އަދުގެ ޚާއްސަ

ޤުރުއާނާއި ސައިންސް

Print

ބިސްމި ކިޔައިގެން ކަތިލުމާ، ބިސްމި ނުކިޔާ ކަތިލުމުގެ ތަފާތަކީ ކޮބާ؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

بِسْمِ اللهِ وَالله ُأَكْبَرُ

ކިޔައިގެން ކަތިލުމުގެ ޢިލްމީ މުޢުޖިޒާތް

ބިސްމި ކިޔައިގެން ކަތިލުމާ، ބިސްމި ނުކިޔާ ކަތިލުމުގެ ތަފާތަކީ ކޮބާ؟


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


ބިސްމި ކިޔައިގެން ކޮންމެ ރަނގަޅުކަމެއް ފެށުމަކީ އިސްލާމީ ރިވެތި އަދި މާތް އާދަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވި އާޔަތުގައި މާތްﷲ އަންގަވަނީ (اقْرَأْ بِاسْمِ رَبِّكَ) "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން (ނަންފުޅު ގަނެގެން) ކިޔަވާ ވިދާޅުވާށެވެ." ﷲގެ ނަންފުޅު ގަނެގެން، އެ ނަންފުޅުން ބަރަކާތް ޙާޞިލުކޮށްގެން، ކުރާ ކޮންމެ ކަމެއްވެސް ކުރުމަށް ދީން ގޮވައިލައެވެ. ބިސްމި ނުކިޔާ ފަށާ ކޮންމެ ކަމަކީ ބަރަކާތް ހުސްވެފައިވާ ކަމެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ "ބިސްމި ނުކިޔާ ފަށާކޮންމެ ކަމަކީ ބަރަކާތް ކެޑިފައިވާ ކަމެކެވެ." ކޮންމެ ޙަރަކާތެއްވެސް ކުރަންވާނީ އަދި ކޮންމެ މިސްރާބެއްވެސް ޖަހަންވާނީ ބިސްމި ކިޔައިގެންނެވެ. ކާންފަށާއިރު، ވުޟޫކުރަން ފަށާ އިރު، ހެދުންލާއިރު ، އެއްޗެއް ބޯން ފަށާއިރު، އެއްޗެއް ކަތިލާއިރު  ބިސްމިކިޔުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ސުންނަތެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ، ޢުމަރު ބިން އަބީ ސަލްމާ އަށް ވިދާޅުވިއެވެ. (يَا غُلاَمُ سَمِّ اللَّهَ وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ) رواه البخارى ومسلم وابن ماجة وأحمد والنسائى والبيهقى "ކޮއިފުޅާއެވެ! ބިސްމިކިޔާށެވެ! ކަނާތުން ކާށެވެ! އަދި ކޮއިފުޅާ އެންމެ ގާތުން ކާށެވެ."
Print

އިސްލާމީ ގެއާއި ފައިދިގުމަކުނުގެ ގޭގެ ޢިލްމީ އިޢުޖާޒު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ފައިދިގުމަކުނުގެ ގެއަކީ، ދެރަވަރުގެ ގެއެއްކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ބިނާކޮށް އާރާސްތުކުރާ މުސްލިމުންގެ އިސްލާމީ ގެއާ، ފައިދިގުމަކުނުގެ ގެ، ތަފާތުވާ ކަންތައްތަކަކީ ކޮބައިތޯއެވެ؟ ފައިދިގު މަކުނުގެ ގޭގެ ދެރަ ކަމަކީ، އެ ގެ ހަދާފައިވާ މަކުނުވަލުގެ ދެރަކަން ކަމަށް ބައެއް މީހުން ހީކުރާއިރު، އެކަމާމެދު މިޒަމާނުގެ ސައިންސް ބުނަނީ ކީކޭތޯއެވެ؟ ފައިދިގު މަކުނުގެ ގެއާ އެއްގޮތަށް ދެރަވެ ނިކަމެތިވެގެންދާ ގެދޮރުގެ ޙާލަތަކީ ކޮބައިތޯއެވެ؟ މިފަދަ އެތައް ސުވާލެއްގެ ޖަވާބު، މި މަޒުމޫނުގައި ވެއެވެ.
Print

ބަންގި: އަޖައިބުކުރުވަނިވި ޤުދުރަތީ ޙަޤީޤަތެއް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: ޝަމްސުލްފަލާޙް


އަޑުއިވޭގޮތުން އަޖައިބުކުރުވަނިވިއެވެ. ނަމަވެސް، ދުނިޔޭގެ މުސްލިމުންނަށް ނަސީބަކުން އެއީ މާކުރިން ޤާއިމްވެފައިވާ ޙަޤީޤަތެކެވެ. ދުނިޔޭގެ ޗާރޓަށް ބަލައިލާށެވެ. އިންޑޮނީޝިޔާ ދުނިޔޭގެ އެންމެ އިރުމަތީފަރާތުގައި ވާތަން ތިބާއަށް ފެންނާނެއެވެ. އިންޑޮނީޝިޔާގެ އެންމެ ބޮޑެތި ސިޓީތަކަކީ، ޖާވާ، ސުމާޓްރާ، ބޯރނިއޯ އަދި ސައިބިލް އެވެ. އެޤައުމުގެ ގަޑިން ގާތްގަނޑަކަށް ފަތިހު 5:30 ހާއިރު ސައިބިލްއަށް ފަތިސްވާއިރު ފަތިސްނަމާދުގެ ބަންގި ދޭން ފެށެއެވެ. އިންޑޮނީޝިޔާގެ އެތައް ހާސް މުދިމުންނެއް ބަންގިދޭންފަށައެވެ.

ހުޅަނގު އިންޑޮނީޝިޔާއާ ދިމާއަށް މި ޙަރަކާތް ކުރިއަށްދެއެވެ. ސައިބިލްގައި ބަންގި ގޮވުނުތާ ދޮޅުގަޑިއިރު ފަހުން، ޖަކާރޓާގައި އެ އަޑު ތަކުރާރުވެއެވެ. އެއަށްފަހު، ސުމާޓްރާ، މި އަޑު އަޑުއަހައެވެ. އަދި ބަންގީގެ މި އުއްމީދީ ޙަރަކާތް އިންޑޮނީޝިޔާގައި ނުނިމެނީސް މެލޭޝިޔާގައި ބަންގިދޭން ފެށެއެވެ.
Print

އިރާއި ހަނދު އެއްކުރެއްވުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އިރާއި ހަނދު


އެއްކުރެއްވުން


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މިކައުނު ފުޅާވަމުންދާކަން، ވިހިވަނަ ޤަރުނުގެ ކުރީކޮޅު ޢިލްމުވެރިން ވަނީ ޘާބިތުކޮށްދެއްވާ ފައެވެ. އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި މިފުޅާވުމަކީ ނިމުމެއްނުވާ ކަމެއް ނޫނެވެ. ފަހެ، ބިގްބޭންގގެ ސަބަބުން ބުރައިގެންދިޔަ އެތިކޮޅުތަކުގެ ސަބަބުން މިފުޅާވާ ފުޅާވުން ބޭރަށް ފުޅާވަމުންދާ ބާރުމިން ދަށްވާނެ ވަގުތެއް އަންނާނެއެވެ.
Print

އުޑު ފަޅައިގެން ދިއުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އުޑު ފަޅައިގެން ދިއުން



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު


ޢިލްމުވެރިން ވިދާޅުވަނީ ކޮންމެވެސް ދުވަހަކުން މިދުނިޔޭގައިވާ ދިރުން ހުއްޓޭނެއެވެ. އަދި މިދުނިޔޭގައިވާ ހުރިހާ ކަންތައްތަކެއް ހުއްޓިގެން ދާނެއެވެ. ފަހެ މިކައުނަކީ އަބަދަށް ދާއިމަށް ދެމިގެންވާ ތަނެއް ނޫނެވެ. މިކައުނުގެ ފެށުމެއްވާ ފަދައިން ނިމުމެއްވެސް ވާނެކަން ކަށަވަރެވެ. މިއީ ޢިލްމުވެރިން ސާބިތު ކޮށްދެއްވާފައިވާ ކަމެކެވެ. ޤިޔާމަތް ދުވަހުގެ ސިފަކުރެއްވުމެއްގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ