އަދުގެ ޚާއްސަ

ނެށުން

Print

ނޫރު: ކަސަބުލަންކާގެ އެއްވަނަ ނެށުންތެރިޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ނެށުން


ފޮނުވީ: އެމް

ފޮޓޯގައި އެވަނީ، މޮރޮކޯގެ ނެށުންތެރިއެކެވެ. މޮރޮކޯ މީހުން އޭނާއާމެދު ދެކެނީ މޮޅު ނެށުންތެރިއެއް ކަމަށެވެ. މިޞްރު މީހުން ދެކެނީ، މޮރޮކޯގައިވާ ޢަރަބި ނެށުމުގެ ސަފީރާ ކަމަށެވެ.

ރީތި އަންހެނެކެވެ. އިސްކޮޅުން ދިގެވެ. ހިނގުމާއި މުޢާމަލާތްކުރުމުގައި ނިކަން އަންހެން ވަންތަކަން ހުރެއެވެ.

މިރީތި އަންހެނާގެ ޙަޔާތުގައި ތަފާތު މަރްޙަލާތައް ކަޑައްތުކޮށްފައި ވެއެވެ. އުފާވެރި މަރްޙަލާތަކާއި ދަތި އުނދަގޫ މަރްޙަލާތަކެވެ.

އޭނާ ބުނެއެވެ. "ކޮންމެ އިންސާނަކަށް އެމީހަކު އުޅެން ބޭނުންވާ ގޮތުގެ ޙައްޤު ލިބިގެންވެއެވެ. އަދި ކޮންމެ ތަރިއަކަށް އެތަރިއެއްގެ ވައްޓަފާޅިއާއި ޝަޚުޞިއްޔަތު ލިބިގެންވެއެވެ."

ކޮންމެއަކަސް، މިރީތި މޮޅު ނެށުންތެރިއާގެ ސަޕޯޓަރުން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އޭނާގެ ވާހަކައަކީ ކަސަބުލަންކާގެ އަންހެންވެރިން ނެތިމޮށޭއިރު ދައްކާ މަޝްހޫރު ވާހަކައެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ