އަދުގެ ޚާއްސަ

ޢަޤީދާ

Print

ފިޠުރުޢީދު ދުވަސް.... ރޯދަވެރީންނަށް އިނާމު ދެވޭ ދުވަސް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

ފިޠުރުޢީދު ދުވަހަކީ ކޮންފަދަ ދުވަހެއް ހެއްޔެވެ؟ މާތްﷲ އެންގެވި ގޮތަށް ރަމަޟާން މަހު ރޯދަހިފި މީހުންނަށް މިއަދު ލިބޭ އުފަލަކީ ކޮބައިހެއްޔެވެ؟ ރޯދަވެރިން މާތްﷲ އަމުރުފުޅަށް ކިޔަމަންގަނެ، ރޯދަ ހިފައި، އެކަލާނގެއަށް ޝުކްރު ދަންނަވައި، ތަކްބީރު ކިޔައި، ޢީދު ނަމާދުކޮށްގެން، އެބައިމީހުން ގެއަށް  ދާނީ، މާތް ﷲ އެމީހުންނަށް ކަނޑައަޅުއްވައިފައިވާ އިނާމު ހިފައިގެންނެވެ. އެއީ މާތް ﷲ އެމީހުންނާ ކުރިމަތިކުރެއްވި އިމްތިޙާނުން ފާސްވުމުން ދެއްވާ އިނާމެވެ. ޢީދު ދުވަހުގެ އިޙްތިފާލަކީ އެ މީހުންގެ ދަސްވެނިވުމުގެ ބަރަކާތްތެރި އިޙްތިފާލެވެ.

Print

ރޭތަކުގެ ސާހިބާ ކަމަނާ (ފަހުބައި)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

(އިއްޔެގެ ބާކީ ބައި)

ލައިލަތުލް ޤަދްރިވިލޭރެއަކީ ރަމަޟާންމަހުގެ ކޮން ރެއެއް

މާތް ﷲ ވަނީ ލައިލަތުލްޤަދްރި ވިލޭރޭ ވަންހަނާ ކުރައްވައިފައެވެ. އެހެނަސް އެކަމަށް ޝަވްޤުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. މާތްﷲ މިފަދަ ވަގުތުތަކާއި ކަންތައްތައް ވަންހަނާ ކުރައްވަނީ އެކަމަށް އަޅުގަނޑުމެން ޝަވްޤުވެރި ކުރެއްވުމަށް ޓަކައެވެ. 

Print

ކުރެވޭ ނުބައި ޢަމަލުތައް ހާމަކުރުމުގެ ނުބައިކަމާއެވެ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

ބައެއް މީހުންނަކީ ކުށްފާފަތައް ކުރުމަށްފަހު އެ ކަންކަން ހާމަކޮށް އެ ކަންކަމާމެދު ފަޚުރުވެރިވެ އެ ކަންކަން އިޝްތިހާރުކުރާ ބަޔެކެވެ. ކުރީ ޒަމާނުގައި އެ ކަންކަން ކުރަނީ ހޮޅުއަށީގައެވެ. ނުވަތަ ޖޯލިފަތީގައެވެ. މި ޒަމާނުގައި މީސްމީޑިޔާގައެވެ. ޓުވީޓަރާއި މޫނުފޮތުގައެވެ. 

މާތްﷲ ހެޔޮ ކަންތައްތައް ކުރުމަށް ގޮވައިލައްވައެވެ. ﷲގެ ދީނާއި ޝަރީޢަތުގައި ހިފެހެއްޓުމަށް ނަސޭޙަތް ދެއްވައެވެ. ކިޔަމަންތެރީންނަކީ ކާމިޔާބުގެ އަހްލުވެރީންނެވެ. އެއީ ނަޖާވެރީންނެވެ. ﷲ ޖައްލަ ވަ ޢަލާ ވަޙީ ކުރެއްވިއެވެ. [وَمَن يُطِعِ ٱللَّـهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا] - ([ اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ.]) (الأحزاب: 71)

Print

ރޭތަކުގެ ސާހިބާ ކަމަނާ (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

އަޅުގަނޑުމެން ފާއިތުކުރަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެކެވެ. ބަރަކާތްތެރި ރޭތަކެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. ރަމަޟާންމަހަކީ އެ މަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދު ދިހައިގައި ﷲގެ ފުއްސެވުން، އަދި ފަހު ދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވައިފައިވާ މަހެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ.  [وَهُوَ شَهْرٌ أوَّلُهُ رَحْمَةٌ، وَأَوْسَطُهُ مَغْفِرَةٌ، وَآخِرُهُ عِتْقٌ مِنَ النَارِ] – ([އެމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތެވެ. މެދުތެރޭގައި އޮތީ ފުއްސެވުމެވެ. ފަހުކޮޅުގައި އޮތީ ނަރަކައިން މުއްތި ކުރެއްވުމެވެ.]) (رواه البيهقى وابن خزيمة)ރަމަޟާންމަހުގެ ކުރީކޮޅުގައި އޮތީ ރަޙްމަތޭ އެންގެވި ބަސްފުޅުގެ މުރާދަކީ ރަމަޟާންމަސް އަންނައިރު އަންނަނީ އެތައް ގިނަގުނަ ހެވަކާއި ލާބަޔަކާ އެކުގައެވެ. އެއީ އަޅުކަމުގެ މޫސުމެކެވެ. ރޯދަވެރީންނަށް މާތްﷲ އެ ކަމުގެ ސަވާބާއި އުޖޫރަ ދެއްވަނީ އެހެން ފަރާތެއް މެދުވެރި ނުކުރައްވައެވެ. 

Print

ތިބާ އާއި އިސްލާމްދީން

ޝާޢިއުކުރީ އިސްމާޢީލް އަލީ ރ.ކަދޮޅުދޫ . ހިމެނޭބަޔަކީ ޢަޤީދާ

އިސްލާމްދީނަކީ ރަހުމަތުގެ ދީނެވެ.ކާއިނާތުގެވެރި އިލާހާއި،ތިބާ އާއި ދެމެދުގައިވާ ވަރުގަދަ ގުޅުމެވެ. މި ދީނަކީ ތިބާގެ މުޅި ވުޖޫދެވެ. އަދި ތިބާގެ ހެޔޮ ނަސީބާއި ހިތްހަމަޖެހުން ބިނާ ވެފައިވަނީ މިދީނުގެ މަތީގައެވެ.އިސްލާމްދީން ރަނގަޅު ހުރިހާ ސިފަތަކެއް ދަސްކޮށް ދެއެވެ. އަޚްވަންތަކަމާއި، ރަހުމާއިލޯތްބާއި، ހަމްދަރުދީއާއިކުލުނުވެރިކަމެވެ. ކެރުންތެރިކަމާއި، ހުޝިޔާރުކަމާއި،ވަފާތެރިކަމާއި، ތެދުވެރިކަމެވެ. އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމެވެ. އިހުތިރާމުކުރުމާއި، މަޢާފުކުރުމާއި،ދީލަތި ކަމެވެ.ކެތްތެރިވުމާއި،ޝުކުރުކުރުމާއި،ކެތްތެރިވުމަކީ ވަރަށް މުހިއްމު ދެސިފައެވެ.ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާ ކުރުމަކީ ކޮންމެހެން ތިބާ ކުރަން ޖެހޭނެ ކަމެކެވެ.މި ލިޔެލެވުނީއިސްލާމީ ރިވެތި ސިފަތަކުގެ ތެރެއިން މަދު މިންވަރެކެވެ.އިސްލާމްދީން ނުރުހޭސިފަތަށްވެސް އެހާ ގިނަވާނެއެވެ. 

ކުކުޅުބިހަކަށް ނަޒަރު ހުއްޓާލަ ބަލާށެވެ.ބިހުގައި ލެވިފައިވާ ހަރުތޮށިގަޑުގެ ސަބަބުން އެތެރޭގައިވަ ހުރިހާ އެއްޗެއް ވަނީ ރައްކާތެރި ކުރެވިފައެވެ.މި ހަރު ތޮށިގަޑު ނުވާ ނަމަ ބިހުގެ ބޭނުން ނެތި ދިޔައީއެވެ. ހަމަ މިބީދައިން އިސްލާމްދީނަކީ ތިބާ ވަށައިގެންވާ ބޯތޮށިގަޑެކެވެ.ތިބާގެ ސަލާމަތާއި، ރައްކާތެރިކަން ގުޅިފައިވަނީ މަތިވެރި އިސްލާމްދީނާއެވެ..އިސްލަމްދީނާއި ނުލައި ތިބާގެ ހަޔާތަކީ ފަޅު ހަޔާތެކެވެ.

ބިހަކީ އެހާ އަގުބޮޑު އެއްޗަކަށް ނުވުމާއިއެކުވެސް މީހުން އެ ގެންގުޅެނީ ނުހަނު ފަރުވާތެރި ކަމާއި އެކުގައެވެ. އެއި ނާޒުކު އެއްޗަކަށް ވާތީއެވެ.ގެނެވޭ ކުޑަކުޑަ ހަރަކާތަކުން ބިހުގައި ރެނދު ލައެވެ.ބިސްތަޅައިގެންދެއެވެ.އިސްލާމްދީނަކީ ތިބާގެ މުޅި ޙަޔާތެވެ.ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.މިފަދަ ބޮޑު ނިޢުމަތަކާއި މެދު ފަރުވާކުޑަ ކުރަން ހެޔޮ ވެދާނެތޯއެވެ.ތިބާ އިސްލާމްދީނަށް ރައްކާތެރިވާށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ