އަދުގެ ޚާއްސަ

ސަމާސާ އަދަބު

Print

ތަލަތަ؟ ދެރަނުވޭ !

ޝާޢިއުކުރީ ޝާޒް (ތަޖޫބެ) . ހިމެނޭބަޔަކީ ސަމާސާ އަދަބު

ދިވެހި ފިރިހެނުންގެ ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ އާއްމުކަމެކެވެ. ސައިހޮޓާތަކުގައްޔާއި ކެފޭ ރެސްޓޯރަންޓްތަކުގައްޔާއި ހޮޅުއަށިއަށީގައި އެންމެ ބާރަށް ވާހަކަ ދެކެވޭ މަޢުޟޫއަކީ “ ތަލަވާ މައްސަލަ ” އެވެ. އެކިމީހުންގެ ބޮލުން އިސްތަށި ފައިބަނީ އެކިގޮތަށެވެ. އެއްބައެއްގެ ނިތްކުރީގެ ދެފަރާތު ކައިރިއަށް ޚަރީފްމޫސުމް އާދެއެވެ. އަނެއްބައެއްގެ ބޮލުގެ މެދަށް ސުނާމީ އަރައެވެ.

ތަލަވާން ފެށުމުން ފުރަތަމަކޮޅު މަސައްކަތް ކުރަނީ އިސްތަށިކޮޅު ސަލާމަތުން ހުރިދިމާ ކާނާއަޅާ ބޭސް ދީގެން ދިގުކޮށް ތަލަވާހިސާބު ފޮރުވައިލެވޭތޯއެވެ. ފަހަތުން ދިގުކުރާ ތޮރާވެޔޮ ކުރިމައްޗަށް އެއްލައެވެ. އަރިމަތިން ދިގުކުރާ ޕެޝަންފުރުޓްވެޔޮ ބޯމަތިން އަނެއްފަޅިއަށް
Print

ވެން ޑިޑް ދޭ ކަމް ނޯ ނޯ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ޝާރިފް/ ޅ.ނައިފަރު

26 ޑިސެމްބަރ 2004 ވަނަ ދުވަހު ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރިމަތިވި ބޮޑުރާޅުއެރުމުގެ ޤުދުރަތީ ކާރިޘާއަކީ ފަހުގެ ތާރީޚުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އަދި ނުހަނު ހިތާމަވެރި ކާރިޘާއެކެވެ. މި ހިތާމަވެރި ކާރިޘާގައި އެތަށް ހާސްބައެއްގެ ފުރާނަގެއްލި އެތަށް ޤައުމަކަށް އުމްރާނީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ނާޒުކު ކުދިކުދި ރަށްތައްވެސް  މި ބޮޑު ޤުދުރަތީ މުސީބާތުގައި ވަނީ "ދޮވެލައިފައެވެ". މިކާރިޘާގައި މިދުނިޔެ ދޫކޮށްދިޔަ އެންމެހާ އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އަދި ކާރިޘާގައި ޙާލުގައި ޖެހުނު މީހުންގެތެރެއިން އަދިވެސް ބިކަ ޙާލުގައި އުޅެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮގޮތްތަށް މެދުވެރިކުރައްވައި އެޙާލުން އެއުރެން މިންޖުކުރައްވާށި އެވެ.  އާމީން.
Print

ސައިތާނު

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން


{ޚަލީފާ ހޫރާނުއްރަޝީދު ރަސްގެފާނުންގެ އާދަފުޅަކީ ދެ އަހަރުން އެއް އަހަރު ޙައްޖަށް އަނެއް އަހަރު ހަނގުރާމައަށް ވަޑައިގަތުމެވެ.


އެއް އަހަރު ޙައްޖަށް ވަޑައިގެންފައި އެނބުރި ވަޑައިގެން ބަޣުދާދަށް އަރައިވަޑައިގަތް ދުވަހު ރަށު އެންމެންހެން خلق الله ރަށް ބޭރަށްނުކުމެ އެއްވެފައިވެއެވެ.


ރަސްގެފާނު ވަރަށްބޮޑު ހުދު އެތެއްގެ މަތީގައި ނޫކުލައިގެ ގުއްބެއް ބަހައްޓަވައިގެން އޭގެ ތެރޭގައި ފޮރުވިވަޑައިގެން އިންނެވޫއެވެ.}
Print

ބިރުވެރި ފިލްމުގެ އަސަރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޯޓް: މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު އަދާކުރާ ވަޒީފާގެ ގޮތުން ކޮންމެ ހަފްތާއަކު ސަމާސާ ލިޔުމެއް ލިޔަން ޖެހުނެވެ. އެހެންވީމާ ބައެއް ފަހަރަށް އަޅުގަނޑަށް ދިމާވީކަމެއްގެ ވާހަކަ، ބައެއް ފަހަރަށް އެހެން ކޮންމެވެސް މީހަކަށް ދިމާވީ ކަމެއްގެ ވާހަކަ، އަދި ބައެއް ފަހަރަށް ކޮންމެވެސް ފޮތަކުން ނުވަތަ މަޖައްލާއަކުން ފެންނަ ސަމާސާ ލިޔުމަކުން ސިކުނޑިއަށް ވަންނަ ޚިޔާލެއްގެ މައްޗަށް ލިޔަނީއެވެ. މިއީވެސް މިދެންނެވި ގޮތަށް ލިޔަން ކުރެވުނު މަސައްކަތެއްގެ ނަތީޖާއެވެ. 
Print

ރޯދަ މަހުގެ ކަރާފަނި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ޞާދިޤު

ތޮއްޑޫ ޒުވާނެކެވެ. އެއީ ރާއްޖޭގައި އޮންނަ " ކަރާގެ ސަހަރެވެ". އެކަމަކު އެރަށު މީހަކުވެސް މާލޭގައި އުޅޭކަމަށް ވަނީ ވިއްޔާ އަޅުގަނޑުމެނަށް ވެސް ގަބޫލު ކުރެވޭނެފަދައިން އޭނައަށް ވެސް އެރަށުކަރައެއް ލިބޭނީ އެހެންނާ މާރުކޭޓުން ގަނެގެންނެވެ. ނޫނީ އެރަށު މީހަކު ފޮނުވިއްޔާއެވެ. މިތަނުން ފަހުން މިދެންނެވި ނަސީބު  އެޒުވާނާއަށް ވަނީ ލިބިފައެވެ. އެރަށުން އޭނާގެ ތިމާގެ މީހުން ކަރާ ފޮނުވައެވެ. ޚާއްޞަކޮށް އޭނާގެ ތިމާގެ މީހުން ރޯދަމަހު
Print

ޕަހަޕަހައިސް!!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


''މޫސަބޭގެ ކަޅުރަތްހާ" މި މައުޟޫޢުގެ ދަށުގައި އަޅުގަނޑު ތަންކޮޅެއް ކުރީން ފަންވަތުގެ އަހުލުވެރިންނާ ހާދިސާއެއް ހިއްސާކޮށްލީމެވެ. އެ މަޒުމޫނު ވިދާޅުވި ބޭފުޅުން މިހާރު މޫސަބޭގެ މިޒާޖަކަށް ބީރައްޓެއްސެއް ނޫން ދޮގެއްތޯއެވެ؟ މޫސާބޭގެ ވައްޓަވާޅިއާއި ދިރިއުޅުމުގެ ގޮތްބާވަތް ތަޞައްވުރުކޮށްލައްވާކަށް ދަތިފުޅެއް ނޫން، އެހެން ނޫންތޯއެވެ!

މި ފަހަރުގެ މި ފަތްފުށުގައި ވެސް މިހިމަނާލަނީ އެ މޫސަބޭގެ ވާހަކަ އެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އެ މޫސާބޭ އަކީ، ވަރަށް ތަފާތު މިޒާޖެއްގެ މީހެކެވެ. އުޅުންތެރި މަސައްކަތްތެރިި މީހެކެވެ. ކާބަފައިންގެ އާދަކާދަތަކާއި ގޮތްފޮތް ދަމަހައްޓަން ފިސާރި ވަރު ހުންނަ އަބުއި މީހެކެވެ. މާބޮޑު ތަޢުލީމެއް ލިބިފައިނެތަސް ދުނިޔޭގައި ހިނގާކަންކަމާމެދު ފިކުރުހިންގައި އެކަންކަމާބެހޭ މަޢުލޫމާތުތައް ހޯދުމަށް ވެސް ޝައުޤުވެރިކަން ބަހައްޓާ މީހެކެވެ.

Print

އަނބީންދެކެ ބިރުގަންނަ ކޮންމެ މީހަކު ޙިމާރެއް ދޭންވީއެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން

އެންމެންގެ ތެރޭގައި ނަން މަޝްހޫރުވެގެންވާ އަބޫނަވާސް އެއްދުވަހަކު ގޮސް ޚަލީފާ ހާރޫނުއްރަޝީދުގެ ދަރުބާރަށް ވަންއިރު މިތާނގައި އެންމެން ތިބެގެން ރަސްގެފާނުންގެ އަރިހުގައި ދައްކާ ވާހަކައަކީ އަނބީން ދެކެ ބިރުގަންނަ ފިރިހެނުންގެ ވިޔަޔާނުދާކަމުގެ ވާހަކައެވެ.

ރަސްގެފާނުވެސް މިވާހަކަޔާ ވަރަށް ހިތްޕުޅާ ހަމަކުރައްވައިގެން އިންނަވާ ކަހަލައެވެ. އަބޫނަވާސް ހަމަ އެކައްޗެއް ނުދަންނަވައި އިންދައި،  ވިދާޅު ބަސްފުޅު އިއްވައައިފިޔޭ.  ބަލަބަލަ ކަލޭގެ މިވާހަކަޔާ ހަމައެކައްޗެއް ނުބުނެ ތިޔަ އިންނަނީ ކީއްވެފައި ހެއްޔެވެ. އަބޫނަވާސް ދަންނަވައިފިޔޭ. އަޅުގަނޑު މިއިނީ ތިޔަ ވާހަކަޔާ ހިތާވީ ވަރުން އަލުނ
Print

މޫސަބޭގެ ކަޅުރަތްހާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (1999)

ބަރަކާތްތެރި ރަބީޢުލްއައްވަލު މަހުގެ ބާރަވިލޭރެ އަކީ، ދިވެހީން އިހުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އައި ރެއެކެވެ. ރަބީޢުލް އައްވަލު މަހަށް ހަނދުބަލައިފި ނަމަ ބޮޑު، ޢީދަކަށް ތައްޔާރުވާ ފަދައިން އަންހެން ފިރިހެން ކުދިބޮޑު އެންމެން އެމަހުގެ  ބާރަ ވިލޭރެއަށްޓަކައި ތައްޔާރުވާން ފަށައެވެ.  އެޒަމާނުގެ މީހުން ގަބޫލު ކުރާގޮތުގައި 12 ވިލޭރޭ ކިޔޭ ބޮޑު މާލޫދަކީ އެކަމުގެ ސަބަބުން އެތައް ބަރަކާތަކާއި ދަރުމައެއް ލިބޭ ކަމެކެވެ.  އެހެން ކަމުން ބޮޑުމާލޫދަށް ތައްޔާރު  ވަނީ ވަރަށް ފުރިހަމަ އަށެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހާގެ ގެއިން  މާލޫދު ހަރުގެޔަށް އެރުވޭ ކޭމަކީ އެންމެ ފެންވަރު ރަނގަޅު ކޭންކަމުގައި ހެދޭތޯ އެވެ. ބޭ ކޮރަސް ކޭން ކޮރު ނުވެ ވޭތޯއެވެ.
Print

ރަހާގެ ޚަބަރު - 1 ( ސިލްސިލާ ބަޚަބަރު)

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ ސަމާސާ އަދަބު

 

އަޙުމަދު ނާޞިރު – ޑައިމަންޑްވިލާ ، ސ. ހިތަދޫ

ޓީވީ ޚަބަރު ބެލުމަކީ  ރަހާ ނިކަން ކުރާހިތްވާ ކަމެކެވެ. މިގޮތުން އެއްދުވަހު 8 ގެ ޚަބަރު ބެލުމަށް ރަހާ ޓީވީ ކައިރީގައި، ފެންޑާގައިހުރި ސޯފާއެއްގައި އިށީނެވެ. ޚަބަރުތަކުގެ ސުރުޚީތަކަކަށްފަހު ތަފްސީލު ހުށަހެޅެމުންދިޔައެވެ. މިހެންގޮސް ވަކިހިސާބަށް ދެވުނުތަނާ ރަހާ ވަރަށް ސީރިއަސް ވެ އިންތަންފެނުނެވެ. އޭރު ކިޔަމުން ދާ ޚަބަރަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލިހުގެ އިންތިޚާބުގެ ވާހަކައެވެ. އޭގައި އެއްވެސް ޕާޓީއަކަށް އެކަށީގެންވާ ވަރަށް ގޮނޑި ނުލިބޭ ކަމާއި ކާމިޔާބު ކުރުމަށް މަދުވެގެން 200 ގޮނޑި ހޯދަންޖެހޭނެކަމަށް އެޚަބަރުގައި ބުންޏެވެ. މިހިސާބަށް ދިޔަތަނާ ރަހާ ޓީވީގެ އަޑުކަނޑާލާފައި ދެންތިބިމީހުންނާ މޫޚާޠަބުކޮށް ބުންޏެވެ. " މިއީ ހާދަހާ ފަޤީރު ބައެއް. އެއިން އެއްވެސް ބަޔަކަށް 200 ގޮނޑި ނުލިބުނު. މިހާރު މަމިއިންތަނުން ތެދުވެ ނިކުމެގެން ދިޔަޔަސް 15 މިނެޓް ތެރޭ 200 ގޮނޑި ގެންނާނަން"

Print

އެކިޔާ އަބޫޖަހުލު... ބުނަންތާ ބޮޑު މުއްސަންޖެއް!؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ހެއްވާ ވާހަކައާއި ހެއްވާ ކަންކަމާއި ހާސިދާ ތަކާމެދު، ގިނަބަޔަކު ޝައުޤުވެރިކަން ހުރެއެވެ. ބައެއް ފަހަރަށް މީހުންނަށް ދިމާވާ ހެއްވާ ކަންތައްތަކުގެ ވާހަކަ ސީދާ އެމީހަކު އަމިއްލައަށް އެހެން މީހުންނަށް ކިޔައި ދެއެވެ. އަނެއްބައި ފަހަރަށް މަންޒަރު ދުށްމީހަކު، ނުވަތަ އަޑު އެހިމީހަކު، ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތަކުން އެ ފަދަ ކަމެއް ހިތަށް ނެގުނު މީހަކު ވެސް ކިޔައިދީފާނެއެވެ. މީން ކޮންމެ ޙާލަތެއްގައިވެސް ބޭނުމަކަށް ވެފައި އޮންނަނީ ދާދި އެއްކަމެކެވެ. މުނިފޫހި ފިލުވުމެވެ. ހިތަށް އުފާވެރިކަން ހޯދުމެވެ. ތިމާގެ އަމިއްލަ ނަފުސަށާއި، އެހެންމީހުންނަށް ހިތްއުފާވެރިކަން ހޯދައިދިނުމެވެ. އަޅުގަނޑަށް ދިމާވެފައިވާ ބައެއް ކަންކަމާއި، އިވި ފެނިފައިވާ ބައެއްހާދިސާ މި ފަތްފުށުގައި މިހިމަނާލަނީ އެއްވެސް ފަރާތަކަށް ހަޖޫ ކިޔުމުގެ ނިޔަތެއްނެތި އިސްވެ ދެންނެވި މަޤުޞަދުގަ އެވެ.

ޢުމުރުން ފަންސާހާ ގާތްކުރަމުންދާ އަންހެނެކެވެ. އަޅުވެރި ދީންވެރި މީހެއްވެސް މެ އެވެ. ޢުމުރުގެ ފަހުކޮޅަށް ދިޔަ ދިޔަހެން ދީނަށް ހުރި ލޯބި ވީ އިތުރެވެ. ދީނީ އަޅުކަން އަދާކުރުމަށް ހުރި ފޯރި ވީ ގަދަ އެެވެ. ފަހަކަށް އައިސް އެންމެ ބޮޑު އުންމީދަކަށް އޮތީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓައި ފުރަ އިތުރު މައްކާ އަށް ދިޔުމެވެ. މިކަމަށް ގަސްދުކޮށް ނިޔަތްގަތް ްފަހުން ގިނަ ގިނައިން ސީރަތު އަޑު އެހުމަކީ، އޭނާގެ އެންމެ ބޮޑު އުފަލެވެ. ސީރަތުގެ ވަރަށް ގިނަތަން އޭނާ ހިތުދަހެވެ. އެހެން ނަމަވެސް...............؟؟

Print

ބުރުނު ކޮޅިގަނޑު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

އާދަމް ނަޞީރު އިބްރާހީމް

ރާއްޖޭގައި ރިޔަލު ދަތުރު ފަތުރު ކޮށް އުޅުނުޒަމާނެވެ. ދަނޑުވެރި ރަށެއްގެ ބަޔަކު މީހުން މާލެ ދިޔުމަށްޓަކައި އޮޑި ދަތުރަށް ހަދަނީއެވެ.  އެއްބަޔަކު ދަރުކޮށައިގެން އަތިރިމައްޗަށްނެރެ އަތިރިމަތީގައި ދަރުތައް މާރުމާރަށް ބައިިޖަހަމުން ދެއެވެ. އަނެއްބަޔަކު ރުއްރުކުން ކުރުނބާ، ބާނައި އިހާތައް ބިމުޖައްސަމުންދެއެވެ. ވަލުހިނގާ މީހުން ހޮވިފައި ހުރި ކާށިތައް އަތިރިޔާވީ ފަރާތަށްނެރެ އެތާ ހުރި ފޭރާ އެއްގެ ދޮށަށް ފުނިޖަހައި، ހެހި، ގުނައި، ގޯނި ގޯންޏަށް އަޅަމުން ދެއެވެ. ރޯނުވަށާ މީހުންނާއި ފަންގިވިންނަ މީހުން ވެސް ތިބީ އެމީހުންގެ އުފެއްދުންތައް އެކަށައެޅުމުގައި އަވަދިނެތިފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ