އަދުގެ ޚާއްސަ

ސަމާސާ އަދަބު

Print

އާދަޔާ ޚިލާފު ކުލަބުތައް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ހުޅަނގަކީ ޙައިރާންވާ ކަހަލަ އެތައް ކަމެއް ފެންނަ ތަނެކެވެ. އަޅުގަނޑުމެން ތިންވަނަ ދުނިޔޭގެ ކަޓު މީހުންނަށް ވިސްނައި ނުގަނެވޭ އެތައް ކަމެއް ހުޅަނގުގެ މުޖުތަމަޢު ތަކުން ފެންނާން އެބަހުއްޓެވެ. އެމީހުން ދެކޭ ގޮތުގައި އެ ކަންތައްތައް އަޅުގަނޑުމެންނަށް ނުވިސްނެނީ އަޅުގަނޑުމެންގެ ވިސްނުން ކޮށި ކަމުންނެވެ.

ހުޅަނގުގެ ޤައުމު ތަކުގައި އެކި ކަންކަމަށް އެކި ކްލަބް ހަދާފައި ހުރެއެވެ. އަޅުގަނޑުމެންގެ ސަރުކާރު މުވައްޒަފުންގެ ނާދީ ކަހަލަ ކްލަބް ތަކެވެ. ބައެއް ޤައުމު ތަކުގައި ހުސްހަށި ބައި މީހުންގެ ކްލަބް ހުރެއެވެ. އެ ކްލަބްގެ ޤަވާޢިދުގެ ފުރަތަމަ މާއްދާގައި އޮންނަ ގޮތުން ކްލަބްގެ މެންބަރަކު އަންހެން ކުއްޖަކާ ވާހަކަ
Print

އެ މީހުން އެ މަރުވަނީ.....

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


އެ މީހުން އެ މަރުވަނީ ހަމަ ކަލިޔާބިރިންޖީ ކޮޅެއް ވެސް ނުލިބިތާޔޭ


ފަޟީލަތުއްޝައިޚް އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

އިހުޒަމާނެއްގައި އެއްފަހަރަކު ރާއްޖެ ތަދުވެގެން، ރަށްރަށުން މީހުން މަރުވާ ވާހަކަ، އޭރު ހުރި ހަނދޭގިރި ތަކުރުފާނަކު، އައިސް ރަސްގެފާނުގެ އަރިހުގައި ދަންނަވައިފި އެވެ.

ރަސްގެފާނު: އެ މީހުން އެ މަރުވަނީ
Print

ޝަރަފުވެރި މެހްމާން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ރާއްޖެތެރޭގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރެވެ. އެ މުބާރާތް ރޭވިފައި އޮތް ގޮތުން ފުރަތަމަ އޮތީ އަތޮޅު ބުރެވެ. އެ ބުރުގައި ކުޅެނީ އަތޮޅު ގެ އެކި ރަށް ރަށުގެ ޓީމު ތަކެވެ. ދެވަނަ ބުރަށް ދަނީ އަތޮޅުން އެއް ވަނަ ހޯދާ ޓީމެވެ. ދެވަނަ ބުރު ރޭވިފައި އޮތީ މުޅި ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން ކުޅޭ ގޮތަށެވެ.
Print

ހުވަފެނުގެ ތަޢުބީރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ހުވަފެނުގެ ތަޢުބީރަކީ މިހާރު ވަރަށް ވައިގައި ހިފާފައި އޮތް ކަމެކެވެ. ހުވަފެން ތަޢުބީރު ކުރުމަކީ ޢިލްމެކެވެ. އެ ޢިލްމު ލިބިގެން ހުރި މީހަކު ދިވެހިރާއްޖޭގައި ހުރި ކަމެއް އެނގިފައެއް ނެތެވެ. ބައެއް މަޖައްލާ ތަކުން ހުވަފެނުގެ ތަޢުބީރު ހުށަހަޅައި ދެނީ އެ ފަންނުގެ ޢިލްމުވެރިން ލިޔުއްވާފައި ހުންނަ ފޮތް ފޮތުން ބަލައިގެންނެވެ. އެއީ އެކަން ކުރެވޭން އޮތް ގޮތްވެސް މެއެވެ.
    
ފާތުންނަކީ ހުވަފެނުގެ ތަޢުބީރަށް ވަރަށް ބޮޑަށް ލެނބިފައި ހުންނަ މީހެކެވެ. ހުވަފެނުގެ ތަޢުބީރު ގެނެސްދޭ މަޖައްލާ ތަކުން ތަޢުބީރު ގެނެސް ދިނުމަށް ފަހު އޭގެ މައްޗަށް ދިރިއުޅުން ބިނާ ނުކުރުމަށް އެދިފައި ހުރެއެވެ. އެ އެދުމަށް
Print

ވެރިމީހާގެ ރުޅި އާއި ސަޢީދުގެ ޖަވާބު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
   
ކުއްލި ޖަވާބު ދިނުމަކީ ހުނަރެކެވެ. އެއީ ޤުދުރަތީ ހުނަރެކެވެ. އެ ހުނަރު ލިބިފައި ހުންނަނީ އެކި މީހުންނަށް އެކި ވަރަށެވެ. ގިނަ މީހުންނަކަށް މި ހުނަރެއް ލިބިފައެއްވެސް ނުހުރެއެވެ.
    
ރާއްޖޭގައިވެސް ކުއްލި ޖަވާބަށް ވަރަށް ކުޅަދާނަ މީހުން އުޅުނެވެ. އަދި މިހާރުވެސް އެބަ އުޅެއެވެ. އޭގެ ތެރޭގައި ވަރަށް މަޝްހޫރު މީހުންވެސް ހިމެނެއެވެ. ގިނަ ފަހަރަށް
Print

މުޖައްރިބު ފަންޑިތަ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ލަޠީފް/ ށ، މިލަންދޫ.

އެތެރެގޭ މަރިޔަމް މަނިކެއާއި މުދިންބޭގެ އަލިފުޅު ކައިވެނިކުރިއިރުވެސް މަރިޔަމް މަނިކެއަކީ ބަލިކުއްޖެއްކަމުގައި މީހުން ބުނެއުޅޭ ކުއްޖެކެވެ. މުދިންބެގެ އަލިފުޅު މަރިޔަމް މަނިކެއާއި ކައިވެނިކުރި އިރުވެސް މުދިންބެ މި ކައިވެންޏާ ޤަބޫލެއް ނޫނެވެ. އިސްވެ ބުނެވުނު ސަބަބަށްޓަކައެވެ. ނަމަވެސް އަލިފުޅު ގޮތްދޫނުކުރުމުން މުދިންބެ، މުދިންބޭގެ ގޮތް ދޫކޮށްލީއެވެ.
Print

މާކަށިކޭލު ގަރުދިޔައާއި އެނދި ހޯލި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޢަލީ ޙާފިޡް ހއ. އުތީމު


ޢަލީގެ ޙަޔާތުގެ ކުރީކޮޅެވެ. ރަށު މަދަރުސާގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރަމުން ދިޔަ ދުވަސްވަރެވެ. ކެއުމަށް އާދަޔާ ޚިލާފު ފޯރި ހުންނަ އަލީ ސްކޫލަށްދަނީ ހެނދުނު ހެނދުނާއެވެ. އާއިލާގެ ތަނަވަސްކަމާ ކެރި ފޯރުންތެރިކަން ހުންނަގޮތުން ހެނދުނު ބުއްތަށްޓެއް ވެސް  ލިބުމަކީ ވާ ވަރުކަމެއް ނޫނެވެ. ޢަމުދުން ކަޅުފެންތަށްޓެއް ވެސް ޢައްޔަށް ނުބޮވެނީ ތަބީޢަތުގައި ހުންނަ ނިކަމެތިކަމަކުންނެވެ. މާހެނދުނާ ގޮހޮރަށް
Print

ފިހާރަ ހުޅުވުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ބައެއް ފިހާރަތައް ނަމާދު ވަގުތަށް ނުވަތަ އެހެންވެސް ކަމަކު ބަންދު ކޮށްފައި ދެން ހުޅުވާނީ މިވެނި ގަޑިއެއްގައޭ ލިޔެފައި ބޭރަށް ފެންނަ ގޮތަށް ބަހައްޓާފައި ހުރެއެވެ. އެކަމަކު ގިނަ ފިހާރަތަކުގައި ހަމައެކަނި ބަންދު އަޅުވާފައި ހުންނަނީއެވެ. ދެން ހުޅުވާނޭ ވަގުތެއް ނޭނގެއެވެ.
    
ބަރާބަރު ޝޮޕިންގ ސެންޓަރަ ކީ މި ދެންނެވިހެން ހަމައެކަނި ބަންދު އަޅުވާ ފިހާރައެކެވެ. އެއީ ހުރިހައި ބާވަތެއްގެ މުދާ ލިބެން ހުންނަ ތަނަކަށް ވާތީ ވަރަށް ގިނަ މީހުން އެތަނަށް ވިޔަފާރި ކުރަން ދެއެވެ.
Print

ސުވާލުގެ ޖަވާބު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ނަސީމު ތ. ކިނބިދޫ
 
އިބްރާހިމް ޢަލީ އާއި ޢާއިޝަތު ޝެޒްލީން އިނދެގެން އުޅޭތާ ބާރަވަރަކަށް އަހަރު ވެދާނެއެވެ. ދެމީހުންގެ ކައިވެންޏަށް ބާރަ އަހަރު ވީއިރު އެ ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވެއެވެ. އެންމެ ދޮށީ ކުއްޖާގެ ޢުމުރަކީ ދިހަ އަހަރެވެ. އަދި އެންމެ ހަގުކުއްޖާގެ ޢުމުރަކީ ހަތަރު އަހަރެވެ.
    
އާދައިގެ މަތީން އޮފީހުގެ މަސައްކަތަށްފަހު އިބްރާހީމް ހަވީރު ގެއަށް އައެވެ. ގޭގެގޯތި ތެރެއަށް ވަނުމާއެކީ އެފެނުނު މަންޒަރަކުން
Print

ކިޔޫގެ މައްސަލަ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ކޮމިއުނިސްޓް ޤައުމުތަކުގައި ރައްޔިތުންގެ އެއްޗިއްސެއް ނުހުރެއެވެ. ހުންނާނީ ހުސް ސަރުކާރުގެ އެއްޗިއްސެވެ. ރައްޔިތުން ކުރަން ޖެހޭ ކަމަކީ މަސައްކަތް ކުރުމެވެ. މަސައްކަތުގެ ބަދަލުގައި ރައްޔިތުން ބޭނުންވާ ހުރިހައި ކަމެއް ސަރުކާރުން ކޮށްދޭނެއެވެ. ކާން ބޯން ދޭނީ ސަރުކާރުންނެވެ. އަންނައުނު ދޭނީ ސަރުކާރުންނެވެ. ހުރިހައި ރައްޔިތުންނަށް ވެސް ލިބޭނީ އެއް މިންވަރަކަށެވެ.
Print

ނުފެނުނު ހެދިކާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަލީ މުނީޒު  މަގުސީދާގެ  ހދ. ނޮޅިވަރަން

ދުވަސްވަރަކީ ދަތުރުފަތުރުގެ ބިކަ ޒަމާނެވެ. މިހާރު މިދެކޭ ރަންޒަމާން ހުވަފެނަކުން ވެސް ނުދެކޭ ޒަމާނެވެ. ރިޔަލަކީ އިންޖީނުކަމުގައި ބެލި ޒަމާނެވެ. އެ ޒަމާނުގައި ފަންސަވީހަކަށް ފޫޓު ހުރެއްޖެނަމަ އެ ވާނީ މިހާރުގެ "ބަހާދަރު"އަށެވެ. މާލެއިން ފުރައިގެން ތިލަދުންމައްޗަށް ހަފުތާއެއްހާ ދުވަހުން އާދެވިއްޖެނަމަ މިހާރުގެ މަތިންދާބޯޓުދަތުރަކާ އެއްވަރުވީ އެވެ.
Print

އެއީ މިލިޔަނުގެ މީހެކެވެ.

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

އާމިނަތު ބޭނުންވީ މުޙައްމަދާ ކައިވެނި ކުރާށެވެ.
ނަމާދުން އަވަދިވުމަށްފަހު މައިން ބަފައިންގެ ގާތުން މިކަމުގެ ލަފަޔަކަށް އެއްސެވެ.
އަޅުވެރިއެއްގެ ކިބައިންވެސް މިކަމުގެ ލަފަޔަކަށް އެހުނެވެ.
އާމިނަތު މަޝްވަރާ ފެށީ މިގޮތަށެވެ.
" ކައިވެނީގެ ރަނަށް ދޭނެ އެއްޗެއް މުޙައްމަދު އަތަކު ނެތެވެ."
Print

ކިހާ މަޖާ ދޯ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2010)

ދައުލަތުގެ މުއައްސަސާއަކުން ބޭފުޅަކު އަޅުގަނޑަށް ފޯނު ކުރެއްވި އެވެ. ބޭނުންފުޅެއް ކަމުގައިވީ، އެ މުއައްސަސާގެ އިސް ބައެއް ވެރިން، ދިވެހި ބަހުގެ ހަމަތަކަށް އަހުލުވެރި ކުރެއްވުމަށްޓަކައި ބަހުގެ ކިލާހެއް ހިންގެވުމެވެ. އެ ކިލާހުގައި ކިޔަވައި ދިނުމަށް އަޅުގަނޑަށް ވަގުތުކޮޅެއް ހުސްކުރެވިދާނޭތޯ ބެއްލެވުމެވެ. އަޅުގަނޑު ދެންނެވީ މެވެ. ވެދާނެ އެވެ. އެކަމަކު ބޭނުންފުޅުވަނީ ބަހުގެ ކޮންކޮންބައިތަކެއްތޯ އެވެ؟ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި
Print

ކުކުޅު މަސް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ޤައުމުތަކުގެ ވެރިންގެ ތެރޭގައިވެސް ހެއްވާ ކަންތައްތައް ހިނގައިފައި ހުރެއެވެ. އެއީވެސް ހަމަ އަޅުގަނޑުމެން ކަހަލަ އިންސާނުންނެވެ. އެހެންވީމާ ހަމަ އެހެން މީހުންނަށްވެސް ދިމާވާ ކަހަލަ ކަންތައްތައް ދިމާވެފައި ހުންނާނެއެއް ނޫންތޯއެވެ؟ އެކަމަކު ގަނޑުވަރު ގަނޑުވަރު ތެރޭގައި ހިނގާ ކަންތައްތައް ބޭރަށް ނުކުންނަނީ ވަރަށް މަދުންނެވެ. އެހެންވީމާ އެ ކަހަލަ ވާހަކަތައް ޢާއްމުންނާ ހަމައަށް ނާންނަނީއެވެ.
Print

މާހިރެއްގެ ފަލްސަފާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2010)

އެއްކަމެއްގައި މާގިނަ ދުވަހު އުޅެ ތަޖުރިބާ ލިބުމުން އެކަމެއްގެ މާހިރެކޭ ކިޔައި އުޅޭ ދޮގެއްތޯ އެވެ؟ ހީވާ ގޮތުން މި މަޒުމޫނުގެ ބަޠަލެއްގެ ގޮތުގައި މި ހިމެނުނު ތުއްތުބެއަކީ އެ ފަދަ ބޭކަލެކެވެ. މާހިރެކެވެ. ތަޖުރިބާ ކާރެކެވެ. އޭނާގެ މުޅި އުމުރުގެ ތަޖުރިބާގެ މައްޗަށް އޭނާ ނެރުނު ފަލްސާއާ މެދު ފަހުން އަޅުގަނޑުމެން ވިސްނައިލާނީ އެވެ.  އޭރުން ބޭނުމިއްޔާ ހީނލެވިދާނެތާ އެވެ. ބޭނުމިއްޔާ  ހަމްދަރުދީ ފާޅުކުރާނީ އެވެ.
Print

ފަހުމީގެ ހަނދާން ގަދަކަން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ފަހުމީ އަކީ ހަނދާން ނެތުމުގެ ބަލި ވަރަށް ބޮޑު މީހެކެވެ. ބައެއް ދުވަސް ދުވަހު ގެއިން ނުކުމެގެން ވަކި ހިސާބަކަށް ގޮސްފައި ދާން ބޭނުންވާތަން ހަނދާން ނެތިގެން އެނބުރި ގެއަށް އެބަ އާދެ އެވެ. ލޮލުގައި އަޅާ އައިނު ހަނދާން ނެތިގެން އޮފީހުގައި ބާއްވާފައި ގެއަށް އެބަ އާދެ އެވެ. އެކަމަކު އައިނު ނާޅާ ޖެހިގެން ހުންނަ މީހާ ނުފެންނަ ވަރަށް އެ ފަކީރުގެ ލޯ އަނދިރި އެވެ.
    
ހަނދާން ނެތުމުގެ ސަބަބުން ގޭގައި އަންހެނުންނާ ޒުވާބު ކުރަން ޖެހޭ ދުވަސް ވެސް އާދެ އެވެ. ފިހާރައަކަށް ވަދެ، އެއްޗެއް ގަންނާން ފައިސާ ދީފައި، އެ އެއްޗެއް ނުލައި ގެއަށް އަންނަ ދުވަސް ވެސް މަދެއް ނޫނެވެ.
Print

ޙިމާރުގެ ދަރި ޙިމާރު

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުސްލިމް މުޚްލިސް

ވަރަށް އެކުވެރިކަމާއެކު އުޅެމުންދިޔަ ޙިމާރުގެ ބައިގަނޑެކެވެ.
އެއްދުވަހަކު އެތަނުން ޙިމާރެއް ކެއިން ބުއިން ދޫކޮށް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަން ފަށައިފިއެވެ.
އެގޮތުގައި ދުވަސްތަކެއް ފާއިތުވުން އެސޮރުގެ ގައިން މަސްކޮޅުވިރި އަނަރޫފަވެއްޖެއެވެ. ހިނގާނެވަރުނެތި ބިއްމައްޗަށް ވެއްޓި، އެސޮރުގެ ދެކަންފަތްގަނޑު ބިމުގައި ކޭތެން އޮތެވެ.

އެސޮރުގެ ބައްޕަ އެކަމާ ވަރަށް ކަނބޮޑު ވިއެވެ. ދަރިފުޅުގެ ހާލަތު ގޯހުން ގޯހަށްދާއިރު މިފަދަ ހަޅުތާލެއް
Print

މޯބައިލް ފޯނު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
މޯބައިލް ފޯނަކީ މިހާރު އެޔާ ނުލައި ދިރިއުޅެން އުނދަގޫ އެއްޗަކަށް ވަނީ ވެފައެވެ. މޯބައިލް ފޯނު ބޭނުން ކުރާ މީހުންގެ ޢަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. މާރުކޭޓުގައި އެއްޗެތި ވިއްކަން ތިބޭ މީހުންނާއި، މަސްވެރިންނާއި، ގޭގޭގައި މަސައްކަތް ކުރަން ތިބޭ މީހުންނަށް ދާންދެން މޯބައިލް ފޯނުގެ ބޭނުން ކުރެއެވެ.
    
އަޙްމަދަކީވެސް ދިރިއުޅުމުގެ ކަންތައްތައް ވަކި ފެންވަރެއްގައި ހިފަހައްޓާން ބޭނުންވާ މީހެކެވެ. އެހެންވީމާ މޯބައިލް ފޯނުވެސް ގެންގުޅެއެވެ. އޭނާގެ އަތުގައި މޯބައިލް ފޯނެއް އޮތަސް ބައެއް ފަހަރަށް ކުރިމަތިވާ މައްސަލައެއް އޮވެއެވެ.
Print

ބަސް ދަތުރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
އިނގިރޭސިން އައްޑު އަތޮޅު ގަމުން ފޭބި ފަހުން، ގަމުގައި އަންނައުނު އުފައްދާ ކާރުޚާނާ ތަކެއް ސަރުކާރުން ހިންގެވި ދުވަސްވަރެވެ. ކާރުޚާނާ ތަކުގައި މަސައްކަތް ކުރާ މީހުން ކައިރި ރަށް ރަށުން ގެންނާން ހުންނަނީ ބޮޑެތި ބަހެވެ. ބަހުގެ ދަތުރުތައް ފަތިހު ފެށެއެވެ. ހެނދުނު ހަތްގަޑި ބަޔަށް ނުވަތަ އަށެއް ޖަހާ އިރަށް މީހުން ގެންނާން ވާތީ އެހައި ކުރީން ފަށަނީއެވެ.
Print

ކަނޑުގެރިޔާ ހަމަލާ ދެވޭނީ ހިތްވަރުގަދަމީހުންނަށެވެ.

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ސަމާސާ އަދަބު


ލިޔުނީ: އަޙްމަދު ޙުސައިން

މީލާދީ ސަނަތުން ހާހާއި ނުވަސަތޭކަ ނުވަދިހައިގެ ކުރީކޮޅެވެ. އެ ދުވަސްވަރު ތިލަދުންމަތިން ފުރައިގެން މާލެ ދެވޭނީ އެއް ރޭ ނައިފަރުގައި ޖައްސާފައި އަނެއް ރެއަށެވެ. މިގޮތްމަތިން އެ އަތޮޅުގެ ބައިހެޔޮ ރަށަކުން މާލެދާން ފުރި ބައްތެއްޔަށް ދަތުރުވެރިއެއްގެގޮތުން އެރި ޒުވާނަކުހުއްޓެވެ. އެކަމަކު އޮޑީ މީހުންނާ ހުންނަ ގާތްކަމަކުންވެސް ތޯޗެކޭ... ފަޅުވެރިއެކޭ މީނާއެކޭ ބައްތެލީ ތެރޭގައި ތަފާތެއްނެތެވެ. ހެނދުނުފަތިހާ ފުރައިގެން ހަރުގަންނަވާފައި ދުއްވިއިރުވެސް.... އިރުއޮއްސި މޫނުއަނދިރިކަން ނުކެނޑެނީސް ނައިފަރު ފަޅަށްވަދެ އޮޑި އެޅުނީ ހަމަ ކިރިޔާއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ