އިޖުތިމާޢީ

Print

ކުރާ މަސައްކަތާއި ތިމާގެ ސްޓައިލް

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

'ސްޓައިލް' މިއީ އިނގިރޭސި ބަހެކެވެ. ވިކިޕީޑިއާގައި މިބަހާ ގުޅުންހުރި ތަފާތު ހަތް ބަހެއްގެ މާނަ ބުނެދީފައި ވެއެެވެ. އޭގެތެރެއިން މިލިޔުމާ އެންމެ ބޮޑަށް ގުޅެނީ ‘physical appearance’ މިބަހެވެ. ބޭރުފުށުން ފެންނަން ހުންނަ ސިފަތަކަކީ މިދެންނެވި 'ސްޓައިލް' ގެ ތެރޭގައި ހިމެނޭ ކަމެއްނަމަ، ހެދުން އެޅުމާއި، ބޮލުގެ އިސްތަށިގަނޑު އެހުންނަ ގޮތަކާއި އަތުގެ ނިޔަފަތި ބެހެއްޓިފައި ހުންނަ ގޮތަކީވެސް ސްޓައިލް ގެ ބައެކެވެ. އެކި މީހުނަށް ކަމުދަނީ އެކި ސްޓައިލެވެ.
Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (2)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


1މޭ (ހޮނިހިރު) އާ ގުޅޭ..

ބިންމާ އިބްރާހީމް ވަޙީދު

ރޫޙާނީގޮތުން އަހަރުމެންގެ ހިތުގައި ދަބަރުޖެހީ ނޫންބާ އެވެ؟ ބޮޑުވަމުން އަހަރުމެން އައިއިރު މައިންބަފައިން ދަސްކޮށްދިން އެއް ކަމަކީ، ޝުކުރިއްޔާ ބުނުމެވެ. މީހަކު ކޮށްލަދޭ ކުޑަކުޑަ ކަމަކުން އަހަރުމެންގެ ހިތް އުފަލުންފުރިދެއެވެ. ކަމެއް ކޮށްފައި އޭގެ ބަދަލަކަށް އަހަރުމެން ނޭދެމު އެވެ. ކާން ގެންގުޅުނު މެޓައިން އެއްފަޅި ކޮއްކޮ އަށް ނުވަތަ ދައްތަ އަށް ދޭކަށް ޖެހިލުމެއްނުވަމު އެވެ. މާމަ ނުވަތަ ކާފަ ގެ އަށް އަހަރެން ދާހިތްވެ އެވެ. ބޮޑުވާ ވަރަކަށް އެ ރީތި އާދަތައް ހަނދާންނެތިގެން ގޮސް، ވަޒީފާ އަށް ވަނުމުން، މާމަ ނިޔާވާ ދުވަހު، ކަށުނަމާދުގައި ބައިވެރިވާން ވެސް އޮންނަނީ ނުދެވިފަ އެވެ.
Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (1)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު
   
އަހަރެން އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުއްޓެވެ. އެކަމަކު، އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބެ އެވެ. އަހަރެން މުސްކުޅިވާ ދުވަހު އަޅާލާނެ ބައިވަރު ދަރިން އެބަތިއްބެވެ. އެކަމަކު، އަހަރެން އުފަލެއްނުވެ އެވެ. އަހަންނަކީ، ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އެވެ. އެކަމަކު، އަހަރެންގެ ސިކުނޑި އަށް އެއްވެސް އަރާމެއް ނުލިބެއެވެ. މައްސަލަ އަކީ ކޮބައިހެއްޔެވެ؟
Print

އޮބީމާ، ކޮއްޕީމާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އައްޝައިޚުލްމަރުޙޫމު ޢުމަރު ޢީސާ

އޮބުން، ފިއްތުން، ކޭއްތުން، ކޮއްޕުން، މިހިރީ އަޅުގަނޑުގެ މި މައުޟޫޢުގައި ގޮތް ތަފާތަކަސް މަޢުނަ އެކައްޗަކަށްވާ ކަންތައްތައް. އަޅުގަނޑުގެ ގަސްތަކީ، ފިޒިކްސް ނުވަތަ ޠަބީޢީ ޢިލްމުގެ ގޮތުން މި ކަންކަމުގެ ނަތީޖާއަށް ބަލައިލުން. ދެން އެކަންކަމުން ފެންނަ ނަތީޖާއަކާއި ހަމަ އެކަންކަމުން އިންސާނުންގެ މެދުގައި މަޢުނަވީ ގޮތުން ފައިދާވާ ނަތީޖާއަކާއި، މި ދެ ނަތީޖާ އެއް ރޮނގުން ދޭތޯ ބަލައިލުން.
Print

ނަސޭހަތެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ބެންޖަމިން ފްރޭންކްލިން (Benjamin Franklin)އަކީ އެމެރިކާގެ މުފައްކިރެކެވެ. އޭނާ އުފަންވެވަޑައިގަތީ، މީލާދީން 1706ވަނަ އަހަރު އެވެ. އަވަހާރަވީ 1790ވަނަ އަހަރު އެވެ. އޭނާގެ ވިދާޅުވުމެއްގައި ވެ އެވެ. ''ކާވެނީގެ ކުރީން ތިބާގެ ލޯ ތަންމިނަށް ހުޅުވައިފައި ބަހައްޓާށެވެ. އެކަމަކު ކާވެނީގެ ފަހުން ދެބައިކުޅަ އެއްބަޔަށް  މަރައިލައިގެން ހުންނާށެވެ.''
Keep your eyes wide open before marriage, half shut afterwards.

Print

" ކޮއިފުޅާ ހަސަނާއެވެ. މީހުން މީހުނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ."

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ބޮޑުތަކުރުފާނު ވާހަ ކިޔާފައިވާ އެއްވެސް މީހަކަށް މިކަން އޮޅިފައެއް ނުވާނެއެވެ. އެތަކުރުފާނުގެ މަތިވެރި ޖިހާދުގެވާހަކައާއި ޙިކްމަތްތެރިކަމުގެ ވާހަކަ އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އެވާހަކައިގައި ވާގޮތުން އެތަކުރުފާނު ދުވާފަރަށް ކުރެއްވި ދަތުރެއްގައި، ވަރަށް ނިކަމެތި ބަލި ކުއްޖަކާ ދިމާވިއެވެ. އެއްއަތުން ކާށި ކޮޅެއްކަމުން އަނެއް އަތުން މެހި ފައްސަމުން އައި ކުއްޖެކެވެ. (މެހިފައްސަމުން އަންނަނީ ހަށިގަނޑުގެ އެކި ތަންތާގައި ހުރި ފާރުގަނޑުތަކުން ނުކުންނަ ދިޔައާއި ދޮހުގެ ސަބަބުން މުޅި މީހާ ވަށައިގެން މެހި އެނބުރެމުން ދާތީކަމަށް އެވާހަކައިގައި ބުނެފައި ވެއެވެ.)
Print

ހުވަފެނެއްގެ އަސަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


ޙަޤީޤީ ހާދިސާ 

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ޒުވާނާގެ ޢުމުރު ވޭތި ކޮށްލަމުންދަނީ، ޒުވާންކަމުގަ އެވެ.  ''ކާށި ކެވޭނީ ދަތް ހުއްޓައޭ'' މުސްކުޅިން ބުނާ ބަސް އެއީ ޅަ ދުވަހުގެ މޮޓޯއެއްކަމުގައި ބަލައިގެން އުޅެނީ ކަމަށް ވެދާނެ އެވެ.  ދުވާލު ދިރިއުޅުމަށް މަސައްކަތް ކުރެ އެވެ. އެކަމަކު ރޭގަނޑު އަވަދި ނެތިފައިވަނީ، ހުތުރުކަންބޮޑު ފާފަޔަށް އަރައިގަތުމުގަ އެވެ. ''ބަރިޔަކަށް ލޯބި ހިތުގައި ޖެހުނުހާ ވަގޮށުން''  ބަރިޔަކަށް ފާފަ ފަތުގައި ޖެހޭނެ ގޮތަށެވެ.
Print

ހޭލުންތެރިކަން އިތުރު ކުރުމަކީ ކޮބާ؟

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

މަތީގައި އެ އޮތީ ސުވާލެކެވެ. ނަމަވެސް އޭގެ ޖަވާބަކީ ކޮބައިކަމެއް އަޅުގަނޑަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. އެހެނެއްކަމަކު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރާވަރަށްގިނަ ކަންތައްތައް ބުނެދިވެދާނެއެވެ. ލުއި ފޮތް ބެހުން، ރޭޑިއޯ ނުވަތަ ޓީވީ ޕްރޮގްރާމްތައް ފޮނުވުން، މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުން، ބެނާތައް ދެމުން، ގިނަމީހުނަށް ފެންނާނެހެން ތަފާތު ލިޔުންތައް ބެހެއްޓުން، މިއިން ކޮންމެކަމަކީވެސް ކޮންމެ ވެސް ދިމާއަކުން މީހާގެ މަޢުލޫމާތު އިތުރުކޮށްދޭނެ ކަންކަމެވެ. ކަންކަމާގުޅޭ ތަފާތު މަޢުލޫމާތު ލިބިފައި ހުރުން އެއީ އެކަމާމެދު ހޭލުންތެރިކަން އިތުރުވުން ކަމުގައިވަނީނަމަ މި ދެންނެވި ކަންތައްތަކުގެ ސަބަބުން ވެސް ކޮންމެ ވެސް ބައެއްގެ ހޭލުންތެރިކަން އިތުރުވާނެކަން ކަށަވަރެވެ.
Print

ނޭނގުމަށްވުރެ ދެރަކަމެއް ނެތެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ޝަރީފު، ރޯޒީ - ށ. ފުނަދޫ

ސުކޫލާއި ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ހުވާސް އަވަސްވަމުން ދިޔަ އެވެ. މޭގަނޑުގެ ތެޅުން ބާރު ވަމުން ދިޔައެވެ. ހިތު ތެރޭގައި އެތައްހާސް ސުވާލެއް އެނބުރެމުން ދިޔައެވެ. ސުކޫލުގައި އުޅެންޖެހޭނީ ކޮންފަދަ ޙާލެއްގައި ބާވައެވެ! އެތާނގައި ތިބޭނީ ކޮންކަހަލަ މުދައްރިސުންނެއް ބާވަ އެވެ! އެތަނުގައި އުޅޭކުދިން މަށަށް ގޯނާއެއް ނުކުރާނެ ބާވަ އެވެ! މި ސުވާލުތައް މިގޮތަށް ހިތު ތެރޭ ގައި ތަކުރާރުވަމުން ދިޔައީ ކުރިން ނުވެސް ދަންނަ، އެތަނުގެ އަޑު ނުވެސް އަހާ، މުޅިން އައުސުކޫލަކަށް  އާދެވޭތީ އެވެ. ރަށާއި، އަތޮޅުންވެސް ބޭރު މިފަދަ ސުކޫލަކަށް އަންނަން ޖެހުނީ
Print

ގޭގައިލާނީ އެގެއަކާ އެކަށީގެންވާވަރުގެ ފުރާޅެކެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


މުސްލިމް މުޚްލިސް

ޤަދީމީ ޗައިނާގެ ޙިކްމަތްތަކުގެ ތެރޭގައި ވެއެވެ. ރައްޔިތުންގެ ތެރެއިން ފަޤީރަކަށް ރަނގަޅު އިނާމެއްދެއްވުމަށް ރަސްގެފާނު ހިތްޕުޅަށް އެރިއެވެ. ދެން އެމީހާ ދަރުބާރަށް ހާޒިރު ކުރައްވައި  ވިދާޅުބަސްފުޅު އިއްވެވި އެވެ.  މި ހިސާބުން ފެށިގެން ކަލެއަށް ހިނގާފައި ދެވުނު ހިސާބަކާ ހަމައަށް އެކުގައި ކަލެއަށް މިލްކުކޮށް ދެއްވާނަމަވެ. އަވަހަށް ގޮސް އެކަން ފުރިހަމަ ކޮށްފައި  އެނބުރި އަންނަންދާށެވެ. ދެން އެމީހާ ވީއުފަލުން ހިނގަންފެށިއެވެ.
Print

އަޖައިބުކުރަނިވި ނަމާދު

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ އިޖުތިމާޢީ



ޅޮހީ ޢަބްދުއްރަޙީމް


ހަށަންބަން ތަކުބިރުގެ އަޑާއެކީގައި ހަށަން ބަނީމެވެ. ނަމާދުގައި ކިޔާތަކެތި ހިތުދަސްކޮށްފައި ހުރިގޮތަށް ކިޔަން ފަށައިފީމެވެ. އިރުކޮޅެއްނުވެ މަޑު މަޑުން ޚިޔާލުތަކުގެ ތެރެއަށް ގެނބެންފަށައިފިއެވެ. އަޅުގަނޑުހުރީ އަކީ މިރާއްޖެއަކު ނޫނެވެ. ބޭރުކަރަޔެއްގައެވެ. އަނެއްކާ މި ދައްކަނީ ތޮއްޑޫކަރާ، އިންޑިޔާކަރާގެ ވާހަކައެއްވާނޫނެވެ. އެއީ ވަށައިގެންވާ ފެހި ބިމެކެވެ. ތަފާތު ރީތިކުދިންތައް ދުވެ ނަގަނީ އެވެ.  ކޮންމެ ކުއްޖެއްގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ދުނިޔޭގެ އުފާތަކުގެ ތެރެއަށް ގެނބިފައި ތިބި ކިތަންމެ ޒުވާންކުދީންނެކެވެ. ފިކުރެއް ޚިޔާލެއްނެތިވާ މީސްތަކައިގެން މުޅިތަން، ރަކަރަކަލަމުންދެ އެވެ.
Print

މަގޭ މަގުމަތީ އިންޞާފު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު އަޖްމަލް ޙާމިދު

އަހަންނަށް އަނިޔާ ވެވިއްޖެއެވެ. އަހަރެން މިހުރީ ރުޅި އައިސްފައެވެ. އަހަރެންގެ މުދަލަށް އެމީހުން އަރައިގެންފިއެވެ. އަހަރެންގެ ފޯނު ގަދަކަމުން ޖަހައިގެންފިއެވެ. އަހަރެންގެ ގޭގައި ހުރި އަގު ބޮޑެތި މުދާ ރޭގަނޑުގެ އަނދިރީގައި ވަގަށް ނަގައިފިއެވެ. އަހަރެންގެ އަބުރާ އެމީހުން ބެހެފިއެވެ. އަހަރެން ދެރަވާފަދަ ނަންނަމުން އަހަންނާ މުޚާޠަބު ކޮށްފިއެވެ. އަހަރެންގެ އެކުވެރިންނާއި ގާތްތިމާގެ މީހުން ހިތުގައި ޖެހޭފަދަ ވާހަކަ އެމީހުންނާ ދިމާލަށް ގޮވައިފިއެވެ. އަހަރެންގެ އަބުރާ ބެހެފިއެވެ. އަހަރެންގެ އަންހެން ކޮއްކޮއާ ބެހެފިއެވެ. އަހަރެންގެ މަންމައާ ފޮށެފިއެވެ. ދައްތައަށް މަގުމަތީގައި ހިނގުން ދަތިކޮށްފިއެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާއަށް މައްލަވަކޮށްފިއެވެ. އަހަރެން މިހިރީ ވަރަށް ރުޅި އައިސްފައެވެ!
Print

އަޅުގަނޑުގެ ބަސް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ



ޢަބްދުﷲ ފާރޫޤު ޙަސަން

   
ދިވެހިރާއްޖޭގައި ބޭރުމީހުން އަޅުކަންކުރާނެ ޚާއްޞަ ތަންތަން ހެދިދާނެ ހެއްޔެވެ؟ ފައްޅިތަކާއި ސިނަގޮގުތައް ހެދިދާނެ ހެއްޔެވެ؟ އަޅުކަން ކުރުން ނޫންގޮތަކަށް ކާވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ބޭނުމުގައިވެސް ފައްޅިއެއް އެޅިދާނެ ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ބަޔެއްގެ ސުވާލަކަށްވަނީ ވެފައެވެ. ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ނޯންނަ ވާހަކަޔަކީ ބައިނަލްއަޤްވާމީ ދައުވާއަކަށްވަނީ ވެފައެވެ.
 
Print

މިހިރަ ނިމިދަނީ!

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝިފްޒާން އަޙްމަދު

ނިމިދަނީއެވެ. ހަމަ ޙަޤީޤަތުގައިވެސް ނިމިދަނީއެވެ. މަރުގެ ސަކަރާތަށް މިވަނީ ހުށަހެޅިފައެވެ. ނޭވާ ހޮޅިއަށްއެޅި ނޭވާލުން މިވަނީ ދަތިވެފައެވެ. ފިކުރުބޮޑުވެ ދެލޯ މުދުނަށް އަރައިފައިމިވަނީ ބިރުންނެވެ. އަޖަލުޖެހޭތީއެވެ. އިންޒާރުގެ ރަނގަބީލުގެ އަޑު މެދުކެޑުމެއްނެތި އެބައިވެއެވެ. ފުރާނައިގެ ބާރު ހުސްވެ، ހަށިން ހޭނެތިދަނީއެވެ. އަޅުގަނޑުތޯއެވެ؟ ނޫނެކެވެ. އަޅުގަނޑު ހަމަހެޔޮ ޙާލުގައި އެބަހުރީމެވެ. އެހެންނަމަވެސް މިދެންނެވީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ ޙާލެވެ. މިޤައުމު ތަޙައްމަލުކުރަމުންދާ ނިކަމެތިކަމުގެ ވާހަކައެވެ. މިދީބު މިއަދު ހުށަހެޅިފައިވާ ގެއްލުން ލިބެނެވި ޙާލުގެ ވާހަކައެވެ. މިނާމާންކަން އިޙުސާސުކުރާ ދިވެއްސެއް ކަމުގައިވާތީ ބަހެއްނުދަންނަވައި ނުހުރެވިގެން ތިޔަ ކިޔުންތެރިންނާ މިކަންކަން ޙިއްސާކޮށްލާނަމެވެ.
Print

ލިޔުންތެރިންގެ ޒިންމާއަކީ....

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ލިޔުންތެރިންނަކީ އެމީހުންގެ ބޮލުގައި ބޮޑެތި ޒިންމާތަކެއް އެޅިފައިވާ ބައެކެވެ. ލިޔުމެއް ނުވަތަ މަޒްމޫނެއް ލިޔާއިރު ވިސްނަންޖެހޭ ވަރަށް ގިނަކަންތައްތައް ހުންނަކަމަށް މުދައްރިސުން ބުނާތީ އަޑުއަހަމެވެ. ފޮތްތަކުން ވެސް ކިޔަމެވެ. ނަމަވެސް އަދިވެސް އެކަންތައްތަކީ ކޮބައިކަމެއް ނޭގެއެވެ. އެކަން ނޭގިފައި އެއޮތީ ކިޔެވި ފޮތްތަކުގައި ލިޔެފައި ނެތީމާ ކަމަށްވެސް ވެދާނެއެވެ. އެހެން ކަމަށްވާނަމަ އެ ފޮތްތައް އެވަނީ އިޞްލާހުކުރަން ޖެހިފައެވެ.
Print

މަގުމައްޗަކީ، އެންމެންގެތަނެކެވެ.

ޝާޢިއުކުރީ މުޙައްމަދު ވިދާން ޝާކިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙައްމަދު ވިދާން ޝާކިރު

މަގުމައްޗަކީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ބޭނުން ކުރާ ތަނެކެވެ. އެކި އުޅަނދުފަހަރު ދުއްވާ މީހުންނާއި ހިނގާމީހުން މަގުގެ ބޭނުން ރެޔާއި ދުވާލު ސައުވީސްގަޑީއިރު ބޭނުންކުރެއެވެ. މިދެބައިމީހުންނަށް ވަކި ސަރަޙައްދެއް މަގުގައި ހެދިފައިވެއެވެ. ހިނގާމީހުންނަށް މަގުގެ ދެފަރާތުގައިވާ ދުވާރެވެ. ދުއްވާމީހުންނަށް މަގުގެ ދެފަރާތެވެ. މި ދެސަރަޙައްދު ކަނޑައެޅިފައިވާ ފަރާތްނޫން އެހެންފަރާތެއް ބޭނުންކުރާނަމަ ޤަވާޢިދާ ޚިލާފުވީއެވެ. އެހެން ކަމުން މަގުމަތީގެ ޤަވާޢިދުތަކަށް އެންމެންވެސް އިޙްތިރާމްކޮށް ބޯލަނބަން ޖެހެއެވެ.
Print

ކާމިޔާބު ހޯދަން ބޭނުންނަމަ....

ޝާޢިއުކުރީ އާދަމް ޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ޝަރީފު މުޙައްމަދު، ރޯޒީ/ށ. ފުނަދޫ

އޮފީހަކުން އިޝްތިހާރެއް ކޮށްފައި ހުއްޓާ ފެނުނެވެ. " ސްމާޓް" ސެކްރެޓަރީއަކު ބޭނުން ވެއްޖެއެވެ. އެކަމަކު އޭނާއަކީ ސްމާޓްވެގެންގޮސް ހައްދު ފަހަނަ އަޅާފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
Print

ހޭލުންތެރިކަން އިތުރު ކުރަންވީއެވެ.

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

'ހޭލުންތެރިކަން' މިބަސް އައިސްފައި މިވަނީ 'ހޭލުން' މިބަހުން ކަމަށް ފެނެއެވެ. 'ހޭލުން' މިބަހުގެ ހަތަރު މާނައެއް ދިވެހިބަސްފޮތުގައި ވެއެވެ. އޭގެތެރެއިން މިލިޔުމާ ގުޅުންހުރި މާނައަކީ ތަންދޮރު އެނގުމެވެ. އެހެންވީމާ ހޭލުންތެރިކަމަކީ ތަންދޮރު އެނގުމެވެ. ނުވަތަ ރޯފިލާފައި ހުރުމެވެ.

ސަރުކާރުގެ އޮފީސްތަކުންނާއި ޖަމްއިއްޔާ ޖަމާތައްތަކުން އެންމެ ގިނައިން ކުރާއެއްކަމަކީ ހޭލުންތެރި ކުރުވުމެވެ. ތަފާތު އެކިދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕޮރޮގްރާމުތައް ހިންގުމެވެ. އެންމެ ޚަރަދު ބޮޑުކޮށް ކުރެވޭ އެއްކަމަކީވެސް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައްހިންގުމެވެ.
Print

އުފެއްދުންތެރިކަން ނެރެ ދައްކާށެވެ!

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ



އާދަމް ޝަރީފް، ރޯޒީ / ށ. ފުނަދޫ

ތިބާއަކީ އުފެއްދުންތެރިއެއް ހެއްޔެވެ؟ ތިޔައީ އަހަރެމެންގެ މި މުޖުތަމަޢުގެ ގިނަ ފަރުދުން ފަދަ މީހެއް ނަމަ މި ސުވާލުގެ ޖަވާބުގައި ބުނާނީ ނޫނެކޭއެވެ. ބުނެވޭ ގޮތުގައި އުފެއްދުންތެރިކަމަކީ އަހަރެމެންގެ ޙަޔާތުގައި ވަރަށް މަދުންނޫނީ ނުފެންނަ ވަރަށް ތަދު އެއްޗެކެވެ. އުފެއްދުންތެރިވަނީ އާޓިސްޓުންކަމުގައި ގިނަފަހަރަށް އަހަރެމެންނަށް ޤަބޫލު ކުރެވެއެވެ. އެހެންނަމަވެސް ތަފާތު ހޯދުންތަކުން ދައްކާގޮތުގައި އުފެއްދުންތެރި ކަމަކީ އަހަރެމެން އެންމެންގެ ކިބައިގާވެސް ވާ ކަމެކެވެ. މި ފަންނު ނެތް އެއްވެސް މީހަކު ނުވެއެވެ. ނަމަވެސް މިކަންކަން ނެރެދައްކަލާނެގޮތް އަހަރެމެންގެ ކިބައިގާ ނުވަނީ އެވެ.
Print

ތިމާ ދޫކޮށްފައި ދިއުމަށް ފިރިމީހާއަށް މަޖުބޫރުކުރާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙުމަދު މުޙައްމަދުލްޔަމާނީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ބައެއް އަނބިން ޤަބޫލުކުރާ ގޮތުގައި، ކާވަނީގެ ގުޅުމަކީ، ދާއިމީ ގުޅުމެކެވެ. އެއީ ދުވަހަކު ވެސް ވަކިވުމެއް ނެތް ގުޅުމެކެވެ. ތަފާތު އެކިއެކި ސަބަބުތަކާއި ބަހަނާތައް ދައްކައި، އަނބިމީހާ ކިތަންމެ ޝަކުވާތަކެއްކޮށް، ކިތަންމެ މައްސަލަތަކެއް ޖެއްސިޔަސް އެ ގުޅުން ކެނޑުމެއް ނެތެވެ. އަދި ކިތަންމެ ވަރަކަށް ފިރިމީހާއާ އަރާރުން ވިޔަސް، އެއީ ވަކިވާން އޮތް ގުޅުމެއް ނޫނެވެ. އެފަދަ އަނބިން ދެކޭ ގޮތުގައި މުހިންމީ، އޮޑި އަޑިޔަށް ނުދިއުމެވެ. ރިޔާތައް އިރި، ފަލިތައް ބިންދައިގެން ދިޔަޔަސް ވަރިހަމަ އެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އެފަދަ އަނބިންނަށް ތެދުމަގު ދެއްކެވުމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ