އަދުގެ ޚާއްސަ

ޤުރުއާނާއި ސައިންސް

Print

ބިގް ބޭންގް ތިއަރީ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިން ވިދާޅުވަނީ މިގޮތަށް މިކައުނުގެ ބޮޑުމިން އިތުރުވަމުން ފުޅާވަމުންދާ ދިޔުމަށް ބަލާއިރު، މިފުޅާވުން ކުރިން އޮންނާނެކަމަށް ލަފާކުރެވެނީ ނުވަތަ މިފުޅާވުން ކުރީގެ ޒަމާނަށްދާނަމަ މިކައުނު އުފެދިފައިވާ މާއްދާވާނީ އެކުވެފައިވާ އެކަތިގަނޑަކަށެވެ. ނުވަތަ އެއް ގެލެކްސީ އަކަށެވެ. މި ގެލެކްސީގައި ހަކަތައާއި ބުރަދަން އާދަޔާ ޚިލާފަށް މަތިވާނެއެވެ. އަދި މި ގެލެކްސީ ގޮވާ އޭގެ ބައިތައް ބުރަ ބުރައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ގެލެކްސީތައް އުފެދިގެން ދިޔައެވެ.

މިއީ މިކައުނު އުފެދުނުގޮތާ ބެހޭގޮތުން ޢިލްމުވެރިން މިހާރު އެންމެ ޤަބޫލުކުރާ ތިޔަރީއެވެ. މި ތިޔަރީއަށް ކިޔަނީ [ބިގް ބޭންގް ތިއަރީ] ނުވަތަ ބޮޑު ގޮވުމެވެ. މިކައުނު ފުޅާވުމާއި މިކައުނުން އަހަރެމެންނަށް ފެންނަބައިގެ ކައިރި ފަށުގައި ކައުނީ ދުން ނުވަތަ ފުސް ތަކެއްވާކަން މިތިއަރީން ހާމަކޮށްދެއެވެ.
Print

މިކައުނުގެ ހުރިހާ ދިރުމެއްގެ އަޞްލަކީ ފެނެވެ.

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

[أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ] (سورة الانبياء 30) މާނައީ: [އުޑުތަކާއި ބިންތައް އެއްވެފައިވަނިކޮށް ތިމަން ރަސްކަލނާގެ އެތަކެތި ވަކިވަކި ކުރައްވައި (ނިޒާމު ދެއްވަވައި) ހެއްދެވިކަން ކާފިރުވެގަތް މީހުނަށް ނޭނގެނީ ހެއްޔެވެ؟ އަދިތިމަން ރަސްކަލާނގެ ހުރިހާ ދިރޭ ތަކެތީގެ ޙަޔާތް، ފެނުން ދެއްވަވައި އުފެއްދެވީމެވެ. ފަހެ، މިފަދަ ނިޢުމަތްތައް ދެއްވުމާއެކުވެސް އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟]
Print

ނޫޙުގެފާނުގެ ނާކޮޅު ފެނުނު އިރު....؟

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

ކީރިތިޤުރްއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން،

                               ނޫޙުގެފާނުގެ ނާކޮޅު ބީހިހަމަޖެހުނުތަން
 

                      ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާލެއް ވަރަށް ފުރިހަމަ
އިބްރާހީމް ރަޝީދު މޫސާ

ކީރިތި ޤުރްއާނަކީ ހުރިހާ ޢިލްމުތަކެއް ފަހަތަށް ޖަހާލައި ކުރި ހޯދާފައިވާ މުޢުޖިޒާތެކެވެ. މިފޮތުގައިވާ ކޮންމެ ސިފަކުރުމަކީ ވަރަށް ސާފު ވަރަށް ބަރާބަރު ސިފަ ކުރުމެކެވެ. އެހެނީ މިއީ ޙިކްމަތްވަންތަ އަރަހުށި މާތްﷲގެ ބާވައިލެއްވުމެކެވެ. އެފޮތާ ވާދަކުރާ ކޮންމެ މީހަކުވަނީ ބަލިވެ، އެކަމަށް އިޢުތިރާފު ވެފައެވެ.
Print

ޕްލެނެޓްތަކާއި ތަރި ތަކާއި ހަނދުތައް ދަތުރު ކުރުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ވަރަށް މަދު އަހަރުތަކެއް ކުރިން ހޯދިފައިވާ ގޮތުގައި އަހަރެމެން އިންސާނުން ބިންމަތީގައި ހުރެގެން އެއްގޮތަކަށްވެސް އެއްވެސް ތަރިއެއް ނުފެނެއެވެ. އެކަމަކު އަހަރުމެންނަށް މިފެންނަނީ ތަރިތައް ދަތުރުކޮށްފައިވާ ރޮނގު. ނުވަތަ އެތަރި ހުންނަ ތަންތަނެވެ. މިގޮތުން އަހަރުމެންނާ އެންމެ ކައިރީގައިވާ އިރުން ފޮނުވައިދޭ އަލި އަހަރެމެންނާ ހަމަޔަށް މި އަންނަނީ އަށްމިނިޓް ވިހި ސިކުންތުންނެވެ. އަދި އިރުދަނީ ސިކުންތަކު 19.4 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރަމުންނެވެ. އެހެންވީމާ އަހަރެމެންނަށް ފެންނަނީ އިރު ކުރިން ހުރިތަންތަނެވެ. އަދި އިރު މިގެލެކްސީގެ މެދު ވަށައިގެން ސިކުންތަކު 220 ކިލޯމީޓަރުގެ ބާރު މިނުގައި އިރު ދަތުރު ކުރެއެވެ.
Print

ކީރިތި ޤުރުއާނުގައިވާ ޢިލްމީ މުޢުޖިޒާތްތައް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަހީމު

ކީރިތި ޤުރުއާނަކީ މީގެ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރިން މާތްﷲ، ޖިބްރީލްގެފާނު މެދުވެރި ކުރައްވާ އަހަރެމެންގެ ސާހިބާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައި ލެއްވި ﷲގެ ބަސް ފުޅުތަކެވެ. ޤުރުއާން ބާވައި ލެއްވުނީ 23 އަހަރު ދުވަހުގެ ތެރޭގައެވެ. މި ފޮތުގައި ފޮރުވިފައިވާ ވަރަށްގިނަ ޢިލްމީ ޙަޤީޤަތްތަކެއް ވެއެވެ. އެ ޙަޤީޤަތްތަކަކީ އެ ޤުރުއާން ބާވައިލެއްވި ބަސްކަމުގައިވާ ޢަރަބި ބަހުގެ އަހުލުވެރިންނަށްވެސް އޭގެ ހަޤީޤަތްތައް ނޭގޭ، ޢިލްމީ ގޮތުން ކުރިއަރަމުންދާ ވަރަކަށް ފާޅުވަމުންދާ ޙަޤީޤަތްތަކެކެވެ. އެކަންކަމަކީ ޤުރުއާނުގެ ވަރަށްގިނަ އާޔަތްތަކުގައި، އެކަލާނގެ ހެއްދެވިހާ ތަކެއްޗަށް ވިސްނާ ފިކުރުކުރުމަށް އެންގެވުމަށްފަހު ލައްވާފައިވާ ޙަޤީޤަތްތަކެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ