އަދުގެ ޚާއްސަ

ވަޒަންބަހުރުވަ

Print

އަހަރެން ވަރަށް "ބިޒީ" އެވެ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ނޯޓު: މިއީ އިސްލާމްދީނަށް ޚިދުމަތްކުރާ ވެބްސައިޓަކުން އަޅުގަނޑަށް ފޮނުވި ހަދިޔާއެކެވެ. މިލިޔުން ދިވެހިބަހުން އެކުލަވައިލުމުގައި މީގެ އަސްލަށް ބަދަލު ނާންނާނެހެން ކުދިކުދި ބަދަލުތައް ގެނެސްފައިވާނެއެވެ.

 

ދިވެހިބަހުން އެކުލަވައިލީ: އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

 

ކޮންމެ ދުވަހަކު ފަތިހު އަހަރެންނަށް ހޭލެވި،

އާފުރުމާއެކު، އަހަރެންގެ ސިކުނޑީގެ މަސައްކަތް ފަށައެވެ.

ކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ.

އެހެންވެ، ވަރަށް އަވަސްއަވަހަށް އަހަރެން ފަތިސް ނަމާދު ކޮށްލަމެވެ.

ގިނަ ވަގުތު ﷲ އަށް ޛިކުރު ކުރުމުގައި އިންނާކަށް، އަހަންނަކަށް ވަގުތެއް ނެތެވެ.

Print

" މިހާރަށް ____ މި ގޮތް"

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

      
ކަނީރު އަބުދުއްރަމް

މޫނަށް ލަދަށް، މަޖާކޮށްލަން، ހިތްވަރެއް ނެތޭ
      ފޯނަށް ތިދޭ ޖަވާބު ތިހެން     މާނައެއް ނެތޭ
އޭރުގެ އެއިންތިޒާރު، އުފާ، ކުރުވި  ފުންއަސަރު
      ބޭރުން އަލުން އެހެން ހެއްކެއް  ދެއްކުމެއް ނެތޭ
Print

މަސްވެރީންނަށްޓަކައި. . . . . : ނަކަތް ތާވަލު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (1996)

މީވެސް "އެހީގެ އަތެއް"  ތެދޭ  ދަސްކޮށްލުމަށް  އެދެމޭ ޅެމުން
           ހީވެސް  ނުވާފަދަ   ލާބަޔާ  މަންފާ  ލިބޭނެޔެ   ދަސްވުމުން

ކުރަމުން  މިދާ   މަސްވެރިކަމަށް  ފާގަތިކަމެއް   އަންނާނެޔޭ
           އުޅުމުގެ ކުރިން މަސްވެރިކަމާ، ހުރިހައި ނަކަތް އެނގިފައިވުމުން
Print

ނަރަކަ

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ނޯޓް:- މިއީ އަޅުގަނޑުގެ ރަޙްމަތްތެރި އަލްއަޚް އިޔާޒު ނަސީމްގެ އެދިވަޑައިގަތުމުގެ މަތީން އޭނާ އެދިވަޑައިގަތް ގޮތަށް ހަދައިފައިވާ ޅެމެކެވެ.

އާދަމް ޢަބްދުއްރަޙްމާން، އުތީމު

އުފާ  ދިރުމުގެ  ނުވާ  ތަނެކޭ މަރެއް އެހެނަސް ނުވާ ތަނެކޭ،
            ތަފާތު އަޒާބުތައް ލިބެވޭ އަބަދު  އަލިފާން  އަނދާ  ތަނެކޭ.

އަނދިރި  ވާދީތަކުން  ފުރިފާ  އިތުރު  ކަލިވަތްތަކެއް ގުޅިފާ،
            އުތުރި  ކެކެމުން އަރާ އަލިފާން  އަޒާބުގެވާ  އެއީ  ތަނެކޭ.

Print

ކީރިތި ޤުރުއާނަކީ. . . .

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކީރިތ ރަސޫލަށް ދެއްވި މާތް، ބޮޑު މުޢުޖިޒާތް، ޤުރުއާނަކީ
               މޫރިތި  ކިތާބުﷲ އޭ،   ކަތިކަން  ނުވާ   ޤުރުއާނަކީ

ހުރިހައި ފަޞާޙާތެއް އެއިން، ފުރިހަމަ ބަލާޣާތްތެރިކަމާ
               ފުރިހަމަ ވެފައިވާ ބަސްފުޅޭ (މަތިވެރި ކަލާމް) ޤުރުއާނަކީ

ޖަހުލާ ޟަލާލާ ފޮހެލުމަށް، ވަހުމާ ޚުރާފާތް ނެއްތުމަށް
               "އަހުލުން"ގެ މައްޗަށް ލެއްވި މާތް ރަޙުމަތްފުޅޭ ޤުރުއާނަކީ
Print

ކަރުނައޭ މުޅި ޢުމުރު، އަޅުގެ ބައިވެރިޔަކީ...

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ރާގު: ކަރުޗަލޭ ހަމްފިދާ


ކަރުނައޭ މުޅި ޢުމުރު އަޅުގެ ބައިވެރިޔަކީ،
            މަރުގެ ވޭނޭ މެޔާ ހިތުގެ އެކުވެރިޔަކީ،
                    ފަރުދުނޭ ބޭވަފާ ޢިޝްޤު ދިން ބަދަލަކީ،
                         އަރުތެރޭ އޭގެ އަސަރޭ  ހިނގާ ޒަހަރަކީ،
Print

ހައްދުންމަތީ ބަހުރުވައިން: އުފަން ރަށްވެހިންނަށް އިލްތިމާސެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ނޯޓު: ހައްދުންމަތީ ކޮންމެ ރަށެއްގައިވެސް ބަހުރުވައިގައި ތަފާތު ހުރެއެވެ. އެހެންކަމުން މި ޅެމުގައި މާވަށާއި މާމެންދުއާއި ގަމުގެ ބައެއް ލަފުޒުތައް ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިނބައިމެންގެ ރަށަކޫ މިޔޯއޭ ބޮނާށޭ،
       އަފައިމެން މިތަން މޮޅަކެރާން ކަންކެރާށޭ!
              އިނބައިމެން މުސަޅަ ކުއްދުނަށް ކަންވެވޭޅޭ،
                     ނުބައި ކަންތެކާ ދުރަވެ  ހޭކަން ކެރާށޭ!
Print

ފުރައަމެންގޭ މާދަރީ ބަސް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޙުސައިން ޞަލާޙުއްދީން

ކޮންމެ ބަޔަކަށް ވެސް އެބަޔަކު މޮށޭ ބަހެއްނެޔެ ދެރަނުވާ،
             އޮންނަ އިރު މޭރުން ވެދާހެން ށޭނިކަން ހަމަ އައްސަވާ.
އެންމެހައި   ބަސްތައްމެ ވާހިނދު މޫޖިޒާތެއްކަމު މުޅީން،
            ފެންނަ   ކީރިތިވަންތަކަން  ރައްބީގެ އަބަދަށް ދައްކަވާ.
Print

މަރާ ބައްދަލު ތިމާ ނުވަނީސް ވުމަށް ތައުބާ އަވަސްވާށޭ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ނިދާފައި ނުތިބެ ދަރިފުޅުމެން ނިކަން ހޭލުންތެރިވެލާށޭ!
    ވިދާހައި އެއްޗަކަށް ނުބަލައި "ޙަޤީޤަތަކަށް" ތަބަޢަ ވާށޭ!
         ހިދާޔަތުގައި  އަލުން ޤާއިމުވުމަށް  ވިސްނުން ބަހައްޓާށޭ!

ވެވުނުހައި ފާފަޔާ މެދުގައި ޚަލާޞް ހިތްކޮށް ރޮމުން ދެލޮލުން
    ދެވުނު ނުސިޔާނުހައި މަގުތައް މުޅިން ދޫކޮށް އަމާން މަގަކުން
         ވެވުނުހައި ސީދަލެއް ކޮށްގެން ޢަމަލުތައް ދެން ބަހައްޓާށޭ!
Print

فضيلة الشيخ حسين صلا ح الد ين

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދިވެހި ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު

އާދަމް ނަޞީރު އިބްރާހީމް

ދެނީ ނަމަ ޝައުޤުވެރި ނަޒަރެއް، ވަޒަން ކުރުމަށަ  ޞަލާޙުއްދީން
    ވަނީ ނިސްބަތްވެފައި ދަރިކޮޅަށެ   އަލްޤާޟީ އެ ޝަމްސުއްދީން

އެކުވެރީންނޭވެ،  އުސްތާޛުން ކުރެން   އިސްކޮށް ހިމެނިފައިވީ،
    ތަކުރުފާނޭ ފަޤީހިބުރާމް،     އަޚުލްޤާޟީ    އެ ބަދުރުއްދީން

އިތުރު ގިނަ ގުނަ ޢުލޫމުތަކަށް އަހުލުވެރިވީ ސަބަބުކަމުގައި
    މިތުރުނޭ ދެވަނަޔަށް   ފެނިގެންދެޔޭ     ޤާޟީ ޙުސާމުއްދީން
Print

ދިވެހިރާއްޖެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ތިކިތިކިތަކެއްހެން ޗާޓުގައި ވަކިވަކި ގޮތެއްގައި ފެންނަނީ
           ހިކިފަސް ތަނެއްގައި ދިރިއުޅޭ، ދިވެހީންގެ ވާސައަކަށް  ވަނީ

ތިލަފަޅުތަކާ ނޫ ވިލުތަކާ  ބިލަކަޅުމަހާ މާ ކަނޑުތަކާ
           މިލަކުން ބަޔާންނުވެވޭނެހައި ގިނަ  ނިޢުމަތުން ފުރިފައި ވަނީ
Print

ނޫކަށި ކުދީން "ކިކުގައި"

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙަންމަދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޙަސަން ޝާކިރު މުޙައްމަދު

ޒުވާނުން  އެބައުޅޭ "ގޮތަކަށް" ބޮލާ ގައިގައި  ލަމުންދޭ "ކަޑި"
               ޒުވާންކަން ޤައުމު  ބޭނުންއިރު،  އެތިބަގެން ޤައުމުކުރަނީ ހަޑި
Print

އުޅެންވީ ގޮތް އެނގެންވާނޭ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ހިތާ ނަފުސުން  އެދޭހާ  ކަންކަމެއް  ކޮށްގެން  ނުވެސްވާނޭ
    ހިތާ ނަފުސުގެ  އަޅެއް ކަމުގައި ވެގެން ދުވަހަކު ނުވެސްވާނޭ

ބަޔަކު "ކުޅިވަރު މަޖާކޮށް" ދުނިޔެ ރަންކޮށްގެން އުޅުނު ނަމަވެސް،
    ގަޔަކު ދިވެހިންގެ އެފަދަ ކަމެއް ހުރުން ބަލަ! ހެޔޮ ނުވެސް ވާނޭ
Print

ހާލު ލޯބީގެ ކިޔައިދެމޭ....!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2004)

ޢާލަމަށް ބުނެދެންހެ ޢިޝްޤުގެ ތަޖުރިބާގެ  ފިލާވަޅެއް؟


1- ކަރު ކަނޑައި ބުރިކޮށްލުމަށް ފަހު ވެސް ދެތިން ވިންދެއް ޖަހާ
        މަރުވެފައިވާ މައްޔިތެއްމީ،  އެކު ނުވެވި  އަދި ހުރި ފަހާ

        * * * * * * * * * *
Print

ދިވެހިރާއްޖެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތިކިތިކިތަކެއްހެން ޗާޓުގައި ވަކިވަކި ގޮތެއްގައި ފެންނަނީ
           ހިކިފަސް ތަނެއްގައި ދިރިއުޅޭ، ދިވެހީންގެ ވާސައަކަށް  ވަނީ

ތިލަފަޅުތަކާ ނޫ ވިލުތަކާ  ބިލަކަޅުމަހާ މާ ކަނޑުތަކާ
           މިލަކުން ބަޔާންނުވެވޭނެހައި ގިނަ  ނިޢުމަތުން ފުރިފައި ވަނީ
Print

ތިރިތިރި ޖަޒީރާ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ނާހިދާ ޢަބްދުއްރަޙްމާން

ތިރިތި   ޖަޒީރާ  ރަށްތަކޭ  ކިރިޔާ މެ  ޗާޓުން ފެންނަނީ            
        ގިރިގެން ނުދާ އަލިތުނޑި ތަކުން ދޮންވެލިތަކޭ   ފުނިޖެހި  ވަނީ

ދަޅަ އަޅައަޅައި ހުރި ނޫ އުޑުން ބޯ ކަފަ ވިލާތައް ފެނިލުމުން                               
        ފަޅަކުން އެވާ ގުޅި ނޫ ކަނޑުން މޫރިތި  ވިދުން  ފެނިގެން ދަނީ
Print

ފިޔަވަޅު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ނަސީމާ މުޙަންމަދު

މެންދަމުގެ ސަނދުވާ، މަތީގައި ފެތުރިފައި ވެއެވެ.
އޭގެ އެތަން މިތާނގައި ވަނީ ތަރީގެ ޖަރީތަކެވެ.
ޚިޔާލުގެ ދުންފިނީގެ ތެރެއަށް އިންސާނާ ގެއްލިފައި ވެއެވެ.           
ޒަމާންވީ ހިޔަނިތައް ހަނދާނުން ދައުރުވާން ފަށައިފިއެވެ.
Print

ކުލަ އައިނު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާން - ހއ. އުތީމު

ދުނިޔެއެއްގައި ދާދި މެދުމިނު ދިރިއުޅެނިކޮށް ބިންމަތީ
       ދުނި ރަނުން ހުރި ކުލަ އަރާ އައިނެއް އެޅިއްޖޭ ލޯމަތީ

ހީވިޔޭ  އެބަ  ބަދަލުވީހެން   ރުއްގަހާ  ގެދޮރާއެކީ
      ރީތި އެކިއެކި ކުލަތަކަށް ފެންނަން ކުރިން ހުރި ކުރިމަތީ
Print

ދީނީ އެއްބައިވަންތަކަމުގެ މުހިންމުކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އަޙުމަދު ޖަދުޢާން

ދުނިޔޭގެ ހަފަރާތް ދައްކަނީ ކެހިވެރިކަމުގެ ހާ ފުސްތަކޭ
             އަނިޔާގެ އެކި   ޠޫފާނުތައް  އެކުލައި ހެދޭ  ފައްތަރުތަކޭ
އަނެކުންގެ ނިޢުމަތްތައް ލޮލަށް ފެނިގެން އަސަރުގައި ނުނިދިގެން
              ބަނަކޮށް ހިތާއި ނިޔަތް އެއަށް އަތްދިއްކުރާ ހަތުރުން ތަކޭ
ނަފުރަތުގެ ހުޅުގަނޑު މިކަމުގައި ޚާއްޞަވެ ހިފައިލި  އަމާޒަކީ
               ނަފްސާއި ރޫޙު، ހިދާޔަތުން ދިއްލައިލި މުސްލިމު ހިތްތަކޭ
އުފެދޭ ފިތުނަތައް މަޒުހަބީ/އަހްލީ، އެ ނިމެނީ ކިހިނަކުން...؟
              ކަފުނާވެ، މިނިވަންކަން ބިމާ،  ވެއްޔާ  މޮޑެވިގެން ދާލެކޭ
Print

އަޅައި ނުމެލައި ނުހުންނާނަން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ބަލަން ހުރެ، މަރުވެދާ އިރުގައި  އަޅައިނުމެލައި  ނުހުންނާނަން
    އަޅަން ހުރި ކޮންމެ ފިޔަވަޅަކަށް  ސަމާލުވެގެން މަ  ހުންނާނަން

ލޮލަށް ހަމަ ފެންނަ ފަށުގައި  ކޯރުގައި ގެނބިގެން ދަނީ ނަމައީ،
    އަތުން "ހިކި ގޮފިކޮޅެއް" ގެންގޮސް ވަރަށް ގާތަށް މަ އެއްލާނަން

މިހެން މި ގޮތަށް މި ކަން ކުރުމުން  ނުވީ ނަމަ،  ކާމިޔާބީއެއް
    އެހެން ދެ ގޮތެއް ނެތޭ ހީކޮށް މަ ވެސް ކޯރަށް  އެރެން ދާނަން

ހަމަމިގަލަމުން

އިދާރާ

ވާހަކަ