އަދުގެ ޚާއްސަ

ފިޤުހު

Print

ނަމާދުގެ އަޅުކަމާ ގުޅޭގޮތުން މީހުން ބަހައިލެވޭ ބައިތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތިބާ ހިމެނެނީ މީގެ ތެރެއިން ކޮން ބައެއްގައިހެއްޔެވެ؟


ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ރަނގަޅުވެދާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ފާސިދުވެދާހުއްޓެވެ."[1]
Print

ޙުރްމަތްތެރިވެގެންވާ މުޙައްރަމު މަސް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު

 

ޢާޝޫރާ ދުވަހާއި އެ ދުވަހުގެ މާތްކަމާއި އެ ދުވަހު ރޯދަހިފުން


އިބްރާހީމު ރަޝީދު މޫސާ

ފާއިތުވަމުންދާ ދުވަސްތަކާއި އަހަރުތަކުން ޢިބްރަތްލިބިގަތުން

މާތްﷲވަޙީކުރައްވަނީ: إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الأَلْبَابِ؛ آل عمران/190- ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާތަފާތުކުރެއްވުމުގައި ބުއްދީގެ އަހުލުވެރިންނަށް (ﷲގެކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެ އެވެ.

Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން... (2)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ފިޤުހު


ސޫރަ ރީތި ކުރުމަށްޓަކައި، ގެނެވޭ ޖިސްމާނީ ބަދަލެއް

އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

މި މައުޟޫޢުގެ ބާވަތުން، މަޢުލޫމާތުތައް ހުށަހެޅުމުގައި ލިޔެކިޔުމުގައި ޢާއްމުކޮށް ބޭނުންކޮށްނޫޅޭ "ބީރައްޓެހި" ބައެއް ބަސްތަކާއި ޢިބާރާތްތައް ބޭނުންކުރެވިފައިވާނެ އެވެ. އެހެންނަމަވެސް ކިޔުންތެރިންނާއި ވީހާވެސް ރަޙުމަތްތެރިގޮތަކަށް ބަސްމަގު ބޭނުންކުރުމަށް އަޅުގަނޑަށްވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކޮށްފައިވާނެ އެވެ.
Print

ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން... (1)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ފިޤުހު


ޔޫތަނޭޒިއާ

އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު، އުދަރެސް/ ރ. މާކުރަތު

ތަޢާރުފު:

ޔޫތަނޭޒިއާ (Euthanasia) މިބަސް ނެގިފައިވަނީ ގްރީކުބަހުގެ "eu"  (ފަސޭހަ / ރަނގަޅު) އާއި "thanatos"  (މަރު) އިންނެވެ. ވީމާ ޔޫތަނޭޒިއާގެ ލަފުޒީ މާނައަކީ ފަސޭހަ ނުވަތަ ރަނގަޅު މަރެވެ.

ޔޫތަނޭޒިއާގެ އިޞްޠިލާޙީ މާނައަކީ : "ދިރިހުންނާނެކަމުގެ އުއްމީދު ނެތްވަރަށް ބަލިވެ ނުވަތަ ޒަޚަމްވެފައިވާ އިންސާނެއް(ނުވަތަ ޖަނަވާރެއްވިޔަސް)، ވޭންއެޅުން ވީހާ ވެސް ކުޑަވާނެގޮތަކަށް އޭނާ އަށް "ރަޙުމްކުރުމުގެ ގޮތުން" މަރާލުން، ނުވަތަ މަރާލުން
Print

ދިރިދަމަހައްޓާ މެޝިން ...

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު


ދިރިދަމަހައްޓާ މެޝިން ... އޭގެ ޙަޤީޤަތާއި ޙުކުމް

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

1-    ދިރިދެމެހެއްޓުމުގެ މަފްހޫމު:


ބޭސްވެރިކަމުގެ ދާއިރާގައި  ދިރިދެމެހެއްޓުމޭ ބުނުމުން އޭގެ މާނައަކީ ޑަކްޓަރަކު ނުވަތަ ޑަކްޓަރުންގެ ޖަމާޢަތަކުން ބަލިމީހެއްގެ ޙަޔާތާބެހޭ ގުނަވަންތަކަށް، އޭގެ ވަޒީފާތައް(ނުވަތަ މަސައްކަތްތައް) އަދާކުރުމުގައި އެހީވެދިނުމަށްޓަކައިދޭ ޚާއްޞަފަރުވާއެވެ. ނުވަތަ އެއީ މަސައްކަތްނުކުރާ ބައެއްގުނަވަންތަކުގެ ބަދަލުގައި އެހެން ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ގުނަވަންތަކުގެ މަސައްކަތްތައް

ހަމަމިގަލަމުން

އިދާރާ

ވާހަކަ