އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ޤުރުބާނީއަކާނުލައި ކާމިޔާބެއްނުވާނެއެވެ.

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަމްސުލް ފަލާޙް

މިދުނިޔޭގައި ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ އެކަމަކަށް ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ. އެތައް ޤުރުބާނީތަކެއް ވެގެންނެވެ. މި ޙަޤީޤަތް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ފެންނަމުންދެއެވެ.

އަޅުގަނޑުމެން މޭވާ ކެއުމަށް ބޭނުންނަމަ، އެންމެ ފުރަތަމަވެސް ޖެހެނީ އޮށެއް ވަޅުލާށެވެ. އަދި އެއޮށުން ގަސްފަޅައި މޭވާ އައުމަށް ގިނަ ދުވަސްތަކެއް ނަގައެވެ. މި މިސާލަށް ތިބާ ފުންކޮށް ނަޡަރުހިންގަވާށެވެ. ބިމުގައި ވަޅުލެވޭ އޮށް، އެއިން އުފެދޭ ގަހަށްޓަކައި ފަނާވެ ޤުރުބާންވުމަށް އެއްބަސްވެއެވެ. ގަސް ފޯދި މޭވާ އަޅަންދެން، އަޅުގަނޑުމެން އެތައް ވަގުތެއް މޭވާއަށް އިންތިޒާރުކުރުމުގައި ވޭތުކުރަމުއެވެ. އާދެ، މޭވާއަށްޓަކައި އެތައް ވަގުތެއް ޤުރުބާންކުރަމުއެވެ.
Print

ދުނިޔޭގެ ބިތްދޮށް ފަރާތް

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝިފްޒާން އަޙްމަދު (ޒާން)


''އަހަރެންގެ ގޭގައި އެއަރ ކޯނެއް ނެތެވެ. ރަނގަޅު ފެންްވަރުގެ ކާރުގަނޑެއްހައި ހިސާބުވެސް އަތަކު ނެތެވެ. އަބަދު އުޅެން މިޖެހެނީ ވޭވް ސައިކަލެއްގަ އެވެ. ލެޕްޓޮޕު ގަތްފަހުން މި ވީ ތިން އަހަރެވެ. އައި ފޯނެއްގެ ފެންނަނީ ހުވަފެނެވެ. 2009އަކަށް އަވިއައިނާއި، ހެޔަރ ސްޓަައިލާއި ފެޝަން ބަދަލު ކޮށްލެވުނީ ވެސް އަވަށްޓެރި ވަރަށް ގިނަ ރައްޓެހީންނަށްވުރެ ފަހުންނެވެ. މި ބަދުނަސީބުކަމުގެ ޝަކުވާ އިން ސަލާމަތްވެވޭނީ ކޮން އިރަކުންބާވައެވެ؟''


ޝުކުރު ކުރުމާއި ދުރުގައިވާ އަޅުގަނޑުމެންގެ ލޯތަކުން  ދުނިޔޭގެ އެހެނިހެން ބައެއް އިންސާނުންގެ ޙާލު ބަލައިލަމާތޯއެވެ؟  ތަފާސް ހިސާބުތަކުގެ އެހީގައި އިންސާނީ މުޖުތަމަޢުގެ ޙަޤީޤީ ޞޫރަ  ވަޒަންކޮށްލަމާތޯއެވެ؟ އަނދިކަމުގެ ތެރޭގައިވާ އަމިއްލަ ނަފުސާއި ޟަމީރަށް ހެޔޮމަގުގެ އުއްބައްތިން ކަނިފަށެއްގެ އަލިކަން ނަމަވެސް ފޯރާތޯއެވެ!
Print

ފަންވަތް، ލެޓިން އަކުރުން ލިޔެފައިވާ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބްދުލްމުޢީދު ޙަސަން

މައިގަނޑު ގޮތެއްގައި ލެޓިން އަކުރު އުފެދިފައިވަނީ، ޔޫނާނީ އަކުރުންނެވެ. ލެޓިން އަކުރަކީ، މިހާރު ދުނިޔޭގެ ގިނަ ބަސްތަކެއް ލިޔަން ބޭނުންކުރާ އަކުރެކެވެ. ކޮންމެ ބަޔަކު ވެސް އެބަޔެއްގެ ބަސް އެއިން ލިޔެ އުޅެނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މީލާދީ ސަނަތުން ވިހިވަނަ ޤަރުނުގެ ތެރޭގައި، ގިނަ ޤައުމުތަކެއްގެ ބަޔަކު، އެމީހުންގެ އަމިއްލަ ބަސް، ލެޓިން އަކުރުން ލިޔަން ފެށިއެވެ.

ލެޓިން އަކުރު ފުރަތަމަ ބޭނުންކުރި ބަޔަކީ، ރޫމީންނެވެ. އޭގެ އަލިފުބާގައި، 23 އަކުރު ވިއެވެ. އެއީ، A, B, C, D, E, F, G, H, I, K, L, M, N, O, P, Q, R, S, T, V, X, Y, Z މިއެވެ. މީގެ ތެރޭގައި (J, U, W) ނުހިމެނެއެވެ. މިއީ، ފަހުން އިތުރު ކުރެވުނު ތިން އަކުރެކެވެ. ބައެއް ގައުމުތަކުގެ މީހުން މި ނޫން ކިތަންމެ އަކުރެއް އިތުރުކޮށްފައި ވެއެވެ. ބައެއް އަކުރުތައް އިތުރުކޮށްފައިވަނީ، އަޑަށެވެ. ބައެއް އަކުރުތައް އިތުރުކޮށްފައިވަނީ ފިއްޔަށެވެ.
Print

ނަތީޖާ ޙާޞިލްކުރުވަނިވި މުޢާމަލާތްކުރުން

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަމްސުލް ފަލާޙް

މުޢާމަލާތްކުރުމަކީ އިންސާނުންގެ މެދުގައި އޮންނަ ގުޅުމާއި އިންސާނުންގެ ވަށައިގެން މިދުނިޔޭގައިވާ މާޙައުލާއި އިންސާނުންނާ ދެމެދުގައިވާ ގުޅުން ބައްޓަން ކޮށްދޭ ވަރަށް މުހިންމު ކަމެކެވެ. މާތްﷲ އިންސާނުންނަށް ދެއްވި މި މަތިވެރި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންޖެހެއެވެ.

ހެންރީ މިންސްޓްބާރގަކީ، ހިންގުމުގެ ދާއިރާގެ މާހިރެކެވެ. އެކިއެކި އިދާރާތަކުގެ މެނޭޖަރުންގެ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ޠަބީޢަތާބެހޭ ދިރާސާއެއް، 1973 ވަނަ އަހަރު އޭނާ ކުރެއްވިއެވެ. އެދިރާސާގައި އޭނާ ބަޔާންކުރައްވާފައިވާގޮތުން، ކޮންމެ ދުވަހަކުވެސް މެނޭޖަރަކު އޭނާގެ މަސައްކަތުގެ 75 އިންސައްތަ ހޭދަކުރަނީ އެކި މީހުންނާ
Print

ތި ބޭފުޅުން ޗުއްޓީގަ އެވެ. މި ބޭފުޅުން ޑިއުޓީގަ އެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


މާތްވެގެންވާ  މަދީނާގެ ރަޙްމަތްތެރިއަކާއެކީގައި، ރަށުތެރެބަލައިލަން އޭނާގެ ކާރުގައި ނިކުތީމެވެ. ޤުބާ މިސްކިތްދޮށަށް ދެވުމުން ކާރު މަޑުކޮށްލިއެވެ. މިސްކިތަށްވަދެ  މިސްކިތް ބަަލައިލުމަށެވެ.

އަޅުގަނޑާއެކުގައި  ރާއްޖޭގެ ޢިއްޒަތްތެރި  ބޭފުޅަކު  ކާރުގައި އިންނެވިއެވެ. އޭނާ އަތްޕުޅުގައި ވީޑިޔޯ ކެމެރާއެއ

Print

އިންސާނީ ޙައްޤުތަކުގައި ނުރަ ޖެހުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)

10 ޑިސެމްބަރ 2008 އެއީ ދުނިޔޭގެ އިންސާނީ ޙައްޤުތަކާބެހޭ އެއްބަސްވުމަށް 60 އަހަރު ފުރުނު ދުވަހެވެ. އިންސާނެއްގެ އުމުރުގެ ނިސްބަތުގައި ނަމަ 60 އަހަރަކީ، ދިގު މުއްދަތެކެވެ. މީހާ މުސްކުޅިވެ ލޯބޯކޮށިވާހާ ދުވަހެވެ. ލޮލުގެ އެސްފިޔަ ތަކަށް ދަންދެން ބާރު ކެނޑި ނުރަޔަށް ވާހާ ދުވަހެވެ.

އދ. އުފެދި، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއެއް އުފަންވެފައިވަނީ، 10 ޑިސެމްބަރު 1948ގައެވެ. މައިގަނޑު ބޭނުމަކީ
Print

މަންމަގެ ފުރާނަ ހިފަހައްޓާދޭށެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

                 
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

    އަހަރެންގެ ލޯބިވާ މަންމަގެ އުމުރުން 57 މިލިޔަން އަހަރުވެއްޖެއެވެ. މަންމައަށް ކުދިންލިބެންފެށިފަހުން، 4000 އަހަރުވެއްޖެއެވެ. މިހާރު މަންމަގެ އުފަން ދަރިންގެ ގޮތުގައި، 3 ލައްކަ  އެތައްހާސް ދަރީންނެއް  އެބަތިއްބެވެ.  މި ކުދިންގެ ޚިދުމަތުގައި، ބައިލައްކައަށްވުރެ ގިނަ ބިދޭސީ ނޯކަރުން ވެސް އެބަތިއްބެވެ.  މަންމަގެ އުފާވެރި މޫނު ދެކިލައި ބައްދަލުކޮށްލަނ
Print

ދިވެހިރާއްޖޭގައި ބިދޭސީން

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ލިޔުނީ : މިރާޒް މުޙައްމަދު

މާލޭގެ މަގުމައްޗަށް މިހާރު ނިކުމެލުމުން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، ބިދޭސީއަކު ނުފެންނާނެ އެއްވެސް މަގަގަށް އަޅުގަނޑަށް އެރުން މިހާރު އެއީ ނާދިރު ކަމެކެވެ. ކޮންމެވެސް އަދަދަކަށް ބިދޭސީން ނުފެންނާނެ އެއްވެސް ވަގުތެއް، އެއްވެސް މަގެއް، އެއްވެސް ވަޒީފާއެއް މިހާރު ނެތެވެ. އަޅުގަނޑު މިދައްކަނީ ފަތުރުވެރިންގެ ވާހަކައެއް ނޫނެވެ. ރާއްޖޭގައި އެކި އެކި މަސައްކަތްތަކުގައި އައިސްތިބި ނުވަތަ ގެނެވިފައިތިބި ބިދޭސީންނެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް މިކަމާ ބެހޭގޮތުން އަޅުގަނޑު ބަލާލީމެވެ.

Print

ރޫޙާނީ ފުލުހުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

މި ޒަމާނަކީ، ދިވެހިންގެ ހުރިހާކަމެއް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ ދިމާޔަށް ދަތުރުކުރަމުންދާ ދުވަސްވަރެކެވެ.  ދިވެހިން ''އިންޓަރނޭޝަނަލްވަމުންދާ'' ދުވަސްވަރެކެވެ.  މި ބަސްބަހާއި ކަންކަމުގެ މާނަ އެކި މީހުން އެކި ގޮތަށް ކޮށްފާނެއެވެ. އަޅުގަނޑަށް  މާނަ ކުރެވޭ ގޮތްތަކެއް ވެސް އެބަ ހުއްޓެވެ.   ނަމަވެސް އެއީ މި މަޒުމޫނުގެ މައުޟޫޢުކަމުގައި ހަދާކަށް ގަސްދެއް ނުކުރަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ