އަދުގެ ޚާއްސަ

ފިޤުހު

Print

ދައުލަތް ރޫޅައިލުމަށް ކުރެވޭ މަސައްކަތްތައް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ފިޤުހު


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


އިންސާނާގެ ބުއްދިއަކީ އޭނާގެ އަމިއްލަ ފައިދާއަށްޓަކައި އަބަދުވެސް ވިސްނާ ފިކުރުކުރާ އެއްޗެކެވެ. މި “އަހުރެންވަންތަ” ވިސްނުންތަކުގެ ސަބަބުން ހަމަނުޖެހުމާއި އަރާރުމާއި ކަންބޮޑުވުމާއި ހާސްކަން އުފެދެއެވެ. ކުރިމަތިލުންތަކާއި ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އޭނާގެ މި ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ވިސްނުންތައް ނުވަތަ ޚިޔާލުތައް ނުވަތަ މަޛްހަބުތައް އުފެދެއެވެ. މި މަޛްހަބުތަކުން ފެންނަނީ ފަރްދީ ނުވަތަ ޖަމާޢީ މަޞްލަޙަތުތަކެވެ. ރައުސްމާލިއްޔަތު ނުވަތަ ކޮމިޔުނިޒަމް އެވެ. ޤައުމިއްޔަތު (ޝޫފިނިޒަމް) ނުވަތަ ޤައުމީސިފަތައް އުވާލާ ބައިނަލްއަޤްވާމިއްޔަތެވެ. ދައުލަތުގެ މިލްކިއްޔާތުތައް، ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ބެހެއްޓުން ނުވަތަ އެ އެއްޗެހިތައް ޕްރައިވްޓައިޒްކޮށް އެ އެއްޗެހީގެ މިލްކިއްޔާތު ރައުސްމާލުންގެ ފަންތިތަކާ ހަވާލުކުރުމެވެ.
Print

ގޮނޑީގައި އިށީނދެގެން އިނދެ ނަމާދުކުރާއިރު ބަލަންޖެހޭ ބައެއް ކަންތައްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


މިހާރަކަށް މިސްތަކުގައި ގޮނޑީގައި އިށީނދެގެން ނަމާދުކުރާމީހުން ފެނެއެވެ. މި ގޮތަށް ފަރްޟުނަމާދާއި ސުންނަތް ނަމާދުވެސް ކުރެއެވެ. މިކަމުގެ ޙުކުން އެގުމަކީ މުހިއްމު ކަމެއްކަމުުގައި ދެކެމެވެ.

ކުޅަދާނަވެގެންވާމީހާ ފަރްޟުނަމާދަށް ކޮޅަށްހުރުމަކީ ނަމާދުގެ ރުކްނެކެވެ. މީގެ މާނައަކީ ކުޅަދާނަވެގެންވާ މީހާ އިށީނދެގެން ކުރާ ފަރްޟުނަމާދު ޞައްޙައެއްނުވާނެއެވެ. ނަމަވެސް ކޮޅަށްހުރުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހުންނަށް އިށީނދެގެން ނަމާދުކުރުމުގެ ހުއްދަ ޝަރްޢުކުރައްވާފައިވެއެވެ. މިއީ ދީނުގައިވާ ލުއިފަސޭހަކަމެކެވެ. ޢިމްރާން ބިން ޙުޞައިން ވިދާޅުވިއެވެ. (1)
Print

ތަސްބީޙަ ނަމާދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ފިޤުހު


ޢަބްދުލްމުޢީދު ޙަސަން


ތަސްބީޙަ ނަމާދަކީ، މި ނަމާދުކުރުމަށް ކުޅަދާނަ ވެގެންވާ މީހާ، ކޮންމެ ދުވަހަކު ކުރުން އައުލާވެގެންވާ ނަމާދެކެވެ. ކޮންމެ ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ ހުކުރު ދުވަހަކު ކުރުން ހުއްޓެވެ. ކޮންމެ ހުކުރު ދުވަހަކު ނުކުރެވިއްޖެ ނަމަ، ކޮންމެ އަހަރަކު އެއްފަހަރު ކުރުން ހުއްޓެވެ. ކޮންމެ އަހަރަކު އެއްފަހަރު ނުކުރެވިއްޖެ ނަމަ، ޢުމުރުގައި މަދުވެގެން އެއްފަހަރު ކުރުން ހުއްޓެވެ.

މި ނަމާދުގައި ވަނީ، ހަތަރު ރަކުޢަތެވެ. މި ނަމާދު ދެރަކުޢަތުން ދެރަކުޢަތުން ކުރެވިދާނެއެވެ. އަދި ހަތަރު ރަކުޢަތް ނަމާދެއްގެ ގޮތުގައި ކުރެވިދާނެއެވެ.

މި ނަމާދު ކުރާގޮތް ތިރީގައި މިވަނީއެވެ.
Print

ސުންނަތަކީ ކޮބާ؟

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު



ޔާސީން ނަސީމު އަބޫބަކުރު/ މުގޫ ލ.މާވަށް

ސުންނަތޭ ބުނުމުން، އަޅުގަނޑުމެންނަށް އެބަލައިގަންނަން އެނގޭނީ ސުންނަތަކީ ކޮބައިގަން އެނގިގެންނެވެ. ސުންނަތަކީ ކޮބައިތޯ ބަލާލަމާހެއްޔެވެ؟

ޢަރަބި ބަހުގައި ސުންނަތް
            
ބަހުގެ ގޮތުން ސުންނަތުގެ މާނައަކީ (ކަންހިނގާ) ގޮތް ނުވަތަ ސިޔަރަތެވެ. ( ރަނގަޅު ނުވަތަ ނުރަނގަޅު ވިޔަސްމެއެވެ.) ކީރިތި ޤުރުއާނުގައި މިމާނައިގައި "ސުންނަތް" ވާރިދުވެފައި ވެއެވެ.
Print

ހުކުރުދުވަސް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު


އިބްރާހީމް އަޙްމަދު

އަޅުގަނޑުމެން ކުރާ ހުރިހާ އަޅުކަމެއް ކުރަނީ ﷲ ތަޢާލާއަށްޓަކައެވެ. އެކަލާނގެއީ ރޭދުވާ ތަކުރާރުވުން ލެއްވި ރަސްކަލާނގެއެވެ. އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުކަން ކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންވަމެވެ. އަހަރުތަކާ މައްސަރުތަކާ ހަފުތާތަކާ ދުވަސްތައް އެކަލާނގެ ލެއްވެވިއެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެއު ދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ލެއްވެވިއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ