އަދުގެ ޚާއްސަ

ޤުރުއާނާއި ސައިންސް

Print

ނަބަވީ މުޢުޖިޒާތް - އިންސާނާގެ ހިތް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


رسول الله صلى الله عليه وسلم ޙަދީޘްކުރައްވަނީ ألاوإن فى الجسد مضغة إذا صَلحَتْ صَلُحَ الجسد كُلُّه وإذا فَسَدَت فَسَدَ الجسدُ كله ألا وهى القَلْبُ  – متفق عليه:

ފަހެ ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެއެވެ. އަދި މި މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ނުބައި ވެދެއެވެ. ފަހެ ދަންނައެވެ. އެއީ ހިތެވެ.

Print

ޤިޔާމަތް ކައިރިވެއްޖެ

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް

ޤިޔާމަތް ކައިރިވުމުގެ ޢަލާމާތްތަކުގެތެރެއިން ހުޅަނގުކޮޅުން އިރުއަރާނެ ކަމުގެ ޢިލްމީ ހެކިތައް


ބިން އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ އެނބުރުން ދަނީ މަޑުވަމުންނެވެ. ކީރިތި ރަސޫލާއަށް  މީގެ އެތައްހާސް އަހަރެއް ކުރިން މާތްﷲ މިކަން އަންގަވާފައިވާއިރު ކޮންމެވެސް ދުވަހަކުން މިކަން އިންސާނުން ހޯދާނެކަން އެކަލާނގެ ދެނެވޮޑިގަންނަވާކަން ކަށަވަރެވެ. މިހޯދުމަކީ ޤުރްއާނަކީ ﷲގެ ކަލާމްފުޅުކަމަށް ހެކިދޭ ހެއްކެއް ކަމަށާއި، މުޙައްމަދުގެފާނަކީ އެންމެ ފަހުގެ ނަބިއްޔާކަމަށް ހެކިވާނެ ދަލީލަކަށް ވާނޭކަން އެކަލާގެ ދެނެވޮޑިގެން ވާނޭކަން ކަށަވަރެވެ.

Print

ކަޢުބާ ވަށައިގެން ޠަވާފުކުރުމުގެ ޙިކްމަތް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު/ ބ. ދަރަވަންދޫ

ކީރިތި ޤުރްއާނުގައިވާ ޢިލްމީ މުޢުޖިޒާތްތަކުގެ ވާހަކަތަކަކީ ހުރިހާ މީހުނަށްވެސް ވަރަށް ޢަޖާއިބު ކުރުވަނިވި ވާހަކަތަކެކެވެ. ކީރިތި ޤުރްއާނުގައިވާ ހުރިހާ ޢިލްމީ މުޢުޖިޒާތްތަކުގެ ވާހަކަ ދެއްކުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އެކަމަކު، ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން އަހަރެމެންނަށް ދާދިފަހުން ނޫނީ އެނގިފައިނުވާ ކަންތައްތަކުގެ ވާހަކަ ދައްކާ އެކަންކަން ސާބިތުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. މި ކަންތައްތަކުގެ ސަބަބުން މިޢިލްމީ ޙަޤީޤަތްތައް އުފެއްދެވި ކަލާނގެއީ ކީރިތި ޤުރްއާން ބާއްވާލައްވާ، އިންސާނުންނަށް ރަޙްމަތެއް ކަމުގައި އުއްމިއްޔަ ނަބިއްޔާ محمد صلى الله عليه وسلم ފޮނުއްވި ރަސްކަލާނގެވެ. އަދި ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނު ވަނީ ވަޙީގެ ޒަރީޢާއިން ގުޅިފައެވެ. މި ޢިލްމީ ޙަޤީޤަތްތައް ކީރިތި ޤުރްއާނުގައި ވުމާއި، ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި، މިކައުނުގައި ދަތުރުކުރުމާއި، ބަލާ ވިސްނުމާއި، މިކައުނުގައި މާތްﷲ ލައްވާފައިވާ ހެކިތަކާމެދު ފުންކޮށް ވިސްނުމަށް އަންގަވާފައިވަނީ ހަމައެކަނި ކީރިތި ޤުރްއާނުގައިވާ ޢިލްމީ މުޢުޖިޒާތްތައް ދެނެގަތުމުގެ މަޤްޞަދުގައެއް ނޫނެވެ. އެއީ އެއަށްވުރެ ބޮޑު ޙަޤީޤަތެއް ދެނެގަތުމުގެ މަޤްޞަދުގައެވެ. ހަމަކަށަވަރުން އެއީ މާތްﷲގެ އިލާހުވަންތަކަމާއި، އެއްކައުވަންތަކަން ސާބިތުކޮށްދޭ ވަސީލަތެކެވެ. އަދި އިސްލާމީ ރިސާލަތާއި، ސަލާމަތްތެރިކަމުގެ ރިސާލަތާއި، އިތުރު محمد صلى الله عليه وسلم ގެ ނަބީކަމަށް ހެކިދޭ ހެއްކެކެވެ.
Print

ހިތަކީ ފިކުރުކޮށް ވިސްނާ ގުނަވަނެއްކަން ޔަޤީންކޮށްދޭ އާ ޙަޤީޤަތްތައް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް ބ.ދަރަވަންދޫ


وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيراً مِّنَ الْجِنِّ وَالإِنسِ لَهُمْ قُلُوبٌ لاَّ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَّ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَّ يَسْمَعُونَ بِهَا أُوْلَـئِكَ كَالأَنْعَامِ بَلْ هُمْ أَضَلُّ أُوْلَـئِكَ هُمُ الْغَافِلُونَ  ( الأعراف: 179 ) މާނައަކީ: [ޖިންނީންނާއި އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކައަށްޓަކައި ތިމަން ރަސްކަލާނގެ ހެއްދެވީމެވެ. (ޙައްޤުގޮތް) އެއިން ނުވިސްނޭ ހިތްތަކެއް އެބައިމީހުންނަށް ވެއެވެ. އަދި (ޙައްޤު މަގު) އެއިން ނުފެންނަ ލޯތަކެއް އެބައިމީހުންނަށް ވެއެވެ. (ޙައްޤު އަޑު) އެއިން ނީވޭ ކަންފަތްތަކެއް، އެބައިމީހުންނަށް ވެއެވެ. އެބައިމީހުން ގެރި، ބަކަރި، ޖަމަލު ފަދައެވެ. އަދި ކިއެއްތަ، އެތަކެއްޗަށް ވުރެންވެސް އެބައިމީހުން މަގުފުރެދުން ބޮޑެވެ. ޣާފިލުވެގެންވާ (ހޭނާރާ) މީހުންނަކީ، ހަމަ އެބައިމީހުންނެވެ.]

Print

މާތްﷲ، އިންސާނާ ޚަލްޤުކުރެއްވި މަރްޙަލާތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ޢަބްދުލްމުޢީދު ޙަސަން

މާތްﷲ، އިންސާނާ ޚަލްޤުކުރެއްވި މަރްޙަލާތައް ބަޔާންކުރައްވާފައިވާ ބައެއް އާޔަތްތައް އަލްމުއުމިނޫން ސޫރަތުގައި ވެއެވެ. މި ލިއުމުގައި ހިމަނާފައިވާނީ އެ ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން 16 ވަނަ އާޔަތުގެ ނިޔަލަށެވެ. އެ އާޔަތްތަކާއި އޭގެ މާނައިގެ އިތުރުން މުނާސިބު ވީޑިއޯކްލިޕްތައް ހިމަނާފައިވާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ