އަދުގެ ޚާއްސަ

ސަމާސާ އަދަބު

Print

ހިނގާރާއި ކާކިބާ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙަންމަދު ޝާހިދު ޙަލީމް (2001)

ރޯދަމަހަކީ ވެސް އަޖައިބެއް ކަހަލަ މަހެކެވެ. އެހެން މަސްމަހު ކައިބޮއި ހަދާ ގިނަ ވަގުތުގައި، ރޯދަމަހު މި ތިބެނީ ނުކައެވެ. އަނެއްކޮޅުން ރޯދަމަހު ކައިބޮއި ހަދާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި، ބައެއް މީހުން، އެހެން މަސްމަހު ކައިބޮއި ހަދާ ވަރަށް ވުރެން ގިނައިން ކައިބޮއި ހަދައެވެ. އަދި އެހެން މަސްމަހު ކެއިންބުއިމަށް ޚަރަދުކުރާ ވަރަށް ވުރެން ބޮޑަށް ޚަރަދުކުރެއެވެ. ރޯދަމަސް ވެފައި މި އޮންނަނީ، ދުވާލު ނުކައި ހައިބަނޑަށް ތިބުމުގެ މަހަކަށް ވާ ފަދައިން، ރޭގަނޑު ތަފާތު ވައްތަރުގެ ކެއިންބުއިންތަކުން ބަނޑު ފުރައިލާ މަހަކަށެވެ.
Print

ޚިދުމަތްތެރިޔާ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


(ކުރު ތަމުސީލެއް)

މުޙަންމަދު ޝާހިދު ޙަލީމު (2000)

ބައިވެރީން:

ޢަލީ (ރަށުގައި ނުފޫޒު ހުރި މީހެއް)
ފާތުމަ (ޢަލީގެ އަނބިމީހާ)
ސަކީނާ (ޢަލީއާއި ފާތުމަގެ ދަރިފުޅު)
ޙުސައިން މަނިކު (ޚިދުމަތްތެރިއެއް)
އިބްރާހީމް ފުޅު (ޚިދުމަތްތެރިއެއް)
ޝާންތީ (ބިދޭސީ ޑަކުޓަރެއް)
Print

އެޒަމާނުގެ ރޯގާއާއި މިޒަމާނުގެ ރޯގާ

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

ރޯގާއަކީ ވަރަށް އާންމު އެއްޗެކެވެ. މިޒަމާނުގައިވެސް އަދި އެޒަމާނުގައިވެސް ވަރަށް ޢާންމު އެއްޗެކެވެ. އޮފީސް މަދަރުސާ ފަދަ ތަނަކަށް ނުދެވުނަސް ނުވަތަ މަކަރެއް ހަދާލިޔަސް އެ މަކަރެއް ފޮރުވާން ފަސްއަޅާން އޮންނަ އެއްޗަކީ ރޯގާއެވެ. މިބުނި ރޯގާއަކީ އޭގެ ޒާތުގައި ވެސް ބާރުގަދަ ނުފޫޒު ގަދަ އެއްޗަކަށް ވެފައި އޮންނަނީ އަކީވެސް މަދެއްކޮށެއްނޫނެވެ. މިލިޔުމުގައި އަޅާ ކިޔާލެވިފައިވަނީ މިފަދަ ދެ ހާދިސާއިން ރޯގާގެ މާޒީގެ މިސާލަކާއި މިޒަމާނުގެ މިސާލެކެވެ
Print

ކުޑަރުމާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)




މި ކުޑަ ރުމާލަކީ، ދެމަފިރިއެއްގެ ކާވަންޏާ ގުޅިފައިވާ ކުޑަ ރުމާލެވެ. ވަރިއާވެސް ގުޅިފައިވާ ކުޑަ ރުމާލެވެ. ކާވަނި ވެފައިވާކަމުގެ ހެއްކަކަށާއި، އެ ކާވަނި ރޫޅާލެވިއްޖެ ކަމުގެ ޙުއްޖަތަށް ބޭނުން ކުރަންވެސް އޮތީ ހަމަ މި ކުޑަ ރުމާލެވެ. އެހެންކަމުން މި ވެގެން އުޅޭ ގޮތެއްގެ ޚަބަރު ދަބަރު އޮޅުން ފިލުވައިލަމާތޯ އެވެ؟


Print

ރެކޯޑަކަށް ހަދަންޖެހޭ ރެކޯޑެއް

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

ސައިފަތް ހެއްދުމުގައި ދުނިޔޭގައި އެންމެ މަޝްހޫރު ގައުމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އެސުވާލުގެ ޖަވާބަކަށް ވާނީ އަވަށްޓެރި ސިލޯނެވެ.   ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މަސްހުނި ސަޤާފަތެކޭ ބުނީމާ ހިތަށް އަންނާނީ އަވަށްޓެރި އިންޑިޔާއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަކީ ކޮބައިތޯ އަހައިފިނަމަ ޖަވާބަކަށް ވާނީ އެމެރިކާއެވެ. ދެން އޮތީ ތިޔަބޭފުޅުން ޖަވާބު ދެއްވަންޖެހޭ ސުވާލެކެވެ. ދުނިޔޭގެ އާބާދީގެ ނިސްބަތުން ވަރި އެންމެ ގިނައީ ކޮން ގައުމެއްގައިތޯއެވެ
Print

މުސްކުޅިޔަކު ޒުވާނަކަށް ވީގޮތް

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަޙީމު/ މަނަދޫގެ

އާންމުކޮށް އަޅުގަނޑުމެން އަޑުއަހަނީ އަބަދުވެސް އިންސާނުން ދުވަހަކަށްވުރެ ދުވަހެއް ގައިބާރުދެރަވެ މުސްކުޅިވާ އަޑެވެ. ނަމަވެސް މިފަހަރު މުޅީން ޚިލާފެވެ. މިފަހަރު އަޅުގަނޑު ތިޔަބޭފުޅުން ނަށް މި ގެނެސްދެނީ ދާދި މިދާކަށް ދުވަހު ރާއްޖޭގެ ރަށެއްގައި އުޅުނު މުސްކުޅިޔަކު ޒުވާނަކަށް ވީގޮތުގެ ވާހަކައެވެ. ނަމަވެސް މަޞްލަޙަތަށްޓަކައި އަޅުގަނޑު މިވަނީ ރަށާއި މީހުންގެ ނަން ހިސާބަކަށް ބަދަލުކޮށްފައެވެ. ކޮންމެއަކަސް ވާހަކައިގެ ފޮނި މީރުކަމާއި ތިޔަބޭފުޅުންނާ ދެމެދުގައި ވާ އުނދުޅިޔަކަށް ވާކަށް އަޅުގަނޑު ނެތީމެވެ. ކުރިޔަށް ވަޑައި ގަންނަވާށެވެ.
Print

ފުރޭތަ ފެންނަ ގޮތް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު



ފަޟީލަތުއްޝައިޚުލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން




އަހުރެން ދާދި ކުޑާއިރު، ކިރިޔާ ހަނދާން ހުންނަ އިރު، އެއްރެޔަކު ވަރަށް ދަންވަރު، ހިވާނީ ފަތިސް ދަންމަތި ވެއްޖެ ހެންނެވެ. މީހަކު ހޭރިގެންފައި އައިސް ލައްޕާފައި ހުރި ދޮރުގައި ޖެހިގެންފައި ދޮރުކައިރިޔަށް ވެއްޓިގެންފިޔޭ. ގޭ ތިބި އެންމެން ހޭލައިގެން ދޮރު ހުޅުވައިގެން ބެލި އިރު މި މީހަކީ ބުސީ ޙަސަން ތައްޚާނެވެ. މިއީ ހަނގުބެއިކަލެކެވެ. ދެން މީނާ ދަމައި ނަގައިގެން ބޮޑު އަށީގައި ބާއްވައިގެން ދަރަވަންދޫގޭގައި އެއިރު އެންމެ ބޮޑު މީހަކަށް ހުންނަ ތަކަންދޫ އަލިފުޅު ދެތިން ފަންޑިތަޔެއް ވެސް ހަދައިގެން ހެއި އަރައްޖެ އެވެ.
Print

ވާން ދެއްކި ފެހުރިހި

ޝާޢިއުކުރީ ޢަބްދުއްރަހީމް މަނަދޫ . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ

ޅޮހީ ދޮންއައްޔަކީ އާދަވެގެން މަސްބާނަން ގޮސް އުޅޭ ކެޔޮޅެކެވެ. މަސްވެރިކަމުގެ ކޮންމެ ބާވަތެއްގެ ނަން ކީ ކަމުގައިވިޔަސް، ދޮން އަލީ ފަރިތަނޫން މަސްވެރިކަމެއް މީހަކަށް ކުރެވިފައެއް ނެތެވެ. އަދި ދޮން އަލީ ބުނާގޮތުން ކުރިޔަށް އޮތްތާނގައި ނުވެސް ކުރެވޭނެއެވެ..
ކޮންމެއަކަސް ދޮން އަލީ ހިތާވެގެން އުޅުނު ފާތުމަޔާ އިން ފަހުން ކެޔޮޅުކަމު ދާން ޖެހޭލެއް އައްޔަށް އޮންނަނީ މާ ގިނަވެފައެވެ
ފާތުމައަކީ މުޑަހަނދި މަސްކޮޅެއް ކާން ނުލިބުނީއްޔާ ލޮލުފިޔެއް ޖެހޭ މީހެއް ނޫންވިއްޔާއެވެ. އެހެން ނޫނަސް ފާތުމަ ނިދަން އޮންނަ އުތުރުއެނދުގެ ވަރުވާކަނުން ތަންކޮޅެއް ލިބޭނީވެސް ފާތުމަ ބޭނުން ވާ ކަހަލަ ފަރުމަހުގެ ރޯއްޖެއް ހޯދިއްޔާއެވެ.
Print

ދުއްރައިން ހިތާ ކުރުވި އަނބިމީހާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްމަރްޙޫމު މުޙަންމަދު ޖަލީލު (1989)

މޫސަ އާއި، ދޮން ސަންޕަ އާ ދެ މީހުން އިނދެގެން އުޅޭތާ އަށެއްކަ އަހަރު ވެއްޖެ އެވެ. ދެ މީހުން މެ އިނީ އަލަށެވެ. ދިރި އުޅެނީ ދޮން ސަންޕަގެ މަންމަގެ ފަރާތުން ލިބިފައިވާ އޭނާގެ ގޭގަ އެވެ.

ދެ މީހުން ދިރިއުޅެން ފެށި އިރު ގެ، ކިތަންމެ ނިކަމެތި ގޮތަކަށް ހުއްޓަސް މިހާރު އެ ގެ އަކީ، (މޫސަގެ މަސައްކަތުން) ރަށުގެ މެދު ފަންތީގެ ރީތި ގެތަކުގެ ތެރެއިން ހޮވާލެވޭވަރުގެ ހިތްގައިމު ގެ އެކެވެ. ގޯތި ތެރޭގައި ތަން އޮތުމާއެކު، ވައްތަރު ވައްތަރުގެ މީރުވަސްދުވާ މާމެލާ މެލިންނާއި، ރީތި ގަސްތަކުން ގޯތިތެރެ ވެސް ވަރަށް  ހިތް ފަސޭހަ އެވެ.
Print

ޤައުމީ ދުވަހުގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ޞާދިޤު

އެއް އަހަރެއްގެ ޤައުމީ ދުވަހު، އެދުވަސްފާހަގަކުރުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ޖަލްސާއެއްގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން އަޅުގަނޑަށް ބައިވެރިވާން ޖެހުނެވެ.

ޖަލްސާކުރާ މާލަމަށްވަދެ، އިށީނދެ ހަމަޖެހިލައިގެން ބަލައިލިއިރު ކުރިމަތީގައި ޕްރޮގުރާމް އޮތެވެ. އޭގައި ކުރަންވީ ކަންތައްތަކާއި ހަދަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އޮތެވެ.

ފުރަތަމަ ކުއްޖަކު ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިފިއެވެ. ވަރަށް ރީތި ހިތްގައިމު ރާގަކުންނެވެ. އަޅުގަނޑުގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ. ޤުރުއާން ކިޔަވާ ނިމުމަށްފަހު ދެން އޮތީ ޖަލްސާ ތަޢާރަފުކުރުމުގެ ގޮތުން ކުއްޖަކު ވާހަކަ ދެއްކުމެވެ. އޭނާ ވާހަކަ ދެއްކިލެއްވެސް ނުހަނު ފުރިހަމައެވެ. ކޮންމެ ނަންބަރެއް ފުރިހަމަކުރަން ތެދުވި ކުއްޖަކުވެސް ހުރީ ރީތި ދިވެހި ހެދުމެއްގައެވެ. އަންހެން ދަރިވަރު ހުރީ ބޯވަޅު އެޅި ލިބާހެއްލައިފައެވެ. ފޭއްޔެއް އަނދެލާފައެވެ. ބޮލުގައިވަނީ ރުމާ ފަޅިއެކެވެ. ފިރިހެން ދަރިވަރު ހުރީ ހުދުމުންޑެއް އަނދެފައި ހުދު ގަންޖިފަރާހެއްލާފައި ކާބަފައިން އޮޅައި އުޅުނު ކަހަލަ ހުދު ފޮށައެއް ބޮލުގައި އޮޅައިލާފައެވެ.
Print

ހުވަފެނެއްބާވަ އެވެ؟

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު ދީދީ (1979)

މީހުން ބުނެއުޅޭ ގޮތުގައި ހުވަފެނަކީ، ބިލާހެކެވެ. ބިލާހަކީތޯ އެވެ. ބަސްފޮތް ބުނާގޮތުގައި އެއީ ޙަޤީޤަތެއް ނޫންކަމެކެވެ. އަދި އަސްލެއް ނުވާ ފެނުމެކެވެ.
އެކަން ކޮންމެ ގޮތަކަށް އޮތަސް، އަޅުގަނޑު ދަންނަވާން މި އުޅޭކަމަކީ، ހިނގިކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދަންނަވާކަށް ނޭނގުނެވެ.
ތަނަކީ ކޮންމެވެސް ތަނެކެވެ. ވަގުތަކީ ދުވާލުގެ އެންމެ ހޫނުކަން ގަދަ މެންދުރުގެ ފަހުގެ ވަގުތެކެވެ. ހަށިތަކާއި ސިކުނޑިތައް ކަންނެތް ކޮށްލާ ވަގުތެވެ. ކޮންމެވެސް ގޮތަކުން ކޮންމެވެސް ތަނެއްގައި އޮށޯވެލައި ހަމަޖެހިލާން ބޭނުންވާ ވަގުތެވެ.
Print

ޚުލާޞާކުރުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޢަބްދުﷲ ނަޢީމު އިބްރާހީމް

ކިޔަވައިދިނުމުގެ ވައްޓަފާޅި މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. ފޮތްވެސް ވަނީ ވަރަށް ބޮޑަށް ބަދަލު ވެގެން ގޮސްފައެވެ. އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ލިޔެފައި ހުންނަ ފޮތްފޮތަކީ މުދައްރިސުންގެ އެހީއާއެކު ކިޔަވަން ލިޔެފައި ހުންނަ ފޮތްފޮތެވެ. މުދައްރިސެއްގެ އެހީއާ ނުލައި އެއިން ފޮތަކުން ކިޔެވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިހާރުގެ ފޮތްފޮތް ލިޔެފައި ހުންނަނީ އަމިއްލައަށްވެސް ކިޔެވޭ ގޮތަށެވެ. ފޮތް ކިޔަން ފެށީމާ އުފެދޭ ސުވާލުގެ ޖަވާބުވެސް ހުންނަނީ ދީފައެވެ.
Print

ޓީ ވީ އެމް - އެންޓަނާގެ ޝުޢޫރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ނޯޓު: މިއީ މިއަހަރުގެ ޓީވީ އެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށް ދުރަށް ދެއްކި، ޚާއްޞަ ޕްރޮގްރާމެއްގެ ސްކްރިޕްޓެވެ.

އާދަމް ނަޞީރު އިބްރާހީމް (2009)

އެއްގޮތެއްގައި ސާބިތުވެ ހުރުމަކީ ވަރަށް ރަނގަޅު ސިފައެއްކަމުގައި  ބުއްދިވެރީން ބުނާތީ އަޑު އަހަން. އެހެން ކަމަށް ވާނަމަ، މި ޤައުމުގައި އެ ސިފަ އެންމެ ފުރިހަމަޔަށް ހުރި އެކަކުކަމުގައި  ހަމަ ގައިމުވެސް އަޅުގަނޑު ވާނެ. 1978ގައި  އުފަންވީއްސުރެ އަޅުގަނޑު ފަކީރު އަދި މިހުންނަނީ މި ގޮތަށް. ހަނގުރާމައިގެ މައިދާނެއްގައި ފައިތިލަ ސާބިތުކޮށްގެން ހުރި ފަހުލަވާނަކު ފަދައިން، ހަމަ އެންމެ ފިޔަވަޅެއްވެސް ކަސިޔާރު އަތަކަށް ފިރާލާފައެއް ނޯންނާނެ. ވެހޭހާ ވާރެޔާ ދެހާ އަތްވާ ޖެހޭގައި ވައިގެތެރޭ އަޅުގަނޑުގެ އެންމެ ބޮޑު އުފަލަކީ، މި ޚިދުމަތް ތިޔަ ބޭފުޅުންނަށް ފޯކޮށްދިނުން.  ޤައުމު އަޅުގަނޑަށް ކޮށްދެނީ ކޮންކަމެއްތޯ ބެލުމުގެ ބަދަލުގައި އަޅުގަނޑުވެސް ބަލަނީ، އަޅުގަނޑަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ؟
Print

ރައިވެރިބެއާއި، ރުކާ

ޝާޢިއުކުރީ މަލިމް މުޙަންމަދު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


މަލިން މުޙަންމަދު ދީދީ
          
އާދެ! ފަތިހަކީ ވަރަށްވެސް ރީތިފަތިހެކެވެ. އުޑުމަތި ނުހަނު ސާފުވެފައި ވައިރޯޅި ވަރަށްވެސް މަޑެވެ. އިރުގެ އަލިކަން ދުނިޔެއަށް އަޅުވާލުމަށް ތައްޔާރުވަނީއެވެ. ރަށަކީ ޗިކެންފުއްޓެވެ. ގެއަކީ ދަނބުރުއްދޮށުގެއެވެ. ރައިވެރިބޭ އެއިނީ ރުކަށް އަރަންދާންވެގެން ބަދިގޭގައި ކާށެވެ. ކުރިމަތީގައި އެހެރީ އުސްތުނބަށް އަރުވާފައިހުރި ކަނޑޫތައްޓެކެވެ. ތުންތެޅިލާފައިހުރި ބޯތަށީގައި އެހެރީ ލަނޑާގަރުދިޔައެވެ. ގޭނި ހުނިކޮޅުހުރި ތަގަރި އެހެރީ އަތްފޯރާ ހިސާބަށް ކައިރިކޮށްލާފައެވެ. ރުށްއަރާކަމުގެ ހެކި ދައްކަނީ ލާހިތަށީގައި އެހެރަ ހަވީރީ ހަކުރެވެ. ކަމުން އެގެންދަނީ ވަރަށް އަވަސްއަވަހަށެވެ. ކައި އަވަދިވެގެން ބޭރަށްނުކުމެ، ފެންތުޅަލެއްނަގައި އަތްދޮވެލައިގެން ކޮޅަށްހުރެ ފެން ބުއިލެއް އަވަސްކަމުން، މިއަކަނުން ފޭބިފެނުން ބަޑާއި މޭމަތި އެހެރީ ހިސާބަކަށް ތެމިފައެވެ.
Print

މުސަޅު ޖަނާޒާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2002)


މި ފަހަރު ސަމާސާ އަދަބުގެ މި ޞަފުޙާގައި ލިޔެލަން މިއޮތީ އަޅުގަނޑު ވަރަށް ޤަދަރު ކުރާ ޢިއްޒަތްތެރިޔަކަށް ދިމާވި ކަމެއްގެ ވާހަކަ އެވެ. އޭނާ އަޅުގަނޑަށް ކިޔައިދެއްވި ގޮތަށް މިވާހަކަވެސް ތިޔަ ބޭފުޅުންނާ ހަމަޔަށް ހުށަހަޅާލެވޭތޯ ބަލާނަމެވެ. ސީދާ މައުޟޫޢަށް ޖެހިލުމުގެ ކުރިން އިތުރު ދެއެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ!


ކޮންމެ ބަހެއްގައި ވެސް އުފެދޭ މަޖާޒަކީ، ވަަރަށް އާދަޔާ ޚިލާފު އެއްޗެއް ދޮގެއްތޯ އެވެ! އެނގިވަޑައި ގަންނަވާނެ ފަދައިން ބަހުގެ މަޖާޒަކީ، އެބަހެއް ބުނުމުން އެއިން ދޭހަވާ އަސްލު މާނަ ނޫން އެހެން މާނަ އެއް ނެރެދޭ ބަސްބަހެވެ.  
Print

ނިދާފައި އޮތިއްޔާ އަޅައިނުލައި؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ



މިއީ ތަންކޮޅެއްކުރީގެ ވާހަކައެކެވެ. މާ ފަހުގެ ވާހަކައެއް ނޫނެވެ.

 އަޅުގަނޑުގެ ރައްޓެއްސަކު ކިޔައި ދިނެވެ. ތިމަންނަ ސްކޫލުގައި އުޅުނު އިރު، ތިމަންގެ ކިލާހުގައި މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ކުއްޖަކު އުޅުނެވެ. ނުވަތަ  ބޭފުޅަކު އުޅުއްވި އެވެ.


އެދުވަސްވަރު ދިވެހިންގެތެރޭ  އިޖުތިމާޢީ އަދަބުތަކާއި ހަމަތަކަށް ރިޢާޔަތްކުރުން  އޮތް  މިންވަރުން، އެފަދަ އާއިލާތަކުގެ ކުދީންނަށްވެސް ވަރަށް ޤަދަރު ކުރެއެވެ. އެންމެންވެސް އެކުދީންނަކީ އެކުދީންކަން ދަނެއެވެ.
Print

ނުރޯށެ ކަލޭ މައި ޑިޔަރު މިތުރާއޭ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2009)

ފަންޑިތަވެރިކަމަކީ، ޤަދީމީ ދިވެހިންގެ އާދަކާދައިގެ އެއްބައެވެ. ގަބޫލުކުރުންތަކާއި ފިކުރުތަކުގެ ވެސް އެއްބައެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި، ބަލިޙާލާއި، ތަދުމަޑުކަމުގެ ވަގުތުގައި އެންމެ އަވަހަށް ފިކުރުތައް ފިރާލާ އެއް ދިމާޔަކީ، ފަންޑިތަވެރިކަމުގެ ފަރާތެވެ. ޝިފާއާއި ބާއްޖަވެރިކަން ލިބިގަތުމަށެވެ. ރޯދި ބަރަކާތް އިތުރުކުރުމަށެވެ.  ދިރިއުޅުން ތަނަވަސްކުރުމަށެވެ. އުފަލާއި ހިތްހަމަޖެހުމާއެކު  އާއިލާ ދުޅަހެޔޮކަންމަތީ ލެހެއްޓިގެންވުމަށެވެ. މި ފަދަ ކޮންމެ ކަމަކަށް  އެދި ކުރެވޭ އެންމެ ޚާއްޞަ އެއްކަމަކަށް ވެފައި އޮންނަނީ، ފަންޑިތަވެރީންނޭ ކިޔާމީހުންގެ ކިބައިން ކޮންމެވެސް ކަންތައްތަކެއް ލިބިގަތުމެވެ.
Print

މި ކުއްޖާ ފިރިހެން ކުއްޖަކަށް ވާނީ ކޮން އިރަކުތޯ؟

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

އެތަން މިތާނގައި މީހުންނަށް ނަކަތްތެރިކަން ކޮށްދީ ރާހިބަލައި އުޅޭ ނުޖޫމީންގެ މީހަކު އެއްދުވަހަކު، ގޮސް ޢަރަބީންގެ ކުޑަވަރެއްގެ ރަށަކަށް ފައިބާއްޖެ އެވެ. ދެން އެރަށުގައި ހިނގަމުން ގޮސް، ރަނގަޅުހެން ހީވާ ގެޔަކަށްވަދެ، ތިމަންނާއީ ބީރައްޓެއްސަކީމޭ ބުނެފި އެވެ. މީގޭގެ ވެރިމީހާ، ވަންނާށޭ ބުނެ ވައްދާފައި، މީނާއަށް މެހުމާނުގިރީ ކުޅައުމައިގެން އުޅެގެންފި އެވެ.
Print

ހާރުދަމުގެ ބުއްފުޅި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ޞާދިޤު

ހާރުދަމު ގޭގެ މީހުން ބަތްކޭތަށިތައް ދޮވެ ނިންމާފައި އައިސަޔަށް އޮށޯވެވުނު އިރު ހަތަރުގަޑި ބައިވަނީއެވެ. ކަރަންޓު ކަނޑާލިތާ އިރުކޮޅެއް ވެއްޖެއެވެ. މިހާރު މުޅި ގޭގައިވެސް ހުރީ ބާވަތް ބާވަތުގެ ބައްތިތަކެވެ. ދާދިކައިރީގައި އަތްބައްތިއަކާ ފުޅިބައްތިއެއްވެސް އެބަހުއްޓެވެ. ބަދިގޭގައި ހުރީ އަތްބައްތިއެކެވެ. ގޭތެރޭގައި ހުރި އަތްބައްތި ނިވާނުލެވި ހުރީތީ އެވެސް މިހާރު ނިވާލައިފިއެވެ. އަތްބައްތިއަކީ އަތުން ހިފައިގެން އުޅެވޭގޮތަށް ހަދާފައިހުންނަ ބާވަތެއްގެ ދިގު ބައްތިއެކެވެ. އެއަށް ސާފު ތެޔޮ އަޅަން ޖެހޭނީ ފީތާ ލައްވާފައި އޮންނަ ތުންގަނޑު ނަގައިގެންނެވެ. ތެޔޮ އަޅާނީ މަތީގައި އެކަމަށް ވަކިން ހުންނަ ބަޔަށެވެ.
Print

އަން! މި އޮތީ ތިޔަ އެއްޗަކީ.....؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2003)


ރާއްޖޭގެ އަތޮޅުތަކުގެ ޒޯން ފުޓުބޯޅަ މުބާރާތަކަށް ރަށެއްގެ ބަޔަކު ތައްޔާރު ވަމުންދަނީ އެވެ.  ރަށަށް ރީތި ނަންހޯދާން، މޮޅު ކާމިޔާބީ ހޯދާން މުޅި، ރައްޔިތުން ވަނީ އެކަތިގަނޑަކަށްވެ އެއް އަންބާއެއް ފަށާފައެވެ. ހަގެއް ދޮޓެއް މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަގީރެއް، އަންހެނެއް ފިރިހެނެއް،  ވަކި ތަފާތެއް ނެތި އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ