އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ހުޅަނގުގެ އެންމެ ބޮޑު ޙިއްޞާ ބާޒާރު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިޖުތިމާޢީ

     

އިސްލާމީ މުޖްތަމަޢުތަކުގައި ފާޙިޝްޢަމަލުތައް ފެތުރުން


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


ނޫރުސޫރަތުގެ 19ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ  " إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآخِرَةِ وَاللَّهُ يَعْلَمُ وَأَنتُمْ لا تَعْلَمُونَ    - ހަމަކަށަވަރުން އީމާންވިމީހުންގެ ތެރޭގައި ހުތުރުކަންބޮޑުފާފައިގެ ވާހަކަ އާއި، ޢަމަލުތައް ފެތުރިގެންދިޔުމަށް ލޯބިކުރާ މީހުން ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު  އެއުރެންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
Print

ނަފުސުގެ އިތުބާރު

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ އިޖުތިމާޢީ



ނާއުއްމީދުގެ އަނދިރިކަމުގެ ތެރެއިން އުއްމީދުގެ އަލިކަން ފާޅުވެ ފެންނަން ހުންނާނެއެވެ.

މުޙައްމަދު ޝާރިފް/ ޅ.ނައިފަރު (2009)

އިންސާނާގެ ޙަޔާތަކީ ގޮތްނޭނގޭ އެއްޗެކެވެ. އަޑިގުޑަންތައް ގިނަ ދިގު ރާސްތާއެކެވެ. ޚުދު ތިމާއަށްވެސް ނޭނގޭ އެތައް ސިއްރުތަކެއް ތިމާގެ އަމިއްލަ ޙަޔާތުގައި ވެއެވެ. މާދަމާ ތިމާއަށް ދިމާވާނީ ކޮންގޮތެއްކަން، އެގޮތަށް އެކަންތައް މެދުވެރިވުމާ ހަމަޔަށް ވަނީ ސިއްރުވެ ވަންހަނާވެގެންނެވެ. ބައެއްފަހަރު އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ ކަންތައްތައް ދިމާވެއެވެ. އަނެއްބައިފަހަރު ހީވެސްނުކުރާހާ ބޮޑެތި ހިތާމައާއި ހިތްދަތިކަމާ ކުރިމަތިލާންޖެހިދެއެވެ. މިކަމަށްއޮތް ހައްލަކީ ކޮބައިތޯއެވެ؟ މިކަމަށްއޮތީ ހަމަ އެންމެ ހައްލެކެވެ. އެއީ ޙަޔާތާއި ކުރިމަތިލުމެވެ. ތިމާގެ ޙަޔާތުގައި ކޮންމެ ގޮތަކަށް ކަންތައްތައް ދިމާވިޔަސް އެދިމާވާ ކަންތައްތަކާއި ކެރިގެން ކުރިމަތިލުމެވެ. އުފާވެރިކަން ލިބޭވަގުތު ޝުކުރުކުރާ ޙާލުގައެވެ. އަދި ހިތާމައާއި ހިތްދަތިކަން ދިމާވަގުތު ކެތްތެރިވެގެންެނެވެ.
 
Print

ބުޅާއަލީގެ ''ނަބީކަން''

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

މީގެ ސާޅީހަކަށް ފަންސާހަކަށް އަހަރު ކުރިން ރާއްޖޭގެ ރަށެއްގައި ހިނގިކަމެކެވެ. ނަސީބު ތަންދޭ ގޮތުން، ހާދިސާ ހިނގި ރަށުގެ ނަން ހަނދާންކުރާކަށް އަޅުގަނޑަކަށް މާ ދައްޗެއް ނޫނެވެ. ހާދީސާ ހިނގީ އަޅުގަނޑާ އެންމެ ގުޅުން ބޮޑު، ފަސްގަނޑުގައި ކަމަށްވާތީ އެވެ. އއ. ތޮއްޑޫގައި ކަމަށްވާތީ އެވެ.
Print

ޖަލުމީހުން

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ



އިބްރާހީމް ނަޢީމު


ނޯޓް: މިލިޔުމުގެ ބޭނުމަކީ ޖަލުގެ ހާލަތު އަންގައިދިނުމާއި އެތާތިބޭ މީހުންގެ ހައްގުތައް ބަޔާންކުރުމާއި މިންގަޑުތައް ވަޒަން ކުރުމެއް ނޫނެވެ. ހައްގުތައް ކަނޑައެޅުމާއި އެހައްގުތައް ފޯރުކޮށްދޭގޮތް ބެލުމަކިީ އަޅުގަނޑުމެންގެ ޒިންމާގެތެރެއިން އަންނަ ކަމެއް ނޫނެވެ. މިލިޔުމުގެ އެންމެ މުހިންމު ބޭނުމަކީ އެތަނުން ފެނުނު ދެތިންކަމެއް ކިޔުންތެރިންނާ ޙިއްސާ ކޮށްލުމެވެ. އަދި ދަންނަވަމެވެ. ބޭނުންކުރެވިފައިވާ ނަންތަކަކީ ވެސް އަސްލު ނަންތަކެއް ނޫނެވެ.

Print

މަގުމައްޗާއި ޓްރެފިކް ލައިޓް

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ބޭރު ކަރައެއްގައި އެތައްއަހަރެއްވަންދެން  އުޅުމަށްފަހު މާލެ އާދެވުނު އިރު މާލެއަށްވަނީ ލައްކަ ގިނަބަދަލުތައް އައިސްފައެވެ. ގިނަ ބަދަލު ތަކަކީ ތަރައްޤީއާއި ތަހުޒީބުގެ ގޮޅިއަށް ފެތިގެންދާނެ ކަންތައްތަކެވެ. ނަމަވެސް އަނެއްބައި ބަދަލުތަކަކީ  ތަހުޒީބީ މުޖުތަމަޢެއްގައި ހުރެގެން ނުވާނެ ކަންތައްތަކެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާމާ ނުގުޅޭ ކަންތައްތަކެވެ.

ބަދަލުތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަމަކީ ޓްރެފިކް ލައިޓާއި މަގުމަތީގެ އެކި ހިސާބުތަކުގައި ރީނދޫ ކުލައިން ދަމާފައިވާ ރޮނގުތަކެވެ. މީ އަޅުގަނޑަށް މުޅިން އާކަމަކަށް ނުވީ އަޅުގަނޑު އުޅުނު މާހައުލުގައިވެސް މިތަކެތި ހުންނާތީއެވެ. ނަމަވެސް ތަފާތުވާ ތަންކޮޅަކީ އެތަކެތީން އެއަންގައިދޭ އެންގުންތަކަށް އަޅުގަނޑުމެން އަމަލުކުރާ ގޮތެވެ.
Print

މައިވީއްލުން

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


 
އަޙްމަދު ރަޝީދު  އެސްޖެހިގެ  ލ.ފޮނަދޫ

ފިޔޮއް ކުކުޅެއް، އެސޮރުގެ ކުދި ފިޔޮއްތައް ބަލައި ބޮޑުކުރަނީ ނުހަނު ބުރަ މަސައްކަތުންނެވެ. އެހާމެ އޯގާވެރިކަމާއި އެކުގައެވެ. އެންމެ ފުރަތަމަ ބިސްއަޅާ ދުވަހުން ފެށިގެން މައި ކުކުޅުގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފުލަން ފަށައެވެ. ވިސްނާ ފިކުރުކުރާ ކޮންމެ އިންސާނަކަށް ލާމަސީލު މިސާލެއް ދައްކަމުންނެވެ.
Print

އެހެން މީހުން ހީކުރާނީ ކީކޭބާވައެވެ؟

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ޝަރީފަކީ އަޅުގަނޑު ކުޑައިރުގެ މާ ގާތް ރައްޓެއްސެކެވެ. ދެމީހުން އެކުވެރިކަމުގެ ތެރިއިން އެކަކު އަނެކަކުގެ ސިއްރުވެރިއަކަށްވެސް ވަނީ ވެވިފައެވެ. ދެމީހުންވެސް އެކު އުޅުމާއި ކުޅުމުގައި ޅަދުވަސް ވޭތުކުރުމަށްފަހު އެކަކު އަނެކަކާ ވަކިވުމުގެ ވަގުތު ޖެހިއްޖެއެވެ. އަޅުގަނޑު މާލެދާން ޖެހުނީއެވެ. މާލޭގެ ކޮންމެވެސް ހަރުކުލައިގެ ބޭފުޅެއްގެ ގެއަށެވެ. އެގޭގައި ޖެހޭ ކުދިކުދި ކަންތައްތައް ކޮށްލަދިނުމުގެ ނަމުގައެވެ. އަޅުގަނޑުވެސް ހުރީ މާލެ ދާހިތުންނެވެ. އަޑުއިވިފައިވާ ގޮތުން މާލެއަކީ ވަރަށް ބޮޑު އެހާމެ ރީތިވެސް ތަނެކެވެ. ޝަރީފަކީ އެތައްފަހަރަކު މާލެދެވި މާލޭގެ ކުޅިމަޖާ ފެނިފައި ހުރި މީހެކެވެ. އޭނާބުނާގޮތުން ނަމަ މާލެދާން ވަރަށް ތައްޔާރުވާން ޖެހޭނެއެވެ. އާ ހެދުންފަހާ ފޮއްޓަށް އެޗެތިއަޅާ... މިހިރީކީ އަޅުގަނޑު ދުވަހަކުވެސް ކުރި ކަންތައްތަކެއް ނޫނެވެ. އާހެދުމެއް ނުލިބޭތާވެސް ދެތިން އަހަރު ވެއްޖެއެވެ. ދެން ފޮއްޓަށް އަޅަން ހުންނާނީ ކޮންހާ އެއްޗެއް ހެއްޔެވެ.
Print

ޖިންނިމޮޔަވުމަކީ، ޙަޤީޤަތެއް

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ އިޖުތިމާޢީ



މުޙަންމަދު  ޝާރިފު
   
ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ ދުނިޔޭގައި ނެތްއެއްޗެކޭ ބުނުވެން ނެތްކަން އެއީ ޙަޤީގަތެކެވެ. ނަމަވެސް އިންސާނުންގެ ހިތަށާއި ސިކުނޑިއަށް ގިނަފަހަރަށް ކަންތައްތައް ޤަބޫލުކުރަން ފަސޭހަވެގެންދަނީ އެއެއްޗެއް ލޮލުންދެކި އަތުން ހިފުނީމައެވެ.
   
ޖިންނިއަކީ ދުނިޔޭގައި ލައްވާފައިވާ  މަޚްލޫގެއްކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ. އެހެންކަމުން ޖިންނިއަކި އުޅޭއެއްޗެއްކަން އެއޮތީ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ.
Print

އޮފީހަށް ގަޑިޖެހިގެން ދާން ލަދުގަނެއެވެ. ނަމަވެސް......

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

ގަޑިޖެހިގެން އޮފީހަށް އައުމަކީ އަހަރެން ވަރަށް ފޫހިވާ އެހާމެ ހިތްހަމަ ނުޖެހޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ގަޑި ނުޖެހި އޮފީހަށް ދެވޭނެހައި މޫސުން ހުއްޓައި އެނދާ އަލްވަދާޢު ކިޔަން މަޖުބޫރުވެއެވެ. އެގަޑީގައި އެލިބޭ އަރާމު ނިދި ދޫކޮށްލަނީ، ގަޑިޖެހުމަކީ އަހަރެންނަށް ގަބޫލު ކުރެވޭ ނުވަތަ ހަޖަމު ކުރެވޭ ވަރު ކަމަށް ނުވާތީއެވެ. ގަޑިޖެހިގެން އަންނަ މީހުނާ ދޭތެރޭ އޮފީހުގެ ރައްޓެހިން ދެކޭ ގޮތްވެސް އަހަރެންނަށް އެނގޭތީއެވެ. ނަމަވެސް މަދު މަދުން ނަމަވެސް އަހަރެން ވެސް ގަޑިޖެހެއެވެ. އެކަމާ އަހަރެން ލަދުވެސް ގަނެއެވެ.
Print

ތަރައްޤީގެ ނޫސްވެރިކަން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އިޖުތިމާޢީ


މަޑުލު މުޙަންމަދު ވަޙީދު

ތަރައްޤީގެ ނޫސްވެރިކަމަކީ، ޒަމާންވީ ނޫސްވެރިކަމަށް  އައި ވަރަށް ބޮޑު އިންޤިލާބެކެވެ. ގިނަ ފަހަރަސް ނޫސްވެރިކަން ކުރެވެނީ މައި ރަށްރަށުގައި ތިބެގެން މަރުކަޒުތަކުގައި ހިނގާ ކަންތައްތައް ރިޕޯޓުކުރުމުގަ އެވެ. ''ތަރައްޤީ'' މި ބަސްފުޅާވެ، އިންސާނީ ފިކުރާއި ވިސްނުމަށް އަންނަ ބަދަލު ވެސް ތަރައްޤީގެ ތެރެއަށް ވަނުމުން މާއްދިއްޔަތަށްވުރެ ތަަރައްޤީ މި ބަސް ފުޅާވެގެންދެ އެވެ.
Print

ދިވެހިންނަށްވީތީ ފަޚުރުވެރިވަމާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


 އަޙްމަދު އަޖްމަލް ޙާމިދު

މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ ފާހަގަކުރެވިފައިވަނީ ވަޑައިގެންނެވި ޤައުމުތަކާއި ރަށްރަށުގެ ވާހަކަ ވަރަށް ތަފްޞީލްކޮށް ލިޔުއްވި ބޭކަލަކު ކަމުގަ އެވެ.  ވަރަށް ބޮޑަށް ދިރާސާކުރެއްވުމަށްފަހު އެވެ.  މިސައްޔާޙު ދަތުރުކުރެއްވި ޤައުމުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހި ރާއްޖެ ހިމެނެއެވެ. އިބްނު ބަޠޫޠާވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.  މީހުންނާ  ކައިވެނި ބައްލަވައިގެންފައެވެ. އިބްނު ބަޠޫޠާ ދިވެހިން ޞިފަކުރައްވާފައިވަނީ
Print

އަނެކެއްގެ ޙަޔާތާއި، ނުބެހެމާތޯ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


މި މަޒުމޫނަކީ 11 ޛުލްޙިއްޖާ 1373ވަނަ އަހަރު ނުކުތް ސަރުކާރު ޚަބަރުގެ ޚާއްޞަ ނަންބަރުގައި ޝާއިޢު ކޮށްފައިވާ މަޒުމޫނެކެވެ.


ފާޠިމަތު ޢަބްދުލްވައްހާބު


''އެހެން މީހުންގެ މިނިވަންކަން ނަގައިލުމަކީ އުފާތޯއޭ؟
            ބެހެން އަނެކެއްގެ މިނިވަންވީ ޙަޔާތާ ނޫޅެމާތޯ އޭ؟ '' 

ކުރިމަތީގައިވާ މައުޟޫޢަކީ، ވަރަށް ގިނަ ދުވަހުއްސުރެ، އަޅުގަނޑުގެ ގަލަން ހިންގައިލެވޭތޯ ބަލާނަމޭ ހިތާހުރި މައުޟޫޢެކެވެ.  ވަރަށް ގިނަ މުއްދަތަކަށްފަހު، އަޅުގަނޑުގެ ގަލަމަށް އަލުން ދެލިއެޅީ، މި މައުޟޫޢާ މެދު ހިތުގައި އުފެދިފައިވާ ޝުޢޫރުތަކެއް ޢިބާރާތްކޮށްލެވޭތޯ އެވެ؟
Print

ތަމްރީނަށް ބޭނުންވާނެ ކަންތައްތައް ދަނެގަތުން -02

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ވަޒީފާ ދިރާސާއެއް ހެދުން

16 ޖުލައި (ބުރާސްފަތި)އާ ގުޅޭ...

 ބިންމާ އިބްރާހީމް ވަޙީދު
  
ޓީއެންއޭ އަކީ ހަރުގަނޑެއް ނަމަ، ވަޒީފާ ދިރާސާއެއް ހެދުމަކީ އޭގެ އެއް ހަރުފަތެވެ. އެންމެ ދަށުން ފަށާނަމަ، އޮގަނައިޒޭޝަންގެ ތަފާތު ރޯލުތައް އަދާކުރާ މީހުންގެ ފެންވަރު ހުންނަންޖެހޭ މިންގަނޑުތައް ދިރާސާ ކުރެވިދާނެ އެވެ. މިއީ ގިނަ ފަހަރަށް ފަރުވާކުޑަ ކުރެވޭ ދިމާލެކެވެ. ސަބަބަކީ، އޮގަނައިޒޭޝަންގައި މަސައްކަތްކުރާ މީހުންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެކަމަށް ހީކުރެވުމެވެ. އަދި މިކަން ދަސްކޮށްދޭން އުޅުމަކީ އެހާ މުހިންމު ނޫން ކަމެއްކަމަށް ވެސް ބެލެވުމެވެ. ދިރާސާތަކުން، ކިތަންމެ ފަހަރަކު ދައްކާފައިވާ ގޮތުގައި މިއީ ކުށްހީއެކެވެ. ޓްރޭނިން ޕްރޮގްރާމެއް ބޭކާރުވާ އެންމެ އާންމު ސަބަބަކީ، ތަނުގައި ހުރި ޙަޤީޤީ ބޭނުންތަކަށް ވިސްނާނުލެވުމެވެ. ޓްރޭނިން ފެށުމުގެ ކުރިން، ތަމްރީނު އަމާޒުވާ ކަންތަކުގައި އެކުލެވިގެންވާ ބައިތަކުގެ ތަފުސީލުތައް، ޓްރެއިނަރަށް އިނގެންޖެހޭނެ އެވެ. ސަބަބަކީ، ތަމްރީނެއްގައި ކުރަންޖެހޭ ކަންތައްތަކުގެ މިންގަނޑެއް އެކުލެވޭނީ، މަސަތްކަތްކުރާ ތަނުގައި ގެންގުޅެންޖެހޭ މިންގަނޑުތަކެއްގެ މައްޗަށް ބަލާފަކަމަށް ވާތީ އެވެ.
Print

ތަމްރީނަށް ބޭނުންވާނެ ކަންތައްތައް ދަނެގަތުން (01)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ



T N A      
 
ބިންމާ އިބްރާހީމް ވަޙީދު


މަޤުޞަދު

    މިއީ، އޭ. އައި. ބީ. ޑީ އިން ތައްޔާރުކޮށްފައިވާ " މެނުއަލް ފޯރ މީޑިޔާ ޓްރެއިނާރސް" ގެ  " ޓްރޭނިން ނީޑްސް އެނަލިސިސް " އެވެ. ދިވެހި ބަހުން މި މަޢުލޫމާތުތައް ތަރުޖަމާކޮށް، މި ބައި އެކުލަވާލަން ޖެހުނީ 8 ސަބަބަކަށްޓަކައެވެ.

އެއީ :

Print

ގޭތެރެ އަވަސްކަމާ އެކު ސާފު ކޮށްލާނެ ގޮތެއް

ޝާޢިއުކުރީ އަޙްމަދު ޙާފިޒު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ: ސްނޯ ޑްރޮޕް

ސާފުތާހިރުކަމަށް އެންމެންވެސް ލޯބި ކުރެއެވެ. ތިމާ އުޅޭ ގެ ރީތިކޮށް ސާފުކޮށް ބެހެއްޓުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. އެކަމަކު ސާފުކޮށް ބެހެއްޓުމާ ސާފުކުރުމާ މިއީ ދެވާހަކައެއް އެހެން ނޫން ތޯ އެވެ؟ ހަފުތާގެ ބުރަ މަސައްކަތަށް ފަހު ލިބޭ ބަންދު ދުވަހަކީ ގިނަ ބަޔަކު ގެ ސާފުކުރުމުގެ މަސައްކަތަށް ވަގުތު ހުސްކުރާ ދުވަހެކެވެ.  އެހެން ނަމަވެސް މި ދުވަސް ވެގެން ދަނީ މިފަދަ އެތައް ކަމަކަށް ހުސްކުރެވޭ ދުވަހަކަށް ކަމުން ކޮންމެ ބަޔަކުވެސް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ތެރޭ އެހުރިހާ ކަމެއް ކޮށް ނިންމާލެވޭތޯ މަސައްކަތް ކުރަމުން ދެއެވެ. މިގޮތަށް ކުރިއަށް ދާ އިރު އެތައް ކަމެއް ބޯ މަތީގައި ކުރަން ޖެހިފައިވުމާ އެތައް ކަމެއް ނިންމަން އޮތުމުން ބޯހާސްވެ އަތުން ފައިން ގޯސް ހެދޭ ހިސާބަށްވެސް އާދެވޭ ފަހަރު އާދޭ. ފުރަތަމަވެސް ހިތަށްއަރާ ސުވާލަކީ މި ހުރިހާ މަސައްކަތެއް ފަށާނެ ހިސާބެއް ނުވަތަ ފުރަތަމަ ކުރަން ވީ ކީއްކަމެއް ނޭނގުމެވެ. ތިބޭފުޅުންގެ އަގުހުރި ވަގުތު ބޭކާރުވިޔަ ނުދީ ފަސޭހަ ކަމާ އަވަސް ކަމާއެކު ގޭތެރެ ސާފުކޮށްލާނެ 4 ގޮތެއް ޙިއްސާކޮށްލާނަމެވެ.
Print

މަޢާފް ކުރުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


މަޢާފު ކުރުމަކީ ނިކަމެތި ކަމެއް ނޫނެވެ.

 މަޢުރޫފު

މަޢާފު ކުރުމަކީ ބަލި ޤަބޫލުކޮށް ތިމާގެ ނިކަމެތިކަން ހާމަ ކުރުވާ ފިނޑިކަމެއް ކަމުގައި ބައެއް މީހުންނަށް ހީވެފައިވާ ވުމަކީ ވަރަށް ބޮޑު ކުށް ހީއެކެވެ.  މާތް ﷲ ގެ ވަޙީ ބަސްފުޅުގެ މުރާދަށް ވިސްނާލުމުން މިކަން އެނގިގެން ދެއެވެ.

{والذين إذا أصابهم البغي هم ينتصرون} [الشورى:39].

އަދި އެއުރެންނީ އެއުރެންނަށް އަނިޔާވެރިކަމެއް އަންނަ ހިނދު ނަޞްރު ލިބިގަންނަ މީހުންނެވެ.
Print

އަމާޒު

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޝިފްޒާން އަޙްމަދު

ޖާހިލިއްޔަ ޒަމާނުގެ މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ.  ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެ."
Print

ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ...

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ



      ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ، ޞުލްޙަކުޅައުމަށް ހަދާ


    ދޮގުވެސް ރަނގަޅެވެ.



ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން


އެއްދުވަހަކު ރަސްކަލަކުގެ ދަރުބާރަށް ޙާޟިރު ކުރެވުނު ބޮޑު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު އެ ރަސްގެފާނުން ނެރުއްވައިފި އެވެ.
Print

ލިޔަންކިޔަން ދަތުމުގެ ޙަޤީޤީ މާނަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް

ލިޔަންކިޔަންދަތުމަކީ ހަމަ އެކަނި ލިޔަންކިޔަން އެނގުމެއްނޫނެވެ. ލިޔަންކިޔަން ދަތުމުގެ މާނަ ލިޔަން ކިޔަން އެނގުމަށްވުރެ މާ ފުޅަލެވެ. އެހެން ގޮތަކަށް ދަންނަވާނަމަ "ލިޔަންކިޔަން ދަތުމުގެ" މާނައަކީ އަކުރެއްގައި ފިލިޖެހީމާ ކިޔާ ގޮތާއި ހަށަނަރަބަޅައިގެ އަކުރުތަކުގައި ފިލި ޖަހައިގެން ލިޔެލަން އެނގުމެއް ނޫނެވެ. އަދި އެކަކުން ސަތޭކައަށް ވިޔަ އަކުރުން ލިޔެ ގުނަން އެނގުމެއް ވެސް ނޫނެވެ. އިސްވެ ދެންނެވި ފަދައިން ލިޔަންކިޔަން ދަތުން ނުވަތަ ލިޓަރެސީ ގެ މާނަ އެޔަށް ވުރެ މާ ފުޅަލެވެ. މާ ތަނަވަހެވެ. ލިޔަންކިޔަން އެނގޭ މީހެއް ނަމަ ފޮތް ކިޔައިގެން މުނިފޫހި ފިލުވައި މަޖާކުރަން އެނގޭނެއެވެ. ކިޔުމުގެ ތެރެއިން ގިނަ މާއްދާތަކެއްގެ މަޢުލޫމާތު ހޯދަން އެނގޭނެއެވެ. އެ މީހެއްގެ ޚިޔާލާއި ފިކުރު އެހެން މީހުންނާ ޙިއްސާކުރުމަށްޓަކައި ލިޔުމުގެ ބޭނުންކުރަން އެނގޭނެއެވެ.  އަދި ތަނަވަސް ޚިޔާލުތަކާއި އާ ތަޞައްވުރުތައް ލިބިގަތުމުގެ ޝައުޤާއި ޤާބިލިއްޔަތު އޭނާއަށް ލިބިފައިވާނެއެވެ. ކުރުކޮށް ދަންނަވާނަމަ ލިޔަންކިޔަން ދަތުމުން އިންސާނާގެ މުޅި ވުޖޫދު ހުޅުވާލައެވެ. ފުޅާކޮށްދެއެވެ. އެހެނީ ލިޔަންކިޔަން އެނގުމަކީ އުނގެނުމުގެ ބިންގަލެވެ. ޢިލްމުގެ ދޮރޯއްޓެވެ. އަނެއް ކޮޅުން ބަލާއިރު ލިޔަންކިޔަން ނު ދަތުމަކީ އޭނާގެ ދުނިޔެ ހަނިކޮށް ބަންދުކުރާ އެއްޗެކެވެ. އުނގެނުމުގެ ދޮރު ހުޅުވިގެން ދާނީ ލިޔަންކިޔަން އެނގިގެންނެވެ.
Print

މޯބައިލް ފޯން... ޒަމާނީ ޢާއިލީ މައްސަލަ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ: ޢަލީ ރަޝީދު (ރޭޝް)

އިންސާނާ ދުނިޔެ ތަރައްޤީ ކުރަމުންގޮސް، މިއަދު މިވަނީ ދުނިޔެ މުށުތެރެއަށް ލެވޭ ވަރުގެ ކުޑަކުޑަ ތަނަކަށް ހަދާފައެވެ. ބާވަތް ބާވަތުގެ އިލެކްޓްރޯނިކް އާލާތްތަކުން މުޅި ދުނިޔެ އެމީހަކު އެހުރިތާކު ހުރެގެން ބަލައިލެވޭ ވަރަށް މިއަދު އިންސާނާވަނީ ތަކެތި ތަރައްޤީކޮށްފައެވެ. އޭގެތެރޭގައި ރޮބަޓް، ކޮމްޕިއުޓަރ، އިންޓަރނެޓް، މޯބައިލް ފޯން، ސެޓަލައިޓް އަދި ކޭބަލް ޓީވީ ފަދަ އެތައް ވަޞީލަތްތަކެއް ހިމެނެއެވެ. މިހުރިހާ ތަކެއްޗަކީވެސް އިންސާނާއަށް ލާބައާއި މަންފާ ހޯދުމަށްޓަކައި

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ