އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ކޮޕީކުރާށެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


ކޮޕީކުރާށެވެ.


ނަމަވެސް ރަނގަޅު ގޮތްތަކެވެ.


މުޙަންމަދު ޢިމްރާން (އިއްމަ)


ވިހިވަނަ ޤަރުނުނިމި އެކާވީސް ވަނަ ޤަރުނާއި މުޅިދުނިޔެވެސް ކުރިމަތިލީ ބަދަލުތަކަކާއި އެކުގައެވެ. އިޖުތިމާއީގޮތުންނާއި އުމްރާނީ ގޮތުން މުޅިދުނިޔެވެސް މިވަނީ ހީނުކުރާފަދަ ބަދަލުތަކަކާއި ކުރިމަތި ލާފައެވެ. މިބަދަލުތައް އެއްމެބޮޑަށް ފެންނަ އެއްތަނަކީ ދިވެހިރާއްޖެއެވެ. މިކުޑަކުޑަ ދިވެހި މުޖުތަމައެވެ. މީގެތެރެއިން ގިނަބަދަލުތަކަކީ، ރަނގަޅު ހެޔޮ ބަދަލުތަކެކެވެ. ނަމަވެސް، އަނެއްބައި ބަދަލުތަކަކީ..........
Print

ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމާތޯ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު މުޢާވިން


ދުނިޔޭގެ ގިނަ ޤައުމު ތަކުގެ އަހުލުވެރިން އެޤައުމަކަށް ނިސްބަތް ވިތީ ދެރަވެ ކަން ބޮޑުވުން ފާޅުކުރެއެވެ. މާޔޫސްކަމާ ހިތްދަތި ކަމުގައި މުޅި ދިރިއުޅުން ހޭދަކޮށްލަން ޖެހިދެއެވެ. ނަމަވެސް އަޅުގަނޑަކީ އެފަދަ ބަދުނަސީބު ޤައުމެއްގެ ވެރިއަކީމެއްނޫނެވެ. އަޅުގަނޑަކީ  އަޅުގަނޑުގެ އުފަންބިމާމެދު ފަޚުރުވެރިވާ ރައްޔިތަކީމެވެ.
Print

ފައިވާން ކިބަ

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ އިޖުތިމާޢީ



ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

މިސްކިތުން ނުކުމެ ދެކޮޅު ހޯދާލީމެވެ. އަރަން ގެންގުޅުނު ފައިވާނުގެ ހިލަމެއް ނުވެގެންނެވެ. އަޖައިބެކެވެ. މިހާރު ޖެހުނު ތާނގައި ލަކުނުވެސް ނެތެވެ. ވައްކަން ކުރާކުދީންވެސް ހާދަހައިވާ މޮޅީއެވެ. ހަމަ އެތިބެނީ އެކުދީން ހާސިލުކުރަން ބޭނުންވާ އެއްޗެއް އަތުލައި ގަންނާނެ މޮޅު ގޮތެއް ރާވާލަ ރާވާލައެވެ. އެއްފަހަރު ދަށުން ދަމާލިއްޔާ އަނެއްފަހަރު މަތިން ދަމައިގަންނާނެއެވެ. މިއީއަކީ ގައިމު ނުއުމާން ވަ މަރިޔަމުގައި ދިވެހިރާއްޖެ އަހަރުތަކެއް ފަހުން އޮންނާނެ ގޮތް ކަމަށް އުސްތާޒު ފަތިހުގެ ތަރި ސަލާހުއްދީން ލިޔުއްވާފައވާ ސިފަތަކެއްނޫނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟
Print

ޤައުމީ ދިފާޢީ ބާރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

މަތީތަޢުލީމުގެ ހަރުފަތެއް ގިރާކުރުމުގައިވާ ދަރިންވަރުންކޮޅަކައި ވާހަކަ ދައްކާލަން ފުރުޞަތު ލިބުނެވެ. ޤައުމާބެހޭ ގޮތުން، އަޅުގަނޑަށް އެނގިފައި އޮތް އެއްޗެއް އަޅުގަނޑުގެ ކިބައިން އޮޅުންފިލުވައިލަން އެކުދިންބޭނުންވީތީ ހަމަޖައްސައިލެވުނު ބައްދަލުކޮށްލުމުގެ ވަގުތު ކޮޅެކެވެ. ވާހަކައިގެ ފެށުމެއްގެ ގޮތުން، އަޅުގަނޑު އެކުދީންނާ ސުވާލެއް ކޮށްލީމެވެ. ''ޤައުމު'' މި ބަހުގެ މާނައަކީ، ކޮބައިހެއްޔެވެ؟ ލިބުނު ބައެއް ޖަވާބު ތިރީގައި މިވަނީ އެވެ.
Print

ދިރިއުޅެނީ....

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


ދިރިއުޅެނީ މަސައްކަތްކުރަންބާވައެވެ؟ ނޫނީ މަސައްކަތްކުރަނީ ދިރިއުޅެންބާވައެވެ؟


ލިޔުނީ: ޢާޠިފާ ޙަސަން

ދިރިއުޅުމުގެ ވަކި ހިސާބަކުން ކޮންމެ މީހަކުވެސް ވަޒީފާގެ މައިދާނަށް ކުރިމަތިލަނީ ތިމާގެ ދިރިއުޅުން ހަރުދަނާކޮށް ހަޔާތް ބާއްޖަވެރިކުރުމުގެ މަޤުޞަދުގައެވެ. އާއިލާއަށް އުފާވެރިކަން ހޯދައިދިނުމަށާއި ޤައުމަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި އަޒުމުގައެވެ.  އެއަށްފަހު ދެން ފެށެނީ އެހެން މަރުހަލާއެކެވެ. އަދާކުރާ ވަޒީފާއަކުން ކުރިއަށް ގޮސް މަސައްކަތުގެ މާހައުލުގައި ކާމިޔާބު މީހަކަށް ވުމަށް މަސައްކަތްކުރަން ފެށޭ މަރުހަލާއެވެ. މިއީ ބައެއް މީހުންނަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރިމަތިލާންޖެހޭ މަރުހަލާއަކަށް ވެދެއެވެ. ވަޒީފާގެ ކުރިއެރުން ހޯދުމަށް ނުވަތަ ވިޔަފާރީގެ މަންފާ ހޯދުމަށްޓަކައި ތިމާގެ ހުރިހާ ވަގުތެއް މަސައްކަތުގައި ހޭދަކޮށްލާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ވިސްނާލަންޖެހޭ ނުކުތާއަކީ ދިރިއުޅެނީ މަސައްކަތްކުރަންބާވައެވެ؟ ނުވަތަ މަސައްކަތްކުރަނީ ދިރިއުޅެންބާވައެވެ؟
Print

ބަދަލުވަމުންދާ ޒަމާން

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


 

ޝާކިރު

އަޅުގަނޑަކީ ވިހި ވަނަ ގަރުނުގެ ކުރީ ފަންސާހުގެ ފަހު ދިހައިގެ މެދުތެރޭގައި ގަލޮޅު ބޮޑު މަގުގައި ހުރި ގެއެއްގައި ދުނިޔެއަށް އުފަންވި ކުޑަކުއްޖަކީމެވެ. އުމުރުގެ ވަރަށް ކުރީކޮޅުގައި ޔަތީމުވި މީހެކެވެ. ﷲ ގެ ތަނަވަސް ރަޙުމަތުގައި ބޮޑުވެ ޒުވާން ޢުމުރު ފަސްދީ ފައިވާ "ޒުވާނެކެވެ''
Print

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


މި ލިޔުންވާނީ، ޕޮލިސް ލައިފް މާރޗު 2009ގެ ޢަދަދުގައި ޝާއިޢު ކުރެވިފައެވެ.

             

ޤައުމުގެ އުންމީދު، މެންދުރުގެ އިރު ފަދަ އެވެ.  



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

އަޅުގަނޑުމެން ކީރިތި ރަސޫލާގެ ޢިދު މީލާދު ފާހަގަކުރީ ދާދި މިދާކަށް ދުވަހުއެވެ.  މި އަދު މި ފާހަގަ ކުރަނީ ރާއްޖެ އިސްލާމްވި ދުވަހެވެ.   އިރާދަ ކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން، އަދި މިނިވަން ދުވަހުގެ ނަމުގައި ވެސް  ދުވަހެއް ފާހަގަ ކުރާނޫ އެވެ.   މި ދުވަސްތައް  ފާހަގަ ކުރަނީ، އެކަމުގައި  ބޭނުންތެރި މަޤުޞަދުތަކެއް ހިމެނިފައިވާތީ އެވެ.   ފުން މާނަތަކެއް އެކުލެވިގެންވާތީ އެވެ. ޤައުމީ ފެންވަރުގައި ލިބިގަންނަންޖެހޭ  ފިލާވަޅުތަކެއް ޢިބްރަތްތަކެއް ހުންނަކަމަށްޓަކަ އެވެ.
Print

މަންމަ އަކަށް ވުމުގެ ކުރިން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


    
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
    
މަންމަ އަކަށް ވުމުގެ ކުރިން
އަހަރެން އަމިއްލަ އަށް ކައްކައިގެން ތާޒާކަން މަތީ ހުއްޓާ ކަމެވެ.
އަހަރެންގެ ހެދުމަކު ލަކެއް ނުހުރެ އެވެ.
އަހަރެން މީހެއްގެ އުނދަގުލެއް ނުފޯރައި ހުރެ އެތައް އިރަކު ފޯނުން ވާހަކަ ދައްކަމެވެ.
 
Print

ދެފަރާތަށް ދައުރުވާންޖެހޭ ލޯބި

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ތިބާގެ މައިން ބަފައިން ތިބާއަށް ލޯބިދިންގޮތަށް ތިބާވެސް އެފަރާތަށް ލޯބިދޭށެވެ.


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ

މިއީ މީގެ ދުވަސްކޮޅެއް ކުރިން އީ-މެއިލް ގެންގުޅުއްވާ ބޭފުޅުންނަށް ފޯރވާރޑް މެއިލް އެއްގެ ގޮތުގައި ވަރަށް ގިނަފަރާތްތަކަކަށް ލިބިފައިވާ މެއިލް އެއްގައިވާ ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ. އަޅުގަނޑަށްވެސް މި މެއިލް ރައްޓެއްސެއްގެ ފަރާތުން ލިބުމުން ތިޔަބޭފުޅުންނާއި ޙިއްޞާކޮށްލުމަށް ޤަޞްދުކޮށް ތަރުޖަމާ ކޮށްލީއެވެ.

ގެއެއްގެ ސިޓިންގ ރޫމުގެ ސޯފާއެއްގައި ޢުމުރުން 80 އަހަރުވެފައިވާ ބައްޕައަކު އޭނާގެ 45 އަހަރުގެ ފިރިހެން ދަރިފުޅާއިއެކު އިށީންދެލައިގެން އިނެވެ. ފިރިހެން ދަރިފުޅަކީ ވަރަށް މޮޅަށް ކިޔަވައިގެންވެސް ހުރި މީހެކެވެ.
Print

ދަރިފުޅު ރަނގަޅު ކުއްޖަކަށް ވާނީ ކިހިނެއް؟

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް އަޙްމަދު

ކާވަނީގެ ރަޒީޢާއިން އަޅުގަނޑުމެން ދަރީން ހޯދަމު އެވެ. ދަރީންގެ ޅަފަތުގެ ދުވަސްތަކާ ހެދިބޮޑުވެ ފުރާވަރަށް އަރާއިރު އަޅުގަނޑުމެން އެކުދިންގެ ކާމިޔާބީތަކަށްޓަކައި އުފާކުރަމެވެ. ތުއްތު އިރުގެ ހަނދާންތައް އަލްބަމްތަކާއި ސީޑީ ތަކުގެ އެހީގައި ރައްކާކުރަމު އެވެ. އެކުދިންގެ ބެލެހެއްޓުންތެރިކަމުގެ ދަށަށް އަޅުގަނޑުމެން ދާންޖެހޭ އުމުރަށް އަޅާ އިރު އެފަދަ ރަޙްމުހުރި ޤާބިލް ކުދިންކަމުގައި ވުމުގެ ފޮނި އުންމީދުތައް ކުރަމު އެވެ. އެކަމަކު، މި ނަތީޖާ ހާސިލް    ވަނީ ކާވަނިން ފެށޭ ކިތައް ގުޅުމަށް ބާވަ އެވެ؟  މި އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެން އަދާކުރަންވި ދައުރާމެދު  އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދުފުޅުތަކަކީ ކޮބައިބާވައެވެ؟
Print

ދެމަފިރިންގެ ދެމެދަށް ވަންނަ ވައިރަސްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިއުނީ: އެމް


ދެމަފިރިންގެ ދެމެދަށް ވަންނަ ނުރައްކާތެރި ވައިރަސްތަކަކީ، ޒަވާޖީ ޙަޔާތް ބަނގުރޫޓުކޮށްލާ އެއްޗެކެވެ. ތިރީގައި މިވަނީ، އެފަދަ ބައެއް ވައިރަސްތަކާއި އޭގެ ސަބަބުތަކާއި އެއިން ސަލާމަތްވާނެ ގޮތެވެ.

1. ޣީރަތްތެރިކަން
ވައްތަރު: ޒަވާޖީ ޙަޔާތް ފަނާކޮށްލާ ވައިރަހެއް.

ސަބަބުތައް:
މިލްކުކުރާހިތްވުން.
ޙަޔާތުގެ ބައިވެރިޔާއާ މެދު ޝައްކު ކުރުން.
ޞަރީޙަކަން ނެތުން.

Print

މިއީ ކޮރަޕްޝަންތޯއެވެ؟

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙަންމަދު ވަޙީދު- މަޑުލު

އޮފީހުގައި ހުސްވެފައިވާ މަޤާމަކަށް ވަރަށްގިނަ މީހުން ކުރިމަތިލައިފިއެވެ. އޭގެތެރޭގައި އެ މަޤާމަށް ވަރަށް އެކަށީގެންވާ މީހުންނާއި އެހައި އެކަށީގެންނުވާ މީހުން ތިއްބެވެ. މި އެންމެނާ އިންޓަވިއު ކުރުމަށްފަހު، ވަޒީފާދިނީ ވެރިޔާގެ އަނބިކަނބަލުންގެ ކޮއްކޮއަށެވެ. މިއީ ކޮރަޕްޝަންތޯއެވެ؟
      
ހުވަފަތްވެފައި އިން އަންހެނަކު، ރަށުން ގޯއްޗަކަށް އެދުމުން އެކަންނުވެ ލަސްވަނީއެވެ. އޭނާއަށްވުރެ ފަހުން ސިޓީލީ މީހުންނަށްވެސް ގޯތި ލިބިއްޖެއެވެ. މިކަމުގެ ޝަކުވާ ރަށު އޮފީހުގެ ވެރިޔާ ގާތުގައި ކުރީމާ ބުނީ ތިޔަކަމާ ގޮތެއްނިންމުމަށް ވާހަކަދައްކާލަން މިރޭ ގެއަށްދާނެކަމަށެވެ. ވެރިޔާ އެއަންހެންމީހާގެ ގެއަށް ދެއެވެ. ވާހަކަދެއްކުމުގެ ބަދަލުގައި އޭނާއުޅެންފެށީ އެހެންކަހަލަ ގޮތަކަށެވެ. ހުވަފަތްވެފައި އިންޒުވާން އަންހެނެއްގެ އިއްފަތްތެރިކަމަށް އަރައިގަތުމަށެވެ. މިއީ ކޮރަޕްޝަންތޯއެވެ؟
Print

ރާއްޖެ އިސްލާމްވީ ދުވަހު ފިކުރު ހިންގައިލާން ޖެހޭ ކަމެއް.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ



ޢަބްދުﷲ ނަޢީމު އިބްރާހީމް

މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަހެވެ. މިއަދުގެ ވަހަކަ ދައްކާއިރު އަޅުގަނޑުގެ ހިތަށް އުނދަގޫވާ ކަމެއްގެ ވާހަކަ ދަންނަވައިލާނެމެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ވިސްނުމުގެ އުނިކަމެއްގެ ސަބަބުން ބައެއް ކަންތައްތައް ނޭނގުމަކީ ދުރުކަމެއް ނޫނެވެ. މިލިޔުންކޮޅު އަޅުގަނޑު މިލިޔަނީ ފަންވަތުގެ ޒަރީޢާއިން މިކަމާ ގުޅޭ ކުޑަވަރެއްގެ ބަހުސެއް ފެށޭނެ ކަމުގެ އުއްމީދުގައެވެ. މިލިޔުންކޮޅު ވިދާޅުވާ ބޭފުޅުން އެބޭފުޅުންގެ ޚިޔާލު ދެއްވަން ފައްޓަވައިފިނަމަ އަޅުގަނޑަށާއި، އެހެން މީހުންނަށް ކުޑަނަމަވެސް ފައިދާއެއް ކޮށްފިއްޔާ އެލެއްވީ ވަރަށް ބޮޑު ނަސީބެކެވެ. 
Print

ނޫސްވެރިންގެ ޒިންމާ

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އިޖުތިމާޢީ


މުޙަންމަދު ވަޙީދު، މަޑުލު

ފަންވަތުގެ ޚާއްޞަ ނޯޓު:

އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދަކީ، އަލަށް ފަންވަތާ ގުޅިވަޑައިގެންނެވި، ރާއްޖޭގެ ޒަމާންވީ ކުޅަދާނަ ލިޔުންތެރި އެކެވެ. ފަންވަތުގެ އިދާރީ ޓީމާއި، އެހެނިހެން ލިޔުންތެރީންނާއި، ތިޔަ ލޮބުވެތި ކިޔުންތެރީން ހިމެނޭގޮތުގައި އަލްފާޟިލް މަޑުލު މުޙަންމަދު ވަޙީދަށް މަރުޙަބާޔާއި ހެޔޮ އެދުންތައް ބަރުތީލަ ކުރަމެވެ.  ވަޙީދުގެ އާ ލިޔުއްވުންތަކާއި، ކުރީން ލިޔުއްވާފައިވާ ބައެއް ލިޔުއްވުންތައް ކުރިޔަށް އޮތްތާނގައި ފަންވަތުން ފެންނާނެ ކަމަށް ވިދާޅުވި އެވެ. މި ލިޔުމަކީ، ވަޙީދުގެ ފިކުރީ ހުށަހެޅުއްވުންތަކުގެތެރޭން  އޭނާ ފަންވަތުގެ އަހުލުވެރީނަށް  ފޯރުކޮށްދެއްވި، ފުރަތަމަ ހަދިޔާ އެވެ.
Print

މުޖުތަމަޢުގެ ދަހަނާ!

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުން: ޝިފްޒާން އަޙްމަދު

ފޮޓޯ: މ. ޝަފީޤު
ފްލިކަރ


ޙިކުމަތްތެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، ވެރިކަމެއްގެ އާރާއި ބާރު ގަދަކޮށް ޝާނާއި ޝައުކަތު ހިފެހެއްޓުމުގެ އެންމެ މުހިންމު ބާރަކީ ޢަދުލުވެރިވުމެވެ. އަދި އަނެއްބައި ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މުޖުތަމަޢުގެ ދަހަނާއަކީ ޢަދުލުވެރިވުމެވެ. މުޖުތަމަޢުގެ އެތެރޭގެގުޅުންތައް ބަދަހިކޮށް ގަދަފަދަކުރާ ބާރަކީ އިންޞާފުވެރިކަމެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމުގެ އަޞްލަކީ ހަމަހަމަކަމާއެކު ކަންކަން ނިންމުމެވެ.ހަމަގައިމުވެސް އިޖްތިމާޢީ ހަމަޖެހުމާއި ޤައުމުގެ އަގުތަކުގެ ފޭރާން ޙިމާޔަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިންޞާފުވެރިވުމެވެ. ކޮންމެ ޖަމާޢަތެއްގައިވެސް އެޖަމާޢަތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރާނެ ޤާނޫނުތަކެއް ނުވަތަ ޤަވާޢިދުތަކެއް އެކަށައެޅެއެވެ.
Print

ހޫނު ޖަޒުބާތުތަކުގެ ޢުމުރުފުރާ!

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝިފްޒާން އަޙްމަދު

ފުރާވަރު އުމުރަކީ، އިންސާނާގެ ޢުމުރުގައި ކުރިމަތިލާންޖެހޭ ޢުމުރުފުރާއެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބޮޑުބަދަލުތަކެއް އަންނަ މިމަރުޙަލާއަކީ ވަރަށް ނާޒުކު ފައްތަރަކަށް އިންސާނާ ގެންދާ މަރުޙަލާއެކެވެ. އެދުންތަކާއި ބޭނުންތަކުގެ ކަނޑަކަށް އިންސާނާ ޣަރަޤުވެގެންދެއެވެ. ހިތުގައި ޝައިޠާނީ ވަސްވާސްތަކަށް ދޮރުތަކެއް ހުޅުވިގެންދެއެވެ. މިފަދަ މަރުޙަލާއެއް ކަޑައްތުކުރާ ހިނދުވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފިކުރުހިންގަންޖެހޭ މަގުތަކެއް ޚިޔާލުގައި ކުރެހިގެންމެނުވީ މިކަނޑުގެ އާފާތްތަކުން މިންޖުވެގެން އަމާން ބަނދަރަކަށް ވާޞިލެއް ނުވެވޭނެއެވެ.
Print

ލޯބި ޙާޞިލުކުރާނެގޮތްތައް!

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝިފްޒާން އަޙްމަދު

ބައެއްމީހުންގެ ނަޒަރުގައި ލޯތްބަކީ ހަމައެކަނި އެދުމެކެވެ. އަނެއްބައިމީހުން ދެކޭގޮތުގައި ލޯތްބަކީ ފަށައިގަންނަން އުދަގޫ ނިންމަން ފަސޭހަ ހަނދާންނައްތާ ނުލެވޭނެ ހަނގުރާމައެކެވެ. އަނެއްބައިމީހުން ބުނާގޮތުން ލޯބީގެ މިސާލަކީ އަލިފާންގަޑެއްގެ މިސާލެވެ. ރޯކުރާކަށް މާދައްޗެއް ނޫނެވެ. އެހެނަސް ނިއްވާލުމަކީ އުނދަގޫކަމެކެވެ. ނިއްވައިލެވިއްޖެނަމަ އަލަކުން އެއަލިފާންގަޑު އިޢާދައެއްނުވާނެއެވެ. މިހުރިހާ އެންމެން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެކަމަކ
Print

ޣީރަތާއި ޓޮލަރޭޓް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް
 
ދިވެހި ލިޔެކިޔުމުގެ ތާރީޚުން ދިގު ރޮނގެއް ދަމާލީމެވެ. އޭގެ ދެކޮޅުން ވަރަށް ތަފާތު ދެ ލަފުޒެއް ފެނުނެވެ. ދެ ޒަމާނެއްގެ ދެލަފުޒެވެ. ދެ ބަހެއްގެ ދެ ލަފުޒުވެސްމެ އެވެ.  ޢަރަބި ބަހާއި އިނގިރޭސި ބަހުގެ ދެލަފުޒެވެ. މީގެ ތެރޭން ދުވަސްވެފައިވަނީ ޢަރަބި ލަފުޒަށެވެ. އެ ލަފުޒަށް ކިޔަނީ ޣީރަތެވެ. ނުވަތަ ޣީރަތްތެރިކަމެވެ. ހަގު ލަފުޒަށް ކިޔަނީ ޓޮލަރޭޓެވެ. ލިޔެކިޔުމުގައި ޓޮލަރޭޓު ކުރުން، ޓޮލަރޭޓު ނުކުރެވޭ މީހުން، މި ފަދަ ބަސްތައް
Print

ދިވެހިންނާއި ޤައުމިއްޔަތު

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙުމަދު ނާޞިރު – ޑައިމަންޑްވިލާ، ސ. ހިތަދޫ

ދިވެހިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއްދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނިކޮށް އުތީމު ބޮޑުތަކުރުފާނު ދިވެހި ޤައުމަށް ފަތަހަހޯއްދެވި ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުވުމެވެ. ކާބަފައިން އުޅުއްވި އައިތަވެރި ދިރިއުޅުން އެއްވެސް އުނިކަމެއްނެތި އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދިނުމެވެ.
Print

ޤައުމީދުވަހުގެ ޚިޠާބު

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ: ޝިފްޒާން އަޙްމަދު

ނޯޓް: މިލިޔުމަކީ ޙަޤީޤަތުގައި ތަޤްރީރެއްގެ ޞިފައިގައި ލިޔެފައިވާ ލިޔުމެކެވެ. އެހެންކަމުން މިލިޔުން ލިޔެވިފައިވާނީ ވާހަކަދައްކާ ގޮތަށެވެ. ލިޔާގޮތަކަށް ނޫނެވެ. އެކަން ސަމާލުކަމަށް ގެނައިމެވެ.

"ޙަމްދުކުރަމުން ވަންތަ ރަޙްމަތްއިންގެ ކިބަޔަށް ދޭވަތާ
    ރަމްޒުކުރަމުން ދެއްވި ހެޔޮރޯދީގެ މައްޗަށް  ނިޢުމަތާ
       މައްމިކަލަ ހެޔޮ ރަޙުމަތެއްކަމުވީ މުޙައްމަދު މުޞްޠަފާ
          ޔަށް ސަނާބުނެ ލެއްވި ޞަލަވާތާ ސަލާމާ ބަރަކާތާ
             އާލުނާ އަޞްޙާބުނަށް މިންނަތްކުރެއްވެވި އަރިހުގާ
                 ޙާލަތަކުގައި އެންމެހައިވީ ނިޔަތުގައި ތެދު ލޮބުވަތާ"

އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ

މިސައިޓުގައިވާ ލިއުންތަކަކީ، އެލިއުމެއް ލިއުއްވި ބޭފުޅެއްގެ ޚިޔާލާއި ފިކުރެވެ. އަދި އެއާމެދު ޒިންމާވުމާއި
އޭގެ އެންމެހައި ޙައްޤުތައް ވެސް ލިބިގެންވަނީ ހަމަ އެބޭފުޅުންނަށެވެ.