އަދުގެ ޚާއްސަ

ކުޅިވަރު

Print

ފުޓްބޯޅައިގެ ތާރީޚަށް ނަޒަރެއް

ޝާޢިއުކުރީ އަޙްމަދު ޖަދުޢާން . ހިމެނޭބަޔަކީ ކުޅިވަރު


ޢަބްދުލްމުޢީދު ޙަސަން


ފުޓްބޯޅައަކީ ޤަދީމީ ކުޅިވަރެކެވެ. މީލާދުގެ 2500 އަހަރު ކުރިން ޗައިނާ މީހުން ފުޓްބޯޅަ ކުޅެފައިވެ އެވެ. އޭރު އެބައިމީހުން، މޮޅުވާ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމަށްޓަކައި ހަފުލާތައް ބާއްވާފައިވެ އެވެ. އަދި ދެރަވާ ޓީމުގެ ކުޅުންތެރިންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވެ އެވެ. ޒަމާނުގެ ދުވަސްތަކާއެކު، ޗައިނާގައި ފުޓްބޯޅަ ތަރައްޤީވަމުންދިޔަ އެވެ. ޗައިނާ މީހުން ފުޓްބޯޅައަށް ކިޔާފައިވާ ނަމަކީ، ކޫޖޫ (Cuju) އެވެ.

އޭރު ޗައިނާގައި ފުޓްބޯޅަ ކުޅެފައިވަނީ ފައިންނެވެ. ގޯލް ބަހައްޓާފައިވަނީ ކުޅޭތަނުގެ މެދުގަ އެވެ. ކުޅުންތެރިން، ބޯޅަ ބިމުގައި ނުޖައްސައި ގޯލަށް ގެންދެވޭތޯ ބަލަ އެވެ.
Print

ދިވެހި ކްރިކެޓް - 2

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ކުޅިވަރު

ތިން މީމު

ރައީސް މައުމޫނުގެ އިރްޝާދުގެ ދަށުން ކްރިކެޓުގެ ގަސް މިފަހަރު ހެދިގަތީ އެހެންފަހަރުތަކާ ޚިލާފަށް ތާޒާކަމާއެކުގައެވެ. އާރޯކަމާއެކުގައެވެ. ތާޒާ ގަސްތަކަކާއެކުގައެވެ. ތާޒާ މޫތަކާއި ތާޒާ ކުރިތައް ފަޅަންފެށީ ނުލާހިކު އަވަހަށެވެ. މާލޭގެ ސްކޫލް، މަދަރުސާތަކުގެ ކުދިންގެ މެދުގައި ކްރިކެޓް ވެގެންދިޔައީ 1 ނަންބަރު ކުޅިވަރަށެވެ. ގަލޮޅު ދަނޑުގައި މެޗުތައް ކުޅެމުންދާއިރު ތަރްޙީބުދޭ ދެޖިންސުގެ އެކިއުމުރުފުރާގެ ބެލުންތެރިންގެ ތަރްޙީބުން ކުޅިންތެރިންގެ ލޭ ކައްކުވާލިއެވެ. ހަޔަކަށް ހަތަރަކަށް ޖެހުމަށް ކުޅުންތެރިން ތިބެނީ ކެތްމަދުވެފައެވެ. އުކުންތެރިން އުކަމުން ގެންދަނީ ކޮންމެ ބޯޅައަކުން ވިކެޓެއް ނެގުމަށެވެ. އެހާވެސް ފޯރީގައެވެ. ކުޅޭ ދެޓީމަށް ތަރްޙީބުދޭ މީހުން ތިބެނީ ހަޔަކަށް ހަތަރަކަށް ޖަހާނެ ވަގުތުގެ އިންތިޒާރުގައެވެ. ވިކެޓެއް ނަގާނެ ވަގުތުގެ އިންތިޒާރުގައެވެ. ކުޅޭ ގަޑީގެ ކޮންމެ މިނިޓެއް، ސިކުންތެއް ކުޅިބެލުންތެރިން ގުނަމުންދަނީ ތިމާ ސަޕޯޓްކުރާ ޓީމަށް ކާމިޔާބު ލިބޭނެ ވަގުތުގެ ފޮނި އިންތިޒާރުގައެވެ.
 
Print

ދިވެހި ކްރިކެޓް - 1

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ކުޅިވަރު


ތިންމީމު

ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވި ކުޅިވަރުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ކުޅިވަރުތަކަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ކުޅިވަރުތަކެކެވެ. މަޤްބޫލު ކުޅިވަރުތަކެކެވެ. ކުޅިބަލާމީހުން ގިނަ ކުޅިވަރުތަކެކެވެ. ކުޅުންތެރިން ގިނަ ކުޅިވަރުތަކެކެވެ. ނަމަވެސް، ބައެއް ކުޅިވަރުތައް އެހާ މަޤްބޫލު ނޫނެވެ. މަޤްބޫލު ނޫން ކުޅިވަރުތައްވެސް ބައެއް ދުވަސްވަރަށް މަޝްހޫރުވެއެވެ. މަޝްހޫރުވިނަމަވެސް، ބައެއް ދުވަސްވަރު އެކުޅިވަރުތަކުގެ އަޑެއް އެއްގޮތަކަށްވެސް ނީވޭފަހަރުވެސް އާދެއެވެ. އަދި ބައެއް ކުޅިވަރުތަކަކީ މަޝްހޫރު ކުޅިވަރުތަކެއް ނޫނެވެ. މަޤްބޫލު ކުޅިވަރުތަކެއް ނޫނެވެ. އެފަދަ ކުޅިވަރުތަކުގެ ކުލައެއް، ވަހެއް ދިވެހި ޖައްވުގައި ނުޖެހުނެވެ. މިއީ ޖުމުލަގޮތެއްގައި ބޭރުން ރާއްޖެއަށް އެތެރެވި ކުޅިވަރުތަކަށްވީގޮތެވެ.
Print

ރާޒުވާގޮނޑި މަތީގައި ކުޅި ހިނގާގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ކުޅިވަރު


ޢަބްދުލްމުޢީދު ޙަސަން

މަނާ
މަނާ ކުރިޔަށް ދާނީ، ފަހަރަކު ގެއަކަށެވެ. އެކަމަކު، ކުޅުންތެރިޔާ ބޭނުންނަމަ، ފުރަތަމަ ފަހަރު ދެ ގެ އަށް ކުރިޔަށް ގެންދެވިދާނެއެވެ. އަދި މަނާ މަންތިރިވުމުގެ ކުރިން ޚާއްޞަ ޙާލަތެއްގައި ގޮޅިތަކުގެ ކަނުންކަނަށް ދާނެއެވެ. މިގޮތަށް ދާއިރު ދާނީ މަނާ އިންގެއާ ޖެހިގެން ކަނުން ގުޅިފައިވާ ގެއަށެވެ.


ރިޔާ

ރިޔާ ދާނީ، ރާޒުވާ ގޮނޑީގައި ތިރިން މައްޗަށާއި މަތިން ތިރިއަށެވެ. އަދި ކަނާތުން ވާތަށާއި ވާތުން ކަނާތަށެވެ.

Print

ރާޒުވާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ކުޅިވަރު


ޢަބްދުލްމުޢީދު ޙަސަން

ރާޒުވާ އަކީ، ބުއްދީގެ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ، 64 ގޮޅި ކުރަހާފައިވާ ފިލާގަނޑެއްގެ މަތީގައެވެ. މި ފިލާގަނޑަށް ކިޔަނީ، ރާޒުވާ ގޮނޑިއެވެ. މި ގޮނޑީގެ ކޮންމެ ފަރާތެއްގައި ވާނީ 8 ގޮޅިއެވެ. އެ ގޮޅިތަކަށް ކިޔަނީ ގެ އެވެ. ގެތަކުގައި ކުލަ ޖައްސާފައިވާނީ ދެ ކުލައަކުންނެވެ. މިސާލަކަށް ކަޅާއި ހުދެވެ. ހުދު ގެއަކާއި ޖެހިގެން ކަޅު ގެއެއް ވާ ގޮތަށެވެ.

ރާޒުވާއަކީ، ދުނިޔޭގައިވާ އެންމެ މަޝްހޫރު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ. އަދި ރާޒުވާއަކީ، ޤައުމެއް ކުރިއަރާފައިވާ މިންވަރު ބުނެދޭ މިންގަނޑެއް ކަމުގައި ވެސް ބެލެވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ