އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

ހުރިހާރުކެއް އަޑުގަދަ މީހާއަށް

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބުދުﷲ ޙިލްމީ

އަޑުގަދަ މީހާގެ ރުއް ގިނަވާނެޔޭ އެބުނާ ބުނުމުގެ ޙަޤީޤަތެއް ވެއެވެ. އެއީ، އަޑުގަދަމީހާގެ ރުއް ގިނަވެގެންދާތަން ފެނުމެވެ. ކޮންމެގޮތަކުން ވިއަސް ވެހެވެ. އެކި ދިމާލުން އެކި ގޮތަށް ވިޔަސް އަޑުގަދަ މީހާގެ ބާރުގަދަވެ، އެމީހާއަށް ލިބޭ ރުއް ގިނަވެގެންދާ ކަން ޤަބޫލުކުރަން ޖެހެނީ، އެކަން ފެންނަމުންދާތީ އެވެ. އަޑުގަދަމީހާގެ ރުއް ގިނަވާކަން އެނގުމާހަމައިން އޭގެފަހުން ހިނގާ އެކިއެކި ކަންކަމާގުޅިގެން، ހަރުބަހާ މީހަކު ބުނިބަހެއްގެ އަޞްލު މާނަނޫން އެހެންމާނައެއް ދޭހަވާ މިސާލު ބަހަށް (މަޖާޒީ ގޮތުން) ވެސް، އެ ޖުމްލަ
Print

ޤާނޫނީ ޙިމާޔަތް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް

އަދުގެ ދުނިޔެ ވަނީ އިންސާނީ ޙައްޤުތަކުގެ ރޭހުގައި މެކުހަށް ޖަހައިފައެވެ. ނޫނެކެވެ. ދަތްގަނޑު ނަގައި ކޮޅުގައި އަޅުވައިލައިފައެވެ. މި ކަމުގައި އަވަދިނެތިފައި ވަނީ ވެސް ހުޅަނގުގެ ޖާގަ ބޮޑެތި ދޮން ސިކުނޑިތަކެވެ. އެ މީހުން ލޮލުފިޔައެއް ނުޖަހައި ކުރާހައި ވެސް މަސައްކަތަކީ އިންސާނިއްޔަތަށް ހެޔޮ ގޮތް ހޯދައިދިނުމެވެ.
Print

ކަންޒު ކަހަނބުގެ ޚުޠުބާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް

މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންކޮޅެކެވެ.  މައިދާނީ ދަތުރެއްގައި ކުޅިއެއްގެ ކައިރިއަށް ދިޔަ އެވެ. ކުޅީގެ ވެށިން ފެންނަ ތަކެތީގެ އުޅުން ބުޅުން ދެނެގަތުމަށެވެ. އެ ވެށީގެ ދިރުމާއި ހިރުން އޮޅުން ފިލުވުމަށެވެ.  އެތާނގެ ސަގާފަތާއި ގޮތާ ފޮތާއި ހަމަ ނަހަމަ އުނގެނުމަށެވެ.
Print

ޙަޤީޤަތް ނުބަލާ ވާހަކަދެއްކުމަކީ މުޖުތަމަޢު ބައިބައިވާކަމެއް

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަކީލާ ޙާމިދު

އެކަކު އަނެކެއްގެ ވާހަކަ އަނެކާ ހިތްނުރުހޭނެގޮތަށް ދެއްކުމަކީ ވަރަށްނުރައްކާތެރި އެހާމެ ނުބައިސިފައެކެވެ. މިއީ އެއް އިންސާނަކު އަނެއް އިންސާނެއްގެ މުޅަމަސް ކެއުންފަދަ ކަމެކެވެ. މިކަމަކީ މުޖުތަމަޢު ބައިބައި ކުރުވާ ކަމެއްވެސްމެއެވެ. ގިނަފަހަރަށް މިގޮތަށް ދެކެވޭ ވާހަކަތަކުގައި މާބޮޑު އަސްލެއް ޙަޤީޤަތެއްވެސް ނޯވެ އެވެ. އެހެންކަމުން މިކަންވެގެންދަނީ ޙަސަދަޔާ
Print

ދަރިފުޅު ބަސްނާހާ ކުއްޖަކަށްވީ ކީއްވެހެއްޔެވެ؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ޝާހީން

މިދަރިފުޅު މަޑުން ނުހުންނަނީ ކީއްވެހެއްޔެވެ؟ ބޮޑާހާކަނީ ކީއްވެހެއްޔެވެ؟ ކާންދޭން އުނދަގޫވީ ކީއްވެހެއްޔެވެ؟ މިއީ ކުރެވޭ ސުވާލުތަކެކެވެ. އެހެންގޮތަކަށް ބުނާނަމަ ޝަކުވާތަކެކެވެ. އެންމެންވެސް ދައްކާ ވާހަކައެކެވެ. މައިންވެސް އަދި ބައްޕައިންވެސް މެއެވެ. އެހެނަސް ބަސްނާހާ ދަރިފުޅު އެއްލައެއްނުލެވޭނެއެވެ. މިސުވާލުތަކަށް ޖަވާބު ބޭނުންހެއްޔެވެ؟
Print

ފޭރިގަތުމަށް ފުރުޞަތު ނުދެމާ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އެއްތަނުން އަނެއްތަނަށް ފައިސާ ފަދަ ތަކެތި އުފުލުމުގައި ސަމާލުވެލައްވާ!


އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ

ފޭރުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ވެސް ޢާއްމުވަމުން އަންނަ ވަރަށް ބޮޑު މައްސަލައެކެވެ. މަގުމަތިން ހިނގައިފައި ދާ މީހުންގެ ވޮލިޓާއި، އަތްދަބަހާއި ފޯނުފަދަ ތަކެއްޗަކީ މިފަދަ މީހުންގެ ލޯތަކުގައި އެންމެ ގިނައިން އަޅައިގަންނަ ތަކެއްޗެވެ. އަދި މީގެ އިތުރުން މީހުންގެ އަތުގައި ހުންނަ ފައިސާ ގަދަކަމުން ޖަހައިގަތުމަކީ ވެސް މިހާރަކަށް އައިސް ވެރިރަށް މާލޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.
Print

ލޮބުވެތި ދިވެހި ޤައުމުގެ ޚިދުމަތުގައި ދެމިތިބޭށެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އިސްމާއީލް ޢަލީ، ރ.ކަދޮޅުދޫ

ދިވެހި ގައުމަކީ، ފަޚުރުވެރި، ކަރާމާތްތެރި ތަނެކެވެ. މި ގައުމުގައި ގުގުމަނީ ﷲގެ މަތިވެރި ކަލިމައެވެ. އަބަދާއި އަބަދު ﷲގެ މަތިވެރިކަން ހާމަކޮށްދެއެވެ. އެހެންފަރާތަކަށް އަޅުކަން ކުރާކަށް މި ގައުމުގައި ތަނެއް ނެތެވެ.

މި ގައުމުގައި ދިރި އުޅެނީ އަޚުންނާއި، އުޚުތުންނެވެ.
Print

ކުޑަކުދިންނަށް ގޯނާކުރުން ހުއްޓާލާން ޖެހޭނެ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ހާދިސާއެއް

 

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

''އަޅުގަނޑަކީ ޢުމުރުން އެންމެ 07 އަހަރުގެ ފިރިހެން ކުއްޖަކީމެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ދޫކޮށް ދޮންމަންމަ އަކާއެކު ދިރިއުޅުން ވަނީ އިންޑިޔާއަށް ބަދަލުކޮށްފައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެންފެށިގެން އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ކޮއްކޮގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ އަޅުގަނޑުގެ މަންމަ އެވެ. މަންމަ ނިދަން އޮންނަނީ އަބަދުވެސް އަޅުގަނޑުގެ ކައިރީގައެވެ. ނަމަވެސް އަޅުގަނޑުގެ ޢުމުރުން 6 އަހަރުން ފެށިގެން އަޅުގަނޑުގެ މަންމަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ.
Print

ދިވެހި ޝަޚުޞިއްޔަތު ބިނާ ކުރުން (1)

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ އިޖުތިމާޢީ


ދިވެހިންގެ ބަސް

ޢަބްދުﷲ ކަމާލުއްދީން

ދިވެހި ޝަޚްޞިއްޔަތު ބިނާ ކުރުމުގެ މައުޟޫޢުގައި ދެން އޮތީ އަޅުގަޑުމެންގެ މާދަރީ ބަހާ ތާރީޚާއި ޘަގާފަތުގެ ވާހަކަ ދަންނަވާލުމެވެ. އަޅުގަޑު ބޮޑުވަމުން އައި ދުވަސްވަރު ދިވެހި ބަހުން ވާހަކަދައްކާ ލިޔެ އުޅޭ ތިން ގޮތެއް އޮވެއެވެ. އެެ އިރަކީ ރާއްޖޭގައި ކުރިން އޮތް ރަސްކަމުގެ އެންމެ ފަހު އަހަރުތަކެވެ. އާދެ، އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ތެރެއެވެ.
Print

ިދިވެހި ޝަޚްޞިއްޔަތު ބިނާކުރުން (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

ދިވެހިންގެ ދީން


ޢަބްދުﷲ ކަމާލުއްދީން

އެންމެ ފުރަތަމައިން ވެސް އަޅުގަޑުގެ ހިތަށް އެރީ އަޅުގަޑުމެންގެ ޝަޚުޞިއްޔަތު ބިނާކޮށް ނިމޭއިރު އަނެއްކާ ޤައުމު އޮންނާނީ ކިހިނަކުން ބާ އެވެ؟ އަޅުގަޑުމެންވާނީ އެއްގޮތަކަށް ހެދުން އަޅާފައި ތިބޭ، އެއްގޮތަކަށް ރީތި ވެގެން ތިބޭ، ވެރިމީހާ އަތް އުފުލާލީމާ ފަހަތުން އަތް އުފުލާލާ، އޭނާ ނޭފަތް ކަހާލީމާ ފަހަތުން ނޭފަތް ކަހާލާ، އޭނާ ކަރުކެހިލީމާ ފަހަތުން ކަރުކެހިލާ ބަޔަކަށް ބާވައެވެ؟ ނޫނެކެވެ.
Print

ވިސްނައިލުން ރަނގަޅު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ރަޝީދު މޫސާ

1-    މީހަކު ހެޔޮލަފާ ބޭކަލަކާ ދިމާ އަށް އެއްޗެހި ކިޔުމުން ވިދާޅުވި އެވެ. އެއީ ތިބާގެފަތެވެ. ބޭނުން އެއްޗަކުން އެ ފަތް ފުރާލުމުގެ އިޚްތިޔާރު ތިބާ އަށް ލިބިގެންވެ އެވެ.

2-    ކާރު ދުއްވަނިކޮށް މީހަކު ތިބާ އަށް އުނދަގުލެއް ކޮށްފި ނަމަ ކާރުގެ އަރިމަތީ ލޯގަނޑު  ގައި ލިޔެފައިވާ ޢިބާރާތާ މެދު ވިސްނާލާށެވެ. "ތިބާއަށް ފެންނަ ހަށިތަކަކީ އޭގެ އަޞްލު ސައިޒަށްވުރެ މާކުދި އެއްޗެހިތަކެކެވެ." މި ޢިބާރާތާ މެދު އެވެ.
Print

ދެވަނަ އަނބިމީހާ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އަސްލު ލިޔުއްވީ: އަލީ ތަންތާވީ
(ތަރުޖަމާ:      ޝައިޚު ޙަސަން)

 
އަހަރެންގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. އަހަންނަށް އޭނާ ފެނުނުއިރުހުރީ ހިތްނުތަނަވަސްވެފައެވެ. ބަލިމީހެއްފަދައިންނެވެ. ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަހަލައެވެ. ވެގެން އުޅޭގޮތެއް ބުނެދިނުމަށް އަހަރެން އޭނާގާތުގައި އެދުނީމެވެ. އިރުގަނޑެއްވާންދެން ނުބުނާންހުއްޓެވެ. ދެޚިޔާލެއްގައި ހުރެފައި އެންމެފަހުން އަހަންނަށް ކިޔައިދިނެވެ. ތިބާ ތިޔައީ އަހަރެންގެ އެއްވެސް ކަމެއް ވަންހަނާކުރަން ނުޖެހޭފަދަ ގާތް ރަހުމަތްތެރިއެކެވެ. އަހަރެންގެ ސިއްރު ތިބާއަށް ކިޔައިދީ ތިބާގެ މަޝްވަރާއަކަށް އެދެމެވެ. އަހަރެން ކައިވެނި ކުރަން ބޭނުމެވެ.
Print

ކައިވެނީގެ ކުރިން ވިސްނަންޖެހޭނީ ކޮންކަމަކާ؟

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..


ބިންމާ އިބްރާހީމް ވަޙީދު 

ހީކުރެވިދާނެ އެވެ. ކައިވެނި ކުރީމައި ހުރިހާކަމެއް ހަމަޖެހޭނެ އެވެ. ކަންކަމަށް މައިންބަފައިން ފާޑެއްނުކިޔާނެ އެވެ. ބޭނުންގޮތަކަށް "ބިޓާ" އެކުގައި އުޅުނީމައި ނިމުނީ އެވެ. ރަނގަޅު ވާހަކައެކެވެ. މީހަކާ އިނުމުން، ކުރިން މައިންބަފައިން ކަންކަމާ ބެހޭ ވަރަށް ނުބެހިދާނެ އެވެ. އޭރުން ބޮލަށް ވަރަށް ފަސޭހަވާނޭ ހީކުރެވިދާނެ އެވެ. އެ ވަރަށް ތިމާ ތައްޔާރުވެފައިވާ ނަމަ އެވެ. ކޮން ތައްޔާރެއް ހެއްޔެވެ؟ ދެން އުފެދޭނެ ސުވާލަކީ އެއީ އެވެ.
Print

ވަރިކުރަނީ ކީއްވެ؟

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..


 ބިންމާ އިބްރާހީމް ވަޙީދު
  
ކައިވެންޏެއް ރޫޅެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ހުރިހާ ސަބަބުތައް ލިޔުމުގެ ބަދަލުގައި، އެ ސަބަބުތަކުގެ މައިމުލަކީ ކޮބައިތޯ ވިސްނާލުން މުހިންމެވެ. ވަރަށް ގިނަ ރައްޓެހިންގެ ކައިވެނި ރޫޅުނުތަން ލޯމައްޗަށް ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން ބުނާ ނަމަ، އެ އެންމެން ވެސް ދުނިޔެ އަށް ދެއްކީ ވަކި ސަބަބެކެވެ. އަސްލު ސަބަބަކީ މުޅިން އެހެން ސަބަބެކެވެ. އަނބިމީހާ ކަންނެތްކަމުން ވަރިކުރިކަމަށް ބުނިއިރު، ކައިވެނި ކުރިއިރު ވެސް ފިރިމީހާ އަށް އެކަން އެނގެ އެވެ. ފިރިމީހާ ރުޅިގަދަކަމުން ވަރިވާން ކޯޓަށް ސިޓީ ލި ކަމުގައި އަނބިމީހާ ބުނިއިރު، އެ ރުޅި އަށް އަނބިމީހާ ކެތްކުރާތާ ކިތަންމެ ޒަމާނެކެވެ.
Print

ޢިލްމީ ނަޒަރަކުން. . ."ގުޑް ގަވަރނަންސް"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



"ހެޔޮ ވެރިކަން" ނުވަތަ "ގުޑް ގަވަރނަންސް"


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް

ގަވަރނަންސް" އާއި "ގުޑްގަވަރނަންސް" އަކީ ތަރައްޤީގެ އަދަބިއްޔާތުގައި ބޭނުންކުރުން ފަހަކަށް އައިސް އިތުރުވެފައިވާ 2 ލަފުޒެވެ. ނުވަތަ 2 މަފްހޫމެވެ. މީގެ އިދިކޮޅު ނިޒާމު އާދެ! "ބޭޑްގަވަރނަންސް" ބެލެނީ އަޅުގަނޑުމެންގެ މުޖްތަމަޢުތަކުގައި އުފެދޭ ނުރަނގަޅު ހުރިހާ ކަމެއްގެ އަޞްލު ސަބަބު ކަމުގައެވެ. ބައިނުލްއަޤްވާމީ މާލީ އިދާރާތަކާއި އެހީދޭ ބޮޑެތި ޖަމާޢަތްތަކުން އެހީދިނުމުގައި މި ފަހަކަށް އައިސް ބަލާ މައިގަނޑު އެއް މިންގަނޑަކީ އެ ތަނެއްގައި ހަރުދަނާ ހިންގުމުގެ ނިޒާމެއް، ނުވަތަ ހެޔޮ ވެރިކަމެއް (ގުޑްގަވަރނަންސް) ތަންފީޒުކުރެވޭ މިންވަރެވެ.
Print

އިސްލާމީ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރުމުން، އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ނަޞްރުﷲ ޖަމީލް މޫސާ

ޢާންމު ދިރިއުޅުމުގައި އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައަކީ ކޮންމެވެސް ގޮތަކުން އިގްތިސާދާ ގުޅުން ހުރި ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ކޮންމެ އަމަލަކުންވެސް އިގްތިސާދަށް އަސަރުތަކެއް ކުރެއެވެ. މުއްސަދި، ފުދުންތެރި ގައުމެކޭ، ނުވަތަ ފަގީރު ގައުމެކޭ ތަފާތެއް ނެތި ގިނަ ގައުމުތަކަކީ އިގްތިސާދީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކެކެވެ. ބޭރުގެ އެހީއަށް ބަރޯސާވެގެން ގިނަ ގައުމުތަކުން އިޤްތިޞާދު ބައްޓަންކުރަން މަސައްކަތްކުރާއިރު، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކީ ފަޤީރުން ކަމުގައި ބަލާ މިންގަނޑުގައި ހިމެނޭ މީހުންނެވެ.
Print

އިއްޔެ ހިނގައްޖެއެވެ. މިއަދު މި ދަނީއެވެ. މާދަމާ. . . . ؟؟؟؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

އަމިއްލަ ނަފުސް އަމިއްލައަށް އިންޞާފުކުރުމަކީ (ޖަޖްކުރުމަކީ) ކުރަންޖެހޭކަމެކެވެ. ކޮންމެ މީހެއްގެ މައްޗަށްވެސް އޮތްކަމެކެވެ. އެމީހެއްގެ ހަޔާތުގެ ދަތުރުގެ ދިގު-ކުރުމިން ބުނާކަށް އެކަކަށް ވެސް ނޭނގޭނެއެވެ. ތިބާ މާދަމާއަށްޓަކައި ކިތަންމެ ބޮޑު ކަންތައްތަކެއް ރޭވިނަމަވެސް އެކަންތައްތަށް ދުށުމުގެ ނަސީބު ތިބާއަށް ނުލިބިދާނެއެވެ. ޙަަޔާތުގެ ދަތުރުގައި ކިތަންމެ މޮޅު ޕްލޭނުތަކެއް ކުރިނަމަވެސް އެކަން ޙާޞިލް ނުވެދާނެއެވެ. އަދި އެ ދުވަސް ނުފެނިދާނެއެވެ. މާދަމާއަކީ ތިމާއަށް އޮތް ދުވަހެއް ނޫނެވެ. އެކަން ޤަބޫލުކުރާން އެބަޖެހެއެވެ.
Print

ތިމާއަށް މާޒީ އެވާހަކަ ނުބުނެދޭ ތޯ އެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

މާޒީއަކީ މުސްތަޤުބަލް ބަލާ ލޯގަނޑޭ ބުނާތީ އަޑުއަހަމެވެ. އެއީ މީހެއްގެ ހަޔާތުގައި އޭނާގެ ކުރިމަގު ރޭވުމަށް ފަސްމަގު އެހީވާތީ ކަމަށް ވެދާނެއެވެ. ނުވަތަ ހަޔާތުގެ ދަތުރުގައި އަމާން ބަނދަރެއް ހޯދުމަށް  ދަތުރު އެރެހެއްޓުމަށް ދިން މިސާލަކަށް ވެސް ވުން ކައިރިތެވެ. ކޮންމެ މާނައެއްގައި ބުނެފައިވާ ބުނުމެއް ނަމަވެސް ހަޔާތުން ލިބޭ އިބުރަތަކީ ކުރިން ފެންނާނެ އެއްޗެއް ނޫނެވެ. އެ ތަޖުރިބާއެއް ނުކުރެވޭހާ ހިނދަކު އެނގޭނެ ނޫނީ ފަހުމްވާނެ ކަމެއް ވެސް ނޫނެވެ. މިއީ މިއަދުގެ ޖީލުން މާދަމާ ގަބޫލުކުރާނެ ޙަޤީގަތެވެ.
Print

ޚިޔާލު ފާޅުކުރުން- އިމެއް ނެތް މިނިވަންކަމެއް ބާ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން


ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށް ވެސް އޮންނަން ޖެހޭނެ މިނިވަންކަމެކެވެ. ޤައުމު ބިނާކުރުމުގައި ފަރުދުންގެ ޒިންމާއާއި ވާޖިބު އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭނީ އޭރުންނެވެ. ޤައުމީ މަސައްކަތްތަކާއި ޤައުމުގެ ދުވެލި ހަލުވިވެގެން އަންނާނީ ވެސް އޭރުން ނެވެ. މިއީ އެންމެން ގަބޫލުކުރާ އަސާސެކެވެ. ހަމައެކެވެ. އެހެންނަމަވެސް މި ހަމައާއި އަސާސަކީ މިއަދުގެ ތަހުޒީބާއެކު އައި ކަމެއް ނޫނެވެ.
Print

މައްޔިތުންގެ މުޒާހަރާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

                              
އާދަމް ނަޞީރު އިބްރާހީމް (2011)

1980ގެ ކުރީ ކޮޅެވެ. ދުވަހަކީ ފުރަތަމަ އަލަށް އަޅުގަނޑު ހުކުރަށް  ދިޔަ ދުވަހެވެ. ރަށުގެ މާ މިސްކިތް ހުންނަނީ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގަ އެވެ. ކިތަންމެ ދުރަސް ހާލަތު ނިޔާކުރާ ގޮތުން، އޭރު އެއްމެން ހެން ދަނީ ފައިމަގުގަ އެވެ. ހިނގައިފައެވެ. ތަނަވަސް، ބޮޑުމަގުން ހިނގަމުން ގޮސް މިސްކިތާ ވަކި ހިސާބަކަށް ކައިރި ވެވޭ އިރު ފެންނަ ތަފާތު މަންޒަރަކާ މެދު ސުވާލު އުފެދުނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ