އަދުގެ ޚާއްސަ

ޤުރުއާނާއި ސައިންސް

Print

ބިމުގެ އެނބުރުން މަޑުވުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ފުރަތަމަ މިކައުނު އުފެދުނީ އެއް ގެލެކްސީއަކުން ނުވަތަ އެކަތިގަނޑެއްގެ ގޮތުގައިވާ އެއްޗެއް ގޮވައިގެންނެވެ. އިރުތަކާއި ޕްލެނެޓްތައް އަދި ތަރިތައް އުފެދުނީ މިގޮތަށެވެ. އަދި މުސްތަޤްބަލުގައި މިހުރިހާ އެއްޗެއް އެކުވެ، އަލުން އެކަތިގަނޑަކަށް ވާނެއެވެ. އަދި ދެވަނަ ފަހަރަށް އަލުން އެގޮވާ، މި ބިން ނޫން އެހެން ބިމަކާއި މިއުޑުތައް ނޫން އެހެން އުޑުތަކެއް އުފައްދަވާނެއެވެ. މިއީ ކައުނީ ޢިލްމުވެރިން ވިހިވަނަ ޤަރްނުގެ ފަހުކޮޅު ކޮށްފައިވާ ތަޞައްވުރެކެވެ. މިއީ ޙަޤީޤަތެއްކަން އަހަރެމެން މުސްލިމުން ޤަބޫލުކުރަން ޖެހެނީ މިކަމަށް ޤުރްއާނުގައި އިޝާރާތް ކުރައްވާފައިވާތީއެވެ.
Print

ބިގް ކްރަންޗް ތިޔަރީ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް



މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިން ދެކިލައްވާގޮތުގައި މިކައުނު ފުޅާވަމުންދާ ފުޅާވުން އަބަދަށް ދެމިގެންވާ ކަމެއް ކަމުގައި ނުވާނެއެވެ. މިފުޅާވުމަށް ނިމުމެއް އަންނަ ދުވަސް އަންނާނެއެވެ. ސަބަބަކީ މި ފުޅާވާ ފުޅާވުމަކީ ބިގްބޭންގް ނުވަތަ ބޮޑުގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރަބުރައިގެންދާ ދިޔުމެވެ. މިއެތިކޮޅުތައް ދުރުވަމުންދާވަރު ދުވަހެއް ދުވަހަކަށް ދަނީ މަޑުވަމުންނެވެ. އެހެންކަމުން ގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރައިގެން ދުރުވެގެންދާ ބާރާއި އެ އެތިކޮޅުތަކުގެ މެދުގައި ހުންނަ ދަމާބާރާ އެއްވަރުވާ ދުވަހެއް އަންނާނެއެވެ. އަދި އެއަށްފަހު ބުރައިގެންދާ ބާރު ކުޑަވި ވަރަކަށް ދަމާބާރުގެ ސަބަބުން މިއެތިކޮޅުތައް އެއްވެ، އެކަތިގަނޑަކަށްވާނެއެވެ. ނުވަތަ އެއް ގެލެކްސީއަކަށް ވާނެއެވެ. ފުރަތަމަ ގޮވުމުގެ ކުރިން އެ ގެލެކްސީ އޮތްގޮތަށް ބަދަލުވާނެއެވެ. މި ތިޔަރީއަށް [ދަބިގް ކްރަންޗް ތިޔަރީ] ނުވަތަ ބޮޑު އެއްކުރެއްވުމޭ މިޒަމާނުގެ ޢިލްމުވެރިން ކިޔައެވެ.
Print

ދަމުނަމާދާމެދު ސައިންސް ބުނަނީކީކޭ؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

" ރޭ އަޅުކަން ކުރާށެވެ! ފަހެ އެއީ ބަލިމަޑުކަން ފައްސައިލާ ކަމެކެވެ."


އިބްރާހީމު ރަޝީދު މޫސާ

މާތްﷲ ރުއްސުންލެއްވި އަބުއްދަރްދާ ގެ އަރިހުން އިމާމު އަޙްމަދާއި ،އައްތިރްމިޛީ އާއި އަލްބައިހަޤީ އާއި، އައްޠަބަރާނީ އާއި ،އިބްނު ޚުޒައިމާ އާއި، އަލްޙާކިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ.

عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ


وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ  


وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ



لِلدَّاءِ عَنْ الْجَسَدِ  


Print

ޤުރުއާނާއި ސުންނަތުގައިވާ އިޢުޖާޒުގެ އެކުމާފާނު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ފޮނުވީ: އެމް

ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައިވާ މުޢުޖިޒާތްތައް، މިޒަމާނުގެ ސައިންސްގެ އަލީގައި ކަޝްފުވެ ހާމަވަމުން ދެއެވެ. މިކަމަށް އަހަންމިއްޔަތު ދޭ ފަރާތްތަކުން، އިސްލާމްދީނުގެ ތެދުކަން ބަޔާންކޮށްދޭ ޒަމާނީ ޙުއްޖަތެއްގެ ގޮތުގައި އެ މުޢުޖިޒާތްތައް ހާމަކުރަމުން ގެންދެއެވެ. މި ބީދައިން މިކަން ކުރަމުންގެންދާ އެއްފަރާތަކީ، The quran miracles encyclopedia އެވެ. ނުވަ ބަހުން ތައްޔާރުކޮށްފައިވާ މި އެކުމާފާނު ވަނީ، އިންޓަރނެޓުގައި ޤާއިމްކޮށްފައެވެ.
Print

އުޑުފުޅާވުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިންނަށް ތަރިތައް ހުންނަތަން ފެންނަން ފެށުމުން އެތަންތަން ދިރާސާ ކުރަން ފެށިއެވެ. އެތަކެތި އުފައްދަވާ ފައިވާ ސިފަތަކާއި އަދި އޭގެ އެހެނިހެން ސިފަތައް ދިރާސާ ކުރަން ފެށުމުން، އަހަރުމެންގެ ވަށައިގެންވާ ފަޟާއަކީ މެދުނުކެޑި ފުޅާވެ، ބޮޑުވަމުންދާ ތަނެއްކަން އެމީހުންނަށް ވަނީ އެނގިފައެވެ. މިކަން އެމީހުންނަށް އެނގުނީ ވަރަށް އާދައިގެ ތަޖުރިބާއެއް ކޮށްގެންނެވެ. މިތަޖުރިބާގައި ތަރިތަކުން ފޮނުވައިދޭ އަލި ބިއްލޫރި ޕްރިޒްމަކަށް އަޅުވައިގެން ފާޅުވާ ހަތް ކުލައާ މެދު ވިސްނާ ދިރާސާ ކުރިއެވެ. 20ވަނަ ޤަރުނުގެ ކުރީކޮޅު ހެދި މި ތަޖްރިބާއިން ހާމަވީގޮތުގައި ފަޟާގެ ތެރެގައިވާ ގެލެކްސީތައް އަހަރެމެންނާ ނުވަތަ އޭގެ އެކަތި އަނެކައްޗާ ދުރު ވަމުންދާ ބާރުމިން ބައެއް ފަހަރު އަލި ދަތުރުކުރާ ބާރުމިނާ ކައިރި ކުރާ ބާރު މިނެއްގައި ދުރުވަމުން ދެއެވެ. އަލި ދަތުރުކުރާ ބާރުމިނަކީ ގާތްގަޑަކަށް ސިކުންތަކު ތިންސަތޭކަ ހާސް ކިލޯމީޓަރެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ