އަދުގެ ޚާއްސަ

ޢަޤީދާ

Print

އިސްލާމީ ޝަރީޢާގެ އަޞްލު ބާވައިލެއްވި މައްސަރު

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ޢަޤީދާ

عـبدالعزيزجمـال أبوبكر

އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މި ގެންދަނީ ޤުރުއާންގެ މައްސަރުގެ ދުވަސްތަކެވެ. އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަތިވެރި މަސަރެވެ. މީސްތަކުންނަށް ތެދުމަގެއްކަމުގައްޔާއި ތެދުމަގާއި ހެކި ބަޔާންކޮށްދެއްވުމަށްޓަކައި ބާވައިލެއްވި މަތިވެރި ފޮތެކެވެ.  ކީރިތި ޤުރްއާނަކީ، ސޫރަތުލް ފާތިޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް، ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވައި، ޖިބްރީލްގެފާނު މެދުވެރިކުރައްވައި، މީސްތަކުން އުޅޭންވީ ރަނގަޅު ގޮތްތައް ބަޔާންކުރެއްވުމަށްޓަކައި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މާތްﷲ ބާވާލެއްވި އެކަލާނގެ ކަލާމްފުޅެވެ. ޢިބާރާތާއި މާނައާއެކުގައެވެ. ފޮތެއް ކިޔެވުން އެއީ އަޅުކަމެއް ލައްވައިފައިވާ އެހެން އެއްވެސް ފޮތެއް މި ދުނިޔޭގައެއް ނުވެއެވެ.

Print

މުސްލިމުން ނިކަމެތި ކުރުމުގެ "ގޮވުންތައް"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޢަޤީދާ




އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (2012)

ޣައިރުމުސްލިމުން ކޮންޓްރޯލުކޮށް ހިންގަމުންދާ މަޝްހޫރު މީޑިޔާތައް ކަމަށްވާ ސީއެންއެން އާއި ބީބީސީ އަދި މިނޫންވެސް މިފަދަ ޚަބަރު ޗެނަލުތަކުގެ މައިގަނޑު ސިޔާސަތު ކަމަށްވެފައިވަނީ މުސްލިމުންނާ ގުޅުންހުރި ޚަބަރުތައް ފެތުރުމުގައި ކަމުގެ ޙަޤީޤަތް ފޮރުވާލައި، މުސްލިމުންނަށް އިހާނެތިކަން ލިބޭނެހައި ގޮތްގޮތަށް އެ ޚަބަރުތައް ފެތުރުމެވެ.
Print

ދެމަފިރިންގެ އެއްބާރުން ދިރިއުޅުން އާރާސްތުވުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ

ތަސްވީރު މަޒުމޫނު

އިބްރާހީމް ރަޝީދު މޫސާ

ނޯޓު:  މިއީ ތަޞްވީރީ މަޒުމޫނެކެވެ. މި ބާވަތުގެ މަޒުމޫނާއި ލިޔުންތަކަކީ ފަހަކަށް އައިސް ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރޭގައި ވަރަށް ބާރަށް ފެތުރެމުން އާއްމުވަމުންދާ ތަޢުބީރުކުރުމުގެ އައު ގޮތެކެވެ.

ތިރީގައި މިގެނެސްދޭ ފޮޓޯތަކަކީ  ވަރަށް ޢިބްރަތްތެރި ފޮޓޯތަކެކެވެ. މިއީ ޒުވާނަކު މަހެއްހާދުވަހުގެ ތެރޭގައި ނަގާފައިވާ 600ފޮޓޯގެ ތެރެއިން ހޮވާލައިފައިވާ ފޮޓޯކޮޅެކެވެ.  ދޫނިޖޯޑެއް ގުޅިގެން އެ ޖޯޑުގެ ގެ ބިނާކުރާ ގޮތް ދައްކާދޭ ފޮޓޯތަކެކެވެ. ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ފޮޓޯތަކެކެވެ.
Print

''ދީނަށް އުޅެގެން ވިފައިދާއެއް ނެތް!''

ޝާޢިއުކުރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު . ހިމެނޭބަޔަކީ ޢަޤީދާ


ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު

އަހަރެން ދެއަތް އުފުލާލީ ނާއުންމީދުން ފުރިގެންވާ ހާލުއެވެ. އަރަހެންގެ ހާލަތާ މެދުއެވެ. މިދެއަތް އެފަރާތަކަށް އަދައިގެން އުފުލާލެވުނު އިލާހާމެދުވެސްމެއެވެ.

ޔާ ﷲ އެވެ. އިބަ އިލާހުގެ ދީނަށް އުޅެގެން މިއަޅާއަށް ވިފައިދާއެއް ނެތެވެ.

އިބަ އިލާހު އެންގެވިހާ ކަމެއް ކުރުމުން، އިބަ އިލާހު ނަހީކުރެއްވިހާ ކަންކަން ނުކުރުމުން މިއަޅާއަށް ޙާޞިލްވި އެއްޗެއް، ކަމެއް ނެތެވެ.
Print

ކްރިސްމަސް ގަސް ... ކޮންތަނެއްގައި ކިހިނެއް ފެޅިގަހެއްބާ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


އިނގިރޭސިވިލާތުގައި، ފައްޅިއަށް ގޮސް އަޅުކަންކުރާމީހުންގެ ޢަދަދު 2008 ވަނަ އަހަރުވަނީ 1.1 މިލިއަނަށް ދަށަށް ގޮސްފަ އެވެ.


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ފަހަކަށް އައިސް ބައެއް އިސްލާމީ ޤައުމުތަކުގައި، އަދި ބައެއް އިސްލާމީ މުޖްތަމަޢުތަކުގައި ރަމަޟާންމަސް އައުމުން ނުވަތަ ޢީދު އައުމުން ނުވަތަ ހިޖްރީ އައު އަހަރު ލައިގަތުމުން އިޙްތިފާލުނުކުރާ މިންވަރަށް ކްރިސްމަސް ފާހަގަކުރަމުންދާ ކަން ފާހަގަކުރެވެ އެވެ. އިރުމައްޗަށް ނިސްބަތްވާ މި ސަރަޙައްދުތައް މިހާބޮޑަށް ހުޅަނގުވަންތަ ވެގެން މި ދަނީ ކީއްވެގެންބާވައެވެ؟ ކްރިސްމަސް ތެރޭގައި ބައެއް ޤައުމުތަކަށް ޒިޔާރަތްކުރާ  ބައެއް ބޭރުމީހުންނަށް މިއީ   ކްރިސްޓިއަން ޤައުމެއްހޭ އަހާލެވޭ ވަރަށް އެކަންތައް ވަނީ ފެތުރިފަ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ