އަދުގެ ޚާއްސަ

ފިޤުހު

Print

ޙައިޟު ފަސްކުރުމާއި މަނާކުރުން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު


ޙައްޖުމޫސުމުގައި ގިނަގިނައިން ސުވާލު ކުރެވޭ މައްސަލައެއް


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސަ
    
ތަފާތު ސަބަބުތަކަށްޓަކައި އަންހެނުން، އެ ކަނބަލުންގެ ޙައިޟުވުން  (ނުވަތަ މައްސަރު ކަންތައް) ފަސްކުރަން ނުވަތަ ވަގުތީގޮތުން ހުއްޓުވާލުމަށް މަސައްކަތްކުރާތަން ފެނެ އެވެ. އެކަނބަލުން މިކަންތައްކުރަނީ؛
Print

ޝަޢުބާން މަހުގެ ފަހު ދެ ދުވަހު ރޯދަހިފުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން


ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަޞްޙާބު ބޭކަލަކާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިކަމަށް ރިވާވެފައިވެ އެވެ.

(أَصُمْتَ مِنْ سَرَرِ شَعْبَانَ)
ރިވާކުރެއްވީ މުސްލިމު.

މާނައީ، "ޝައުބާން މަހުގެ ސަރަރުގެ ތެރެއިން ދުވަސްތަކެއްގައި ކަލޭގެފާނު ރޯދަހިއްޕެވިންތޯ އެވެ؟"
Print

ފިޤުހީ މަޛުހަބުތައް ފެތުރިފައިވާ ތަންތަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން


މަޛުހަބު ނުވަތަ މަޒުހަބަކީ ދީންތަކަށް އާ އެއްޗެއް ނޫނެވެ. މާތްވެގެންވާ އިސްލާމްދީނާއި އެހެން ދީންތަކުގައި ވެސް މަޒުހަބުތައް ވެ އެވެ. އަދި މަޒުހަބުގެ ތަފާތު ވައްތަރުތައް ވެ އެވެ. ފިޤުހީ މަޒުހަބުތަކާއި ޢަޤާއިދީ މަޒުހަބުތަކާއި ސިޔާސީ މަޒުހަބުތަކާއި ސައިންސްގެ މަޒުހަބުތައް ވެ އެވެ. މަޒުހަބުތައް ހެދިބޮޑުވަމުންދާއިރު، އެއިން ގޮފި ފަޅައި، އިތުރު މަޒުހަބުތައް އުފެދެ އެވެ. މުސްލިމުންގެ ތެރޭގައި ގިނައިން ވާހަކަ ދެކެވެނީ ފިޤުހީ މަޒުހަބުތަކާ ބެހޭ ގޮތުންނެވެ.



މި ފޮޅުވަތްތަކުގައި ނަންގަނެލާނީ، ފިޤުހީ
Print

ބާލިޣުނުވާ ކުދިންގެ ޢައުރަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މުރާހިޤުންނާއި މުރާހިޤާއިންގެ ޢައުރައަކީ، ބާލިޣުވެފައިވާ ފިރިހެނާއާއި ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ ކަމަށް ފިޤުހުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވެ އެވެ. ނަމާދުގައްޔާއި ނަމާދުން ބޭރުގައި، ބެލުމާއި ބީހުމު ގޮތުން މިކަމުގައި ޚިލާފެއް ނެތެވެ. ނަމަވެސް ކުޑަ ފިރިހެން ކުއްޖާއާއި ކުޑަ އަންހެން ކުއްޖާ ކަނޑައެޅުމާއި އެކުދިންގެ ޢައުރައާމެދު ފިޤުހުވެރިންގެ މެދުގައި ދޭހަތަފާތުވެފައިވެ އެވެ.


ޙަނަފީ މަޛުހަބު


ޙަނަފީ މަޛުހަބުގައި ތުއްތު ފިރިހެން ކުއްޖާއާއި ތުއްތު އަންހެން ކުއްޖާގެ ޢައުރައެއް ނެތެވެ. ތުއްތު ކުއްޖެއް ކަމަށް މި މަޛުހަބުގައި ބަލާފައިވަނީ، ހަތަރު އަހަރުން ދަށުގެ ކުއްޖާ އެވެ. އެ ޢުމުރު ކުއްޖެއްގެ މުޅި ހަށިގަނޑަށް ބެލުމާއި، މުޅި ހަށިގަނޑުގައި ބީހުމަކީ (ޝަހުވަތްތެރިކަމާ ނުލައި) ހުއްދަ ކަމެކެވެ.
Print

ކޭތަ ނަމާދު ކުރާ ގޮތް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން


ކޭތަ ނަމާދަކީ، ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ.
މި ނަމާދު ކުރަން ފެށުމުގެ ކުރިން، ބަންގި ގޮވައި ޤަމަތް ދިނުމެއް ނޯވެ އެވެ.
މި ނަމާދަށް ގޮވާލާނީ، (الصَّلاَةُ جَامِعَة) މިފަދައިންނެވެ.
ކޭތަ ނަމާދުގައިވަނީ، ދެ ރަކުޢަތެވެ.
ފުރަތަމަ ރަކުޢަތުގައި، ސޫރަތުލް ފާތިޙާއަށްފަހު، ކިޔަވާނީ ދިގު ސޫރަތެކެވެ. މިސާލަކަށް އަލްބަޤަރާ ސޫރަތެވެ.
ދެން ރުކޫޢަށް ދާނީ އެވެ. އެހެން ނަމާދުތަކުގެ ރުކޫޢަށްވުރެ މިނަމާދުގައި ރުކޫޢަށް އޮންނަ ވަގުތު ދިގުވާނެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ