އަދުގެ ޚާއްސަ

ވަޒަންބަހުރުވަ

Print

ބޭއިންސާފު

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝަމީނު ދޮންމަނިކު (2010)
 

ދެ އިނގިއްޔަކުންނޫނެވެ.
އޭނާ އަހަރެން ބިނދެލީ ހަތަރެސްފައިންނެވެ.
ބިނދެލީއެއްނޫނެވެ. ޖެހިކުއްލިއަކުން އުފުރައިގަތީ އެވެ.
ނޫނެކެވެ. އޭނާ އަހަރެން ގަސްދުގައި ޗިސްޗިސްކޮށްލީ އެވެ.
މީހުން ބުނެއުޅެ އެވެ. އެ ފިނިފެންމަލުގެ ކުށަކީ ރަތްކުލައިގައި އިނދެ ފޮޅުމެވެ.

އަތްގޮށްޓަކުންނޫނެވެ.
އޭނާ އަލާ ކެނޑުނީ އަހަރެންގެތެރޭ ފީނައި ވެސް ލައިގެނެވެ.
Print

ޙަޔާތުގައި އަޅުކަން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ ޝަރީފު، ފިލިގަސްދޮށުގެ

ފަޅުކަން ޙަޔާތަށް އަންނަނީ އަޅުކަމުގެބައި އުނިކޮށްލުމުން،
           އަޅުކަންކުރަންވީ މާތްފަރާތް ކިޔަމަންކަމާއެކު ނުބެލުމުން.

ދެއްވެވި އެފަދަ ނިޢުމަތްތަކަށް ޝުކުރާއި ޙަމްދާ ނުކުރުމުން
           ހެއްވާ ޚިޔާލީ ހުވަފެނުން ހޭވެސް   ނުލާއުޅެވޭ ކަމުން.
Print

އެ ކުނިވަށި

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

             
ޝާކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

ރީތި އެކިއެކި ކުލަކުލައިގާ ވާއެއީ ހަމަވައްޓެކޭ
         ރީތި ބައްޓަންތައް ގެނެސްފައި ފައި ހުއްޓަކަސް އޭ ވައްޓެކޭ

ސާފުކޮށް ގިރިޓީކުރާ ތަންތަނުގެ ކުނިތައްވެސްއަޅާ
         ސާފު ރަންކުލަ އެރިޔަކަސް  މުޑުދާރު އޭ ހަމަ  ވައްޓެކޭ
Print

ޙަޔާތުގެ ފަސާނާ

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ނަސީމު
 (ތަރުވާޒު)


އަޅުގަނޑަކީ ދެރަ ނިކަމެތި މީހެއް ބާރެއް ނެތް ބަލިކަށި ވެސް މީހެއް
    ފަޅުކަމުގައި މިލަމުންދާ މީހެއް އަޅުގަނޑަކީ ދެރަ ނިކަމެތި  މީހެއް

ރޭތައް އެތަކެއް އަހަރާ މަސްތައް އެކަހެރިކަމުގައި އުޅުނު ދުވަސްތައް
    ވޭތުވެ ގޮސް އެކަހެރި މި ހަޔާތަށް އަތުވެއްޖޭ ފާގަތިވި   ބަހާރެއް
Print

ރީތި ދިވެހިރާއްޖެ

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢަލީ ޝަރީފް/ ފިލިގަސްދޮށުގެ ކ، މާލެ

އުދުހުމުން ހީވޭމަތިން ހާރެއްއޮތީހެން ކަނޑުމަތީ.

       ހުދުފަށެއް ރާޅުގެ ފޮނުން ހެދެމުންދެޔޭ ފަރުތައްމަތީ.

ކަނޑުނުލުން މަޑުފެއްސަކަށް ލޮނުގަނޑު ބަދަލުވާ ގޮތްއޮތީ.

       ދަނޑުތަކާ ފެހިރުއްތަކެއް ހެދިފޯދިފާ ނަލަކަންމަތީ.
Print

ތިބާއަށްވެސް ލިބޭނެކަން ޔަޤީން!

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަމްމަދު ނަސީމު
          (ތަރުވާޒު)


  
ކުއްލިގޮތަކަށް ލިބުނު ދަޢުވަތެކެވެ.

ވަރަށް ކުއްލި ގޮތަކަށެވެ.
ލިބުނީ ސިހުމެކެވެ. ހައިރާންކަމެކެވެ.
ވެރިވީ ނުތަނަވަސްކަމެވެ. ގަބޫލުކުރަން ދަތިވިއެވެ.
އެހެނަސް .... ގަބޫލުކުރުން ނޫން ގޮތެއް ނެތެވެ.
Print

ޙާލިސް ތަޢުރީފު

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަމްމަދު ނަސީމު
          (ތަރުވާޒު)



އައިބެއް ނުވާ ޖިސްމުން ދުވާ ހައިކަން ފިލާފަދަ މީރުވަސް
           ވައިރޯޅިއާ އެކު  ފެތުރުމުން  ހައިރާންވެއޭ  ޅެންވެރިޔަކަސް
ފިނިފެންމަލެއް ފަދަ ނަލަ ޕަރީ ހިނިތުންވެލައި ފިއްޔާ ތެދޭ
           ފިނިކަން ހިތަށް ލިއްބައިދެއޭ ގިނިހިތުތެރޭ އަނދަމުން ދިޔަސް
އިރިގެން ހިތާ އަދި މޭ  އެކީ  ވިރި އޮހޮރި ދާހެން ހީވިޔޭ
           ދިރިހުރުމުގައި އުނދަގޫވެޔޭ ކިރިޔާ ލޮލަށް ފެންނަން ނެތަސް
ފިރުމާލުމާއެކު ތިޔަ އަތުން  ދިރުމެއް  ލިބޭނޭކަން ޔަޤީން
           ނިރުތައް އަލުން ހަމަރޯވެގެން ދިރުމެއް ނުވާ ހިތަކަށް ވިޔަސް
މަސްތީ ލޮލާ އެސްފިޔަތަކާ ރަސްރީތި ތިޔަ ތުނި ތުންފަތެއް
Print

ޙާފިޡުގެ 15 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ވަޔާއޭ މެންދަމަށް މިޖެހޭ،  ކޮބައިހެ؟ ހަނދާ  މަގޭ މަޢުޝޫޤު،
            މަށަށް  ބުނެދީބަލާށެ ތިބާ  މަ ދާންވީ  މަންޒިލާ،  މާ މަގު.

2. މިވާދީގައި ބިރެއް ނެތަކަސް، އަމާން ތަނަކަށް މިތަން ވިޔަކަސް،
            ނެތޭ ޠޫރުގެ މަތީ  ނޫރެއް  އެނގޭނޭ ހެން  އަރާ  އުދަރެސް.
Print

ލޯބީގެ ދަތުރު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު މުޖުތަބާ

ފެނިގެން ކަލާ ކުރިއޭ އަސަރު، ފުރިހަމަކަމެއް ނެތުމުން ތިވަރު
             މިހިތުން ފިލާގޮސް ބައު ދަބަރު، ލޯބިން ދެލޯ ވެއްޖޭ  އަވަރު

ލިބިފާ ނުވޭ މަށަކަށް ޚަބަރު، ދުނިޔޭގެ ވާކަން ފުރިހަމަ ތިވަރު   
             ލިބިފާ ތިވާ ބޮޑުކަން ފަރަގު، ފެނުމުން ކަތުން ކުރެޔޭ ފިކުރު.
 
Print

ހުކުރު ހަތްދުވަސް

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



މުޙަންމަދު ޝާހިދު ޙަލީމް

ނުކުރު އަޙްމަދު   ހުކުރު ދުވަހަކު   ފިކުރު ކުރިއޭ   ހަކުރު ކައްކަން
    ހުކުރުކޮށްގެން  ޝުކުރުކޮށްފައި   ތަކުރު ކާ ހެން   ދެ ކުރު ކައިލަން

ނުދިގު ފާޚިރު   ދަތުގެ  މާހިރު   މަހުން  އާޚިރު   ދުވަހު ހޮނިހިރު
    މުދިމު  ޒާހިރު    ބަލައި  މޯހިރު    ކުރީ  ތާހިރު   ގިރޭތީ  ހިރު
Print

ތަފާތު ސައްބީސްގެ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2000)
   (ޝާޢިރުލްމަޤުތޫލު)


މާބޮޑަށް ބަނޑުހައިވުމުން ވަދެވޭނެ ދުވެގޮސް ބަދިގެޔަށް،
  މާބޮޑަށް ބޯ  ހަރުވުމުން ވައްދާނެ ގެންގޮސް  ހުރަގެޔަށް،

ކިޔެވުމަށް  އުފަލާއެކީގައި  ދާންޖެހޭނެ   އެދުރުގެޔަށް،
  ކިޔެވި ޢިލްމުން ގޯސް ހަދާނަމަ ލާނެ ވަގުތުން އަށިގެޔަށް،
Print

ވިކަންތައް ވެނިމުނީ - އަލުން އައުކޮށް ފަށަންވީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމު


ގައުމުދެކެ ލޯބިވާންވެއްޖޭ ގައުމުކުރިއަށް ނެރޭން ވެއްޖޭ
           ފައުޖުތައް ރުކުރުވާން ވެއްޖޭ ގައުމުގެ ގޮވުން އަހާން ވެއްޖޭ

ކިހާ ކޮންފަދަ ނަސީބެއް ހޭ  ކިހާ އުފަލާ  އަރާމެއް ހޭ
           މިހާމަދު މީސްކޮޅެއް އުދުހޭ   މިހާރު ޔަގީން ކުރާން ވެއްޖޭ

ދުނިޔެވީ ވެށި ބަލައިލާއިރު ހުނިޖެހޭ  ގައުމަކަށް ވީއިރު
           ފުނިފުނިންރަނގަޅު މޮޅުއޮތްއިރު އުނިނުވާމަގުހިނގާން ވެއްޖޭ
Print

ދަންނާށެވެ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޢާއިޝަތު ނީޒާ

އޭ އިންސާނާ އެވެ!
 ތިބާއަކީ ތެދުވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ ދޮގުބަހުން މުޢާމަލާތު ނުކުރާށެވެ.
  ދޮގުވާހަކަތަކަކީ ތިބާގެ ކަންފަތުގެ މިޔުޒިކު ކަމުގައި ނަހަދާށެވެ.
Print

ރަނގަޅާ މޮޅާއި ހެވާ ލާބަ ހޯދޭނެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ކަނީރު ޢަބްދުއްރަޙީމު


ދިވެހިންގެ ދިވެހިއްޔަތު  އަލުން އާރޯކުރަން  ހިތްވަރު  ނެރޭ
          ދިވެހިންގެ ލޮބުވެތި ރާއްޖެއަށް ޚިދުމަތްކުރަން  އަޒުމެއް ކުރޭ

ގާތްކަންއުފައްދާ ރުޅިވުމާ  ބައިބައިވުމަށް  ފުރަގަސް  ދެމުން
          މާތްދީނުގައި މާތްކަން  މަތީ  ތިބުމުގެ  ޔަގީންކަން  އާކުރޭ

ލިބިފައިމިވާ އަގުމާތް  ނަސީބު  އެއްދީނަކާ  އަދި އެއްބަހުން
          މިބިމުގެ  ހަރުދަނާ  ބަދަހިކަން   މިދެކަންތަކުން  އާލާކުރޭ
Print

ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބަރާބަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް (2003)
      (މަޤުތޫލު)


ހަމަ ހަމަ ކަމެއްގެ ވާހަަކަ މުޅި ދުނިޔެއިން އިވޭއިރު
    ޢަމަލާ ބަހާ ދިމާނުވެ ގިނަބަޔަކު ދިރި އުޅޭ އިރު
        ކަމަކާ ނުލާ އެތައް ގިނަ އިސްލާމުނެއް މަރާއިރު
            ހަމަ ވިސްނުމެއް ނެތީމާ ވާނީ މިގޮތް ބާރާބަރު
Print

ވާދޫ ރޮނާ އަންބެޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


"އަޅުގަނޑުގެ އުމުރުން 10 އަހަރުގައި އުމުރުން 80 އަހަރުގެ އަވަށްޓެރިއެއްގެ ފަރާތުން "ވާދޫ ރޮނާ"، އެކަމަކު އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން މިއަދާ ހަމައަށް ވެސް ކިޔަމުން އަންނަ "ކަވެޔާ ވާހަކަ" ނުވަތަ "ކަވެޔާ އަންބެޔާ" އަޑުއިވިގެން ފޮތެއްގައި ލިޔެގެން ދަސްކުރިން. އޭރު އެކަންތައްތަކަކީ އެހާ މުހިއްމު ކަމަކަށް ނުވާތީ އެކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައެއް ނެތް! ނަމަވެސް ވަރަށް ފަހުން ވެސް "ކަވެޔާ" ހޯދަން ވަރަށް މަސައްކަތްކުރިން! މިހާރު މި "ކަވެޔާ" ފުރިމައަށް ދަންނަ މީހަކު މިރަށުގައި ނެތް!"

ފަޒޫ

(މި ލިޔުމަށް ޚިޔާލު ހުށަހެޅުއްވި ބޭފުޅެއް)

މި އަންބާގެ ބައެއް ބައިތައް ކިޔުންތެރިން ހުށަހަޅުއްވަމުން އެބަ ގެންދަވަ އެވެ. ކިޔުންތެރިން ހުށަހަޅުއްވާ ބައިތައް މި ލިޔުމުގެ ފަހަތުގައި ޝާއިޢުކުރެވޭނެ އެވެ. މިހާތަނަށް ޝާއިޢުކުރެވިފައިވާ ބައިތައް ހުށަހެޅުއްވި ބޭފުޅުންނަކީ:
(1) އާމިނާ (2) ތުއްތުކާ (3) ...

ޢަބްދުލްމުޢީދު ޙަސަން


ވާދޫން ފުރައިފިއްޔާ،
ކަޑަހަލަގަލަ ނުބަލައިފިއްޔާ،
ފަތަކާ ފަތަކު ލައިފިއްޔާ،
ފުއްސަރު ބޭރުން ގޮސްފިއްޔާ،
.....

މިނޫން ގޮތަކަށް ކިޔާ އަޑުވެސް އެހީމެވެ.
Print

ނިސްބަތްވީތީ ވީ ޒަޚަމް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޑރ. މުޞްޠަފާ އަލްމަސްޢޫދީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ޙައިރާންވަން! ... ޙައިރާންވަން! ...
ޢަރަބީން ތިބި ޙާލާމެދު ޙައިރާންވަން،
ޞިންފުން ޞިންފުން ދިރެނީ ނިކަމެތިކަން،
ބިމުގައި މިވަނީ ރަންވަންތަވި މުއްސަނދިކަން!
ޙައިރާންވަން! ...

އެހެރީ ތެޔޮ ވަޅު ވަޅު ...
މިހިރީ ތާރުން ގުޅަ ގުޅަ،
Print

އަލަށް ފެށިދާ ޙަޔާތުގެ ދަތުރުތަކުގާ

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު

ބަލަން ނޭދެމުހެ މޮޅު ބުއްދީގެ ސަމުގާ
     އަލަށް ފެށިދާ  ހަޔާތުގެ ދަތުރުތަކުގާ

ވެވޭނޭހޭ ދަތުރު ހަމަ އެކަނި ބަލަމުން،
    ފެވޭ  ކުރެހުންތަކަށް ހުންގާނު މޮއިގާ
Print

އަބުރުވެރިކަމުގެ ފަރުދާގައި އަސަރު ހުރި ލޯބި ހޯދާށޭ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2004)

ކުށެއް ވެވިދާނެޔޭ،  އެހެނަސް  އެކުށް ތަކުރާރު ނުކުރާށޭ!
    އޮށެއްގައި  ފަނި އުޅޭނަމަ   އިންދުމަށް   އެޚިޔާރު ނުކުރާށޭ! 
        ----------------------------------------
Print

ހަމަ އެކަނި ކަލާޔަށް!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާޅެން:

އާދަމް ނަޞީރު އިބްރާހީމް (2010)

އަހަންނަށް  ވަރަށް އަގުބޮޑު ފުރާނައެއް ލިބިގެންވޭ..
އެއީ އަހަރެންގެ ދިރި ހުރުމުގެ ސިއްރު...
ޙަޔާތުގެ އަސްލު..
އަހަރެން އެ ފުރާނަ ޤުރުބާން ކުރާކަށް ފަހެއް ނުޖެހޭނަން..
އެކަމަކު އަހަރެން އަހަރެންގެ މި  ފުރާނަ ޤުރުބާން ކުރާނީ...

ހަމަ އެކަނި ކަލާޔަށް!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ