އަދުގެ ޚާއްސަ

ޢަޤީދާ

Print

ދުޢާކުރުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުﷲ ފާރޫޤު ޙަސަން

ދުޢާކުރުމަކީ މާތްﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދެންނެވުމެވެ. ދުޢާއަކީ އިންސާނާގެ ހިތުގައި އުފެދޭ ފުން އިހްސާސެއްގެ ފާޅުވުމެކެވެ. ދުޢާކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އަރަހުށި މާތްﷲ ވަނީ އަޅުގަނޑުމެންގެ ބޭނުންތަކުގައި އެކަލާނގެ ޙަޟުރަތަށް ދުޢާދެންނެވުމަށް އަމުރުކުރައްވައިފައެވެ. އިޚްލާސްތެރިކަމާއެކު ކުރާ ދުޢާތަކަށް އިޖާބަދެއްވުމުގެ ޝަރަފް ދެއްވާނެކަން އަންގަވައިފަ އެވެ.
Print

އިސްމާޢީލިއްޔާ (1)

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޢަޤީދާ


''މި ފިރުޤާ އުފެއްދުމުގެ މަޤްޞަދަކީ އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލުމެވެ.''


އަލްއުސްތާޛު އިބްރާހީމް އަޙްމަދު


ނަންކިޔުނުގޮތް


އިސްމާޢީލިއްޔާ މިނަން ނިސްބަތް ކުރެވިފައިވަނީ އަލްއިމާމު އިސްމާޢީލު ބުނު ޖަޢުފަރުއްޞާދިޤަށެވެ. އެކަމަކު އޭނާއަކީ އިމާމެއްކަމަށް ޝީޢީންގެ އިޘްނާ ޢަޝަރިއްޔާއިން އިޢުތިރާފެއްނުވެއެވެ. އެހެންނަމަވެސް އިސްމާޢީލިން ޤަބޫލުކުރަނީ އޭނާއަކީ އިމާމެއްކަމުގަ އެވެ.  އަދި މިބައިމީހުންނަށް ސަބްޢިއްޔާއިންނޭ {1} ވެސް ކިޔާ އުޅެ އެވެ. އިސްމާޢީލަކީ ޝީޢީންގެ ހަވަނަ އިމާމު އަލްއިމާމު ޖަޢުފަރުއްޞާދިޤުގެ ދޮށީ ދަރިކަލުންނެވެ.
Print

ދީނުގެ އަހަންމިއްޔަތު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ޢަޤީދާ


''މަތިންދާބޯޓާއި، ރޮކެޓްގެ ބޭނުން ކޮށްގެން ޖައްވުގައި އުދުހެވެން ފެށީމާ، އާޚިރަތަކީ ނެތް އެއްޗަކަށް ހަދަންވީތޯ އެވެ؟''


މަވްލާނާ ވަޙީދުއްދީން ޚާން

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ޒަމާނުގެ ތަހްޒީބުގެ ސަބަބުން ދީނަކީ ބޭނުމެއް ނެތް ބޯދާ އެއްޗަކަށް ވެގެން ހިނގައްޖެ ކަމުގައި ކިޔާތީ އިވެއެވެ.

ހުޅަނގުގެ ތަހްޒީބުން އިންސާނިއްޔަތަށް ދީފައިވާ އެއްޗަކީ ކޮބައިތޯއެވެ؟ އެއީ މި ޒަމާނުގެ ސަވާރީއެވެ. އައު ވައްތަރު ވައްތަރުގެ ގެއެވެ. މުވާޞަލާތުގެ އައު
Print

ރަޙްމަތުގެ ދޮރު ... !!!

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޢަޤީދާ


''دُعَاء ނުކޮށް ހުރުމަކީ މާތް ﷲ ނުރުއްސަވާކަމެއްކަން އެނގެ އެވެ.''


އައްޝައިޚު ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން


دُعَاء ކުރުމަކީ مُسلِمُ ންގެ ހަތިޔާރެކެވެ. دُعَاء ކުރުމަކީ އަޅުކަމެއްމެ އެވެ. دُعَاء ކުރުމަކީ ވަރަށް މާތް ކަމެކެވެ. دُعَاء ކުރުމާ ބެހޭގޮތުން މި އުއްމަތަށް ކައުކުރެއްވި މާތް ސާހިބާ حَديث  ކުރައްވާފައި ވެ އެވެ. <<الدُّعَاء هُوَ الْعِبَادَة  >> މާނައަކީ دُعَاء ކުރުމަކީ އެއީ، އަޅުކަމެކެވެ. މިހެން حَديث ކުރެއްވުމަށްފަހު މި އާޔަތް ކިޔަވައި ވިދާޅުވި އެވެ.
Print

މާތްﷲ ވޮޑިގެން ވެ އެވެ. އަދި އެ ކަލާނގެ ކުޅަދުންވަންތަ އެވެ. (6)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ޢަޤީދާ

މާއްދާ ޚަލްޤުކުރެއްވުން

އަލްއުސްތާޛު އަޙްމަދު މާޖިދު                                       4 ޑިސެމްބަރު (ހޮނިހިރު) އާ ގުޅޭ..

ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން، މާއްދާއަކީ އިނގިރޭސި ބަހުން ކިޔައި އުޅޭގޮތުން މެޓަރ (Matter) އެވެ. ސައެންސްގެ އަހުލުވެރީންނަށް، ޚާއްސަކޮށް ފިޒިކްސްގެ ޢިލްމުވެރީންނަށާއި ދަރިވަރުންނަށް، މާއްދާއަކީ ކޯއްޗެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ލަފުޒީ މާނައަށް ބަލާއިރު، މެޓަރ ނުވަތަ މާއްދާއަކީ ބަރުދަނެއް ހުރެފައި، ޖާގައެއް ހިފާ ކޮންމެ އެއްޗެކެވެ. މަޚުލޫޤާތު (Creation)

ހަމަމިގަލަމުން

އިދާރާ

ވާހަކަ