އަދުގެ ޚާއްސަ

ޢަޤީދާ

Print

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (2)

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


1 ސެޕްޓެމްބަރު (އަންގާރަ)އާ ގުޅޭ..

އިބްރާހީމް ރަޝީދު މޫސާ


ޔޫނުސް ސޫރަތުގައިވާ ފަދަ ބަސްފުޅުތައް ކީރިތިޤުރްއާނުގެ އެތައްއާޔަތްތަކެއްގައި އައިސްފައިވެއެވެ. މި ބަސްފުޅުތަކުގެ ތެރޭގައި މި ދަންނަވާ ބަސްފުޅުތައް ވެ އެވެ.

    ހ- قُلْ مَن يُنَجِّيكُم مِّن ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَانَا مِنْ هَذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ - الأنعام: ٦٣ " ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި،ކަނޑުގެ އަނދިރިތަކުގެ ތެރެއިން ތިޔަބައިމީހުން މިންޖުކުރާނީ ކާކު ހެއްޔެވެ؟  މަޑުމޮޅިކަމާއި،ވަންހަނާގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެ ތިމަންމެން މި ކަމުން ސަލާމަތްކުރައްވައިފިނަމަ،  ޝުކްރުވެރިވާމީހުންގެ ތެރެއިން  ހަމަކަށަވަރުން  ތިމަންމެން ވާހުށީމެވެ. "
Print

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (01)

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


ފަންވަތުގެ ނޯޓު:

{މިއީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ފަންވަތަށް ހަދިޔާ ކުރެއްވި ދެވަނަ ފޮތެވެ. މި ފޮތަކީ ވެސް އަދި ޝާއިޢު ކުރައްވާފައިވާ ފޮތެއް ނޫނެވެ. ފޮތް އާންމުކޮށް ޝާއިޢު ކުރެއްވުމުގެ ކުރީގައި އެންމެ ފުރަތަމަ ފަންވަތުގެ ކިޔުންތެރިންނާ ހަމަޔަށް މި ފޮތް ގެނެސްދެވޭކަމީ، އެމަނިކުފާނު ފަންވަތާމެދު ބަހައްޓަވާ ޚާއްޞަ ގާތްކަމާއި ދެއްވާ އިސްކަމެވެ. އެހެންކަމުން މި ފޮތް ފަންވަތަށް ހަދިޔާ ކުރެއްވި ކަމަށްޓަކައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާޔަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.}

ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު


އިބްރާހީމް ރަޝީދު މޫސާ

ކީރިތިޤުރްއާނުގެ އާޔަތްތަކަށް ބަލައިލާ އިރު  އިންސާނާ ފާގަތިކަމާއި ތަދުމަޑުކަމުގެ ޙާލަތްތައް ވަރަށް ރިވެތިތަޞްވީރަކުން ތަޞްވީރުކޮށްދެއްވާފައިވެއެވެ. އަދި އޭނާ މިދެޙާލަތުގައި އުޅޭނެގޮތް ތަފްޞީލުކޮށްދެއްވާފައިވެއެވެ. އެހެންކަމުން މިއީ އެ ދެޙާލަތާމެދު ވިސްނައި ދިރާސާކުރަން ގޮވައިލާކަމެކެވެ.
Print

ލޯބިވާ ދަރިފުޅަށް (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޢާލަމްތަކުގެ ވެރި މާތްﷲގެ ޙަޟްރަތަށް ޙަމްދު ހުއްޓެވެ. އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް އެކަލާނގެ ޞަލަޥާތާއި ސަލާމް ލައްވާށިއެވެ! އާޚިރަތުގައި ކާމިޔާބާއި ނަސީބު ލިބުންހުރީ ތަޤްޥާވެރިންނަށެވެ.

ތަޢުލީމަށް ލޯބިކުރި ތޫނުފިލި ދަރިވަރަކު އޭނާގެ އުސްތާޛުގެ އަރިހުގައި ޚިދުމަތްކުރަން އުޅުނެއެވެ. އެ އުސްތާޛަކީ، އައްޝައިޚު އަލްއިމާމް އަބޫ ޙާމިދު މުޙައްމަދު ބިން މުޙައްމަދު އަލްޣަޒާލީ އެވެ. އެކަލޭގެފާނަށް "އިސްލާމްދީނުގެ ޙުއްޖަތް" މި ލަޤަބު ދެވިފައިވެއެވެ. އިސްލާމް ދީނަކީ ސާފު ސީދާ ރިވެތި ދީނެއްގެ ގޮތުގައި ބަޔާންކުރެއްވުމަށް، އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. މާތްﷲ އެކަލޭގެފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ! އާމީން.
Print

ރަމަޟާންމަހަކީ ފާފަކުރުމުން ދުރުވެ ތައުބާވުމުގެ މައްސަރު

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޢަޤީދާ


އިބްރާހީމް އަޙްމަދު (2008)

ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު އެމަހާ ބައްދަލުކުރުމަށް އަޅުގަނޑުމެން ތައްޔާރުވިންތޯއެވެ؟ އެމަހާ އަޅުގަނޑުމެން ބައްދަލުކުރާނީ ފަހެ ކިހިނަކުންތޯއެވެ؟ ކޮންޙާލަތެއްގައިތޯއެވެ؟ ޢިލްމުވެރިން ވިދާޅުވަނީ މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރަންވާނީ ނަޞޫޙު ތައުބާއަކުން ތައުބާވެގެންވާ ޙާލުގައި ކަމުގައެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޙަރާމްކުރެއްވި އެންމެހާ ކަންތަކުން ދުރުވެ ރައްކާތެރިވެގެންވާ ޙާލުގައެވެ. އަދި ހަމައެފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ ޙާލުގައެވެ. ހުރިހާ ވަގުތެއްގައި އަދި ހުރިހާ ޙާލަތެއްގައިވެސް އުރެދުމާއި ފާފައިން އެއްކިބާވެގެން ތިބޭ ޙާލުގައެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ ރަޙްމަތާއި ފާފަފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މަސް ކަމުގައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (يَأَيُّهَا الَّذِيْنَ آمَنُوْاتُوْبُوْا إِلَى اللهِ تَوْبَةً نَصُوْحًا ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ތެދުވެރިކަމާއެކު ނަޞޫޙު ތައުބާއަކުން ތައުބާ ވާހުށިކަމެވެ."
Print

ﷲ ގެ އިސްމުފުޅު ދުލުން ކިއުމަކީ ފައިދާހުރި ކަމެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ފޮނުވީ: އެމް

ހޮލެންޑްގެ އެމްސްޓަރޑަމް ޔުނިވަރސިޓީގެ ބާޙިޘެއްގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، ﷲ މި ނަންފުޅު ދުލުން ކިއުމަކީ، ހިތްހަމަނުޖެހުމާއި ކަންބޮޑުވުން، މީހާގެ ކިބައިން ފިލުވާލަދޭ ކަމެކެވެ. އަދި މި ނަންފުޅު ގިނަގިނައިން ކިއުން އާދަކޮށްފިނަމަ، ހިތް ނުތަނަވަސް ވެފައިވާ މީހުން، ހިތްހަމަޖެހި، ހަމަޔަކަށް އެޅިދެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ