އަދުގެ ޚާއްސަ

ޢަޤީދާ

Print

ފެތުރިފައިވާ މޫތައް: މި ޢަޤީދާގެ ޚާއްޞިއްޔަތު.

ޝާޢިއުކުރީ އަޙްމަދު ޝަމީން ދޮންމަނިކު . ހިމެނޭބަޔަކީ ޢަޤީދާ


ލިޔުނީ: އަލިފުޝީނު
ޢަހްމަދު ޝަމީނު ދޮންމަނިކު،
ފިނިވާގެ އއ.ތޮއްޑޫ

ހަނދުމަފުޅުކޮށް އެރުވުމެއް


ތިޔަ ބޭފުޅުންގެ އިޒުނަ ފުޅާއެކު، މި މައުޟޫޢުގެ  ފުރަތަމަ މަޒުމޫނުގެ ކުރުކުރު ހަނދުމަފުޅުކޮށް އެރުވުމަކުން މި ފަހަރުގެ މައުޝޫއާ ހަމަޔަށް ދަތުރު ކޮށްލާނަމެވެ.

އަޅުގަނޑުމެން އެންމެންވެސް މިތިބީ ނިކަން ހިޔާބޮޑު، ފެތުރިފައިވާ، ބިޔަ ގަހެއްގެ ދަށުގައެވެ. އަތްގުޅިނުކާހާ ފަލަ މިގަސް ތިންކަތްޕަށް އަފިވެ ކޮންމެ އަތްޕެއް ގައި ސުމާރެއްނެއްހާ ގިނައިން ގޮފިންގޮފިޖަހައި އެއިން ކޮންމެ ގޮފިގަނޑެއްގައި ބެދިގެން ފަތްފަޅާފައިވެއެވެ. މިގަހުގެ މޫތައް ބިމުއަޑިން، އެކިފަރާތްފަރާތަށް ދުވެ ފެތުރި ފުނަށްފައިބާ ބިމުގައި ނިކަން ރަނގަޅަށް ހަރުލާފައިވެއެވެ.
Print

ދުވަހަކު ފޮހެނުލެވޭނެ ރިސާލަތެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


 
ޢަބްދުﷲ ފާރޫޤް ޙަސަން

ކީރިތި ޤުރުއާންގެ ސޫރަތުލް އަޙްޒާބުގެ ސާޅީސްވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ގޮތުގައި އިސްލާމްދީނުގެ ނަބިއްޔާއަކީ މާތްﷲގެ ރަސޫލެކެވެ. އަދި ނަބީކަން ޚަތިމް ކުރައްވަނީ އެކަލޭގެފާނެވެ. ޢަރަބި ބަހުގައި ޚާތަމް މިބަސް ބޭނުން ކުރެވެނީ އިނގިރޭސިބަހުގައި ސީލް (Seal)  ބޭނުންކުރެވޭ މާނައިގައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ސްޓޭމްޕް ނުވަތަ ތައްގަނޑު (Stamp) އާއި ޚާތަމް ނުވަތަ ސީލްގައި ތަފާތެއް ހުރެއެވެ. އެއްޗެއް އިތުބާރުހުރި އެއްޗެއްކަން ސާބިތުކޮށްދިނުމަށްޓަކައި ޖަހާ ސްޓޭމްޕް ނުވަތަ ތައްގަނޑާއި އެއްޗެއް ނިންމައި އެއީ ފުރިހަމަވެފައިވާ އަދި އުނިއިތުރު ނުކުރެވޭ ގޮތަށް ރައްކާތެރިކުރެވިފައިވާ އެއްޗެއްކަން ބަޔާންކުރުމަށްޓަކައި ޖަހާ ސިލާ(Seal ) ހުންނަ ފަރަގެކެވެ.
Print

ޢަލްމާނިއްޔާއާއި އިސްލާމްދީން

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޢަޤީދާ


އިބްރާހީމް އަޙްމަދު

ޢަލްމާނިއްޔާ ޝަރަޙަ ކުރަމުން މިދާ ގޮތަށް ބަލާއިރު އިސްލާމްދީނާމެދު ޢަލްމާނިއްޔާ ދެކޭގޮތަކީ ވަކިފަރާތަކަށް ނުޖެހޭ ގޮތެކޭ  ބުނެވޭކަށް ނެތެވެ. އިސްލާމްދީނަކީ އިންސާނިއްޔަތުގެ ހުރިހާކަމެއް ޝާމިލުވާ ދީނެކެވެ. އެއީ މާއްދީ ކަންތައްތަކާއި މަޢުނަވީ ކަންތައްތައް ޝާމިލުވާ ދީނެކެވެ. އަދި އިޖްތިމާޢީ ގުޅުމުގެ އެންމެހާ ކަންކަމާ ފަރުދީކަންކަން ޝާމިލުވާ ދީނެކެވެ.

ނަޞާރާދީނަކީ އިންސާނީ ޙަޔާތް ދެބަޔަކަށް ބަހާލާ ދީނެކެވެ.  ދީނަށް ބަޔެއް ދައުލަތަށް ބަޔެކެވެ. ނޫންނަމަ އިންޖީލުގެ ތަޢުބީރުގައިވާ ފަދައިން "ﷲ ތަޢާލާއަށް ޚާއްޞަ ބަޔަކާއި އެމްޕެރަރއަށް ޚާއްޞަ ބަޔެކެވެ."
Print

ކްރިސްޓިޔަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (02)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


މަގުފުރެއްދުމުގެ އާ އުކުޅުތައް

ޢަބްދުﷲ ފާރޫޤު ޙަސަން

2003 ވަނަ އަހަރުގެ މެއި މަހު ޔޫ.އެސް. ސެންޓަރ ފޮރ ވޯލްޑްމިޝަންގައި މޫނު ނިވާކޮށްގެން ހުރި އަންހެނެއް ޢީސާ ޢަލައިހިއްސަލާމް އާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ އަޅާބެލުމުގެ ހުށަހެޅުމެއް ހުށަހެޅިއެވެ. އެހުށަހެޅުން އިންތިޒާމުކުރި ފަރާތުން ބުނިގޮތުގައި އެއަންހެނަކީ މިޝަނަރީ މީހެކެވެ. ނަމަވެސް އޭނާއަކީ އިސްލާމީ ޤައުމެއްގައި މުސްލިމަކަށް ހެދިގެން މަސައްކަތް ކުރާ މީހެކެވެ. އެ ޤައުމުގައި އޭނާއާމެދު ބެލެވެނީ އިސްލާމީ ވަރަށްބޮޑު ސްކޮލަރެއްގެ ޙައިޘިއްޔަތުންނެވެ. އެހެންކަމުން އެބައިމީހުންނަކަށް އެ ކަނބުލޭގެ މޫނު ދެއްކޭ ކަށެއްނެތެވެ.
Print

ކްރިސްޓިޔަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (01)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުﷲ ފާރޫޤު ޙަސަން

ޖޯންމޭރިޔަން (John Marion) އަކީ އެމެރިކާގެ ނޭވީ ފުލުހުންގެ މަތީދަރަޖައިގެ އޮފިސަރެއްގެ ދަރިޔެކެވެ.


1986 ގައި އޭނާއަކީ ކިޔަވާކުއްޖެކެވެ. އެއްދުވަހަކު ރެސްޓޯރެންޓެއްގައި އިންދައި އޭނާއަށް އިވުނީ ކައިރީގައި ހުރި މޭޒެއްގައި ތިބި އެމެރިކާގެ ދެޕްރޮފެސަރެއްގެ ވާހަކައިގެ އަޑެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ