ވަޒަންބަހުރުވަ

Print

މަޖީދިއްޔާއަކީ....

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙައްމަދު ލަޠީފް ށ،މިލަންދޫ

އެއީ އެތަނުގެ ހިޔާވަހިކަން ދިވެހި ޤައުމަށް ލިބޭތަނެކޭ
             އެއީ އެތަނުގެ ފުރާޅު ދަށުން ޢުލޫމުގެ މާ ފޮޅޭތަނެކޭ.

ޒަމާނުގެ އޮއިވަރާއެކުގައި ޖަހާއަރުވާ ނިކަން ކެރިގެން
             އަމާނާތްތެރިކަމާ އެކުގައި މޮޅަށް ތަޢުލީމު ދޭތަނެކޭ.
Print

އުންމީދެއްގައި އަހަރެން މިހިރީ ދުށުމަށް އެދިގެން ފުރަތަމަ ދަރިފުޅު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
     (މަޤުތޫލު)



އުންމީދެއްގައި އަހަރެން މިހިރީ، ދުށުމަށް އެދިގެން ފުރަތަމަ ދަރިފުޅު
       ދޮންދީ، ބޮސްދީ، ހޭހަންކޮށްދީ، ފިރުމަން އެދިގެން، ލޮބުވެތި ދަރިފުޅު

ނުވަމަސް ފުރިގެން، ބުރަދަން ލިބިގެން، ހުވަނދުން މި ޙަޔާތް އެއްވަސްވެވިގެން،
       ހުވަފެންތަކުގައި ކުލަޖެހި ނިމިގެން،  ފެނުނީ  ދެލޮލަށް، ދުޅަހެޔޮ  ދަރިފުޅު
Print

ކަމަނަ ގާތުގަ ބުނެލަދޭށޭ ...

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަލްއަޚުޠަލުއްޞަޣީރް

ކަމަނަ  ގާތުގަ  ބުނެލަދޭށޭ!  ލޯބިވާ   ވީތަން   އެނގޭހޭ؟
      ކެތްކުރަން އޮވެގެން ވެ ޤުރުބާން، ކަށްވަޅަށް ދިޔަކަން އެނގޭހޭ؟

ހަނދުމަކޮށްދޭށޭ  މަގޭ  ހުރި  ރަނގަޅު  ސިފަތައް  އޭނައަށް،
      އަދު ނުރޮއި ވިޔަކަސް ފަހުން ރޮއިފާނެކަން  ގައިމެއް  ނުވޭހޭ؟

ކަމަނަ ފައިދަށުގައިވެ ފުނޑުފުނޑުވުން މަގޭ ކަށިތައް  އެދޭތީ،
Print

ވިޔަ ދޭށެވެ!

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަސްލު: މުޙްސިން ނަޤުވީ
ތަރުޖަމާ: މުޙަންމަދު ޝާހިދު ޙަލީމު (1994)

ހިތުގެ ލައްގަނޑު ދޮވެލިޔަ ދޭށެވެ.
މި އަދު އަޑު ވީއްލައި ރުޔަ ދޭށެވެ.

އެއްވެސް ފާރުގަނޑެއް ނުހިކޭނެ ހެން،
ހިތަށް ކަށި ހެރިޔަ ދޭށެވެ.
Print

ވާހަކައެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ނިޒާރު ޤައްބާނީ

މާމެލީގެ ބަގީޗާގައި ކުރިޔަށް ދަނިކޮށް ބުނެލިއަޑު އިވުނެވެ.
"ތިބާ ހާދަހާ ރީއްޗެވެ!"

އޭރު އަހަރެންގެ އުނގުވަނީ ފިނިފެންމަލުން ފުރިފަ އެވެ.
އޭގެ ބުރަދަނަށް އިޖާބަދީ ގަމީހުގެ މޭމަތިން ވަނީ ގޮށެއް ކެނޑިފަ އެވެ.

އޭރު ގަމީސްވަނީ މޭމަތީގައި ޖަޙީމަކަށް ވެފަ އެވެ.
އޭގެ ވާންކަމުން ވަނާތައްވަނީ
Print

މަށަށް ކޮން ކޮން ކުށެއްބާ...؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މަށަށް ކޮންކޮން ކުށެއްބާ އެންމެ ގިނައިން ކުރެވެމުންދާނީ؟


އާދަމް ނަޞީރު އިބްރާހީމް (2010)

     (މަޤުތޫލު)

މަށަށް ކޮންކޮން ކުށެއްބާ އެންމެ ގިނައިން ކުރެވެމުންދާނީ
    ފަށަން ވެއްޖޭ ބަލަން، އޭރުން ރަނގަޅުވާނީ
    ކުށުން ތައުބާ ވެވޭނީ
    ފަހުން މަންފާ ކުރާނީ
Print

އެކަނބުލޭގެ ކިބައިން މިންޖުވާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މަހާ ޒުހޫރު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އެކަނބުލޭގެ ދައްކާ ދަޅައަށް ހެއްލުނު މީހުންގެ ވާހަކަ އެވެ.
އެކަނބުލޭގެއަށްޓަކައި އެމީހުން ކުރި ކަންތައްތަކުގެ ވާހަކަ އެވެ.
އެމީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވި އެވެ.
ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވި އެވެ.

އެކަނބުލޭގެއަށްޓަކައި ފިރިހެނަކު މީހަކު މެރި އެވެ.
Print

ދެން އަހުރެނާ ވަކިވެ ދޭށެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ މުނީޒު  މަގުސީދާގެ  ހދ. ނޮޅިވަރަން
  
ތިބާއަށް އަހުރެން ވަރަށް ގިނަ  ފުރުޞަތު ދީފީމެވެ.
ޒުވާންކަން ނިމިގޮސް  އަޖޫޒުވެ އަހުރެން ނިމިއްޖެއެވެ.
މިހާވަރު ވީއިރު ތިއީ ނުފުރުނު ހިތެއް ދޯއެވެ؟
ޒަމާނާއެކު މަށަށް  ދެން އަދު ފުދިއްޖެމެއެވެ.
ދެން ވަކިވެ ދޭށެވެ.
Print

އެލެގްޒެންޑަރ ދަ ގުރޭޓް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ:އާދަމް ޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

އޭނާ ކާމިޔާބު ކުރިއެވެ.
ކޮންމެ ކުރިމަތި ލުމެކެވެ. ކޮންމެ ހަނގުރާމަ އެކެވެ.
ބަލިވުން މިބަސް އޭނާގެ ރަދީފުގައި ނުވެއެވެ.
ދުނިޔެ އޭނަގެ ފައިތިލަ ދަށުގައި ބޭއްވިއެވެ.
އޭނާ ބޭނުންނަމަ ފުނޑުފުނޑު ކޮށްލުމަށެވެ.
ކާމިޔާބީގެ ބުއިންތައް އޭނާ ބުޔެވެ.
Print

އޭ ހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2010)
         (މަޤުތޫލު)

އޭ ހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ، ނުތަނަވަސްކަމުގައި މިނެއް ނެތި ހާސްވަނީ؟ 
ކަށަ އިތުރު ރައްބީގެ ޒިކުރާ - ހަނދުމައިން.، މުޅި ޙަޔާތަށް ހާދަ ފުން އުފަލޭ ދެނީ!!
            +++++=+++++
Print

ލޯތްބަށް ވުރެ މުއްސަނދިކަން މުހިއްމުވީ އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ

ސާފު ގޮނޑުދޮށްތައް ނަލަ ހަނދުވަރުގައި ފަޅު ފިލުވީމުއެވެ.
ހިކިދިޔަވަރުގައި އާނުގަނޑު މަތީގައި ތިބީމުއެވެ.
އިރުއޮއްސޭ ވަގުތު ރަތްވިލާ އުފެދޭނެތީ އިންތިޒާރު ކުރީމުއެވެ.
ގަދައަވީގައި ރާޅުބީއްސާ ހިސާބުގައި އަރިކަށި ޖައްސައިގެން ތިބީމުއެވެ.
އެއުފާވެރި ދުވަސްތައް ހިތާމައިގެ ދުވަސްތަކަކަށް ބަދަލުވެއްޖެއެވެ.
Print

ނުބައި ބަސް ނުބުނާށެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ލިޔުނީ : އަބުދުއްރަހީމް މާހިރު (އޭ. އާރު. އެމް)

ބުނަންވީ ތާ އަބަދު ހެޔޮބަސް، ކުރަން އުދަގޫ ކަމެއް ޖެހުނަސް
          ބުނަން ހިތް އަބަދު އެދިގޮވިޔަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
    
މައިން ބަފައިން ނުބައިވިޔަކަސް، އަދަބު ދިނުމަށް ތަޅާ ހެދިޔަސް
          ގައިން ލޭއޮހޮރި ފޭބިޔަކަސް، ބުނަން ނުވެޔޭ ނުބައި ބަސްބަސް
Print

ދެނަހުރީމުތަ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ނަސީމު
  (ތަރުވާޒު)


އޭ  ބަނީއާދަމް   ތެދޭ ކަލެއަށް  އެނގޭހެއްޔޭ  އެކަން
            ހޭދަކުރިޔަސް   އުފަލުގައި  އަދު  މާދަމާ  މަރުވާނެކަން

ރޭދުވާ  އުފަލާ   އަރާމުގަ    ހޭދަކުރިޔަސް   މާދަމާ
            ނޭދުނަސް އަދި ނުރުހުނަސް ފަސްގަނޑު ތެރޭ ވަޅުލާނެކަން
Print

އެންދެއްޔޯ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަބްދުލްމުޢީދު ޙަސަން


ދޮން ރިތަކުން ކަނބަލާފައި،

   ދޮން ފައްޔެއް ޖަހަލާފައި،

      ދޮން ހުންގާނަކު ހިފަލާފައި،

         ދޮންދިޔެގެ ބައްޕަ އެންދެއްޔޯ.

Print

ކާފަ މަރުވި ވަގުތު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް
     (މަޤުތޫލު)

ދުފައިގެން ބޮޑު އުނދޯލީގައި މި ގޭގައި ބައްޕަ އޮތް ހެއްލަން
     ދުންފަންދީފައިމެ ބަދިގޭގައި އޮތީ ގޮސް މަންމަ،  މަސް ތެއްލަން

ވިކޭ މުދަލާ، މެކޭ ނަގުދާ، ފިހާރައިން ދޮންބެ އަށް ފެނުމުން،
    އެކެއް އެއްކޮށް އިނީ ގުނަކޮށް، ސުމެއް ސުމަކުން ކަނޑާ ގެއްލަން
Print

އަންހެނުން ރޮނީ ކީއްވެ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޅެންވެރިޔާ: ސެސިލިޔާ ޓްރީ. ޑަބްލިޔޫ.
ތަރުޖަމާ:  ނިޝްވަތު ޞާދިޤު

ކުޑަކުއްޖަކު އޭނާގެ މަންމަ ގާތު އެއްސެވެ. ''މަންމަ ތިޔަ ރޮނީ ކީއްވެގެން؟''

''އެއީ މަންމަ އަކީ އަންހެނަކަށް ވާތީ'' މަންމަ ޖަވާބު ދިނެވެ.

''އަޅުގަނޑަކަށް ނުވިސްނުނު''

ދެން އޭނާގެ މަންމަ އޭނާ ގަޔާލައި ބޮނޑިކޮށްލައިފައި ބުންޏެވެ.
Print

މާލޭގެ ހެދި ގޮނޑުދޮށް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ ޝަރީފް/ ފިލިގަސްދޮށުގެ ކ، މާލެ

ހަވީރުގެ ރީތިނަލަ މަންޒަރު ބަލަން އެތަނަށް ދަމާތޯއޭ
      އަވީގެ ހިޔާލިބޭ ތަނަކުން އަރާމުގެ ވައިލިބޭތޯއޭ

އަދާހަމަޔަށް ތިލައިގައި، ރާޅުބިންދާ، ގާތަކެއް އޮތްތަން
      ހަދައިފިޔެ ރީތި ފުންވިލަކަށް، ފަތާފީނާނަން ދަމާތޯއޭ.
Print

ވިހަ ހަރުފަ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝަކީލާ ޙާމިދު

ކުރިމަތީ ހުރި ގޮނޑީގައިވި  މައިނާ   ފުރި އުތުރި ގެން އަރާފަދަ ޚަޒާނާ
        އަރިއަހުން ލިބުނު  އެކިއެކި ހަނދާނާ ދިރިމަހުންނަށް ލިބުނު ތީއެކާނާ

ރީތި ނަލަނަލަ ހަނދެއްފަދަވި މޫނާ   ރީތި ހިނިތުންވުމުގެ ތިޔަ ނަމޫނާ
        ވީތިބާ އަރިހުގައި  ގިނަ ހަނދާނާ  ރީތިމަސްތީ  ބެލުމުގައިވި ހޫނާ
Print

މާބުރުގެ އުސޫލު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އިސްމާއީލް އަލީ ރ.ކަނދޮޅުދޫ

އަހަރެންގެ ކުލަ ކަޅެވެ.ދިހުން ގަދައެވެ.ބޫން އަޑު ލައްވަމެވެ.ގިނަމީހުން އަހަރެން ކައިރިވެލާ އިރަށް ދެކަންފަތުގައި އަތް އަޅައެވެ.އަހަރެން ކަންފަތަށް ވަދެދާނެ ކަމަށް އެމީހުން ބިރު ގަންނަނީއެވެ.އަދި އެމީހުން ނަޒަރުގައި އަހަރެންނަކީ ސިހުރު ހަދާ އެއްޗެކެވެ.އަހަރެން ފެނިއްޖެނަމަ ނުބައި ފާލެއްކަމުގައި ދެކެއެވެ.

އެކަކާއި ރަށްޓެހިވެލާފައި އަނެކަކާއި ރަށްޓެހި ވެގެން އުޅޭ މީހުނާއި ދިމާއަށް އެއީ އަހަރެންގެ އުސޫލ
Print

މިތުރާ ގެއްލުމުން

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާނު / ހއ. އުތީމު
 
ނިދަން އޮވެވުނީ ތަންމަތީ ލޯ މަރާލައި
    މި ދަންވަރު އަރާމުން މަގޭ ފައި ދަމާލައި
        ހިނދުން ހުންނަ މިތުރާ ކޮޅަށް ހިން ދަމާލައި
            އެދޭ މިތުރެކޭ   ގެއްލުނީ އައި ދުރާލައި

ހަމަމިގަލަމުން

އިދާރާ

ވާހަކަ