އަދުގެ ޚާއްސަ

ފިޤުހު

Print

މުދަލު ޒަކާތުން ރޯދަވީއްލާ ދޮލަނގުތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

މި ޒަމާނުގައި ރޯދަވެރިންނަށް ރޯދަވީއްލުމަށް ޓަކައި މުދަލު ޒަކާތް ދޭ ތަން ފެނެއެވެ. ބައެއް ފަހަރަށް މި ކަން ކުރަނީ ސީދާ މުދަލުގެ ވެރިޔާ އަމިއްލައަށެވެ. އަނެއްބައި ފަހަރަށް މި ކަން ކުރަނީ ޚައިރާތު ޖަމްޢިއްޔާތަކާ ޙަވާލުކޮށްގެންނެވެ. އެ ޖަމްޢިއްޔާތަކުން ކާބޯތަކެތި ގަނެ ފަޤީރުންނަށާއި މިސްކީނުންނަށް ދެއެވެ. ނުވަތަ ރޯދަވީއްލުމަށާއި ހާރުކެއުމަށް ދޮލަނގުތައް ތައްޔާރުކޮށްގެން  މިސްކިތްދޮށަށް ގެންދެއެވެ. މި ދޮލަނގުތަކަށް ”މަވާއިދުއްރަޙްމާނި“އޭ ކިޔެއެވެ. އަދި ބައެއް ރަށްރަށުގައި ރަމަޟާން މަހުގައި ފަޤީރުންނަށް އެހީވުމަށޭ ކިޔައިފައި ”ރަމަޟާން ދަބަސް“ ނުވަތަ ޕާރުސަލު ތައްޔާރުކޮށް ފަޤީރުންނަށް ބަހައެވެ. މި ކަމުގެ ޙުކްމާ ބެހޭ ގޮތުން ޢިލްމުވެރީންގެ ރައުޔުތަކަށް ބަލައިލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. 

Print

ނަމާދުގެ ވަގުތު ފަސްކުރެވޭނީ ކިހާ އިރަކަށް؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ފިޤުހު

އަބޫ މުޙައްމަދު

 

ތަމްހީދު:

މާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟުކުރައްވައިފައެވެ. އެ ނަމާދުތަކަކީ، ވަކި ޙިކްމަތަކަށްޓަކައި މާތް ﷲ މި އުއްމަތުގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކެކެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. ނަމާދަކީ އިސްލާމް ކަމުގެ ދެވަނަ ރުކުނެވެ. މާތް ﷲ އަކީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭނެ ހަމައެކަނި އިލާހުކަމަށާއި މުޙައްމަދުގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލާކަމަށް ހެކިވެ އިޤުރާރުވުމަށް ފަހު، އަދާކުރާންޖެހޭ ފުރަތަމަ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ ތަނބު ކަމަށް ކީރިރި ރަސޫލާ ވަނީ ބަޔާންކުރައްވައިފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދުލައްވައިފައިވަނީ ވަގުތު ކަނޑައެޅިގެންވާ ފަރުޟެއް ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا   (ހަމަ ކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.) ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވައިފައިވަނީ ނަމާދުކުރާށެވެ! ނަމާދުކުރާނޭ ގޮތާއި ނަމާދުގެ ވަގުތުތައް އުއްމަތަށް އުނގަންނަވައިދެއްވީ ކީރިތި ރަސޫލާ (صلى الله عليه وسلم ) އެވެ.

Print

"ރޯދައިގެ އުއްމީދުކުރެވޭ ނަތީޖާ" - 1432 ހ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު

ކޮންމެ މީހަކުވެސް އެމީހެއްގެ ނަތީޖާ އަމިއްލައަށް ވަޒަންކޮށްލާށެވެ!


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ޝައްކެތްނެތްގޮތުގައި، އަޅުތަކުންގެ ޢަމަލުތައް ބައްލަވައިވޮޑިގަތުމާއި އެ ޢަމަލުތަކަށް އެންމެ ޢަދުލުވެރި ޖަޒާދެއްވުމަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ. މުއުމިނުންނަށް އަމުރުވެވިގެންވަނީ އެމީހަކަށް ކުޅަދާނަކަން ލިބުނު އެންމެ ފުރިހަމަގޮތެއްގައި ﷲ ތަޢާލާއަށް އަޅުކަން އަދާކުރުމުގައި ދެމިހުރުމަށެވެ. އަދި މިފަދައިން އަޅުކަން އަދާކުރަމުންދާއިރު، ތިމާގެ ޢަމަލުތައް ވަޒަންކޮށް ނަފުސު ހިސާބު ކުރުމަށް ވެސް އަންގަވައިފައި ވެއެވެ.
Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން .... (4)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު



ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތަޢާރުފު:


ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ (الفحص الطبي قبل الزواج) އަކީ ކައިވެނި ކުރަން ބޭނުންވާ (އަންހެންމީހާ އާއި ފިރިހެންމީހާއާ) ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި، ވިރާޘީގޮތުން (ދަރިފަސްކޮޅަށް) ނަޤުލުވަމުންދާ ނުވަތަ ގައިންގަޔަށްއަރާ ނުވަތަ އެ ނޫން ވެސް ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި، އެ ކަމަށް ޚާއްޞަ ކުރެވިފައިވާ ލެބޯޓްރީއެއް ނުވަތަ ކްލިނިކެއްގައި، ކައިވެނީގެ ޢަޤުދު ކުރުމުގެ ކުރީން ޠިއްބީ (medical) ގޮތުން ކުރެވޭ ތަޙުލީލު ތަކެކެވެ.[1]
Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން ... (3)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު


ދަރިމައިވުމުގެ އާ ގޮތްތައް


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތަޢާރުފު :

ޠަބީޢީގޮތުން ދަރިމައިނުވާ މީހުން ދަރިމައި ކުރުވުމަށްޓަކައި، 21 ވަނަ ޤަރުނުގައި އާ އީޖާދުތަކެއް ވަނީ ކޮށްފައެވެ. އަދި މި އާ ހޯދުންތަކުގެ އަލީގައި ދަރިމައިވާ ގޮތް ހަދައިގެން ކުދިން ހޯދުމަކީ އަދުގެ ދުނިޔޭގައި ޢާއްމު ކަމެކެވެ. މި ކަން އެންމެ ބޮޑަށް ޢާއްމުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި އެމެރިކާ ހިމެނެއެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއް އޭގައި ޝާމިލުވާ ދީނެއްކަމުން، ދުނިޔޭގައި އަލަށް އުފެދޭ ކޮންމެ ކަމަކާމެދު ވެސް މި ދީން ދެކެނީ ކިހިނެއްތޯ ބެލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ