އަދުގެ ޚާއްސަ

ވަޒަންބަހުރުވަ

Print

ސުއާލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޑރ. މުޞްޠަފާ މަޙުމޫދު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



1. މިކުރާ ދަތުރު ނިމިދާހުށީ ފަހެ، ކޮން އިރަކު؟
        މާޒީވެދިޔަ ތަން ގޮސް ވަނީ ފަހެ، ކޮން ތަނަކު؟
                ހުނުމުގެ އަޑާ، ޅަޢުމުރު ދިޔައި ވެސް ކޮން މަގަކު؟
                        ގިރިގެން ދިޔައިހޭ ވީނުވީއެއް ނޭގުމަކު؟؟؟

2. ފެންގަނޑުމަތީ އެޅުމުން ރޮނގެއް ފޮހެވޭ ފަދައިން،
        ކުރެހޭ ނަޤުޝް ވެލިގަނޑު މަތިން ނެތިދާ ފަދައިން،
                ދުވަހަކު އެޔެއް މި ވުޖޫދުގައި ނުމެވާ ފަދައިން،
                        ފެނިފައި އިސާހިތު ގެއްލިދިޔަ ވަހުމެއް ފަދައިން.

Print

ޤިޔާމަތު ނާމާ (1 އިން 18 އަށް)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ފޮތްލިޔުއްވީީ:  ފަޟީލަތުއްޝައިޚް  ޢަބްދުﷲ ޖަލާލުއްދީނު

ދޭހަ:          އާދަމް ނަޞީރު އިބްރާހީމް


''ޤިޔާމަތް ކައިރިވެއްޖެކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ ގިޔާމަތުގެ އަލާމާތްތަކަކީ ކޮބައިހެއްޔެވެ؟  ފަހުޒަމާނަކީ ކޮބައިހެއްޔެވެ؟ ދުނިޔެ ނިމިގެންދާނީ ކިހިނެއްހެއްޔެވެ؟ ދުނިޔޭގެ ނިމުން ކައިރިވާކަން ދެނެގަނެވޭނެ ދީނީ މަޢުލޫމާތުތަކަކީ ކޮބައިހެއްޔެވެ؟  މި ފޮތުން މި ފަދަ ވަރަށް ގިނަ ސުވާލުގެ ޖަވާބު ލިބިވަޑައިގަންނަވާނެއެވެ. ކީރިތި ރަސޫލާގެ ސުންނަތާއި، ކީރިތި ޤުރުއާނުގެ ދަލީލުތަކުގެ އަލީގައެވެ.


 

Print

ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު 1

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ޢުމަރު ޚައްޔާމަކީ ދުނިޔޭގައި އުޅުއްވި އިރު، ޅެންވެރިއެއް ކަމެއް ނޭގެއެވެ. އޭނާ މަޝްހޫރުވެފައިވަނީ، އެޒަމާނުގައި ހުންނެވި އެންމެ މޮޅު ހިސާބުޢިލްމުވެރިޔާގެ ގޮތުގައެވެ. ހިސާބު ޢިލްމަށް އޭނާ ކޮށްދެއްވި އަގުބޮޑު ޚިދުމަތްތަކުގެ ތެރޭގައި، ތިންވަނަ ދަރަޖައާއި އެއަށްވުރެ މަތީގެ މާދަލާތަކަށް ޙައްލު ހޯއްދެވުން ހިމެނެއެވެ.

އޭނާއަކީ، ފިލޯސަފަރެކެވެ. ފިޤުހުވެރިޔެކެވެ. ފަލަކީ ޢިލްމުވެރިޔެކެވެ. ޙުއްޖަތުލްއިސްލާމްގެ ލަޤަބު އޭނާއަށް ދެވިފައިވެއެވެ...

ނަމަވެސް، މިޒަމާނުގައި އޭނާ މަޝްހޫރުވެފައިވަނީ، ރުބާޢިއްޔާތު ހެއްދެވި މޮޅު ޅެންވެރިޔާގެ ގޮތުގައެވެ.

Print

ރިހުން ނެތް ސާފު ލޯބި ދެކޭނެ ޢުމުރަށް އިޙްތިފާލު ކުރަން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) 
      (ޝާޢިރުލްމަޤުތޫލް) 

                                                                        

1- ހިތާއޭ    ދަސްކުރާށޭ      ލޯބިވާނަމަ     އިންތިޒާރު ކުރަން
                  ކެތާ ޞަބްރާނުލައި، ނުފަށާށެ    ނަމަ ނަމަ އިޙްތިޖާޖު ކުރަން 



2- ވަރަށް ލޯބިން ދެހިތް ގުޅުނަސް، ވަރަށް އެކުގައި އުޅެން އެދުނަސް
                 ދުރަށް ވެސް ދާން ޖެހޭ...   އެކަމަށް ޖެހޭނޭ އިޙްތިރާމުކުރަން

Print

މާޔޫސްކަމުގެ ނިހާޔަތުގައި...

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
      (ޝާޢިރުލްމަޤުތޫލު)

ހެޔޮ ވިސްނުމާ ހެޔޮ ކަންކަމުގެ  އަގަކީ ކޮބައިހޭ ދުނިޔެއާ؟
                 ކެޔޮކާ އަޅުން، ދުޅަހެޔޮ ނުވާ   ރޮނގަކީ ކޮބައިހޭ ދުނިޔެއާ؟

ތެދުވެރިކަމާ ހިތްހެޔޮކަމާ ހިތްތިރިކަމުގެ މާތް ސިފަތަކުން،
                ބަދުނާމު ނޫން ބަދަލެއް ލިބުނު   ހިތަކީ ކޮބައިހޭ ދުނިޔެއާ؟

Print

ގެއްލުނު ސުވަރުގެ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝާޢިރު: އަބުލްޤާސިމިއްޝާއްބީ
ދިވެހި ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ވާދީތެރޭ އައްސޭރިތަކުގައި ހޭދަވީ ވަގުތާ ތަނުން،
                 ދީދީ ހަނދާންކޮށްލަން ހިނގާ ޞަފުޙާތަކެއް އެދުވަސްތަކުން.

2. ހެނދުނާ، ހަވީރާ، ރޭގަނޑާ، ރިއްސާރަނުން ކުލަޖެއްސިފައި،
                 ލަދުމާތަކަށްވުރެ މާލަޠީފީ ސިފަތަކެއްވީ ތަންތަނުން.

3. ބުލްބުލްތަކާ ކުދި ދޫނިތައް ގޮވަމުން އެދާ ހިމައަޑުތަކާ،
                 މިލްޖުލްވަމުންދާ ގޮތްތަކަށްވުރެ މާލަޠީފީ ކަންކަމުން.

Print

ޙާފިޡުގެ 360 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

1. ޝަރާބުގެ ކޫޒުތައް ދޭށޭ އަރަގު ފިނިފެން މަލުން ފެލުމަށް،
                    ތަޅައި އަފުލާކުތައް ކުދިކޮށް މިކައުނު އެކީ އަލުން އެޅުމަށް.
2. މަށަށް އަނިޔާކުރަން ލަޝްކަރު އައިސް ލޭބޯން އުޅޭނަމައީ،
                    ގޮވާނަމެ ޤާތިލުން އިނދަޖެއްސުމަށް ކުޅަދާނަ ސާޤީއަށް.
3. އަރަގު ފިނިފެންމަލުން ފެލުމަށް މަށަށް މިނިވަންކަމެއް ދޭށޭ!
                    އެއިން ޝަރުބަތް ބަހައި ހަދަމުން ރަޙީޤުން ދުން އަޅައި އުޅުމަށް.

Print

ޙާފިޡުގެ 198 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

1. ސިކުންތެއްވާ ހިތާމައިގާ ނުވޭ ޢާލަމް އެއާ އެއްވަރު،
                          ހެދުން ރާތަށްޓަކަށް ވިއްކާލެވިއްޖޭ ވާކަމުން އެއްވަރު!
2. އެއިން ތަށްޓެއްގެ ރަހަބެލުމުން މުޞައްލާ އަގުކަމަށް އަތުލީ،
                          މަގޭ ތަޤުޥާގެ ރަމްޒާއޭ! ތިބާ ވޭހޭ؟ އެއާ އެއްވަރު.
3. މަގޭ ބޯކޮޅު ބަލާ މީހާ މަލާމާތްތައް ކުރަން ފެށްޓީ،
                          ޝަރާބަށް އެދި އެ ޙާނޫތަށް ހިނގައިދާތީ ނިކަން ދަންވަރު.

Print

ޙާފިޡުގެ 125 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

1. ތިޔަ ރީތި ދެތުންފަތުގައި މިހިތުން ބޮސްދީ ހެދިދާނީ ކޮންއިރަކުން؟
              "ތިޔަ ހިތް ބުނި ކޮންމެ ކަމެއް ކުރުމަށް މި ދެ ތުންފަތް މިވަނީ ތައްޔާރަށް!"
2. ފުދިދާނޭބާ ބޮހަކަށް އަގަކަށް މިޞްރުގެ ވާރު އެކީގައި ދިނުމުން؟
              "ވިޔަކޮށްލީމާ ނުވެދާނޭބާ ތިޔައީ ވެސް މާ މަދު މިންވަރަކަށް!"
3. އެއްވެސް ކަތަކަށް އެރިފައިވޭހޭ؟ ތުންފަތު ހިޔަލަށް ހިންމަތަކުން،
              "ތިޔައީވާ އަދި ނޭގޭ އަރަތެއް އޭގެ ޖަވާބެއް ފާލާ ރަމަލަށް!"

Print

ދޮންބަންޑާރައިންގެ ޖިހާދު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ނަޞީރު އިބްރާހީމް (2002)
    (ޝާޢިރުލްމަޤުތޫލު)

މަންޒަރު 1


އިލާހިއްޔަ ޤުދުރަތުގެ ކީރިތި އަސަރުގާ
        ވިލާތައް އެތުރިލައިފި، ނޫ ދިވެހި އުޑުގާ
              ކިލާކަން މިޖައްވުން ފިލައިގޮސް މިހިނދުގާ
                            ދިލާސާކަމޭ ވީ   މި  ލޮބުވެތި  ވަޠަނުގާ


ޒަމާން ދެއްކި މިނިވަންކަމުގެ ފިނި ހިޔަލުގާ
        އަމާން ކަންމަތީ ދިވެހި އުއްމަތް އުފަލުގާ
               އޮމާން ފޮނި ޙަޔާތެއްގެ ނިޢުމަތް ލިބުމުގާ
                            އަމާންކަން މަތީ ދެމި އޮތީ މާތް ޝަރަފުގާ

Print

ޙާފިޡުގެ 7 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. އޭވަޔާ ފަތިހުގެ ނަޔާ، ޣައްޒާލުއަށް އެދެމޭ ބުނުން:
                       "މަގު މަށަށް ތިޔަ އޮޅުވަނީޔޭ ބިންތަކާ ފަރުބަދަތަކުން."

Print

ހިތެއްގެ އުދާސް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ފާރޫޤު ޖުވައިދާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ތިބާ ކައިރިޔަށް އެނބުރި ދިއުމަށް ހިތައި،
          ފުރަން މިޖެހެނީ އަދު ޒަމާނާ ތަނުން،
                    ހިތާ މޭގެ ޒަޚަމުގެ ތުރާލާ ތަދުން،
                              ހަނދާންތައް އައިސް އާވުމުން މާދުރުން.

Print

ޙާފިޡުގެ 324 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1. ޖަހާ  ތިޔަ ޗާލު   އެސްފިޔައިން    ހެރިއްޖޭ   ތީރުތައް   މިހިތަށް!
                    ލޮލުން   ތިޔަ  ތޫނު  ނަޒަރެއް ދެން     ނިކަން  ދޭށޭ   މަގޭ  ދެލޮލަށް.
2. ހިތާ  މޭގައި   މިވާ   ވޭނަށް،     އެއިން   ފުރިހަމަ  ޝިފާ  ލިބެޔޭ،
                   އަރާމާ     ޢައިޝު    ހޯދައިދޭ،        އެއީ     ފަރުވާއެކޭ     މިހިތަށް.

Print

ޙާފިޡުގެ 49 ވަނަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. މާ ތަޤުޥާވެރިކަމަށް ހެދިގެން އުޅޭ ދީންވެރިޔާއެވެ! އެހެން މީހުންނާ ނުބެހޭށެވެ!
އެހެން މީހުން ކުރާ ކުށްފާފަތައް ތިބާގެ ފަތުގައި ނުލިއުއްވާނެކަން ކަށަވަރެވެ!

2. އަހަރެން ކުރާ ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައްތައް ލިއުއްވާނީ އަހަރެންގެ ފަތުގައެވެ.
ތިބާ ކުރިޔަށް ދާންވީ ތިބާގެ މަގުގައެވެ. އާޚިރުގައި ކޮންމެ މީހަކަށް ލިބޭނެ މޭވާ އަޅާނީ އެމީހަކު އިންދާ ގަހުގައެވެ!!!

Print

ޙާފިޡުގެ ފުރަތަމަ ޣަޒަލު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ދިވެހި ބަހަށް ތަރުޖަމާކުރީ: ޢަބްދުލްމުޢީދު ޙަސަން

1. ޝަރާބުގެ އާރަކުން ސާޤީ މަށަށް ކޫޒެއް އަޅައި ދެއްޗޭ!
                 އެއަށްވާ ޝައުޤަކުން ވަޖިދުވެ މަވީތީ ލަސްނުކޮށް ދެއްޗޭ!

2. އިހަށް ކައިރީގަވީ ޢިޝްޤީގެ މަންޒިލު މާދުރަށް ދިއުމުން،
                 ހިތަށް މިލިބުނު ތަދަށް ފަރުވާ، ތަފާތެއް ނެތި މަށަށް ދެއްޗޭ!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ