އަދުގެ ޚާއްސަ

ޤުރުއާނާއި ސައިންސް

Print

އާޔަތަކާއި ފޮޓޯއެއް: މާސްގައި ގަސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



މާސްގައިވާ ގަސްގަހާގެހީގެ ފޮޓޯތައް ނެގިއްޖެ ކަމަށް، އެމެރިކާގެ ނާސާގެ ސައިންޓިސްޓުން ހާމަކުރައްވާފައި ވެ އެވެ. ނާސާއިން ދެއްކި ފޮޓޯތަކުގައި ވަނީ، މާސްގެ ބިމުގެ އަޑިގުޑަންތަކުގެ މެދުގައި ސަފުސަފަށް ހެދިފައިވާ ގަސްތަކެކެވެ. ގަނޑުވެފައިވާ ކާރބަން ޑައި އޮކްސައިޑްގެ ތުނިތުނި ފަށަލައެއް ލެވިފައިވާ ވެލިފުނިތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. އެ ގަސްގަހާގެއްސަކީ، ޙަޤީޤަތުގައި މާސްގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެފައިވާ ވީރާނާގެ އަސަރެވެ. ބަހާރު މޫސުމުގައި މާސްގައިވާ އައިސްތައް ވިރުމުން ވެސް އެފަދަ އަސަރުތައް ފާޅުވެ އެވެ.
Print

ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބައެއް ޢަދަދުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ދެއްވި ދެމިހުންނަނިވި މުޢުޖިޒާތަކީ، ކީރިތި ޤުރުއާނެވެ. ކީއްތޯއެވެ. ޖިންނީންނާއި އިންސީންނަށް ގެނެސް ނުގަނެވޭނެ އެތައް އިޢުޖާޒެއް އެކަލާނގެ، އެ ފޮތުގައި ލައްވާފައިވެއެވެ. އެކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެ އެވެ.

(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88
މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެ އެވެ."
Print

ހެދި މުޢުޖިޒާތުގެ ތެރެއިން: ޢާދުބާގައިގެ މީހުންގެ ބިނާތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން


ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ދެކުނުން އެ ރަށާ 130 ކިލޯ މީޓަރު ދުރު ހިސާބެއްގައި ވަޅުލެވިފައިވާ ކިއްލާއެއް ފެނުމުން، އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް ސުޢޫދީ ޢަރަބިއްޔާއިން ވަނީ، ރަސްމީކޮށް އެކަމާ ދެކޮޅު ހަދާފަ އެވެ. އެހެނީ އެ ކިއްލާއަކީ، މިޞްރުގެ އިސްކަންދަރިއްޔާގައިވާ ޤައިތަބާއި ގަނޑުވަރަށްވުރެ ކުޑަ ތަނެކެވެ.

އެއަށްފަހު ސެޓެލައިޓުން ނެގި ފޮޓޯތަކެއްގެ އެހީގައި، ޢުމާނުގެ ބިމުން ކިއްލާއެއް ހޯދުނެވެ. ދެން އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް އެއީ ޢާދު ބާގައިގެ މީހުންގެ ބިނާއެއް ކަމާމެދު ޢުމާނުންވަނީ ރަސްމީކޮށް ދެކޮޅު ހަދާފަ އެވެ.
Print

ތަރީގެ ޙަޔާތުގެ މަރުޙަލާތައް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް

ކީރިތި ޤުރްއާނުގައި ތަރިތަކުގެ ތަފާތު މަރްޙަލާތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. " وَإِذَا النُّجُومُ انكَدَرَتْ" (سورة التكوير  2) މާނައީ: [އަދި، ތަރިތަކުން އޭގެ އަލިކަންގޮސް ކިލަނބުވެ، އަލި ފަނޑުވެއްޖެ ހިނދެވެ." އަދިވެސް ވަޙީކުރައްވައެވެ. " فَإِذَا النُّجُومُ طُمِسَتْ" (سورة المرسلات 8) މާނައީ: [ފަހެ، ތަރިތަކުން އޭގެ އަލިކަން ފުހެވިއްޖެ ހިނދެވެ.]
Print

ޢާދުބާގައިގެ މީހުންގެ ޙަޤީޤަތް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ކީރިތި ޤުރްއާނުގައިވާ ޢާދުބާގައިގެ މީހުންގެ ޙަޤީޤަތް



 ސައިންސް ވެރިން ކަށަވަރު ކޮށްދިން



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ހަނަފަސްކަމަށް މަޝްހޫރު ސަޢޫދީ ޢަރަބިޔާގެ ސަރަޙައްދެއް ކަމަށްވާ [ރުބުޢުލް ޚާލީ] ގައި ހިނދިފައިވާ ދެކޯރު ދެމިގެން ގޮސްފައިވާ ރޮނގު ފެނުމުން އެމެރިކާ މީހުން ޢަޖާއިބުވިއެވެ.

ދެކޯރު ދެމެދުގައި އިންސާނުން އެފަދައެއް ދެކިފައި ނުވާފަދަ ގަދަފަދަ ބިޔަ ޢިމާރާތް ތަކެއް ފެނުމުން އެތައް މަޝްވަރާ ތަކަކަށްފަހު އެއްބަސްވީ އެއީ ކީރިތި ޤުރްއާނުގައި އެބައެއް ސިފަކުރައްވާފައިވާ އިރަމްގެ ގަނޑުވަރުތައް ކަމަށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ