އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

މި ދަނީ ހަމަ ރަނގަޅަށް ބާ!؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޙަސަން ޒަހީން

މިފަހަރު މުޅިން އެހެން ވާހަކައެކެވެ. ދުވަސްވަރާ މާބޮޑު ގުޅުމެއް ނެތިދާނެ އެވެ. އެހެންނަމަވެސް ވިސްނައިވަޑައިގަތުން ރަނގަޅު ވާނެ އެވެ. އަޅުގަނޑުމެންގެ ކުދިން ކިޔެވުމަށް މޮޅެއް ނޫން ހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން ގަދަ 10 އަކުން ޖާގަލިބޭ ކުދީން ނިސްބަތުން ވަރަށް މަދެވެ. އެހެންނަމަވެސް މިއަދު އެއީ އެތައްް ސަތޭކަކުދިންނެއް ޖާގަ ހޯދާ މަޤާމެކެވެ. މިއިން ދައްކައިދެނީ ތަޢުލީމީ ގޮތުން އަޅުގަނޑުމެންގެ ކުދިން "މޮޅުވަމުން" އަންނަ ކަމެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތެވެ. މި ނަތީޖާ ފެންނަ އެހެން ސަބަބެއް ނެތެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.
Print

މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފާ ތިބާއަށް ލިބޭހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

އަޅުގަނޑުމެން އަޅުވެއްޗެއް ނޫނެވެ. ހަޤީޤަތުގައި ވެސް އަޅުވެތި ބަޔަކަށް އަޅުގަނޑުމެން ނުކިޔާނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ މިނިވަން ވުންތޯ އެވެ؟ މިއީ މިހާރަށް ވުރެ ފުންކޮށް ވިސްނައިލުން ރަނގަޅު ނުކުތާއެކެވެ. މިނިވަންކަމުގެ އުފަލުގައި ދަރިން ނަލަހައްދައި، ޤައުމީ ހެނދުން ލައްވައިގެން ސުކޫލަށް ހިނގާ މައިން ބަފައިންނަށް ގަބޫލުކުރަން އުދަނގޫ ވާހަކައަކަށް މި ބުނުން ވެދާނެއެވެ. އެހެންނަމަވެސް ނަފުސަށް ފުރިހަމައަށް ތަން ދީފިނަމަ، އެއީ މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފަލާއެކު ކުރާކަމެއް ކަމަށް ފަހަރުގައި ނުވެދާނެ އެވެ. އަޅުގަނޑު މި ދަންނަވާ ވާހަކަ ތަންކޮށް ތިލަކޮށްލެވޭތޯ ބަލާނަމަވެ.
Print

ހަމަ ހިތަށް އަރައެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ހަސަން ޒަހީން

ހިތްހަމަ ނުޖެހުމަކީ ކޮންމެ ކަމަކާގުޅިގެން ވެސް ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދިދާނެ ކަމެކެވެ. އެއީ މަގުބޫލު އުޒުރެއް ނެތްކަމުގައި ވީނަމަވެހެވެ. ނުވަތަ ހަމަ ހަޤީގަތުގައި ވެސް އެކަމެއް ތިމާ ގަބޫލުކުރާ ގޮތާ ދިމާ އިދިކޮޅަށް އެކަމެއް ނިމުމުންނެވެ. މިއީ ޠަބީއީގޮތުން ކަންހިގަނމުންދާ މަގެވެ. އިންސާނީ ހިތްތަކުން ކަންވަމުން އަންނަ ގޮތެވެ. އެއީ ފިޠުރީގޮތުން އަހަރެންމެންގެ ސިކުނޑިތައް ތަންދޭ ގޮތް ވެސް މެއެވެ.

ކޮންމެއަކަސް މިއަދުގެ މުޖުތަމަޢަށް ނަޒަރު ހިންގައިލުމުން އަޅުގަނޑުގެ މި ވާހަކަ ފަހުމުވުން ގާތެވެ.
Print

މަސްތުވާ ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ލިބެނީ ގެއްލުމެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އިސްމާޢީލް އަލީ، ރ.ކަނދޮޅުދޫ

އިންސާނާގެ އެންމެ އަގުމާތް ޖައުހަރު ކަމުގައިވާ ބުއްދި ނެތިކޮށް، އެކަހެރިކޮށް ގަނަތަޅުވަމުންގެންދާ ޢަދާވާތްތެރިޔަކީ، މަސްތުވާ ތަކެތި ކަމާމެދު ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ.

މަސްތުވާ ތަކެއްޗަކީ، އެ އެއްޗެއް ބޭނުންކުރުމުން ތިމާގެ ބުއްދިފިލައިދާ ކޮންމެ އެއްޗެކެވެ. މަސްތުވާ ތަކެތީގެ ބޭނުން ކުރުންވަނީ ޙަރާމް ކުރައްވައިފައެވެ. އިސްލާމްދީނުގައި އެއްޗެއް ބޭނުންކުރުން ޙަރާމް ކުރެއްވުމުން އެއެއްޗަކުން އަވަހަށް ދުރުވެގަންނަންވީ އެވެ. އިސްލާމްދީނަކީ އެންމެހެޔޮ ދީނެވެ.
Print

ހާސްކަން ކަނޑުވަން ކުރެވޭނީ ކީއް؟ (2)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..


ބިންމާ އިބްރާހިމް ވަހީދު

"ހާސްކަން ކަނޑުވާނީ ކިހިނެއް؟" ކުރިން ގެނެސްދިންއިރު ވިސްނާލި ކަންތައްތަކުގެ އިތުރަށް، އަދި ވެސް ވިސްނަންޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ. ހިތަށްއަރާފާނެ އެވެ. މިއީ އެހާ ބޮޑު ކަމެއް ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. ކަމެއް ކުރިމަތިވުމުން ހާސްވެއްޖެ ނަމަ،
Print

މިއީވެސް ޚިޔާލެކެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

ކަންކަމާމެދު ވިސްނުމަކީ ޢިބުރަތް ޙާޞިލްވާނެ ކަމެކެވެ. ޢިބުރަތް ލިބޭނެ ކަމެކެވެ. ކޮންމެ ކަމަކީވެސް ތަފާތު ފިލާވަޅުތަކެއް ލިބިދޭ ކަމެކެވެ. އެއީ އެކަމެއްގެ ބޭރުފުށަށް ވިސްނުމުގެ އިތުރުން، އެކަމަކާމެދު ތަންކޮޅެއް ފުންކޮށް ވިސްނުމުންނެވެ. ހަމައެއާއެކު ތަކުރާރުވަމުންދާ މަންޒަރުތަކާއި، ކަންކަމަކީ އެއިން ޢިބުރަތް ހޯދުމަށް، މާތްވެގެންވާ އިސްލާމްދީންވެސް ބާރު އަޅާ ކަންކަމެވެ.

އަޅުގަނޑުމެންގެ ޤައުމުގައި ހިނގަމުންދާ ކުދި އަދި ބޮޑެތި މައްސަލަތަކަށް ވިސްނުމުގެ ވާފަށް ދޫކޮށްލުމުށް ތަފާތު ގޮތްގޮތަށް އެކަންކަން މާނަކުރެވިދާނެ އެވެ. އެއީ ތަފާތު ބޭފުޅުންގެ ޚިޔާލާއި ފިކުރު ތަފާތުވާތީ އެވެ.
Print

ކުށްވެރިއަކީ ކާކު؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ކުށްވެރިޔަކީ މަނާ ސަރަޙައްދުގައި ޕާކުކުރި މީހުންހެއްޔެވެ؟ ސައިކަލް އެކްސިޑެންޓްވި ދެމީހުންހެއްޔެވެ؟ މާލެ ތޮއްޖެހުމާއި ވަދި ދިރިއުޅުންހެއްޔެވެ؟


އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ

ހެނދުނުގެ ނާސްތާއަށްފަހު އަހަރެން އޮފީހަށް ދާން ނިކުތީ ގަޑިޖެހެން ކުޑަތަން ވެފައި ވަނިކޮށެވެ. ގެއިން ނިކުތުމާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ގެއާ އިންވެގެން އޮންނަ މަގުގެ ގޯޅި ކަންމަތީގައި ސައިކަލުތަކެއް އެކްސިޑެންޓްވެފައި ވަނިކޮށެވެ. އޭރު ވެއްޓިފައިވާ ސައިކަލެއް ކައިރީ އަންހެނަކާއި ސްކޫލް ޔުނީފޯރމްގައި ކުޑަވަރެއްގެ އަންހެން ކުއްޖަކުވެސް ހުއްޓެވެ. އަދި އެތަނަށް މީހުން ޖަމާވަމުން ދިޔައެވެ.
Print

ކުޑަކުދިންނަކީ މަޢުސޫމު ބަޔެކެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


  
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ
    
ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ފާފައެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ.
    
ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބެއެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ފަރާތް ކަމުގައިވާ މައިންބަފައިންނެވެ. ނުވަތަ ތިމާގެ  މީހުންނާއި ރަޙުމަތްތެރިންނެވެ.
Print

މަންމާއެވެ! އަޅުގަނޑަށް ރޮވެނީއެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޅުގަނޑު ހިތްހަމަޖެހެނީ މަންމަގެ ހަނދާނުގައި ރުއިމުންނެވެ.


އަލްފާޟިލް އިބްރާހީމް ނާއިފް، ބަގީޗާގެ، ލ. ފޮނަދޫ


މަންމާއެވެ! އަޅުގަނޑު  މި ވާހަކަތައް ކިޔައިދޭނީ ކާކުގެ ގާތުގައި ހެއްޔެވެ؟ މަންމަ، އަޅުގަނޑާއި ކޮއްކޮ އާއި ބައްޕަ ދޫކޮށްފައި ތިޔަ ދިޔައީ ހާދަހާ ދުރަަށެވެ. ގެއިން ހޮސްޕިޓަލަށް ދަމުން ކޮއްކޮއެއް ބަލައި ދަނީއްޔޭ މަންމަ ބުނީމެންނޫންހެއްޔެވެ؟ އެހެނަސް ހޮސްޕިޓަލުން ސަލާމަތުން އެނބުރި ގެއަށް އަންނާނީ ހަމައެކަނި ކޮއްކޮކަމަށް އަޅުގަނޑު ހީކުރާނެ ހެއްޔެވެ؟ މަންމާ އެވެ! މަންމަ ދެން ދަނީއްޔޭ ބުނީ އަނބުރައި ނާންނަންކަމަށް އަޅުގަނޑަށް ހީވެދާނެ ހެއްޔެވެ؟ މަންމާއެވެ! މަންމަ ވަޅުލި އިރު ވެސް އަޅުގަނޑު ކައިރީގައި ހުރީމެވެ.
Print

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުން ސަލާމަތްކުރެވޭނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙުސައިން ޞަލާޙް

ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ އަގުހުރި ރައުސުލްމާލެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ޤައުމެއް ކުރިއަރައި ތަރައްޤީވާނީ  އެ ޤައުމާއިގެން ތެދުވެ ހިންދަމައިލެވޭވަރުގެ ހަރުދަނާ ޒުވާން ޖީލެއް އުފެއްދިގެންނެވެ. ޒިންމާދާރު، މަސްއޫލިއްޔަތު އުފުލުމުގައި ހީވާގި ދަރިންތަކެއް އުފެދިގެންނެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ އަޅުގަނޑުމެންގެ ޒުވާނުންނަކީ އިސްލާމްދީނުގެ މަތިވެރި އާދަތަކަށް ލޯބިކުރާ، އެދީނުގެ ތަރަހަތަކުގެ މަތީގައި ތަރުބިއްޔަތުކުރެވިފައިވާ ބަޔަކަށް ހެދިގެންނެވެ.
Print

ނުހަނު ލޯތްބާއެކު!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

ދިވެހިބަހުން އެކުލަވައިލީ:

އަޙްމަދު އަޖްމަލް ޙާމިދު (2011)

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ.
މިމަންމަ މުސްކުޅިވުމުން މިމަންމައާމެދު ކެތްތެރިވާނެކަމަށް ހީކުރަމެވެ.
މިމަންމަ އަތުން ތައްޓެއް ތަޅައިގެން ހިނގައްޖެނަމަ، ނުވަތަ ކާމޭޒު
Print

އަންހެނަކާއި ފިރިހެނަކާ ދެމެދު ރައްޓެހިކަން ބޭއްވިދާނެތަ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..

ބިންމާ އިބްރާހީމް ވަޙީދު
  
ބޭއްވިދާނެ ކަމުގައި އެކަކު ބުނެފިއްޔާ ނުބޭއްވޭނެ ކަމުގައި ދެ މީހުން ބުނާނެ އެވެ. ނުބޭއްވޭނެ ކަމުގައި ދެ މީހުން ބުނެފިއްޔާ، ބޭއްވޭނެ ކަމުގައި ތިން މީހުން ބުނާނެ އެވެ. މާނަ އަކީ، މިއީ ޖަވާބުދޭން އުނދަގޫ ސުވާލެކެވެ. ކަމަކާ ގުޅޭގޮތުން ސުވާލުކުރުމުން ތިމާ ދޭ ޖަވާބާއި، ތިމާ ކަންތައްކުރާ ގޮތާ ވެސް ތަފާތުވެ އެވެ. މަދުންނެއް ނޫނެވެ. އެއީ، ވަރަށް ގިނައިން ވާގޮތެކެވެ.
Print

ދިވެހިބަހުގެ ދުވަސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވޭ ދުވަހެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންތަކެއް އުފައްދަވައިފައިވާ "ލިޔުންތެރިންގެ ގުޅުން"(ޖަމްޢިއްޔާ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ އާއި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)އާ، ގުޅިގެން މި ދުވަސް ފާހަގަކުރެވޭ ކަމީ އުފާކުރުން ޙައްޤުކަމެކެވެ. އަދި "ދިވެހިބަހުގެ ދުވަސް" ފާހަގަކުރުމުގައި ވީޓީވީ
Print

ހާސްކަން ކަނޑުވާނީ ކިހިނެއް؟ (1)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..

ބިންމާ އިބްރާހީމް ވަޙީދު

ހާސްކަމަކީ، އޭގެ ސަބަބުން ކިތަންމެ ކަމަކަށް ހުރަސްތައް ކުރިމަތިވާ ކަމެކެވެ. ކުރަން ހުންނަ ކަންތައް ނުކުރެވުމާއި، ކަންތައްތައް ބޮއްސުންލުމާއި، ފަހު ވަގުތު އަތުންފައިން ގޯސް ވެސް ހެދޭކަމެކެވެ. ޙަޤީޤަތުގައި، ހާސްވާން މެދުވެރިވާނީ ދެ ސަބަބެކެވެ. އެއީ، ޖިސްމާނީގޮތުން މައްސަލައެއް ދިމާވެފައި ހުރުން ނުވަތަ ނަފްސާނީގޮތުން ތިމާ އަށް ތައްޔާރުނުވެވުމެވެ. ފުރަތަމަ ކަންތައް ޙައްލުކުރުމަށްޓަކައި
Print

ހަމަ ކޮންމެ މީހެއްގެވެސް ޒިންމާ އެކެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށުގެ ޢަމަލުތައް ކުރާމީހުން އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކުށުގެ ވައްތަރުތަކާއި މީހުން ކުށް ކުރުމުގެ ވައްޓަފާޅިވެސް ދަނީ ބަދަލުވަމުންނެވެ.
Print

މަކަރުގެ ދައު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްނު ޙަސަން ޔޫސުފު

މަކަރުގެ ދަލަކީ ފުޅާ ދަލެކެވެ. ނުރައްކާތެރި ދަލެކެވެ. ގޮޅިތައް ކުދި ދަލެކެވެ. ކުރަވި ވަރުގަދަ ބަރިތައް ބަރު ދަލެކެވެ. މި ނުރައްކާތެރި ދައު ފަތުރައި އުޅެނީ ހިޔަޅުގެ ބުއްދި ހުންނަ މީހުންނެވެ. ނުލަފާ މީހުންނެވެ. ކުށްކުރުމުގައި އިމެއް، މިނެއް ނެތް މީހުންނެވެ. ކޮންމެފަދަ ނުބައިކަމެއްވެސް ޖެހިލުމެއް ނެތި ކުރާ މީހުންނެވެ. ބޮޑެތިބޮޑެތި ކުށްކުށަށް ތާއަބަދު އަރައަރާ ތިބޭ ބޮޑެތި މުޖުރިމުންނެވެ.
Print

ޑޭޒީމާ: "ޅެންވެރިކަމުގެ ކޮންމެ ދަނޑެއްގައިމެ އެންމެ ކުރީ ސަފުގައި....."

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


    ގުލްޒާރުގައި ވަކި ފަރިމަލެއް، ޑޭޒީ މަލަށްވުރެ، ނެތްމެޔޭ
                   ބުލްބުލްތަކާ ހުރިހާ ކޮކާ،  އެ މަލަށް ޤަދަރު ދީފައިވެޔޭ

ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމާ މަޝްހޫރުވެފައިވާ ސަބަބުތައް ގިނަގުނަ އެވެ. އެހެން މާތަކާ ޚިލާފަށް އެ މާ މޯޅި ނުވެ ގިނަ ދުވަހު އިންކަމެވެ. އެ މަލުގެ ވަސް ގިނަ ދުވަހަށް ދެމިހުރިކަމެވެ. މަލުގެ ކުލަ ގަދަކަމެވެ. ވަސްމީރުކަމެވެ. ޅެންވެރިކަމުގެ ބަގީޗާގައި އުދުހުނު ކޮންމެ ކޮކާލަކަށް ވެސް އެ މަލުގެ ޢިލްމީ ތާސީރުން ޣިޛާ ލިބިގަނެވުނުކަމެވެ.
Print

މީޑިއާއިން ދިވެހީންނަށް ލިބެމުން އަންނަ ފައިދާތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


    
ޢަބްދުﷲ ޒަމީރު، ކޯޒީކޯނަރ ލ.މާވަށް
    
މީޑިއާއަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން ދެކޭގޮތުގައި މީޑިއާ އަކީ ޚަބަރާއި މަޢުލޫމާތު ފަތުރާ ވަސީލަތްތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅޭ ކުދިކުދި ލީފްލެޓްތަކާއި ނޫސް/މަޖައްލާތަކުން ފެށިގެން ޓީވީއާއި އިންޓަރނެޓާ ހަމައަށް ވެސް މިއީ މީޑީއާ ކަމުގައި ސިފަކުރެވިދާނެ އެވެ. މި ދެންނެވި ހުރިހާ "މީޑިއަމް"ތަކެއްގެ ޖުމުލަ ނަމަކީ "މީޑިއާ" އެވެ. އެހެނީ މި ހުރިހާ ވަސީލަތްތަކަކީ ވެސް މަޢޫލޫމާތު ފަތުރާ ވަސީލަތްތަކެވެ. ދެ ބަސް ނުވެވޭނެ ފަދައިން މަޢުލޫމާތަކީ އިންސާނުން ކުރިއަރައި
Print

ދަރަވަންދޫ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

ބ.ދަރަވަންދުއަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިރަށަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލުކުރީ 1962 ވަނަ އަހަރު ޖޫން 4 ގައި، އޭދަފުށްޓަށެވެ. އާބާދީގައި 1003  މީހުން ހިމެނޭ މިރަށް އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަނގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ.
Print

ހަމަ ހިތަށް އަރާ..(8)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ލޯބިވެރިޔަކު ހޯދާނީ ކިހިނެއް؟

ބިންމާ އިބްރާހީމް ވަޙީދު    
   
ލޯބިވާށޭ ކިޔާފައި، ފެންވަރައި ފުށްޖަހައިގެން ގެއިން ނުކުތަސް އެ ކަމެއް ނުވާނެ އެވެ. މި ފަހަރު މި ދަނީ ހިތް ހަދިޔާ ކުރާށޭ ކިޔާފައި، ގުންފައި ޖަހާފައި ގޮސްގެން ހިތް ހަދިޔާއެއް ވެސް ނުކުރެވޭނެ އެވެ. ލޯތްބާއި ހިތަކީ، ނޭނގިހުއްޓައި އެހެން އިންސާނަކަށް "ދެވޭ" އެއްޗެކެވެ. ގަސްތުގައި "ދޭ" އެއްޗެއް ނޫނެވެ. ބައެއްފަހަރު، ހިތް ހަދިޔާކުރެވިއްޖެކަން ތިމާ އަށް އެނގޭއިރު ހިތެއް "ނޯންނާނެ" އެވެ. ލޯބިވެވުނީމަ އެނގޭނީ ކިހިނެއްކަން މިހާރު އެނގޭނެތީވެ، މި ފަހަރު މި ބަލައިލަނީ ލޯބިވެރިއަކު ހޯދާނެ ގޮތްތަކަށެވެ. އެއީ އެހާ އުނދަގޫކަމެއްބާ އެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ