އަދުގެ ޚާއްސަ

ވަޒަންބަހުރުވަ

Print

ދެނެއް ނުވާނެ/ ގިފްޓެއް ނުލިބޭނެ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމް

ކާބަފައިން ކަންކުރި ގޮތަށް މިއަދަކު ދެނެއް ނުވެވޭނެޔޭ
                  ކާ، ބަނދި ހަދާ، ރައިވަރާ ފަރިހިން  ކަމަކު ނުމެ ދާނެޔޭ
ބަދަލުވާ ދުނިޔޭގެ ސުންނަތް އޭގެ ފުރިހަމަ ބާރުގައި
                  އަދަކު އިއްޔެގެ ގޮތްތަކަށް  ތަރުޙީބު ދީ   ނު އުޅޭ ނެޔޭ
Print

އެނގިދާނެ ވިސްނެވީމާ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާން /ހއ. އުތީމު

ވިސްނުން   ކޮޅުންލަނީއޭ   ވިސްނާ  ފިކުރުކުރީމާ،
    ޖިސްމާއި  ރޫޙު ފެށުމާ    ނިމިދާ ގޮތަށް   ބެލީމާ

ބޭކާރު    މައުވަނީއޭ   ކުލަވެއްޓި  ވަސްދިޔައިމާ
    އޭގައި އެހުންނަ  އަސަރާ  ފަރިކަން  މަލުން ފިލީމާ
Print

... ކާކު؟

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ހަށިގަނޑުން ޤުރްބާންވެގެން ކުރެވުނު އެ ގިނަގުނަ ޚިދުމަތަށް
    ވަށިގަނޑަށް ލާން ނުލިބުނޭ ހަމަ އެންމެ ކުޑަވެސް މިންވަރެއް

ކަރުނަ އަޅަމުން  ރޯލަރޯލާ   ރޭގަނޑަށް  އެބަ  ހުންނަމޭ،
    ބަރުހިތެއް  ނެތި  ޔާރުނަށް  އެކި  ކޮށްދެވޭތޯ  ޚިދުމަތެއް

ވާ އެ އައްޔަށް  ހީމަޖާކޮށް  ލަވަކިޔާ  ނަށަމުން  ދިޔަސް،
    ވާ މިއީ  ކޮން ފަދަ  އެހީއެއްކަން  ނެތޭ  ވިސްނާ ގޮތެއް
Print

މަވެތިކަން ދޫކޮށްލަން ވެއްޖެއެވެ.

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމް

މަވެތިކަން ހިތްތަކުން ފިލުވައި އަލުން އެއްހިތްވެ އެކުވެރިވޭ!
    މަވެސް ހިމެނޭގޮތުން އެންމެންމެ ގައުމަށް ހެޔޮއަދައި ތެދުވޭ!

ލިބޭހިތްދަތިކަމާ މޮޅިކަން  މިއަދު ހާލަތު ވަޒަން   ވެވުމުން
    ތިބޭއިރު ދެފުރަގަސްޖައްސާ   ދެކެން ލޯ ހާދަ އުނދަގޫވޭ
Print

ޤައުމީ ދަރިއެއްގެ އާދޭސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙައްމަދު ނާއިފް

ކާކުތޯ ހިނިތުންވެ އަޚަކަށް ހެޔޮ ސަލާމެއް ކޮށްލަނީ
    ކާކުތޯ އަނެކާގެ އިޙްސާސަށް މިއަދު ވިސްނާލަނީ
ލާރިޔާ ފައިސާގެ އިތުރުން ދުނިޔަވީ އުފަލާ އަރާމް
    ފޭރިގެން ނަމަވެސް ނުހޯދާ ކާކުތޯ "ހިފި ހުންނަނީ"
Print

"މުސްކުޅިވަނީ"

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


(ތަޝްޠީރެއް)

އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

"މަޑުމަޑުން  ނަމަވެސް  ދަނީ ހަމަކަށަވަރުން  މުސްކުޅިވަމުން"
    އަޑުގަ ހުރި ނަލަގޮތް މުޅިން ކެނޑި ކުރެހިގެން ގޮސް ބަރުވަމުން

ފަނޑުނުވާ  ގަދަ  ކަޅުކުލައިގާ  ހުރި  މި އިސްތަށިގަނޑު ދަނީ
    "ފަނޑުވަމުން  އިސްތަށިތަކަށް  ލިބިފައިވި ކަޅުކުލަ ހުދުވަމުން"
Print

ބޭބޭ ތިޔަ އެޅީ ޅަ އެއްޗެއް!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ސަމާސާޅެން

އަޙްމަދު ޝާހިދު ޙަލީމުގެ ޅެން "މުސްކުޅިވުން" ފެނިފައި

ބޭބޭ ތިޔަ އެޅީ ޅަ އެއްޗެއް!


މުޙަންމަދު ޝާހިދު ޙަލީމް

"އަޑުގަ ހުރި ނަލަ ގޮތް މުޅިން ކެނޑި ކުރެހިގެން ގޮސް ބަރު" ވިޔަސް
    މަޑުމަޑުން   މުސްކުޅި  ވަނީ  ކަމުގައި  ބެލުން  އޭ   ގޯހެކޭ

"ފަނޑު ނުވާ ގަދަ ކަޅު ކުލައިގައި ހުރި މި އިސްތަށި" ހުދު ވުމީ
    ސަޑުގަ  ކުލަ  ޖައްސާ  ޒަމާނޭ،   ލިބުނު   މޮޅު  ހަދިޔާއެކޭ
Print

ދިވެހި ރައިވަރުގެ އަސްލުރާގު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޑު: ޤާސިމް މުޙަންމަދު/ހއ. ފިއްލަދޫ
  
މިއީ ދިވެހި ރާއްޖޭގެ 22ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަންވަތުގެ ފަރާތުން ރެކޯޑުކޮށް ޝާއިޢުކުރި ރައިވަރުތަކެކެވެ. 
 
މި ރައިވަރުތައް ކިޔައިދެއްވާފައިވަނީ، ހއ. ފިއްލަދޫ ވީސަންގޭ އަލްފާޟިލް ޤާސިމް މުޙަންމަދު (65އ) އެވެ. އޭނާއަކީ، ޅެން ފަރިހި ރައިވަރު ކިޔުމުގައި ދިވެހިންގެތެރޭގައި ނަންހިނގައި މަޝްހޫރުވެފައިވާ ބޭކަލެކެވެ. ތިޔަ ބޭފުޅުން ރޭޑިޔޯ އިން އައްސަވާ، ''ޖެހި މި ތާރައިގެ ކުޅިބަލަންދާން/ ކީފަހު މަށަށްރަން'' މި ފަދަ ފަރިހިތައް ތިޔަ އަޑު އައްސަވަނީ ޤާސިމް މުޙަންމަދުގެ އަޑުންނެވެ.
Print

އުފާވެރި އާ އަހަރުގެ ހިތާމަ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ޝާހިދު ޙަލީމް


އަލުން  ފެށުނީއެ   އާ  އަހަރެއް   އަނެއްކާ  ވެސް
    މަލުން  ދަސްތާ  ހަދާން  ލިބުނީއެ  ދަނޑިވަޅު ވެސް
ް
މެސެޖްތައް    ފޮނުވަމުން    ކާޑާއި    ފޯނުންނާ
    އެސެންސުން  މީރު ކުރަމުން  ފޮނި  އިބާރާތް  ވެސްް

ނެޓުން   މެއިލުން   ރިވެތި   ގިނަގުނަވި  އީކާޑުން
    ޗެޓުން  އަދި  ޓުވިޓަރުން އަދި ފޭސްބުކުން އަދި ވެސް
Print

މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އޭ ލޯބިވެރިޔާ އެވެ! ތިބާއާ އަހަރެން މުޚާޠަބު ކުރަންވީ ކޮންނަމަކުންހެއްޔެވެ؟


ލިޔުނީ: އަޙްމަދު ޝަމީނު ދޮންމަނިކު (2010)


ހަނދުއެހެރީ އަރައެވެ. ބުނާކަލަ އެވެ.
ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ.
އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ.
ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ.
އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.
Print

ގަނޑުފެނުގެ ފާލަމެއްގައި..

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާޅެން

ފިނިފެންމަލުގެ ބަގީޗާތަކާ އަރައި ހަމަވި އެވެ.


އާދަމް ނަޞީރު އިބްރާހީމް (2004)

ލޮލުފިޔައެއް ޖަހާލައިފައި ލޯ ހުޅުވައިލެވުނު ހިނދެވެ.
ފެންވަރައި، ތައްޔާރުވެގެން ދަތުރަށް ނިކުމެވުނު އިރު މެންދުރުވެއްޖެ އެވެ.
ކުރިޔަށް ދާން އޮތް ފާލަމުގެ ފެށޭކޮޅުގެ އެއްފަރާތުގައި އަހަރެން ފުރާ ވާހަކައަށް، ޒަމްޒަމްވަޅުކޮޅު ހުރިތަނުން ލުހިގަނެގެން އައިސްހުއްޓެވެ.
Print

ހާދަހައި ދައްޗޭ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ޝާހިދު ޙަލީމް


ހިތަށް  ތަދުކޮށް  އެ ހިތް ކުދިކުދި ކުރާން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  އެ ހިތް މަސަލަސް ކުރާން އަދި މާ ބޮޑަށް ދައްޗޭ

ނުފެންނަ ކަމަށް  އެ މަންޒަރުތައް ހަދާން  އަދު  ހާދަހައި  ދައްޗޭ
    އެހެންނަމަވެސް  އެ ފެންނަ ގޮތުން  ބަލާން އަދި މާ ބޮޑަށް ދައްޗޭ
Print

ނަމާދު ނޭނގި ނަމާދަކަށް ނުވެ އެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމު

ނަމާދު ނަމާދަކަށްވާނީ ނަމާދު ނިކަން އުނގެނި އެނގިގެން
               ނަމާދެއްރަނގަޅު، ކުރެވޭނީ ނަމާދުގެ ގޮތް ވަރަށްދަނެގެން

ނަމާދެއް ޞައްޙަވާނެ ޝަރުތު  ނުބައިވާ ކަމުނުދާނެ ގޮތާ
               ނަމާދުކުރާގޮތާ އެކުގައި އެނގެންޖެހެއޭ   ނިކަންފުދިގެން

ނަމާދުގެ ފަރުޟު ނުވަތަރުކުން މޮޅަށްދަސްކޮށްސަމާލުވެގެން
               ނަމާދުގެ ސުންނަތަށް ފަރުވާބަހައްޓަން ވާނެއޭ އެނގިގެން
Print

އަލްމަރްޙޫމް މޫސާ ޙަލީމުގެ ހަނދާނުގައި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އެކުވެރިއެއްގެ ޛިކުރާ

 މުޙަންމަދު ރަޝީދު ކޮޕީގެ 
 
ގިސްލަމުން  ހިތި  ކަރުނައިން  މީ   އާކުރާ  ޛިކުރާއެކޭ
    ފިސްވެގެން  ހިތް  ކުދިވެދާ  ފަދަ   ދާއިމީ  ޞަދުމާއެކޭ

ދެކިބަލާށޭ!  ބަލި އެނދެއްގައި  ގިނަ ދުވަސްތައް  ހޭދަކޮށް
    ވަކިވެގެން  އަޅުގަނޑުމެނާ  ދިއުމުން   އުފަންވީ  އާހެކޭ

ގުޅި ހަތާވީސް  ތޭރަ ނުވަދިހަ ދޭއްގެ ޝައްވާލުން ދުވަސް
    ގުޅެވެނީ    އާދީއްތައާ!      ޛިކުރާ  ވެވޭ   ތާރީޚެކޭ

Print

ވާރޭފެން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކުޑަކުދިންގެ ޅެން


ބޭނުމޭ  ހަމަ އަހަރެމެންނާ  ބިންގަނޑަށް ވެސް  ވާރެފެން،            


އާދަމް ނަޞީރު އިބްރާހީމް (2006)

ހޫނު މޫސުމުގާ ހިނގާލީ، މޫނުގާ ދާތިކި ޖަހާލީ، ހޫނުއަވި އެވަގުތު ނިވާލީ،
     ބޭނުމޭ   ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެ ފެން،

މަޑުމަޑުން ވައިބާރުކޮށްލީ،އުޑުމަތީގާ ކަޅުވިލާލީ، ގަދައަޑުން ގުގުރާވިދާލީ،       
      ބޭނުމޭ   ހަމަ އަހަރެމެންނާ   ބިންގަނޑަށް ވެސް   ވާރެ ފެން،
 
Print

ކިހިނެއް މިވަނީ ވިސްނީމާ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2006)

ފައިދިގު މަކުނާ، ބިޗުލާ، ނަގުލަންދާށިން،    ރެކެވޭ ފެނުނީމާ
     ގައިގާ ފިރުމާ ޖާނީ ދުޝްމަން އެނގެނީ،  ކެހިދީ   ނިމުނީމާ 
     * * * * * * * * * * * * * * *

ސިންގާ، ޗީޓާ، މިނިކާވަގު، ދޭ ދިރިތިއްބާ  ކައިލަން މީހުން،
     އިންސާނާ އޭނާގެ  އަޚާގައިން ''މަސްކައި އުޅެނީ    މުޅަވީމާ''  
Print

ދިޔަވަތް ރަނގަޅު އޮޑި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޅެންވެރިޔާ އެނގިފައިނެތް

ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް  ކެރެންޏާ، ވިޔަކަސް ރުޅާބޮޑު ދީލާނުލާށޭ!
މިވަރަށް ދުވާ ނަމަ  ނިވަލަށް ނުދެވެނީސް، ދިވަރަށް ދަމާ އޮޑި  ކިޔަމަންކުރާށޭ!
------------------------------------------------------

ޖުންޖުލާ ގަދަ ކުރިމަތި ވަނިއްޔޭ، ދުއްވާނު އޮޑި މަޑު ކޮށްގެން ނުވާނޭ
 ހުންގާނު ތިޔައީ މޮޅު  ލަކުޑިއެއްހޭ ޤުއްވަތުގާ   ހުރިގޮތް  ރަނގަޅަށް ބަލާށޭ!
Print

އަނދިރިކަމުން އަލިކަމަށް (ރަންނަމާރި ހާދިސާ)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ނޯޓު؛
  މިއީ 2007ވަނަ އަހަރުގެ މިނިވަންދުވަހު އެމް. އެން. ޑީ. އެފް ގެ ފަރާތުން ތައްޔާރު ކުރެއްވި މިޔުޒިކީ ތަމްސީލުގެ ޅެމާއި އޭގެ އެކުލަވައިލުމެވެ. މި ތަމްސީލު ބިނާވެގެންވަނީ ދިވެހިރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބުނު ގޮތުގެ މައްޗަށެވެ.

އާދަމް ނަޞީރު އިބްރާހީމް (2007)

ތަޢާރުފު:


މި އައިޓަމް ބިނާވެފައިވާނީ، ދިވެހި ރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުނު ގޮތްކަމަށް، ނުވަތަ ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ސަބަބުކަމަށް ޒަމާނުއްސުރެ ދިވެހިންގެ ދޫދޫމަތިން އިވެމުން އައި ހާދިސާގެ މައްޗަށެވެ. ވާހަކައިގައި ކިޔާގޮތުންނަމަ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި މާލޭ ވަރުނުލާ ރާޅުގަނޑާ ދިމާ  އެއްގަމުގައި ވަރަށް ބޮޑު ބުދު ފައްޅިއެއް ހުއްޓެވެ. އެ ފައްޅިޔަށް ކޮންމެ ހަނދުމަހެއްގެ 15 ވިލޭރޭ ޒުވާން އަންހެން ކުއްޖަކު ގެންދަންޖެހެ އެވެ.  އެއީ ދިވެހިން ކާން ވެގެން
Print

މުށެއްވަރު މަސްކޮޅު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

     
   ކަނީރު ޢަބުދުއްރަޙީމް

 ހިތޭ މިކިޔާ ދެ އަކުރުން ނަން މިކިޔަނީ  ނޭނގިއެއް ނޫން ހޭ
       ހިތޭ ލޯތްބޭ މަ ދީފީމޭ ހަރޭ ވެސް ކިޔައެ އަޅެ  ނޫން ހޭ

  ތަޅާ ފިސްކޮށް ޒަޚަމް ވެސް  ކޮށް  ނިކަން އަނިޔާކުރާ ކަމުގައި
        އަޅާ ނެތިދާކަމަށް "ތިހިތުގެ އުފާނެތިގެން" ބުނޭ   ނޫން ހޭ
Print

ލޯބި ހަމަނެތީއެވެ.

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ލަވައެއް؛

   ރާގު: ސަބުކުޗު ލުޓާކެ ހޯޝްމެ އާއޭތޮކިޔާކިޔާ



ކަނީރު ޢަބްދުއްރަޙީމު
   
ނެތް އެއްޗަކަށް ހަނާ އެޅިއަސް ޚަބަރު ވާނެހޭ
   ކެތްތެރިވެ މަރުގެ ވަގުތު ދެކެން ނުހުރެ ވާނެހޭ
   -----------------------------------
 1 -   ހީ ކުރެވުނޭ މިދުނިޔެ މަތީ ހީ ލެވޭ ނެއޭ
        ފިކުރާ ޚިޔާލުގައި ހަމަޖެހި އުޅެލެވޭ ނެއޭ ---- އޯގާވެދޭނެއޭ
               ވިސްނާނުލައި ޔަގީންވެވުނީ ނުރޮވި ދާނެހޭ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ