އަދުގެ ޚާއްސަ

އިޖުތިމާޢީ

Print

އިޞްލާޙް ކުރާނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމްޝަރީފް މުހައްމަދު،ރޯޒީ  ށ.ފުނަދޫ

ބޮޑެތި މައްސަލަ ތަކާއި ކުދި މައްސަލަ ތަކެވެ. ފައިސާގެ މައްސަލަ ތަކާއި ޞިއްޙީ މައްސަލަ ތަކެވެ. ޢާއިލީ މައްސަލަ ތަކާއި ރަހުމަތްތެރިންގެ ފުށުން ދިމާވާ ތަފާތު މައްސަލަ ތަކެވެ. މިއީ ވަރަށް ޢާއްމުކޮށް ދިމާވާ މައްސަލަ ތަކެވެ. ގިނަފަހަރަށް "ރިހުންހުރި" މައްސަލަ ތަކެކެވެ. އެކަމަކު ވިސްނާލައިފިނަމަ ވަރަށް ފަސޭހައިން ޙައްލު ކުރެވިދާނެ ފަދަ މައްސަލަ ތަކެކެވެ. ޙައްލު ކުރަން ދަތިވަނީ ޙައްލު ކުރާނެ ގޮތުގެ "ތަޅުދަނޑި" ލިބިފައި ނެތީމަ އެވެ. ބޭނުންވަނީ
Print

ޓްރެފިކް ލައިޓް އެކަހެރިކޮށްނުލާ އޭގެ ބޭނުން ހިފަމާ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު ބ.ދަރަވަންދޫ

މާލޭގެ މަގުތަކަކީ މިއަދު ކާރޫ ބާރޫ ބޮޑު ތަނެކެވެ. ދުވަހަކަށްވުރެ ދުވަހެއް ދަނީ މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވަމުންނެވެ. ކާރާއި ސައިކަލްތަކުންނެވެ. ޕިކަޕާއި ލޮރީފަދަ ތަކެއްޗެވެ. ބައިސްކަލެއްގައި އުޅޭ މީހަކު މިއަދު ވަރަށް މަދެވެ. އަވަހަށް ތަނަކަށްދާން ބަލާއިރު ސައިކަލެއް ނުވަތަ ކާރަކަށް ނާރާ އެތަނަކަށް މިއަދު ނުދެވެ އެވެ. ގަޑިޖެހިދާނެތީ އެވެ. ނުވަތަ ގަޑިއަކަށް ކިޔާ އެގަޑިއަށް ނުދެވިއްޖެނަމަ އިންތިޒާރުގައި ހުރި މީހާ ރުޅި އައިސްފާނެތީ އެވެ.  ނަމަވެސް  ގިނަ ފަހަރަށް ސައިކަލްގައި ދުއްވާފާދާ މީހާ ނުވަތަ ކާރުގައި ދުއްވާފައިދާ މީހާއަށްވުރެ
Print

ދިވެހިންގެ އިޖުތިމާޢީ ފޭރާން ވީދިގެން ދަނީ ހެއްޔެވެ؟

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު  ބ. ދަރަވަންދޫ

ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ގާތް، އެއްބަނޑު އެއްބަފާ އަޚްވަންތަ ބައެއްގެ ގޮތުގައި ދިރިއުޅެމުން އައިބައެކެވެ. އެކަކަށް ލިބޭ އުފަލަކާ ހިތާމައެއްގައި އަނެކެއްގެ ބައިވެރިވުން އޮތް ބައެކެވެ. ގޭގެ ބަދިގޭ އުނދުންމަތީގައި ހުރި ބަތްތަވާގެ ފޫ ކަހާލާއަޑަށް ޖެހިގެން ހުރި ގެއިން ބަތް ހިފައިގެން އާދެ އެވެ. ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ރައްޔިތުން އެކަތި ގަނޑަކަށްވެ އެކަމެއް ނިންމާލަ އެވެ. ކައިރި ރަށަކުން ބޮޑުކަމެއް ޖެހިގެން ކަމަކަށް އެދޭނަމަ އެކަމެއްގައި އެހެން
Print

ޢިލްމާއި ހުނަރަކީ ވަކި ދެބާރު!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު  ބ.ދަރަވަންދޫ


ޢިިލްމަކީ ކޮބައިތޯ އެވެ. ކުރުކޮށް ބުނަނީ ނަމަ ޢިލްމަކީ ތިމާ އުގެނޭ އުގެނުމެވެ. ނުވަތަ ތިމާ ކިޔެވި އެއްޗެކެވެ. ނަމަވެސް ހުނަރަކީ ވަކި ބާރެކެވެ. ކިޔެވިޔަސް ހުނަރު ނެތި ހިނަގައިދާނެ އެވެ. ކުރުގޮތަކަށް ބުނަނީ ނަމަ ހުނަރުވެރިކަމަކީ  ފަންނުވެރިކަމެވެ. އާދެ! ކުޑަވެސް ޝައްކެތްނެތެ. މިއީ ހަމަ ހަޤީޤަތެވެ. މިހާރު ކަންތައް ވަމުން އަންނަގޮތެވެ. މީހެއް ވެއްޖެއްޔާ ކޮންމެވެސް ވަރެއްގެ ޢިލްމެއް ހުންނަންވާނެ އެވެ. އެކަމަކު ކޮންމެ މީހަކީ ފަންނުވެރި މީހަކަށް ނުވާނެ އެވެ. މިސާލަކަށް: ޑިގުރީ ހަދައިގެން ވަޒީފާއަށް ވަންނަ މީހަކާއި މައިޓުން ކޯހެއް ހަދައިން އޯލެވެލް ހަދާފައި ހުރި މީހަކާ ހުރި ތަފާތު ވަރަށް ބޮޑެވެ.
Print

ތިބާއަކީ......

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ޝަރީފް މުޙައްމަދު،ރޯޒީ ށ.ފުނަދޫ

ކުންފުނީގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ތިބާއަށް  ހުރަސްއަޅާ މީހާ ނިޔާވެއްޖެއެވެ.


ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުން މެންދުރުގެ ކެއުން ނިންމާލުމަށްފަހު އެނބުރި އޮފީހަށް އައުމުން އެންމެންގެ ލޮލުގައިވެސް އަޅައިގަތީ އޮފީހުގެ ދޮރުމަތީގައި ބަހައްޓާފައި ހުރި ބޯޑެވެ. އެ ބޯޑުގައި ލިޔެފައި ވެއެވެ.

" ކުންފުނީގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ތިބާއަށް  ހުރަސްއަޅާ މީހާ ނިޔާވެއްޖެއެވެ. އެ މަރުޙޫމްގެ ޖަނާޒާގައި ބައިވެރިވުމަށާ މޫނު ދެކިލުމަށް
Print

ހަމަ ހިތަށްއަރާ..(7)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަންހެނުން މަކަރު ހަދަންޏާ އެނގޭނީ ކިހިނެއް؟

 
ބިންމާ އިބްރާހީމް ވަޙީދު (2010)
 
މަކަރު ހެދުމަކީ، ކަމެއް ފޮރުވުމަށްޓަކައި ކުރާ ކަމެކެވެ. އެހެންކަމުން، އެކަން ބޭޒާރުކޮށްލަން، ބައެއް ފަހަރު ވަރަށް އުނދަގޫވެ އެވެ. އުފާވެރި ޚަބަރަކީ، ކޮންމެ އިހުސާސަކާ ވެސް ގުޅިފައި ހުންނަ އަލާމާތްތަކެއް ހުންނަކަމެވެ. ފުންކޮށް ވިސްނާލުމުން، އެކަންތައްތައް ދެނެގަންނަން އެހާ އުނދަގުލެއް ނުވާނެ އެވެ.
Print

ހިކިފަހުގައި ބަކަ ތެޅުން....(1)

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ އިޖުތިމާޢީ


                 ''ހިތުގެ ޤަދަރެއް ނުވާ ލޯތްބަކީ ފިތުނަޔޭ

                                 ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނަޔޭ'' 

އިސްމާޢީލު މުބާރީކް

ފިތުނަޔަކީ ލޯތްބާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ.  ހިތުގައި އެއްވެސް ޤަދަރެއް އެއަށް ދެވިފައި ނުވަނީ އެހެންވެގެންނެވެ. އެހެންނަމަވެސް އިންސާނުންނަށް މި އުޅެނީ އެޔާ ދުރު ނުވެވިގެންނެވެ. ކޮންމެ ފިތުނައެއްގެ ނަތީޖާޔަކަށް ވެގެން މި ދަނީ ކަރުނަ އެވެ.  ޢަރަބި ބަހުގައި  ފިތުނައިގެ މާނަ، ހަމަނުޖެހުމާއި ފަސާދައިގެ މާނައިގައި ވެސް  ބޭނުންކުރެވެ އެވެ.
Print

ޤައުމީ ވާޖިބު

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހިމް ނަޢީމް

"އަންނާނެ ތީރެއް އުންޑައެއް ހެރިގެން އަމާޒުވެގެން މެއަށް،
            ގަންނާ ކުރެއްވި ބިރުންފިލަން ދާމީހަކަށް މަ ނުވާނަމޭ"


އޭނާގެ ވާހަކަ ފެށީވެސް އަސަރުން ފުރިގެންވާ، ހިތްތައް ޖޯށުން އުތުރި އަރައިގެންދާފަދަ ޅެންބައިތަކުންނެވެ. މައުޟޫއާ ވަރަށް ގުޅޭ ބައިތަކުންނެވެ. ކަނޑައެޅިފައިވާ މައުޟޫއަށް ވަރަށް ފުރިހަމައަށް އިންސާފު ކުރުމަށްފަހު އިސްޓޭޖުން ފައިބައިގެން އެދިޔައީ އަޑުއަހަން ތިބި އެންމެން ފެންކަޅި ކުރުވާފައެވެ. ހިތްތައް ރޮއްވާފައެވެ. އެހައިތަނަށް އެއްވެސް ދަރިވަރަކު ވާހަކަ ދައްކާފައި ނުވާހައި މޮޅަށް ވާހަކަދައްކާފައެވެ.
Print

އެކުވެރިކަން ކެނޑިގެންދާ ބައެއް ސަބަބު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އެކުވެރިވުމަކީ ނުވަތަ ރަޙުމަތްތެރިކަން އުފެދުމަކީ ދާދި ފަސޭހަކަމެކެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާޒީ)


އެކުވެރިކަމާއި ރަޙުމަތްތެރިކަމަކީ އެއްމާނައެއްގައި ބޭނުންކޮށް އުޅޭ ދެ ލަފުޒެވެ. ރަޙުމަތްތެރިޔާގެ މާނައިގައިވެސް "އެކުވެރިޔާ" ބޭނުންކޮށް އުޅެއެވެ. ބަސްފޮތުގައިވެސް ހަމަ މި ދެ ލަފުޒުގެ މާނަ ބަޔާންކޮށްފައިވަނީ ވަރަށް ގުޅުވައިގެންނެވެ. އެހެންނަމަވެސް ކޮންމެ ދެ ލަފުޒެއްގައިވެސް މާނަ އެއް ގޮތޭ ހީވިޔަސް ކުޑަ ނަމަވެސް ތަފާތެއް ހުންނާނެ އެވެ. ހުރެއެވެ.
Print

އަހަރެންގެ ދުވާ މެޝިން

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


''މިހެން ހަމަ އެކަނި އެރޮބިކުހަށް ދިޔަކަސް އަދި ނުހިކޭނެ!''


އިބްރާހީމް ނަޢީމު

ކޮންމެދުވަހަކުވެސް ފަތިހުތެދުވެ ކޮންމެހެން ކުރަންހުންނަ ކަންތައްތައް ކޮށްލުމަށްފަހު، އޮފީހަށްދިއުމުގެ ކުރިން ކަސްރަތުކުރުމަކީ އަހަރެންގެ އާދައެކެވެ. އެކަން އާދައަކަށް ހަދަންޖެހުނީ މީގެ ހައެއްކަ އަހަރުކުރިން ޑަކުޓަރު ދިން އިންޒާރަކާ ގުޅިގެންނެވެ. މި ކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ލުއިވެ ކުރިން އެ ހުންނަ "ސަމައްތަރު ހެޔޮކަން''
Print

ހަމަ ހިތަށްއަރާ..(6)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ދަރިފުޅު ދުންފަތާ ދުރުކުރުވާނީ ކިހިނެއް؟


ބިންމާ އިބްރާހީމް ވަޙީދު (2010)

ޒުވާންއުމުރުގައި ކުދިން ދުންފަތުގެ އިސްތިޢުމާލުކުރަނީ މަޖަލަކަށެވެ. ކޮންމެހެން ދުންފަތުގެ އަވާގައި ފަހުން ޖެހޭކަށް ނޫނެވެ. ބައެއް ފަހަރު، މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރާތީ އެވެ. އަނެއްބައިފަހަރު އެކުވެރިން އެކަން ކުރާތީ އެވެ. ހިތާމަ އާއި އެކަނިވެރިކަން ކުރިމަތިވީމައި ދުންފަތުގެ އިސްތިޢުމާލުކުރުމުން އެ ކަމަށް "ލުޔެއް" ލިބޭނެކަމަށް ބުނާ އަޑު އިވޭތީ އެވެ. މިއިން ކޮންމެ ގޮތަކަށް ފެށި ނަމަވެސް، އިސާހިތަކު ދުންފަތަށް ދެވިހިފާނެ އެވެ. ކޮންޓްރޯލް ކޮށްގެން އެކަން ކުރެވޭނީ މަދު މީހަކަށެވެ.
Print

ތިންކް ގްލޯބަލީ....

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


"ތިންކް ގްލޯބަލީ، އެކްޓް ލޯކަލީ" Think Globally, Act Locally  


އިބްރާހީމް ނަޢީމު

އަޅުގަނޑުމެން ވަރަށްގިނައިން އަޑުއަހާ ނަމަވެސް އެއާމެދު ފުންކޮށް ވިސްނާލެވިފައި ނެތް އިބާރާތް ކޮޅެކެވެ. އަޅުގަނޑުމެންގެ ޢަމަލު ތަކުންވެސް އަޅުގަނޑު މި ދެންނެވި އެއްޗަކަށް ބާރު ލިބެ އެވެ.  މިސާލުތައް ބައިވަރެވެ. ބުނެވި ދިޔަ އިބާރާތުގެ މާނައާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާނުލައި ލިޔުމައިގެން ކުރިޔަށް ދާކަށް އަޅުގަނޑުގެ ހިތެއް ނުރުހުނެވެ.
Print

ދުނިޔޭގެ އެންމެ އުމުރުން ދޮށީ މީހާގެ ދުލުން!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


''އަހަންނާއި، އަހަރެންގެ މަންމައާ ދެ މައިން އުފަންވީ، އެއް ދުވަހެއްގަ އެވެ.''


އާދަމް ނަޞީރު އިބްރާހީމް (2010)


އަހަންނަކީ، ދުނިޔޭގެ އުމުރުން އެންމެ ދޮށީމީހާ އެވެ. ދުނިޔެއަށް ނޭވާލި ކޮންމެ މީހެއްގެ އުފަން ދުވަސް އަހަރެން ދަންނަމެވެ. އެކަމަކު އަހަރެން އުފަންވީ  ކޮން ދުވަހަކު ކަމެއް، އަހަންނަކަށް ނޭނގެ އެވެ. އެނގޭ ކަމަކީ، އެހެން އެންމެންނާ ޚިލާފަށް އަހަރެން އުފަންވީ، އަހަރެންގެ މަންމައާ އެއްދުވަހެއްގައި، އެއްވަގުތެއްގައިކަމެވެ.  އަދި، އަޖަލު ހަމަވެގެން މަރުވެ ނެތިދާނީ ވެސް، ދެމައިން އެކީގައި ކަމެވެ.
Print

އަހަރެންގެ ޑޮކްޓަރީ ހަޔާތުން..

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

އަހަރެންނަކީ ޑޮކްޓަރެކެވެ. ގައިނަކޮލޮޖިސްޓެކެވެ. ފަސޭހަ ދިވެހި ބަހުންނަމަ، އަންހެނުންގެ ޚާއްޞަ ޑަކުޓަރެކެވެ. މާބަނޑު އަންހެނުންނަށް ފަރުވާކުރުމަކީ އަހަރެން ކޮންމެދުވަހަކުހެން ކުރަންޖެހޭ މަސައްކަތެވެ. މާބަނޑު ދުވަސްވަރު އަންހެނާ އުފުލާ ބުރައާއި ދިމާވާ ދަތިތަކަށް ޑަކުޓަރީ ގޮތުން ފޯރުކޮށްދެވެން ހުންނަ އެހީތެރިކަން ފޯރުކޮށްދީ،
Print

މަތިންދާ ބޯޓަށް ލޭޒަރ ލައިޓް އެޅުވުން - ކިހާ ނުރައްކާތެރި ކަމެއްބާ؟

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ރަޝީދު އެސްޖެހިގެ ލ. ފޮނަދޫ
 
ވައިގެ ދަތުރުފަތުރު ކުރުމުގައި އުދުހެމުންދާ މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްބާވައޭ މިއީ އުފެދޭ ސުވާލެކެވެ. ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ މިފަދަ އިންސިޑެންޓްތައް (ޙާދިޘާއެއް ހިނގުމަށް މަގުފަހިކުރުވާ ކަންތައްތައް) މިއީ މަދުންނަމަވެސް ރާއްޖެއިންވެސް ކުރިމަތިވާ ކަންކަމެވެ. ދާދިފަހުންވެސް ކައްދޫން ފުރައިގެން ގަމާއި ދިމާ މަތިން މައްޗަށްއަރަމުންދިޔަ
Print

ކުޑަ ހިނދުކޮޅެއް

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޙުސައިން ޝާކިރު

ރޫޙާނީ ޢާލަމްގައި އެނގުމެއްނުވާ ޒަމާންތަކަކާއި ދުވަސްތަކެއް ގުނެމުން ދިޔަ އެވެ. އެއަށްފަހު، ފިޠުރީ ހަމަތަކާއި އުޞޫލުގެމަތިން ރަޙިމުގެ ޢާލަމުގައި ކުޑަކުޑަ ނުޤުޠާއެއްގެ ސިފަ ލިބުނެވެ. އެ ހިނދުންފެށިގެން ވަގުތުތަކާއި ދުވަސްތައް ގުނެމުން ދިޔަ އިރު ދުށީ ދުކެއް ތުރާލެއް އުފުލަން  ނުޖެހޭ އުފަލާއި އަރާމުގެ  ޢާލަމެކެވެ. ކޮންމެޔަކަސް، ދުނިޔެވީ ސުންނަތާއި ފިޠުރީ ހަމަތަކާއި އުޞޫލުގެ މަތިން ހިތާއި ދެކޮޅަށް ވިއަސް ވަކިވާން ޖެހުމުގެ ވަގުތުއައިސް ޖެހިއްޖެ އެވެ. ކުރިމަތިލާން ޖެހޭނެ ކަންތައްތަކެއްގެ ބޮޑު ކުޑަމިން ވެސް ނޭނގި ހިތާއި މޭ ބިރުންވިރި ފިތްކެނޑޭ ފަދަ
Print

ތަވާޟުޢުވެރިކަން....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ތަވާޟުޢުވެރިކަން ވަނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާ އެކީގަ އެވެ.


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ތަވާޟުޢުވެރިކަމަކީ ވަރަށް މާތް ސިފައެކެވެ. ތަވާޟުޢުވެރިކަމޭ މި ދެންނެވީ ހިތްތިރިކަމާއި ބޮޑާކަމެއް ނެތުމާއި ސާދާކަމާއި މި ފަދަ މާތް ސިފަތަކަކުން އެކުލެވިފައިވާ ވަރަށް މަތިވެރި ސިފަ އަކަށެވެ. މި ސިފަޔަށް އިނގިރޭސިބަހުން ކިޔުން އެންމެ އެކަށީގެންވާ ނަމަކީ "ހިޔުމިލިޓީ" (humility) ކަމަށްވެދާނެ އެވެ.
ކޮންމެ އަކަސް މިއީ ކޮންމެ އިންސާނަކަށް ވެސް ދީނާއި ދުނިޔެ ލާޒިމުކުރާ ސިފައެކެވެ.
Print

ހަނދާން ނައްތާލައިފީމުއެވެ.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


ޒާރާ އަޙްމަދު

ދުނިޔޭގެ ދެއްކުންތަކާއި އަނިޔާތަކުގައި ޖެހި އިންސާނާ އޭނާގެ ވެރިފަރާތުގެ މަތީން ހަނދާން ނައްތާލައިފިއެވެ. އެފަރާތް ވާކަމާއިމެދު ފަރުވާކުޑަކުރާން ފަށައިފިއެވެ. އެފަރާތުގެ ޚިޔާލާއި ދުރަށްދާން ފަށައިފިއެވެ. އެ ފަރާތް އިންސާނާގެ ފިކުރުތަކުގެ އެންމެ އުސް މައިދާންތަކުގައި ވާހިނދުވެސް އެފަރާތް ދެނެގަންނާން އެއިންސާނާ ނުކުޅެދިފައިވެއެވެ. މާއްދީ ގޮވުންތަކުގެ ގޮވެލިތައް ރެއާދުވާލު އެއިންސާނާގެ
Print

ޢުހުދު ފަރުބަދަވަރުގެ ކުދިކުދި ކަންތައްތައް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

 
އާދަމް ނަޞީރު އިބްރާހީމް (2010)

   1- ދޮންމަނިކަކީ، މެދުރާއްޖެތެރޭގެ ރަށެއްގެ މީހެކެވެ. ނަސީބު ދިމާކުރިގޮތުން ޒަމާނީ ތަޢުލީމެއް ލިބިފައިވާ މީހެއް ނޫނެވެ. ތަޢުލީމީ ގޮތުން އޭނާ އަކީ، ކިރިޔާ ލިޔަން ކިޔަން ދަންނަ މީހެކެވެ. ފައިސާގެ ގޮތުން އިރެއްގައި ވަރަށް ބޮޑު ފަގީރެކެވެ. ތިން ހަތަރު ކުދިން ލިބުނު އިރު، އެ ކުދިންނަށް ކާންބޯންދީ ހެދޭނެ ފަދަ ވެސް އޭރަކު ނެތެވެ. ބައެއް ދުވަސް ދުވަހު ނުކައި ހައިހޫނާ ތިބެން ޖެހުމީ އެ އާއިލާގެ އާދަ އެވެ. ދަރީންކޮޅުގެ ލޮލުން ފޫދިފައިވާ ކަރުނަ
Print

އަހަރެންގެ.... މަންމަ

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަހަރެންގެ އުމުރުގެ އެކި ހިސާބުގައި އަހަރެންގެ މަންމަ..


އިބްރާހީމް ނަޢީމު


އަހަރެންގެ އުމުރުން 4 އަހަރެވެ. އަހަރެންގެ މަންމަ އަހަރެންނަށް ހުރިހާކަމެއްވެސް ކޮށްދޭނެއެވެ. ނުވަތަ ކޮށްދެވޭނެއެވެ.

އަހަރެންގެ އުމުރުން 8 އަހަރެވެ. އަހަރެންގެ މަންމައަށް އަހަރެންގެ ހުރިހާކަމެއްވެސް އެނގޭނެ އެވެ. އެނގެންވެސް ވާނެ އެވެ. މަންމަ ގާތުގައި ބުނަން ވެސް ވާނެ އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ