އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ވަޒީފީ އަމާނަތް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިޖުތިމާޢީ


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

މާތްﷲ މި ކައުނަށް  ބިޔަ މަސްއޫލިއްޔަތެއް، ''ބޮޑުވާޖިބެއް'' ނުރައްކާތެރި ބުރައެއް، އުފުއްލަން ހަވާލުކުރައްވަންވެގެން މި ކައުނުގައި ހިމެނޭ ބޮޑެތިބާރުތަކަށް،  އުޑަށާއި ބިމަށާއި ފަރުބަދަތަކަށް  އެ މަސްއަލަ ހުށަހެޅުއްވި އެވެ. ނަމަވެސް މި މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވިގެން ﷲގެ ޙަޟްރަތުގައި ކުށްވެރިވެ، އަދަބުލިބިދާނެތީ، އެ މަސްއޫލިއްޔަތާ އެކަހެރިކޮށްދެއްވުމަށް، އެ ތަކެތި ﷲއަށް ދެންނެވި އެވެ.
Print

ޕުލާސްޓިކު ފިނިފެންމާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


 އާދަމް ނަޞީރު އިބްރާހީމް (2010)

އަހަރެން މީނީ ތިބާ އާ ވަރަށް ގާތުގަ އެވެ. ތިބާގެ ގޭގަ އެވެ. ބޮޑުކޮޓަރީ ތެރޭގަ އެވެ. ހަނދާން އެބަ ހުރިހެއްޔެވެ؟ މަގުމަތީ ބާޒާރުން ގަނެގެން، އަހަރެން މި ތަނަށް ގެނައީ ތިބާ އެވެ.

އަހަރެންގެ ކުލަ ތިބާ އަށް ރީއްޗެވެ. ތިބާ އަހަންނަށް ލޯބި ކުރަމު އެވެ.  ހަފުތާއަކު އެއްފަހަރު ފޮޅައި ސާފު ކުރަމުއެވެ. ރީތި ކުރަމު އެވެ. ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ކިބައިން
Print

ތިބާގެ ޢުމުރު އިތުރަށް ކުރުނުކުރާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ބައެއް މީހުންނަށް އާދަޔާ ޚިލާފު ކުޅަދާނަކަމެއް ލިބިފައިވެ އެވެ. ޚިޔާލާއި ފިކުރު ނުތަނަވަސް ކުރުމުގެ ކުޅަދާނަ ކަމެވެ. ކަންބޮޑުވުމާއި ހިތްދަތިކަން ލިބިގަތުމުގެ ކުޅަދާނަކަމެވެ. އެމީހުންނަކީ، ފާސިދު ޚިޔާލުތަކުން ވިސްނުމާއި ފިކުރު ކިލަނބުކޮށްލަން މޮޅު ބަޔެކެވެ.

އެއިން މީހަކު، މާޒީ ހަނދާންކުރާނީ، ފާއިތުވެފައިވާ ވޭނާއި ކެކުޅުމުންނެވެ.
މުސްތަޤުބަލަށް ބަލާނީ، މާކުރިން ކުރިމަތިވެފައިވާ ހިތާމަތަކުގެ ދުރުމިންނެވެ.
ޙަސަދަވެރިޔަކު ބުނެފައިވާ ބަދު ބަހެއް ހަނދާންކޮށް
Print

ނުކުތާތަކެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ތަނަވަސްކަމުގެ ދަޅައިގައި ނުޖެހޭށެވެ!
ޤާރޫނު އަވަދިކޮށްލީ އޭނާގެ ތަނަވަސްކަމެވެ.
ޙާލަތާމެދު ބޮޑާ ނުވާށެވެ!
ޙައްލާޖު ޤަތުލުކޮށްލީ އޭނާގެ ޙާލަތެވެ.

މަޤާމާއި ޤަދަރަށް ބަރޯސާ ނުވާށެވެ!
ފިރުޢައުނު ތިރިކޮށްލީ އޭނާގެ މަޤާމެވެ.
އަބޫ ޖަހުލު ނަރަކައަށް ވައްޓާލީ އޭނާގެ
Print

މެދުމިން އިޚުތިޔާރުކުރާށެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ރީތިކޮށް ހެދުން އެޅުމަށް މަސައްކަތްކުރާ މީހުން ދެކެމެވެ. އެކަމަށްޓަކައި އެމީހުން ގަދައަޅައި މަސައްކަތްކުރެ އެވެ. އެމީހުންގެ ފޭރާމުން އެމީހުންނަށް ޚިދުމަތެއް ލިބުމުގެ ބަދަލުގައި، އެމީހުން އެ ފޭރާމަށް ޚިދުމަތްކުރެ އެވެ! އެމީހުން އެއަށް އަޅުވެތިވެ އެވެ!

އަންހެނަކުހެން ޒީނަތްތެރި ނުވާށެވެ!
ރަސްކަލަކުހެން ހޭދަނުކުރާށެވެ!
Print

މީގޮނުގެ އެކުވެރިކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙައްމަދު ލަޠީފް ށ. މިލަންދޫ
      
"އެކުވެރިކަމަކީ ގަދަފަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ." މި ލަފުޡުތަކަކީ ޒަމާނުއްސުރެ އަޅުގަނޑުމެން އެންމެންވެސް އަޑުއަހާ ދަންނަ ލަފުޡުތަކެކެވެ. ނަމަވެސް މިކަމުގެ މުހިންމުކަމާމެދު ވިސްނާނުލެވޭ ލަފްޡުތަކެއްވެސް މެއެވެ.
 
ޖަންގަލީގެ ޤާނޫނާއި ކަނޑުގެ ޤާނޫނަކީ އަނިޔާވެރިކަމާއި ގަދަ ބާރުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުތަކެކެވެ.
Print

ލާޒިމު ސިފައެއް!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙަންމަދު ނަސީމު
  (ތަރުވާޒު)


ރާނާފައިހުރި ފާރެއްގެ ވަރުގަދަކަން ބިނާވެފައި އޮންނާނީ ގާތަކުގެ ބަދަހިކަމުގެ މައްޗަށެވެ. ޢިމާރާތެއްގެ ބަދަހިކަން ބިނާވެފައި އޮންނަނީ ތަނބުތަކާއި ފާރުތައް ގުޅިލާމެހިފައިވާ މިންވަރެއްގެ މައްޗަށެވެ. ހަމަމިފަދައިން ކޮންމެ މުއައްސަސާއެއްގެވެސް ދުޅަހެޔޮކަން ބިނާވެފައިވާ އެންމެ މުހިންމު އަސާސަކީ އެތަނެއްގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެއްދަނޑިކޮޅު ބިންދާލުމަށްވުރެ ދަނޑިބޮނޑިއެއް ބިންދާލަން އުނދަގޫވާފަދައިން، މިއީ އެތަނެއްގެ ކުރިއެރުމާއި ހަމަޖެހުމަށް ކޮންމެހެން ލާޒިމު ސިފައެކެވެ.
Print

މިޒަމާނުގެ ޅަޒުވާނުން

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ


އައްޝައިޚުލްމަރުޙޫމު ޢުމަރު ޢީސާ

އެއުރެންނާއިމެދުގައި ފިކުރުހުއްޓުވައި، ނަޘަރުހިންގަވައިލެއްވުން ހުއްޓެވެ. އަޅުގަނޑުމެންގެ ޅަފުރައެކޭވެސް އެއްގޮތުން އެއުރެންގެ މިހާރުގެ ޅަފުރާގައިވެސް އެއުރެންނަށް ސޫރަކުރެވިފައިވާ ވަހްމީ ތަސްވީރުތަކެއް އެބައޮވެއެވެ.

އަޅުގަނޑުމެންގެ މުސްކުޅިފުރަޔަށްވުރެ އެއުރެންގެޒުވާންފުރާ މާ އޮފްގަދައެވެ. އެފުރާގައި
Print

މުސްކުޅިންނަށް އިޙްތިރާމު ކުރަމުތަ؟

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

މުސްކުޅިންނަށް އިޙްތިރާމު  ނުކުރަނީ ކޮންބައެއްތޯ އެވެ. މިސުވާލުގެ ޖަވާބަކަށް، އިޙްތިރާމު  ކުރަނީ ކޮންބައެއްތޯ ސުވާލުކޮށްލުމުން ފުދެއެވެ. މުސްކުޅިންނަށް އިޙްތިރާމު ކުރުމަކީ ދީނުގައިވެސް ވަރަށް ބާރުއަޅާފައިވާ ކަމެކެވެ. މުޅި މުޖްތަމަޢުވެސް ބަލައިގަންނަ ރީތި ސިފައެކެވެ. ސުވާލަކީ މުސްކުޅިންނަށް އިޙުތިރާމު ކުރުމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. މިސުވާލަށް ސީދާ ޖަވާބެއްދޭން ވަރަށް ދަތިވާނެއެވެ. ނަމަވެސް
Print

ކާމިޔާބުގެ ބާވަތްތަކާއި އޭގެ ދަރަޖަތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ

ޒުވާން ފިރިހެން ކުއްޖަކަށް ދަޅަދައްކައިގެން، އޭނާއަށް އޮޅުވާލުމުގައި، ޒުވާން އަންހެން ކުއްޖަކު ހޯދާ ކާމިޔާބަކީ ގަޑުބަޑު ކާމިޔާބެކެވެ. ޒުވާން އަންހެން ކުއްޖަކަށް މަކަރުހަދައިގެން އޭނާ ޝިކާރަކުރުމުގައި، ޒުވާން ފިރިހެން ކުއްޖަކު ހޯދާ ކާމިޔާބަކީ ވެސް ގަޑުބަޑު ކާމިޔާބެކެވެ.


ޤަދާސަތުލް ބާބާ ޝަންނޫދާ އައްޘާލިޘް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން



ކާމިޔާބަކީ، އުފާވެރިކަމުގެ ލަފުޒެކެވެ. ކާމިޔާބު މީހާ އޭނާގެ ކާމިޔާބުކަމަށްޓަކައި އުފާކުރާނެ އެވެ. އަދި އޭނާގެ ސަބަބުން، އޭނާގެ ޢާއިލާއަށާއި މިތުރުންނަށާއި އޭނާގެ ވަށައިގެންވާ މުޖުތަމަޢަށް އުފާ ލިބޭނެ އެވެ. ކާމިޔާބުގެ ބައެއް ބާވަތްތަކުން، މުޅި ޤައުމަށް އުފާ ލިއްބައިދެ އެވެ. ރޫޙާނީ ގޮތުން މީހަކު ޙާޞިލްކުރާ
Print

ފުރުސަތުތައް ބޮޑުވީމައެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

އޮފީހުން ނުކުތްތަނުން މަދްރަސީދައުރުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. ހާލުއަހުވާލު އޮޅުންފިލުވާލުމަށްފަހު، މިހިސާބަށް އައިސްގެން ތިޔައުޅެނީ ކޮންކަމަކުތޯ ސުވާލުކޮށްލީމެވެ. އޭނާ އެދެއްކި ވާހަކަތަކުން އަޅުގަނޑުދިޔައީ ފިތްކަނޑައިގެންނެވެ.

އަހަރެމެން ދެމީހުންވެސް ތަޢުލީމު ހާސިލުކުރީ އެއްތަނަކުން އެއްރޮނގަކުން، އެއްދުވަސްވަރެއްގައެވެ. ދެމީހުންގެ ވިސްނުންވެސް ދާދި އެއްކަހަލައޭ އަޅުގަނޑު ހީކުރީމެވެ. ކިޔަވައި ނިމިގެން ރާއްޖެއަށް އައިސް
Print

މާ އަވަހަށް މުސްކުޅިވާ ނަމަ...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް (2010)

ހަމަ އެއްވެސް މީހަކު ޢަޖޫޒު މުސްކުޅިއެއްގެ ގޮތުގައި މައިބަނޑުން މި ދުނިޔެއަށް އުފަންވެ، އެތައްޒަމާނެއްވާންދެން ދުނިޔޭގައި ދިރި އުޅުމަށްފަހު، ތުއްތު ކުއްޖެއްގެ ގޮތުގައިވެގެން މަރުވެ ދިޔަ ކަމެއް އެނގިފައެއް ނެތެވެ. އެއާ ޚިލާފަށް، ކޮންމެ މީހަކު ވެސް އުފަންވަނީ ތުއްތު ކުއްޖެއްގެ ގޮތުގަ އެވެ. އެއަށް ފަހު ކުޑަ ކުއްޖަކަށްވެދެ އެވެ. ފުރާވަރެއް އަތުވެދެ  އެވެ.  ޒުވާނަކަށްވެ އެވެ. މެދު އުމުރުން ހަރު އުމުރުން ދުވަސްވީ މީހަކަށް ބަދަލު ވެދެ އެވެ. އެ އަށް ފަހު  ދުނިޔޭގައި
Print

ބިޒީ....ބިޒީ....ވެރީ ބިޒީ

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙަންމަދު ވަޙީދު – މަޑުލު -

އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނުކޮށް އޮތީމައި ސުވާލު ކޮށްފި ނަމަ، މި ބުނެވެނީ ބިޒީކަމުން އަދި ނުވެގެން އުޅެނީ ކަމަށެވެ. އޮފީހުގެ މޭޒުމަތީގައި ލިޔުންތަކާއި ފައިލްތައް ހުރީ އެ ގޮތް މި ގޮތަށް ފުނިޖެހިފަ އެވެ. މަޖައްލާއަކުން މަޒުމޫނަކަށް އެދިގެން  އެ މަޒުމޫނު ފޮނުވާނަމޭ ބުނިފަހުން ހަފުތާއެއް ވީ އެވެ. އެ މަޒުމޫނެއް ނުފޮނުވެ އެވެ. ގޭގައި ހުރި ދެ ފެން އިސްކުރުން ލީކުވާތީ އެކަން ރަނގަޅުކުރަން އަންހެނުން ބުނާތާ ދެތިން ހަފުތާވީ އެވެ. ބޮޑުދައިތަ އަށް ގޮވައިލަންދާންވެފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ހަނދާންވާ ކޮންމެ ފަހަރަކު މި އަދު ދާނަމޭ
Print

އަސްލާ އެއްގޮތް ހުވަފެނެކެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ރޯދަމަސް ފެށުނީއެވެ. އަހަރެން އުންމީދުއާކޮށް އަޒުމު ވަރުގަދަކުރީމެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ކީރިތި ޤުރުއާން ތިންފަހަރު ޚަތިމު ކުރުމަށް ނިޔަތްގަތީމެވެ. އެއީ ކޮންމެ ދިހައަކަށް ޚަތިމެކެވެ. ގިނަވަގުތު މިސްކިތުގައި ހޭދަކުރުމަށްޓަކައި ރޯދަމަސް ފެށުމުގެކުރިން އަވަސް އަވަހަށް ކުރަންޖެހޭ ބައެއްކަހަލަ ބަޒާރުކޮށްވެސް
Print

ބާރާއެކު ދިރި ހުންނާށެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމްޝަރީފް މުޙައްމަދު ، ރޯޒީ/ށ.ފުނަދޫ

ކޮންމެ އިންސާނަކީ ވެސް ބާރާއި އިޚުތިޔާރު ލިބިފައިވާ މީހެކެވެ. އެހެނަސް ބައެއް މީހުންނަށް މަސައްކަތް ކުރެވޭ ގޮތުންނާ ވިސްނުން ބެހެއްޓޭ ގޮތުން އަމިއްލަ ނަފުސު ބަލިކަށިވެ އަމިއްލަބާރު ދަށަށްދާ ގޮތް ދިމާވެއެވެ.

މޫދުގައި އޮންނަ ގަނޑުފެން ގަނޑަކަށް ބަލާށެވެ. އެ ގަނޑުފެން ގަނޑުގެ ބޮޑުބައި އޮންނާނީ ފެނުއަޑީގަ އެވެ. ފެންމަތީގައި އޮންނާނީ
Print

ބައްލަވާށެވެ. އައްސަވާށެވެ. އެއަށް ވިސްނަވާށެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

މުދާ އިޝްތިހާރު ކުރުމަކީ ވިޔަފާރިވެރިން ވަރަށް އިސްކަންދޭ ކަމެކެވެ. ގިނަފަހަރަށް އެ އިޝްތިހާރަކުން މުޖްތަމަޢަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ވިސްނުމުގެ ބަދަލުގައި ވިޔަފާރިވެރިން އިސްކަންދެނީ އެމީހުންގެ ވިޔަފާރީގެ ފައިދާއަށެވެ. މިފަދަ މީހުންނަކީ އިޝްތިހާރުކުރުމުގެ ސުލޫކީ މިންގަޑުން ބޭރުވާ މީހުންނެވެ. އިޝްތިހާރުތައް ގިންތިކޮށް ރެގިއުލޭޓް ކުރާނެ ވަކިފަރާތެއް ހަމަޖެހިފައި
Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (13)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


 ބިންމާ އިބްރާހީމް ވަޙީދު                                      22 އޮގަސްޓް(އާދީއްތަ)އާ ގުޅޭ......

ގިނަ މީހުން، އެ ސުވާލުގެ ޖަވާބުގައި ބުނާނީ "ނެތް" އެވެ. އެހެން އެ ކަން ވުމަށް ދިމާވި ސަބަބަކީ، "ސާދާކަން" ތިމާގެ ދިރިއުޅުމުގައި ނެތުމެވެ. އެންމެ އާދައިގެ ކަންކަމަށް ދޭންވާ ޝައުގުވެރިކަން ތިމާ އަށް ނުދެވުމެވެ. ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ވެސް ސާދާކަމަށް ސަމާލުކަން ދޭށެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ، މާމެލާމެލިން ފުރިފައިވާ ޖާދޫގެ ބަގީޗާއެކެވެ. ގޭގައި ހައްދާފައިވާ ގަސްގަހުގައި އަޅާފައިވާ މާތައް، އެ މީހުންގެ ލޮލަކަށް ނުފެނެ އެވެ. އެއީ ހިތާމަހުރި
Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (12)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު

14 އޮގަސްޓް(ހޮނިހިރު)އާ ގުޅޭ......

ކަސްރަތުކުރުމުން ތިމާ ހުންނާނެ ގޮތާއި، ތިމާ އަށް ލިބޭނެ ރީތި ނަން ހިތަށް ގެނެވުނީ އެވެ. އެކުވެރިން ކުރާނެ ތަޢުރީފު ވެސް ތިމާ އަށް ވިސްނުނީ އެވެ. ތިމާގެ ބުންވަރަށް އަންނާނެ ހެޔޮ ބަދަލާއި، ސިޑިތަކުން އަރަންޖެހޭ ކަހަލަ ހާލަތުތަކުގައި، ވަރުބަލިކަން ތިމާ އަށް ނުލިބޭނެކަމާއި، އެއިން ލިބޭނެ ފަސޭހަ އަންދާޒާކުރެވުނީ އެވެ. އެ ހުރިހާ ކަމަކީ ވެސް ތިމާ އަށް ލިބޭނެ ހިތްވަރެވެ.

ފަތިހު ތެދުވަން ފަށައިގަންނަ ދުވަސްކޮޅު، އެ ކަން ކުރަން އުނދަގޫވާނެ އެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.
Print

ރީތިވާހަކައެއް ލިޔެ ދެއްވުން އެދެމެވެ!

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޚްތާރު އަބުދުއް ރަޙްމާން ނޫރާނީގެ ށ. މިލަންދޫ
17 ޖުލައި 2007 (އަންގާރަ)

ވާހަކަ ކިޔުމާ ވާހަކަ އަޑު އެހުމާ ވާހަކަ ލިޔުމަކީ އެވޭލާ ޒަމާނުންސުރެ ހިގައި އަންނަ ކަމެކެވެ. މިބިންމަތީގައި އިންސާނުން އުޅެން ފެށުމާއެކު ވާހަކަވެސް ވަނީ ފެށިފައެވެ.   سورة المائدة ގެ 27 ވަނަ آية  ބައްލަވައިލައްވާށެވެ!  (وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِن أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الآخَرِ قَالَ لَأَقْتُلَنَّكَ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ) آدم عليه السلام ގެ ދަރިކަލުން هابيل އާ قابيل ގެ ވާހަކައިން ވާހަކަ ފެށުނީ އެވެ.  އާދަމުގެފާނުގެ ދެ ދަރިކަލުންގެ ދެމެދުގައި ފެށުނު ދެކޮޅުވެރިކަމަކީ ކޮބައިތޯ އެވެ؟
Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (11)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު


08 އޮގަސްޓް(އާދިއްތަ) އާ ގުޅޭ....

9. ފާގަތި ކަމާއެކު ދިރިއުޅުން

މީހެއްގެ ވިއްޔާ ގޮތެއް ހުންނަންވާނެއޭ ބުނާ އަޑު، ވަރަށް ގިނައިން އިވޭނެ އެވެ. އެއީ، ދޫ ފަސޭހަ އަކަށް ބުނެލާ އެއްޗެއް ނޫނެވެ. އެކަމަކު، ވަރަށް ހަރުދަނާ، ފުން މާނަތަކެއް އޭގައި އެކުލެވިފައިވާ "ނަސޭހަތެއް" ވެސް މެއެވެ. އެހެން މީހުން ތިމާ ދެނެގަންނަނީ، ހަމައެކަނި ނަމަކުން ނޫނެވެ. ތިމާގެ ސުލޫކަކީ ވެސް، ތިމާ ދެނެގަތުމުގައި އެހެން މީހުން ފާހަގަކުރާ ސިފައެކެވެ. ސުލޫކަކީ، ތިމާ އުޅޭގޮތް ނުވަތަ ޢަމަލުތައް ހުންނަ ގޮތެވެ. ވިޔަޔާދިއުމާއި، ހަރުދަނާކަމާއި، ފަރުވާކުޑަކަމާއި، އޯގާތެރި ފަދަ ދަރަޖަތައް ތިމާ އަށް ލިބެނީ، މި ބުނާ ސުލޫކު ވަޒަންކުރުމަށްފަހު، ނުކުންނަ ނަތީޖާއެއްގެ ސަބަބުންނެވެ. ސުލޫކު ރަނގަޅު ކުރުމަށްޓަކައި، ކޮންމެ ދުވަހަކު ތިމާ ވަކި މިންވަރަކަށް ކުރަންޖެހޭ ޢަމަލުތަކެއް ހުރެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ