ފިޤުހު

Print

ހުކުުރު ދުވަހެއްގައި ޢީދު އަތުވެއްޖެ ނަމަ، ހުކުރު ނަމާދު ކުރާން ޖެހޭނެތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

އިބްރާހީމް ރަޝީދު މޫސާ

މިއީ ވަރަށް މަދުމަދުން ނަމަވެސް ދިމާވާނެ ކަމެކެވެ. އެއީ އިރުހަނދު އަރައި އޮއްސުމާ ގުޅިފައިވާ ކަމެކެވެ. އިރުގެ ވަށައިގެން ބިން ދަތުރުކުރުމާއި ބިމުގެ ވަށައިގެން ހަނދު ދައުރުކުރުމާ ގުޅިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ r ކުރެއްވެވި ޙައްޖު (ޙައްޖަތުލްވަދާޢު)ގައި ޢީދު ދުވަހާއި ހުކުރު ދުވަސް ވަނީ އެއް ދުވަހަކަށް ވެފައެވެ. އެކަލޭގެފާނު ކަށަވަރުކޮށްދެއްވި ގޮތުގައި އެ ދުވަހަކީ މާތްﷲ މި ޢާލަމު ހެއްދެވި ދުވަހު ދުނިޔެ އޮތް ގޮތަށް މި ދުނިޔޭގެ ސޫރަދު ނިޒާމު އަނބުރައި އައި ދުވަހެވެ. މި ބަސްފުޅުގެ މުރާދަކީ ތިޔަބައިމީހުން މައްސަރުތަކުގެ ދުވަސްތައް ގުނައި ހަދާއިރު ދެން އޮޅުވައިނުލައި ރަނގަޅަށް ހިސާބުކުރާށެވެ. 

Print

ޙައްޖުމަހުގެ އަޅުކަންތަކުގެ ފިޤްހިއްޔާތުގެ ތެރެއިން (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

 އިބްރާހީމް ރަޝީދު މޫސާ

(28 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

  • ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.  (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْداً مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ(6) – ޢަރަފާތު ދުވަހަށް ވުރެ ގިނައިން އެހެން އެއްވެސް ދުވަހެއްގައި، ﷲ  އެކަލާނގެ އަޅުން، ނަރަކައިން  މުއްތި ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެ ދުވަހު ކުއްތަންވެ ވޮޑިގަތުމަށް ފަހު މަލާއިކަތުންނަށް އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެތެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟)
Print

ޙައްޖުމަހުގެ އަޅުކަންތަކުގެ ފިޤްހިއްޔާތުގެ ތެރެއިން (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

އިބްރާހީމް ރަޝީދު މޫސާ

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ބައެއް ދުވަސްތައް ވަނީ އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައިފައެވެ. ބައެއް ރޭތައް އަނެއް ބައިރޭތަކުގެ މައްޗަށް އިސްކުރެއްވި ގޮތަށެވެ. ބައެއް ރަށްތައް އަނެއްބައި ރަށްރަށަށްވުރެ  މާތް ކުރެއްވި ގޮތަށެވެ. ހުކުރުދުވަހާއި، ޢަރަފާތުދުވަހާއި، ޢާޝޫރާދުވަސް ފަދައިންނެވެ. ރަމަޟާންމަހާއި ޙުރްމަތްތެރިވެގެންވާ މައްސަރުތައް ފަދައިންނެވެ. މައްކާއާއި މަދީނާ މާތްކުރެއްވި ބީދައިންނެވެ. ގެފުޅުގެ ޤަދަރާއި ހައިބަތު އުފުއްލެވި ގޮތަށެވެ.

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(12 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 1

ސޫރަތުގެ ނަން

އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ' –އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ 'މުގައްދިމާ'އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. ސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މި ސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނައިލެވިފައި ވެއެވެ. އަދި ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. 

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(16 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 2

ސޫރަތުގެ ތަފްސީރު

ބިސްމިއަށް ފަހު، އަލްފާތިހާ ސޫރުގެ ދެވަނަ އާޔަތުގައި ވަނީ الحمد لله މިހެންނެވެ. މިއާޔަތުގައި އިރުޝާދު ދެވިފައިވަނީ މާތްﷲގެ ކިބަފުޅަށް ހަމްދުކުރުމަށެވެ. 'ޙަމްދަ' ކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅުކުރާކުރުމަށް ކިޔާ ނަމެކެވެ. ޝުކުރު އަދާކުރަނީ އިހުސާންތެރިކަމާއި ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާއަށް އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެނަމަ އެފަރާތަކަށް ދުލުންނާއި ހިތުގެއަޑީން ޝުކުރު އަދާކުރެވެއެވެ. ތައުރީފުކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާއި ގުޅޭ ގޮތުންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ