އަދުގެ ޚާއްސަ

ފިޤުހު

Print

ތަޤުލީދުކުރުން

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ ފިޤުހު


ޝިފްޒާން އަޙްމަދު

ޒަމާނުއްސުރެ ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު ހުރި މައްސަލަތަކެއް އެބަހުއްޓެވެ. އެފަދަ އެއްމައްސަލައަކީ ތަޤުލީދުގެ މައްސަލައެވެ. މިމައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ މީހުން މިއަދުވެސް ބަޙުސްކޮށް ދިރާސާކޮށްއުޅޭ މައްސަލައަކެވެ. މިސަބަބަށްޓަކައި މިމަޢުޟޫއަށް ނަޒަރު ހިންގުން މުހިއްމުކަމަށް ފެންނާތީ މިމަޒުމޫނުގައި ބަލައިލާނީމިމަޢުޟުއަށެވެ. ޢިލްމުވެރިންގެ ވާހަކަފުޅުތަކުގެ އަލީގައި މިމަޢުޟޫއަށް އިންސާފުކުރާނަމެވެ.
ތަޤުލީދުކުރުމަކީ ކޮބާ؟
Print

ހަނގުރާމަ ފެށުން

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު


އިބްރާހީމް އަޙްމަދު

މުސްލިމުންނާ ދެކޮޅަށް އެބައިމީހުންގެ ޢަދާވާތްތެރިއަކު ހަނގުރާމަ ފަށައިފިނަމަ އެހިސާބުން މުސްލިމުންގެ ވެރިޔަކަށް ހުންނެވި ފަރާތަކުން ﷲގެ މަގުގައި ޖިހާދު ކުރުން އިޢުލާނު ކުރަންވާނެއެވެ. މީގައި އެދެވިގެންވަނީ ފަރުޟު ކިފާޔަތެއްގެ ގޮތުން ހަނގުރާމަ ކުރަންޖެހިފައިވާ ފަރާތްތަކުން ﷲގެ މަގުގައި ޖިހާދުކުރުމަށް އައުމަށެވެ. އެގޮތުން އެންމެ އައުލާކަން ބޮޑުވެގެންވަނީ އެންމެގާތުގައި ތިބިބަޔަކަށެވެ. ދެން އެންމެ ގާތުން ޖިހާދަށް އައުމަށެވެ.  މިގޮތަށް ގޮސް އޭގައި އެންމެހައި މުސްލިމުން ޝާމިލުވާ ދަރަޖައަށް މިކަން ފުޅާވެގެންދާނެއެވެ.  އެހެންވެއްޖެނަމަ އެހާހިސާބުން އެކަން ބަދަލުވެގެންދާނީ ބާލިޣުވެ ބުއްދިފުރިހަމައަށް ހުރި ހަތިޔާރު އުފުލުމުގެ ކުޅަދާނަ ކޮންމެ މުސްލިމެއްގެ މައްޗަށް ޢައިނިއްޔަ ފަރުޟެއްގެ ގޮތުން ވާޖިބުވެފައިވާ ކަމެއްކަމުގައެވެ.  އޭރުން ޢަދާވާތްތެރިންގެ ޢުދުވާން އިސާހިތަކު ނިމިގެންދާނެއެވެ.
Print

ދީނުގައި ޙައްދު ފަހަނައަޅާ ދިއުން-6

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު

ކުރީގެ ބަޔާގުޅޭ....


އިސްލާމްދީނާއި ލުއިފަސޭހަކަން

އިބްރާހީމް އަޙްމަދު

ހައްދުފަހަނައަޅާ ދިއުމާއި ލުއިފަސޭހަ ކުރުމަކީ ފައިސާ ފޮތީގެ ދެފަރާތް ކަހަލަ ކަމެކެވެ. މިދެކަމަކީވެސް އިސްލާމުންގެ މައްޗަށް  ނުރައްކާވެފައިވާ ކަމެކެވެ. އަދި މިދެކަމަކީވެސް ދީނަށް ގެއްލުން ކުރިމަތިކުރާ ކަންކަމެވެ. އިސްލާމްދީނަކީ ހަރުކަށިކަމާއި ލުއިފަސޭހަކަމާއި ދެމެދުގައި އޮންނަ ދީނެކެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ މެދުމިންވަރުގެ ދީނެކެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. (وكذلك جعلنا كم أمة وسطا ) (البقرة 143 ) މާނައަކީ:" ތިޔަބައިމީހުންނަކީ މެދުމިން އުއްމަތެއްކަމުގައި ތިމަން ﷲ ތިޔަބައިމީހުން ލެއްވެވީމެވެ." އެކަމަކު މިތާގައި މިކުރާ މެދުމިންވަރަކީ ކުޅިވަރުގައި މިބަލާފަދަ ކަމެއްގެ މެދެއް ނޫނެވެ.  މީގެ މާނައަކީ މިއުއްމަތަކީ ޢަދުލުވެރި ޙައްޤަށް  ނަޞްރުދޭ ޙައްޤުގައި ތިބި ހެއުކަމާއި އިޞްލާޙަށް ގޮވާލާ އުންމަތެކެވެ. 
Print

ދީނުގައި ޙައްދު ފަހަނަ ޢަޅައިދިޔުން-5

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު


ކުރީގެ ބަޔާގުޅޭ...

  އެއްވެސް ދަލީލަކާއި ނުލައި ޙަރާމްކުރުމުގައި އިސްރާފު ކުރުން

އިބްރާހީމް އަޙްމަދު

ދީނުގެ ފިޤްހަށް އަހުލުވެރި ނުވެވުމުގެ ސަބަބުން ދީނުގެ ކަންތައްތައް ބުރަވެ ހަރުކަށިވެ ޙަރާމްކުރުމުގައި އިސްރާފު ކުރެވޭގޮތް ދިމާވެއެވެ. މިކަންކަން މިގޮތަށް ޙަރާމް ކުރެވެނީ ކީރިތިޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ސަލަފުއްޞާލިޙުންވެސް މިކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މިކަމުނ ދުރުވެގަތުމަށް އަންގަވާފައި ވަނިކޮށެވެ.  ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
Print

ދީނުގައި ޙައްދު ފަހަނަ އަޅައިދިޔުން-4

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު

 އަނެއްކަމަކީ މުޖުތަމަޢަކީ މިސާލީ މުޖުތަމަޢެއްކަމުގައި ބެލުން
އިބްރާހީމް އަޙްމަދު

ހައްދު ފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރޭގައި އިންސާނާ އޭނާގެ މުޖުތަމަޢަކީ މިސާލީ މުޖުތަމަޢެއްކަމުގައި ޚިޔާލު ކުރުން ހިމެނެއެވެ.  އެފަދަ މީހަކު ހީކުރަނީ މުސްލިމު މުޖުތަމަޢަކީ މަލާއިކަތުންގެ މުޖުތަމަޢެއް ފަދަ މުޖުތަމަޢެއް ކަމުގައެވެ.  މުޖުތަމަޢުގައި އޮންނަންވާނީ ލޯތްބާއި އޯގާތެރިކަމާއި ކިޔަމަންތެރިކަމާއި މިކަންކަން ފުރިހަމައަށެވެ. މިހާރުގެ މުޖުތަމަޢަކީ މިފަދަ މުޖުތަމަޢެއްނަމަ މިއީ މިސާލީ މުޖުތަމަޢެކެވެ. މުޖުތަމަޢުން  ކުށްފާފަ ފެންނަނަމަ އެމުޖުތަމަޢަކީ އިސްލާމީ މުޖުތަމަޢެއްނޫނެވެ. އެއީ ޖާހިލީ މުޖުތަމަޢެކެވެ. މިއީ ކަމެއް ސިފަކުރުމުގައި ހައްދު ފަހަނައަޅާ ދިއުމެވެ. އަދި ޙަޤީޤަތާ ދުރުވުމެކެވެ. ފަހެ އިންސާނާއަށް އިންސާނެކޭ ކިޔުނީ އޭނާ ހަނދާންނެތޭލެއް ގިނަކަމުންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ