހަރުފައެއްގެ ބަނޑުގައި

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުﷲ ނަޢީމު އިބްރާހީމް

ޕާކިސްތާނުގެފަތުރުވެރިއެއް ކަމަށްވާ އަމްޖަދް ބުޚާރީ ވަރަށް ނުރައްކާތެރި ހަރުފައެއްގެ ބަނޑު ތެރޭގައި ފަނަރަ ވަރަކަށް މިނިޓް ހޭދަ ކޮށްފިއެވެ. ބޮއާ ކޮންސްޓްރިކްޓަރ އޭ ނަމަކަށް ކިޔާ މި ހަރުފައިގެ ދިގު މިނުގައި 25 ފޫޓު ހުއްޓެވެ. މި ޙާދިސާ ހިނގީ ކެންޔާ ގައެވެ. ބުޚާރީ ސަލާމަތްވީ ނައިރޯބީ ނެޝަނަލް ޕާރކް ގެ މީހުން އައިސް ހަރުފައިގެ ބަނޑު ފަޅާލައިގެން އޭނާ ނެގީމަ އެވެ.
Print

އޭނާ މަސައްކަތްކުރަނީ ދެފައިންނެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން

ބައިސްކަލްގެ ފުރޮޅު ނައްޓައި، ހަންލައްވައި، ހަމުގައި ޕެޗްއަޅައި، ދޫޖަހައި، ... މިހުރިހައި ކަމެއް އޭނާ ކުރަނީ ދެ ފައިންނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، ސަލާންޖެހުމަކީ ހުތުރުކަމެކެވެ. މަސައްކަތެއް ކުރުމަކީ ރީތިކަމެކެވެ.

އާދޭހެވެ. ކޮންމެ މީހަކަށް ވެސް، ކޮންމެވެސް މަސައްކަތެއް ކުރެވިދާނެ އެވެ. މަސައްކަތް ކުރުމުގެ ޤާބިލުކަން ދެ އަތަށް ލިބިފައި ނުވާނަމަ، ދެފައިން ވެސް
Print

އާދަޔާ ޚިލާފު މުސްލިމް ކުރެހުންތެރިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްމުޢީދު ޙަސަން

އޭނާ ކުރަހާ އެއްޗެއް އޭނާގެ ދެލޮލުންކުރެ ލޮލަކަށް ނުފެނެ އެވެ. އޭނާގެ އަންހެނުން ވެސް ހަމަ އެފަދަ އެވެ. ނަމަވެސް އޭނާގެ އަތުގެ ކޮންމެ އިނގިއްޔެއްގައި ލޮލެއް ވާފަދަ އެވެ. ދުނިޔެއަށް އުފަންވިއިރު، އޭނާ ވަނީ ލޮލަށް ފެނުމުގެ ނިޢުމަތުން މަޙުރޫމުވެފަ އެވެ. އޭނާގެ ސިކުނޑިއަށް އެއްގޮތަކަށް ވެސް އަލި އިޙުސާސް ނުވާކަމަށް ސައިންޓިސްޓުން ވިދާޅުވެ އެވެ.

ނަމަވެސް މާތް ﷲ އޭނާއަށް
Print

އެކުދިން ސްކޫލަށް ދަނީ ވާފަށެއްގައި އެލިގެންނެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި

ކޮލަމްބިޔާ އިން ޖަޒީރާ ޤައުމުތަކަށް އަގުހުރި ފިލާވަޅެއް!!!

ޢަބްދުލްމުޢީދު ޙަސަން

އެއް ރަށެއްގައިވާ ކުދިން، އަނެއް ރަށެއްގައިވާ ސްކޫލަކަށް ކޮންމެ ދުވަހަކު ކިޔަވަން ދިއުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެ އެވެ...

ނަމަވެސް އެއީ ކޮލަމްބިޔާގެ ރަށްފުށުގެ އަވަށްގަނޑެއްގެ ކުދިންނަށް މާބޮޑު ކަމެއް ނޫނެވެ. އެކުދިން އެލިގަންނަނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ