އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ކޮރޯނާ ޖާއިހާއިން ތަނަވަސްވަމުން އަންނަ ފުރުޞަތުތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

 އިބްރާހީމް ރަޝީދު މޫސާ

ކޮރޯނާ ޖާއިހާގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ބޮޑެތި މުޞީބަތްތަކެއް ބަރުދާސްތު ކުރަން ޖެހިފައެވެ. މި ވަބާ ފެތުރިފައިވާ ޤައުމުތަކަށް ދަނީ އަސާސީ ބަދަލުތަކެއް ގެންނަމުންނެވެ. މި ވަބާގެ ވަކިތަކުން ދުނިޔޭގެ މުޅި އާބާދީއާއި ވެހީން ދަނީ ޒަޚަމުވަމުންނެވެ. މި ވަބާއިން މިންޖުވެފައިވާ އެއްވެސް ގިންތިއެއް، ފަންތިއެއް، ޤިޠާޢެއް ނުވެއެވެ. މި ވަބާގެ ބިޔަ ބާނިތަކުގެ ސަބަބުން ސުނާމީ ދަނީ އަރަމުންނެވެ. މި ވަބާގެ ޒަޚަމުތަކުން ސަލާމަތް ވެގެންވާ ނިޒާމެއް ނުވާއިރު، މި ވަބާގެ ސަބަބުން ފުރުޞަތުތަކެއް ފަހިވާ ވާހަކަ ދެއްކުމަކީ ވަރަށް ޙައިރާންކުރަނިވި ކަމަކަށް ވެދާނެއެވެ. މި ވަބާގެ އާސާރުތައް ނައްސިވިޔަސް ފަރުދީ ފެންވަރުގައްޔާއި ޖަމާޢީ ފެންވަރުގައި ފުރުޞަތުތަކެއް ވެސް ތަނަވަސްވަމުން އަންނަ ކަމަށް ދިރާސާތައް ބުނެއެވެ. 

Print

ބައިނަލްއަޤުވާމީ މަންމައިންގެ ދުވަސް ނުވަތަ މަންމައިންގެ އީދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޢަބްދުالله ފާރޫޤު ޙަސަން

އިންސާނުންނާއި ޖަނަވާރުންނާ ތަފާތުކުރާ ސިފަތަކާއި އާދަކާދަޔާއި ނަކަލުކުރުންތަކުގެ ތެރެއިން ފާޅުކަންބޮޑު އެއް ކަމަކީ ތިމާގެކަމުގެ ގުޅުމަށް ރިޢާޔަތްކުރުމެވެ. ނުވަތަ އެގުޅުންތަކާމެދު ބަލައިލައިގެން އުޅުމެވެ. ތިމާގެ މީހުންގެ މެދުގައި އޮންނަ ހިތުގެ އެކުވެރިކަމާއި ލޯތްބާއި އަޅައިލުމެވެ. ޤަދީމީ ޒަމާނުއްސުރެ އިންސާނީ ނަސްލުތަކާއެކު އެ ކަންކަން އަންނަނީ ދެމިގެންނެވެ. އިންސާނާގެ ޢަޤީދާއަށާއި ފިކުރިއްޔާތަށް އަންނަ ތަފާތުތަކާއެކުވެސް އާއިލީ ގުޅުންތަކުގެ ހުރުމަތް ކޮންމެވެސް މިންވަރަކަށް އަންނަނީ ދެމެހެއްޓެމުންނެވެ. ޚާއްޞަކޮށް މައިންދެކެ ލޯބިވުމާއި މައިންނަށް ހުރުމަތްތެރިކޮށް ހިތުން އިންސާނުންގެ ކިބަޔަކުން ފިލައިގެނެއް ނުދެއެވެ. ޝައްކެއްނެތެވެ. މި ކަމުގައި ވެސް ބައެއްފަހަރު އިންސާނުންވަނީ އެދާ އަތަކަށް ގޮސް ބޮލާއަޅައިފައެވެ. ދީލިކަޑަވެފައެވެ. ނުވަތަ ނެގިމަޑުވެފައެވެ. ބައެއްފަހަރު މައިންގެ ހުރުމަތްތެރިކަން ބޮޑުކުރަމުންގޮސް ޝިރުކުގެ ޢަޤީދާ ގެންގުޅޭ ބައެއް ފަރާތްތަކުންވަނީ މައިންނަކީ އަޅުކަންކުރެވޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ހަދައިފައެވެ. އަނެއްބަޔަކުވަނީ މައިންނަކީ ބައްޕަ މަރުވަމުން ގުޅި ރުނބައާއި އެނދު އަށިފަދަ ތަކެތި ބަހާ ގޮތަށް ބަހައިލެވޭ ތަރިކަ މުދަލަކަށް ހަދައިފައެވެ.

Print

ކޮރޯނާ ވައިރަސްގެ މެސެޖު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

އިބްރާހީމް ރަޝީދު މޫސާ

_____________________________________________________________________________

މިއީ މުސްލިމު ޢިލްމުވެރީންގެ ބައިނަލްއަޤްވާމީ އިއްތިޙާދުގެ އަމީނު ޢާއްމު ޕްރޮފެސަރ ޢަލީ އަލްޤުއްރާ ކޮރޯނާ ވައިރަހާ ބެހޭ ގޮތުން ލިޔުއްވައިފައި ލިޔުމެއްގެ ކުރު ތަރުޖަމާއެކެވެ. 

_____________________________________________________________________________

މަށަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭނެހެނެއް ހީއެއްނުވެއެވެ. މިހެންވެ، އެންމެ ފުރަތަމަ މަށަކީ ކާކުކަން ތަޢާރުފުކޮށްލައިދޭނަމެވެ. 

މަށަކީ ތިޔަބައިމީހުންގެ ދުނިޔޭގައި ހިނގަމުން ދިޔަ ހުރިހާ ކަންތައްތަކެއްގެ  ޗާޓު ބަދަލުކޮށްލި ވައިރަހެވެ. އަހުރެން ބައިނަލްއަޤްވާމީ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ، ސަޤާފީ، ދީނީ ނިޒާމު ގަނޑުބަޑުކޮށްލީމުއެވެ. އަހުރެން އަދިވެސް މި ކުރިއަށް ދަނީ މަގޭ މޮޅުކަމާއި، ވަރުގަދަކަމާއި، ޝާނާއި ޝައުކަތުގެ މަތީގައި މުޅި ދުނޔެ ހަވަރަށް ދެމުންނެވެ. މަގޭ ލަޝްކަރުތައް އޭޝިޔާއާއި ޔޫރަޕާއި އެމެރިކާގައި ދަނީ ރަށްތައް ފަތަޙަކުރަމުންނެވެ. އަހުރެން އުފަންވީ ޞީނު ކަރައިގައެވެ. މަށަކީ ވަރަށް ވިސްނުން ތޫނު ވަރަށް ކުރިއަރައިފައިވާ ވައިރަހެކެވެ. ތިޔަބައިމީހުންގެ ކުރިއަރައިފައިވާ މުވާޞަލާތީ ވަސީލަތްތަކުގެ ސަބަބުން މަށަށް ވަރަށް ބޮޑު އެހީއެއް ލިބުނެވެ. މަށަށް މިހާރު މި ވަނީ އެތައް މަފްހޫމުތަކަކަށް ލޮޅުން އަރުވައިލެވިފިއެވެ. އިސްތިހްލާކީ އައު ނިޒާމުތަކެއް ޤާއިމު ކުރެވިފައެވެ. އައު ސަޤާފަތެއް އެކުލަވައިލެވިފައެވެ.

Print

މަސައްކަތް ދެކެ ލޯބިވުން: މޮޅުވުމުގެ މަގު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ

އިބްރާހީމް ރަޝީދު މޫސާ

ޔުނިވަރސިޓީއެއްގައި ކިޔަވާ ދަރިވަރަކު، ހިންގުމާއި ވެރިކަމާ ބެހޭ ތަޤްރީރެއްދެއްވަމުން ގެންދެވި އުސްތާޛަކަަށް ދެންނެވިއެވެ. "މަސައްކަތުގައި މޮޅު މީހަކަށް ވެވޭނީ ކިހިނަކުންތޯއެވެ؟" މި ތަޤްރީރު ދެއްވާން ހުންނެވި މަޝްހޫރު ޓޮމް ޕީޓަރސް، ޖަވާބުދެއްވުމުގެ ގޮތުން  "ޝައުޤުވެރިކަން" ބޯޑު ގައި  ލިއުއްވައިލެއްވި އެވެ.

Print

ކޮވިޑް 19: ތޮއްޑޫ ކަރާގެ ބާޒާރަށް ލުއި ނަޒަރެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ

އާދަމް ނަޞީރު އިބްރާހީމް (2020) 

ތޮއްޑޫގެ ނަން އިވޭ އިރަށް، ވަރަށް ގިނަބައެއްގެ އަރުތެރޭ ފޮނިރަހަލާހެން ހީވެއެވެ. އެއީ ތޮއްޑުއޭ ހަމަ ބުނާ އިރަށް ކަރައެއް ދޯއޭ އަހާތީއެވެ. ކޮންމެޔަކަސް މި ކަމުން އެނގެނީ ތޮއްޑުއާ ކަރަޔާ ދެމެދު އޮތް ގުޅުމެވެ. އެ ގުޅުމުގެ މައްޗަށް ލިބިފައިވާ މަޝްހޫރުކަމެވެ.  ނަމަވެސް މި ގުޅުމުގެ ފެށުމަކީ ކޮބައިކަމެއް، ތޮއްޑޫގައި އެންމެ ފުރަތަމަ ކަރާ ހެއްދި މީހަކީ ކާކުކަމެއް، ނުވަތަ އެ ކަރާ އިންދި އަހަރަކީ ކޮބައިކަމެއް އަދި އެނގިފައެއް ނެތެވެ. އިވިފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި ޝަމްސުއްދީނު ރަދުންގެ ޒަމާނުގައި ވެސް ތޮއްޑޫ މީހުން ކަރާ ހިފައިގެން މާލެ ދަތުރުކޮށްފައި އެބަ ހުއްޓެވެ. އެހެނީ މަޝްހޫރު ތާރީޚު ލިޔުންތެރިޔާ އަޙްމަދު ޝަފީޤުގެ ދުނިޔޭގައި އޭނާ އަޅުގަނޑު ގާތު ވިދާޅުވި ގޮތުގައި އަޅުގަނޑުގެ މުނިކާފަ ތޮއްޑޫ ދޮންކަލޭފާނު ކަރާ ހިފައިގެން ޝަފީޤު އަރިހަށް އެ ގެޔަށް ދުރުވެއެވެ. 

Print

ދޫދިނުމުގެ ސަގާފަތު ފެތުރުމުގައި މީޑިއާގެ ދައުރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ

މުޞަންނިފު: ޑރ. ޙައްސާނު އަބޫ ޢަރުޤޫބު
ދޭހަ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

މުޖުތަމަޢުގެ އަފުރާދުންގެ ސަގާފަތު ބިނާކުރުމުގައި މީޑިއާ އަދާކުރަނީ ވަރަށްބޮޑު ދައުރެކެވެ. އެމީހުންގެ ހޭލުންތެރިކަން ބައްޓަންކުރަނީ މީޑިއާއެވެ. އެމީހުން ސަމާލުކަން ދޭންވީ މައްސަލަތައް ދައްކައިދެނީ މީޑިއާއެވެ. މީޑިއާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ ބުއްދިއާއި ޝުޢޫރު ކޮންޓްރޯލްކޮށް އޭގެ މައްޗަށް ނުފޫޒު ހިންގާ ވަރުގަދަ ބާރެކެވެ.

މިހާރު މީޑިއާ އަކީ، ހަމައެކަނި ޚަބަރު ފަތުރައިދޭ ވަސީލަތެއް ނޫނެވެ. ކިއެއްތޯއެވެ. މިހާރު މީޑިއާ އަކީ، މީހުންގެ ވިސްނުމާއި ފިކުރު މިޞްރާބުކުރާ ހުންގާނެކެވެ. އަދި އެއީ، އެކިއެކި ކަންކަމަށް ހިތްވަރުދީ، އެ ކަންކަން ކުރުމަށް މަގުދައްކައިދޭ އާރުކާޓީއެކެވެ. މީޑިއާގެ ބޮޑު މަންޒަރުން މިކަންކަން ސާފުކޮށް ފެނެއެވެ. އޭގެ ތެރޭގައި ޓީވީ އާއި، ރޭޑިއޯ އާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް ހިމެނެއެވެ.

Print

ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމީ އިޤްތިޞާދީ ފުދުންތެރިކަމެވެ.

ޝާޢިއުކުރީ ނަންނި . ހިމެނޭބަޔަކީ އިޖުތިމާޢީ

 

"މިނިވަން ކަމުގެ އަގުވަޒަން ކުރެވޭނީ އަޅުވެތި ކަމުގެ ހިތިރަހަ ތަޖުރިބާ ކުރި މީހަކަށެވެ". މިއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ދިވެހިރާއްޖެ މިވަނީ އަޅުވެތި ކަމުގެ ހިތިރަހަ ދެކެފައެވެ. ހަމައެއާއެކު މިނިވަންކަމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އަޅުގަނޑުމެންނަށް އިޙުސާސް ކުރެވެމުން ދެއެވެ. އުފާވެރިކަމުގެ 50 އަހަރު ފުރާފުރިހަމަވިކަމުގެ ހިތްގައިމު އުފާތައް ދިވެހިންގެ ހިތްތަކުގައި ރަސްކަން ކުރަމުންދަނީއެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލައި އުފާފާޅުކުރަމުން ދާއިރު ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ ކޮންކަންތައްތަކެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލީ ކާކުތޯއެވެ؟ އެކަމާއިމެދު ފިކުރުކޮށް ވާހަކަ ދެއްކީ ކޮންޖަލްސާއެއްގައި ތޯއެވެ؟ ޝައްކެތް ނެތެވެ. މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ އިޤްތިޞާދީ ފުދުންތެރިކަމެވެ.

Print

ދިވެހިރާއްޖޭގެ ތަރައްޤީ ވަނީ އެއްފަސްކުރުމާ ގުޅި ލާމެހިފައެވެ.

ޝާޢިއުކުރީ މާހިދު މުޙައްމަދު / ފްރެޝްކޯނަރ / ނ. ހެނބަދޫ . ހިމެނޭބަޔަކީ އިޖުތިމާޢީ

ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގައި ދުރުދުރުގައިވާ ރަށްތަކަކަށް ފެތުރުފައިވާ ހާރެއްގެ ބައްޓަމަށް އޮންނަ ކުޑަކުޑަ ޤައުމެކެވެ. އެއް ބަހެއް، އެއް ދީނެއް އަދި އެއް ޘަގާފަތެއް އޮންނަ އެއްބައިވަންތަ ޤައުމެކެވެ. ފަތުރުވެރިންގެ ނަޒަރުންނަމަ ދުނިޔެމަތީގައިވާ ސުވަރުގެއެވެ. ނަމަވެސް، މިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްވެ ދެންނެވި ހާރެވެ. އެހާރުގެ ދިގުކަމުންނެވެ. އެހާރުގެ ތެރޭގައި މީހުން ވަޒަންވެރިވެފައިވާ ވަކިވަކިން އޮންނަ ކުދި ގިން ރަށްތަކުގެ ސަބަބުންނެވެ. މިމައްސަލަ ޙައްލުވާންއޮތީ ހަމަ އެންމެ ކަމެއް ކުރެވިގެންނެވެ. އާބާދީ އެއްފަސްކުރެވިގެންނެވެ.

Print

އަދިވެސް ވެއިޓަރުންނާ ބެހޭނަންތަ؟؟

ޝާޢިއުކުރީ ޝާފިޢު ޢަބްދުﷲ / ތިނަދޫގެ ހއ. ބާރަށް . ހިމެނޭބަޔަކީ އިޖުތިމާޢީ

ވެއިޓަރުންނާ އަދިވެސް ބެހޭނަންތަ؟؟ މަދު މީހަކަށް ފިޔަވައި އެނގިފައި ނުވެދާނެވެ. ޒަމާންވީ ވާހަކައެކެވެ. ނަމަވެސް ބަނޑޭރި ހަސަންމަނިކުފާނުގެ ދިޔޯގެ ރައިވަރުގެ ވާހަކައެއް ނޫނެވެ. އަޅުގަޑުމެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިވާހަކައިގެ ތެރޭގައި ޝާމިލުވާނެ ވާހަކައެކެވެ. ފޮނި، ތުއި، ކިބުރުވެރި ޒުވާން ޖިންސުއްލަތީފުންނާއި ހުރިހައި އުމުރުފުރާއެއްގެ މީހުންގެ ވާހަކައެވެ. މިއަދުގެ މުޖްތަމައުގައި ހޮޓާތަކާއި ރެސްޓޯރެންޓްތަކުންނޫނީ އެއްފަރުވެސް ކޭން ނުބެއްލެވޭ ފަރާތްތަކުގެ ވާހަކައެވެ. އަޑުއަހާނަންހެއްޔެވެ؟ އާއެކެވެ.

މިއަދު މިވަނީ ބޭރުން ކެއުން އާންމުވެފައެވެ. މޭރީ ބުރައުން އާއި ޑައިންމޯ އަދި ލެމަން ގްރާސް އާއި ޅިއަނު ކަޑަ ނޫންނަމަ މިނޫންވެސް ކެފޭ ތަކާއި ހޮޓާތަކާއި ރެސްޓޯރެންޓް ތަކުގެ ކާނާ މިއަދު ކޮންމެހެން ކާންޖެހޭކަހަލައެވެ. މީރެވެ. ވަސްވެސް ރަނގަޅެވެ. ނަމަވެސް ހިތާމަކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. ދިވެހިންގެ ވާހަކައެވެ. ނަމަވެސް ހަގީގަތް ފޮރުވައިގެން ހުރުމަކީ އަނގަ ކަހާ މީހަކަށް އެހާ ފަސޭހަކަމަކަށް ނުވެދާނެވެ.

Print

އާ ބަކުރުބޭގެ ތަރުބަވީ ޕެޓިޝަން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

އާދަމް ނަޞީރު އިބްރާހީމް

ޢިޝާނަމާދުން ފައިބައިގެން ގެޔަށް ދިޔަ ގޮތަށް އަބޫ ބަކުރު އިށީނީ ބޮޑުކޮޓަރީގައި ހުރި ސޯފާ ގޮނޑީގައެވެ. މަޑު މަޑުން ލެނގިލި އިރު މޫނުމަތީގައި  ޅިޔަޖެހިލައިފައި އެހެރީ ހަމަ އެކަނި މުސްކުޅިކަމުގެ ރުލެއް ނޫނެވެ. ނިތްކުރިމަތީގައި  އުފުލިފައި އެ ހެރީ ނުތަވަސްކަމުގެ ރާޅުތަކެކެވެ. ބަކުރުގެ ފަހަތުން އައިސް އެ ގެއަށް ވަދެ އަދަރާދަ ގޮނޑިއެއްގައި އެ ފޫ ޖައްސައިލީ އަވަށްޓެރިއެކެވެ.  ކުރީގައި ސިފައިންގެ އިސް މަޤާމުތައް ފުރުއްވައިފައި ވާ، ނަމަވެސް މިހާރު ޤައުމުގެ އިސް ރަށްވެއްސެއްގެ ގޮތުގައި ހުންނެވި ޢަބްދުއްރައްޒާޤެވެ. އޭނާ މި ވަޑައިގަތް ވަޑައިގަތުމާއި  ބަކުރުގެ މިޒާޖުން މި ރޭ މި ފެންނަ ފެނުމާ ގުޅުމެއް އޮތް ކަމަށް ވެދާނެއެވެ. މިސްކިތުންފެށިގެން މިހައިތަނަށް އާދެވުނު އިރު ވެސް ބަކުރުގެ ކިބައިން ފެންނަނީ ހިމޭންކަން ވިއްޔާއެވެ! ބަސްމަދުކަން ވިއްޔާއެވެ! ކަންބޮޑުވުމާއި ހާސްވުމާއި ފިކުރުބޮޑުވުން ވެސް މެވެ.

Print

ގޭދޮރުމަތިން ފެންނަ ކޮތަޅު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކޮމަންޑޫ ޢަލީ އިބުރާހީމް

މާލެއަކީ ދޭސީންގެ އިތުރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނެކެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ނިޞްބަތުން އަވަށްޓެރި ގައުމުތަކުގެ މަސައްކަތު މީހުން އައިސް އުޅޭ ތަނެކެވެ. ޚާއްޞަކޮށް ބަގުލަދޭޝްގެ ރައްޔިތުން ގިނަ ޢަދަދަކަށް ޙަރަކާތްތެރިވާ ތަނެކެވެ.

Print

ތިޔައީ ބައްޕަގެ ރަން ދޫންޏެވެ.

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ
  
ދަރިފުޅު ދެކެ ބައްޕަ ވަރަށް ލޯބި ވެއެވެ. ތިޔައީ ބައްޕަގެ ހިތްހަމަ ޖެހުމުގެ ސިއްރެވެ. ދަރިފުޅު ފެނުމުން ހިތް އުޖާލާ ވެއެވެ. ދަރިފުޅަށްޓަކައި ޤުރްބާން ވުމުގެ ވިންދު ހިތުގައި ޖަހައެވެ. ތިޔައީ ބައްޕަގެ ފޮނި އުއްމީދެވެ. ދަރިފުޅާމެދު ބައްޕަ ކުރާ އުއްމީދު ގިނަގުނައެވެ.ދަރިފުޅުގެ މަޑުމަޑު އަދި ފިނި އަތް ބައްޕަގެ މޫނުގައި ބީއްސާލުމުން ދަރިފުޅުގެ އޯގާތެރިކަން ހިތަށް ތަސައްވަރު ކުރެވެއެވެ. ދަރިފުޅުގެ ފިރުމުންތަކާއި އަޅާލުން އެންމެ ބޭނުންވާ ދުވަހު ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

Print

ފަސޭހައީ ޝަކުވާކުރަންތޯ ނޫނީ ޙައްލުކުރަންތޯ؟

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަލީ ނަޢީމް ( ވޭވަށް )

ރަސްގެފާނަކީ އާންމު ރައްޔިތުންގެ ޙާލު އަހުވާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ރަސްކަލެކެވެ. ހަމައެކަނި ޙާލެއްނޫނެވެ. މުޖުތަމަޢުގެ މީހުންނަށް ވަގުތުން ވަގުތަށް ދޭންޖެހޭ ތަޢުލީމާއި ހޭލުންތެރިކުރުވަންވީ ދާއިރާތަށްވެސް މިދެންނެވި ރަސްގެފާނު ތަފާތު ކަންކަމުން ބައްލަވައެވެ.

އެއްދުވަހަކު ރަސްގެފާނުގެ އަމުރަށް ވެރިކަންކުރާރަށުގެ ބޮޑުމަގެއްގައި ބިޔަވެގެންވާ ހިލަގަނޑެއް މަގުމެދުގައި ބޭއްވިއެވެ. އެހިލަގަނޑުގެ ބޮޑުކަމާއި ބިޔަކަމުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި

Print

ކުދިންނާއެކު ބައްޕަމެން ވަގުތު ހޭދަކުރުމުން އެތައް ފައިދާއެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

އަންވަރު އިބްރާހީމް

ދަރިން ބެލުމަކީ ދެމަފިރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް މިއަދު ބައެއް މީހުންނަށް ވިސްނިފައިވަނީ އެއީ ހަމައެކަނި މަންމަމެންގެ ޒިންމާއެއްގެ ގޮތުގައެވެ. އެއީ އަންހެނުންކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ދަރިންނާއެކު ވަގުތު ހޭދަކޮށް، އެކުދިން އުފާކޮށްދިނުމަކީވެސް ހަމައެކަނި

Print

ޑިމޮކްރަސީގެ ސަބަބުން ދިވެހިންނަށް ލިބެނީ ފައިދާ ހެއްޔެވެ؟

ޝާޢިއުކުރީ އާމިނަތު އަފީފާ . ހިމެނޭބަޔަކީ އިޖުތިމާޢީ

އާމިނަތު އަފީފާ

ދޮންވާ ކްރީމް ފުޅިއެއް ގަންނަން ފިހާރަޔަކަށް ދިޔަ އަންހެންކުއްޖެކެވެ. އެތާގައި ހުރި އެބާވަތުގެ ކްރީމް ގިނަކަމުން ގަންނާނެ ވައްތަރެއް އިޚްތިޔާރުކުރުމަށް އެތައް ވަގުތެއް ނެގިއެވެ. އެންމެފަހުން އޭނާ ނީންމީ "ސައިޑް އިފެކްޓްސް"  އެންމެ މަދު ބާވަތެއް ގަތުމަށެވެ. އަދި ނަތީޖާއަށް ބަލައި ބަދަލުކުރަންޖެހިއްޖެނަމަ ބަދަލުކުރުމަށެވެ. ދާދި މިދާކަށްދުވަހު ދިވެހިންވެސް ވަނީ މިފަދަ " ފިހާރައަކަށް " ވަދެފައެވެ. ވެރިކަންކުރާ އެތައް ނިޒާމެއް އޮތްއިރު އެންމެ ރަނގަޅު ނިޒާމެއް ހޮވުމަށްޓަކައެވެ. ސުވާލަކީ މިނިޒާމު ހޮވިއިރު، ކްރީމްފުޅި ގަތް އަންހެން ކުއްޖާފަދައިން އަޅުގަނޑުމެން " ސައިޑް އިފެކްޓްސް ތަކަށް " ވިސްނިބާވައެވެ.

Print

ރާއްޖޭގެ ގޮނޑުދޮށްތައް ރައްކާތެރި ކުރުން މުހިއްމު!

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


ުމުޙައްމަދު މުއާޒު
 
އިންޑިއާ ކަނޑުގައި މަޑު ފެހި ކުލައިގެ މުތީތަކެއް ފަދައިން ވިދަމުން ދާ ޖަޒީރާ ތަކަކީ، ދިވެހިރާއްޖޭގެ ރަށްތަކެވެ. މި ރަށްތަކުގެ ވަށައިގެން ލެވިފައި ވަނީ ހުދު ސާލެއްފަދަ ދޮންވެލިގަނޑެކެވެ. ޤައުމީ އިޤްތިސާދުގެ ބޮޑުބައެއް ހިއްސާ ކުރާ މިދޮންވެލިގަނޑަކީއެ ޖަޒީރާތަކަށް ޤުދުރަތުން ލިބިފައިވާ އެންމެ އަގުބޮޑު ހަދިޔާއެވެ. ވީމާ، ރައްކާތެރިކަމާއިއެކު މި ގޮނޑުދޮށްތައް ބެލެހެއްޓުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ވާޖިބެކެވެ.
Print

ރާއްޖެ ފަދަ ގައުމަކަށް ތިމާވެށީގެ މުހިންމުކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ

 
މުޙައްމަދު މުވާޒު
                
އިންޑިއާ ކަނޑުގައި މާ ފައްޗެއްހެން ގަތާލެވިފައިވާ މި ދިވެހި ރާއްޖެ އަކީ ކުޑަ ޖަޒީރާ ޤައުމެކެވެ. އެހެން ކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމަކީ މި ދިވެހި ރާއްޖެ އެވެ. އެގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެތަކެއް ގެއްލުންތަކެއް ލިބެއެވެ. އެހެންކަމުން ރާއްޖެ ފަދަ ޤައުމަކަށް ތިމާވެށި މުހިއްމުވަނީ ކިހިނެއްކަން ބަލާލުން މުހިއްމެވެ.
Print

ހަޤީޤީ ފޮނިކަމާއި މީރުކަން ވަނީ .......

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އިޖުތިމާޢީ


އިސްމާޢީލް އަލީ ރ.ކަނދޮލުދޫ
     
ހާލަތު މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ.އަމާން އޮމާން ވެށި ވަނީ ކިލަނބުވެ ނާމާންކަން އުފެދި،ހިތް ނުތަނަވަސް ކުރުވާ،ލޮލުން ލޭ ކަރުނަ އޮހޮރޭފަދަ ބިރުވެރި ތަނަކަށް ބަދަލު ވެފައެވެ.
     
ބިރުވެރި ފިލްމުތަކުން ފެންނަ ފަދަ ނޭވާ ހިފަހަށްޓާލަންޖެހޭ،ލޮލުން ކަރުނަ އަންނަ މަންޒަރުތައް
Print

ކާމިޔާބު ދިރިއުޅުމަކަށް ފުރިހަމަ ޞިއްޙަތެއްގެ މުޙިއްމުކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަނޫން
     
ދިރިއުޅުމަކީ ވިދިވިދިގެންވާ ހަނގުރާމައެކެވެ. މިބޮޑު ހަނގުރާމައިގެ އެކިއެކި ކުޑަ ހަނގުރާމަތަކުގެ ކުރިމަތީގައި ބޮޑެތި ރަސްރަސްކަލުންގެ އިސްތަށިފުޅުވެސް ލެނބިދެއެވެ. ދިރިއުޅުމުގެ މިބޮޑު ހަނގުރާމައިން ނަޞްރު ލިބުމަށްޓަކައި މައިދާނަށް ނިކުންނަ ފަހުލަވާނަކީ މާލުވެރިއަކަށްވާކަށް ނުޖެހެއެވެ.
Print

މަންމަގެ ހަނދާން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


އިސްމާޢީލް އަލީ ރ.ކަނދޮޅުދޫ

މަގޭ ލޯބިވާ މަންމާއެވެ!ތިޔައީ ނަމޫނާ މިސާލެކެވެ.މައެއްގެ ވާޖިބުތަކާއި،ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވާ ޒިންމާދާރު މައެކެވެ.ދަރިންނަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވެފައިވާ މައެކެވެ.

މަންމަގެ އޯގަތެރި ފިރުމުންތަކުގެ އަސަރު މިހިތުން ދުވަހަކުވެސް ފިލައިގެންނުދާނެއެވެ.މަންމަްެ މީރުވަސް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ