އަދުގެ ޚާއްސަ

ޢަޤީދާ

Print

ފްރެޑް – އިސްލާމްދީނަށް އެމެރިކާ މީހަކު ކުރި ދަތުރު

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ ޢަޤީދާ


ތަރުޖަމާ: ޝަމްސުލް ފަލާޙް

އަހަރެންގެ ނަމަކީ ފްރެޑް އެވެ. އަދި މިއީ އަހަރެން އިސްލާމްދީނަށް ކުރި ދަތުރުގެ ވާހަކައެވެ. އެދަތުރަކީ، އާ ފެށުމަކާއެކު އިސްލާމްދީނަށް ލެނބުމުގެ ކުރިން، ޔަހޫދީ ދީނުންފެށުނު އަދި ދީނެއް ޤަބޫލުނުކުރުމާއި ނަޞާރާދީނަށް ލެނބުނު ދަތުރެކެވެ. މާނައެއްވާ ޢަޤީދާއެއް ހޯދުމަށް އެތައް އަހަރުތަކެއް ހޭދަކުރުމަށްފަހު، ދިރިއުޅުމުގެ ހުރިހާކަމެއް ޝާމިލުވާ، ދިރިއުޅުމުގެ މައްސަލަތަކުގައި މާނަވީ މުޖުތަމަޢަކާއި އެހީތެރިވާނޭ ބަޔަކު ހޯދައިދޭނޭ ޢަޤީދާއެއް ހޯދުމުގައި އަހަރެންނަށް ފެނުނީ، އަދިވެސް ދީންތަކުގެ ކުރިމަތިލުންތަކުގެ ކަނޑެއްގައި އަހަރެން އޮޔާދާ ތަނެވެ. ކޮންމެ ދީނެއްވެސް، ދަޢުވާކުރަމުންދަނީ އެދީނެއްފިޔަވާ އެހެންދީންތައް ބާޠިލްކަމުގައެވެ.
Print

ޤުރުއާނެޓް: ކީރިތި ޤުރުއާން އޮޅުވާލަން ކުރާ މަސައްކަތެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުލްމުޢީދު ޙަސަން

ނޯޓް: މިއީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓްގެ، މުސްލިމުންނަށް މުހިންމު ޚަބަރުތަކުގެ ބައިގައި ޝާއިޢުކުރެވިފައިވާ ލިއުމެކެވެ.

ކީރިތި ޤުރުއާނުގެ މާނަތައް އޮޅުވާލުމުގެ މަޤުޞަދުގައި އިޒުރޭލުގެ ބަޔަކު، ކީރިތި ޤުރުއާނުގެ ތަފުސީރެއް ލިޔެގެން އެބައުޅެއެވެ. އޭގައި ގޮވާލާފައިވަނީ، މުސްލިމުން، ޔަހޫދީންނާ އެއްބައިވުމަށެވެ. އޭގެ ޙަޤީޤަތް، ހާމަކޮށްފައިވާ އެއް ފަރާތަކީ، އިސްލާމް އޮންލައިން ޑޮޓް ނެޓް ވެބްސައިޓެވެ. ތިރީގައި މިވަނީ، އެ ވެބްސައިޓުގައިވާ ލިއުމުން، ތަރުޖަމާކޮށްފައިވާ ބައެއް ބައިތަކެވެ.

Print

ފަލަސްޠީނުގެ މުސްލިމުންނަށް ނަޞްރު ދެއްވުން އެދި ކުރާ ދުޢާއެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުލްމުޢީދު ޙަސަން

ފަލަސްޠީނުގެ ރަށްޔިތުންނަށް ނަޞްރު ދެއްވުން އެދި ކުރެވޭ ދުޢާތައް، މިހާރު މުސްލިމުންގެ ވެބްސައިޓްތަކުން ފެނެއެވެ. ތިރީގައި މިވަނީ އެފަދަ ދުޢާތަކެއްގެ ޚުލާޞާއެވެ.

أللَّهُمَّ أعِزَّ الإسْلامَ وَالمُسْلِمِيْن، وَ أذِلَّ الشِّرْكَ وَالمُشْرِكِيْن، وَ دَمِّرْ أعْدَاءَ الدِّيْن، وَاجْعَلْ هَذا البَلَدَ آمِنًا مُطْمَئِنًّا سَخَاءً رَخَاءً وَ سَائِرَ بِلادَ المُسْلِمِيْن.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމްދީނާއި މުސްލިމުންނަށް ގަދަކަން ދެއްވައި ޝިރުކުކުރުމާއި މުޝްރިކުން ނިކަމެތި ކުރައްވައިފާނދޭވެ! އަދި ދީނުގެ ޢަދާޥާތްތެރިން ހަލާކުކުރައްވައިފާނދޭވެ! އަދި މިރަށަކީ، އަމާންކަމާއި ތިޔާގިކަމާއި ތަނަވަސްކަމުގައި ހަމަޖެހިގެންވާ ރަށެއް ކަމުގައި ލައްވައިފާނދޭވެ! އަދި މުސްލިމުންގެ އެހެން ރަށްތައް ވެސް މިގޮތުގައި ލައްވައިފާނދޭވެ!
Print

މުލްޙިދު ޙައިރާންކުރުވި ބޮއްކުރާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

މާތްﷲ އަށް އީމާން ނުވާ މުލްޙިދަކު، ޢިލްމުވެރިޔަކަށް ގޮންޖެހުމަށް ބޭނުންވިއެވެ. ދެން އެކަމަށްޓަކައި، އޭނާ އެ ޢިލްމުވެރިޔާއާ ބައްދަލުކޮށް މުނާޒަރާކުރާނެ ދުވަހަކާއި ވަގުތެއް ކަނޑައެޅުނެވެ. އެ ދުވަހުގެ އެ ވަގުތު އައިސް ޖެހުނުއިރު، އަޑުއަހަން އެއްވެ ތިބި މީހުން ވަނީ މުޅިތަން ފުރާލާފައެވެ. އެންމެން ތިބީ ޢިލްމުވެރިޔާ، ވަޑައިގަންނަވާނެ ހިނދުކޮޅެއްގެ އިންތިޒާރުގައެވެ. ނަމަވެސް، ގަޑިޖެހި ދިޔަ އިރުވެސް ޢިލްމުވެރިޔާގެ ޚަބަރެއް ނުވިއެވެ.

ކުޑައިރުކޮޅެއް ވަންދެން ޢިލްމުވެރިޔާއަށް އިންތިޒާރުކުރުމަށްފަހު، މީސްތަކުންނާ މުޚާޠަބުކޮށް، މުލްޙިދު ވާހަކަ ދައްކަން ފެށިއެވެ.
Print

ދުޢާކުރުމުގެ މާތްކަން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ

ޢަބްދުލްމުޢީދު ޙަސަން

ދުޢާކުރުމުގެ މާތްކަން ބަޔާންކުރައްވާފައިވާ ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްތައް ވެއެވެ. މި މަޒުމޫނުގައި ގެނެސްދީފައިވާނީ އޭގެ ތެރެއިން ބައެކެވެ. ހެޔޮކަމާއި ބަރަކާތުގެ މޫސުމުގައި ދުޢާކުރުން ގިނަކުރައްވާށެވެ!


1. ދުޢާކުރައްވާ ކަމަށްޓަކައި ނަބީބޭކަލުންނަށް މާތްﷲ، ޘަނާގެ ބަސްފުޅު ޥަޙީކުރައްވާފައި ވެއެވެ.

އަލްއަންބިޔާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވެއެވެ. {إِنَّهُمْ كَانُواْ يُسَارِعُونَ فِى ٱلْخَيْرٰتِ وَيَدْعُونَنَا رَغَباً وَرَهَباً وَكَانُواْ لَنَا خـٰشِعِينَ} މާނައީ، "ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތައްތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައި ވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ."

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ