އަދުގެ ޚާއްސަ

ސަމާސާ އަދަބު

Print

އަހަނ... އެނެގީ މަގޭ ދަތް...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ އިބްރާހީމް. ނ.މިލަދޫ

ދަތް ޖެހުމާއި ދަތް އުފުރުމަކީ ފަހަކަށް އަޅުގަނޑުމެންގެ ތެރޭގައި އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. ގިނަ ފަހަރަށް އުމުރުގެ ވަކި ހިސާބަކުން އަނގައިގާ ހުރި ދަތް ކޮޅު ފައިބާ ހުސްވާން ވުމުން މަސްނޫއީ ދަތްޕިލައެއް އަޅުވާލުމުން ހާދަހާ ފައިދާ އެއް ކުރެއެވެ.
Print

ބިރުވެރި ފިލްމުގެ އަސަރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ކޮންމެ ހަފްތާއަކު އެއްރޭ ބައިސްކޯފަށް ދިއުމަކީ އަޅުގަނޑުގެ އާދައެކެވެ. އެކަމަކު ބިރުވެރި ފިލްމެއް ބައިސްކޯފު ގެއެއްގައި އަޅުވާފައި ނެތިއްޔާ ދަނީ ދާ ހިތަކުންނެއް ނޫނެވެ. ކޮންމެ ހަފްތާ އަކު ކުރާ ކަމެއް ނުކޮށް ދޫކޮށްލައިފިއްޔާ ސުންޕާ ކަމެއް ލައިގެންފާނެތީ ޖެހިލުން ވަނީއެވެ. ބައިސްކޯފަށް ދިއުމަކީ އަޅުގަނޑުގެ އަންހެނުން މާ ކުރާ ހިތްވާ ކަމެއް ނޫނެވެ. އެހެންވީމާ އޭނާ އަޅުގަނޑާ އެކީ ދާކަށް ނޫޅެއެވެ.
Print

ޢީދަށް ބޮޑުކުރި ހާ......

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 އާމިނަތު އަޤްލީމާ -  އުދަރެސް/ ބ.ފުޅަދޫ

ޒާހިރުގެ ދެމަފިރިންނަކީ އިނދެގެން އުޅޭތާ 20 އަހަރުވީއިރު ވެސް ދަރިޔަކުލިބުމުން މަޙުރޫމު ވެފައިވާ ދެމަފިރިންނެވެ. އުޅުމުގައި ހެއްވާ މަޖާ މިޒާޖެއްހުންނަ، ރަށު ރައްޔިތުންނާއި ފިސާރި ގުޅިގެން އުޅޭ މި ދެމަފިރިންނަކީ ކޮންމެ އަހަރަކުހެން އަހަރީ އެވޯޑެއް ޙާޞިލްކުރާހެން، ޢީދަށް ހާލެއް ކަތިލުމުގެ އުފާ ޙާޞިލް ކުރާ ބައެކެވެ.
Print

މުލަކު ދޮންއަލިމަނިކާގެ ދޮންމަނިކާ

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ފަޟީލަތުއްޝަައިޚުލްމަރުޙޫމު ޙުސައިންޞަލާޙުއްދީން (1363ހ.)

މީނާއަކީ، ފުވައްމުލަކުގައި ހުރި ވަރަށް ބޮޑު ބޭސްވެރިއެކެވެ. ހިރިހަމާދި ކަލޭގެފާނު މިއީ ދައުލަތުގެ ފަރާތުން އޭނާއަށް ލައްވާފައިވާ ކޮލިނަމެކެވެ. މީނާއަކީ ވަރަށް ފިކުރު އަވަސް ބުއްދި ރަނގަޅު ނާދިރު މީހެކެވެ. މީނާޔާއި އަދި މީނާގެ ދަރީންތައް ވެސް އަހަރެމެން ދުށީމު އެވެ. މިއިން ކޮންމެ މީހަކީ ވެސް ރާއްޖޭން ރަނގަޅު މުދައުވެރި މީހުންކަމުގައި ހިމެނެ އެވެ.
Print

އެމްޑަބްލިޔޫޑީ އިސްޓޯރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 ޢަބްދުﷲ ނަޢީމު އިބްރާހީމް
  
އެއީ އިނގިރޭސީން އައްޑު އަތޮޅު ގަމުގައި ތިބި ދުވަސްވަރެވެ. ވަޒީފާ ތަކުގައި އައްޑު އަތޮޅު ރައްޔިތުން ވަރަށް ގިނައިން އެ ދުވަސްވަރު އުޅުނެވެ. ޢަލީ އަކީ އެ ދުވަސްވަރު "އެމް. ޑަބްލިޔޫ. ޑީ. ސްޓޯރ" ގައި ވަޒީފާ އަދާ ކުރަން އުޅުނު މީހެކެވެ. އަޅުގަނޑަށް މި ވާހަކަ ކިޔައި ދިން މީހާ ބުނި ގޮތުގައި އެމް. ޑަބްލިޔޫ. ޑީ. ސްޓޯރ އަކީ ލަކުޑި ލާފައި ހުންނަ ގުދަނެކެވެ. ޢަލީ ހުންނަނީ އެ ގުދަނުން ލަކުޑި ދޫކުރާށެވެ.
 
Print

ކުޅިވަރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 ޢަބްދުﷲ ނަޢީމު އިބްރާހީމް
  
އަޅުގަނޑު އެ ދުވަސްވަރު މަސައްކަތް ކުރަން އުޅުނީ ރިސޯޓެއްގައެވެ. ރިސޯޓުގައި މަސައްކަތް ކުރާ އިސް މުވައްޒަފުންނާއި، އާދައިގެ މުވައްޒަފުންނާ ގިނަ ފަހަރަށް އޮންނަނީ ދެ ބަޔަކަށް ބެހިފައެވެ. އިސް މުވައްޒަފުން ގުޅެނީ އިސް މުވައްޒަފުންނާ އެވެ. އާދައިގެ މުވައްޒަފުން އާދައިގެ މުވައްޒަފުންނާ އެވެ. ލަނޑަޔާ ވާނީ ލަނޑަޔާ ނޫންތޯއެވެ؟
Print

އިންސާނާ ދިރި ދުނިޔޭގައި އުޅޭއިރު، އެކި އެކި ޢުމުރުގައި އުޅެންވާ ގޮތް

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު




ފަޟީލަތުއްޝަައިޚުލްމަރުޙޫމު ޙުސައިންޞަލާޙުއްދީން

އަހުރެންގެ އެދުރު އައްޑޫ މީދޫ އައިސާބީގެ ދަރި، އައްޝައިޚުލްޙާފިޡް އިބްރާހީމް ތަކުރުފާނު ދޮންބެއްޔާ ވާހަކަ ކިޔައިދެއްވަޔޭ ތިމަންނާމެން ކުޑާވަރު އިރު، މާލޭ ފަނޑިޔާރުގޭގައި އުޅޭއިރު އެތާގެ ބަނޑޭރިކަމުގައި ހުންނަނީ ކަޅު އިބްރާހީމް ކަލޭގެފާނެވެ ކިޔޭ މީހެކެވެ. މި ކަލޭގެފާނަކީ ވަރަށް ވެސް ލޮނުހެޔޮވަރު ބުއްދިވެރި މީހަކު ކަމުގައި ނޫނީ އަހުރެން ނުދެކެވެ. މި ކަލޭގެފާނު އަހުރެމެންނާ ދިމާޔަށް ބުނެޔޭ ކުދީންނޭވޭ ދުނިޔޭގައި އުޅޭނޭ ގޮތް ދަސްކުރާން މަ ގާތަށް އަންނާށޭ.
Print

މަންމަގެ ސިޓީ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 ޢަބްދުﷲ ނަޢީމު އިބްރާހީމް
  
ދެމަފިރިއެއްގެ ގުޅުން ހިތް ހަމަ ޖެހޭ ފަދަ ގޮތަކަށް ދެމި އޮންނަނީ އެކަކު އަނެކަކަށް ކުރާ އިތުބާރެއްގެ ސަބަބުންނެވެ. އަޅުގަނޑުގެ އަންހެނުންވެސް އަޅުގަނޑަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. އަޅުގަނޑުވެސް އަންހެނުންނަށް ހަމަ އެހައި ބޮޑަށް އިތުބާރު ކުރަމެވެ.
 
Print

ބަންދަލްމުޚްތާރު

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ބަންދަލްމުޚްތާރަށް ހަދައިލީމާ، ފީ އާރޮހެއްކަމަކު ވިކިދާނެޔޭ


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު

ފުވައްމުލަކު ހިރިހަމާދި ކަލޭފާނު އެއް ދަތުރަކު މާލެ ދުރުވަމުން ދިއްގަރު ބޭރުގައި ޖައްސައިފައި އެއްގަމަށް ފޭބެންނެވި އިރު، ވިއްކާން ގެނައި އާރޮސްތަކެއް ބައިލައިގެން އުޅެ، އޭގައި ކުޑަކޮށް ފަނި ހުރިކަމުގައި ވެގެން އެ ރަށު މީހުން ނުގަތޫ އެވެ. ދެން އޮޑިޔަށް އަރައި ބޮޑު ތަގަރިޔަކަށް އާރޮސްތައް އަޅައިލައިފައި ދޮޅަހަކަށް ކާށީގެ ހުނިގާނައި އެ އާރޮސްތަކާ އެއްކޮށް މޮޑެލައިފައި ރުނބަޔަކަށް އަޅައި މަތި ބަނދެ ބަހައްޓައިފައި އެ ރަށަށް ފައިބައި ދަތުރަށް ފުރާން އުޅޭ ވައްތަރު ޖައްސާލާފޫ އެވެ. އެ ރަށު މީހުން ބުނެފޫ އެވެ. ދެން ހަމަ ރަނގަޅު އާރޮހެއް ބޮނޑިއެއް ނެތީތޯ އެވެ؟
Print

ހޮޅުއަށީ ފިޤުހު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ މައުޟޫޢުގައި އޮވެ އެވެ. ''ބުއްދިޔާ ފިކުރު ނެތީވިއްޔަކާ ޢިލްމަކުން ކުރާނެ ފައިދާ އެއް ނޯންނާނެ އެވެ.''

އަޅުގަނޑު ހިތުން މިއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޢިލްމަކީ ހަމައެކަނި ދަސްކޮށްލެވޭ ''އަކުރުގަނޑަށް'' ވެގެންނުވާނެ އެވެ. އެ އަކުރުތަކުގެ ފިލިތަކާ އަކުރާދެމެދު، ނުކުތާތަކާ ދެފޮޅުވަތް ދެމެދު، އޮތް ނެތް އެއްޗެއް ދޭހަކޮށް ގަތުމީ އަދި މާބޮޑު ޢިލްމެކެވެ.  މާ މުހިންމު ޢިލްމެކެވެ. ޢިލްމު ޢިލްމަކަށްވަނީ ޙިލްމާ އެކީގަ އެވެ. އެ ނޫން ގޮތަކަށް ކޮންމެ ބާވަތެއްގެ ޢިލްމެއް އުނގެނެވިފައި ވިޔަސް، ވަރަށް އާދައިގެ މަގާމުތަކުގައި އެ ފަދަ މީހަކު މުރަނގަގަސްދޮށު މާލިމީ އަކަށް ވާތަން ފެނިދާނެ އެވެ.
Print

އާދަޔާ ޚިލާފު ވިހެއުން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


 ޢަބްދުﷲ ނަޢީމު އިބްރާހީމް
 
ހަސްފަތާލަކީ ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ހިނގާ ތަނެކެވެ. އެކި ބަލި ބަލީގެ މީހުން އައިސް، އެ މީހުންގެ އެހީތެރިންގެ ގޮތުގައި އެކި މިޒާޖުގެ މީހުން އައިސް ގޮސް ވާ ތަނަކަށް ވާތީ ބައެއް ފަހަރަށް މުނިފޫހި ފިލުވައިލާން ދާން ރަނގަޅު ތަނަކަށްވެސް ހަސްފަތާލު ވެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމެވެ. އެއް ދުވަހަކު އަޅުގަނޑު ހަސްފަތާލެއްގައި ހުއްޓާ ރައްޓެހި އަންހެނަކު ބަނޑުގައި ރިއްސާތީ ގެނެސްފިއެވެ. ގެނައި ގޮތަށް ވެއްދީ ވިއްސާ ކޮޓަރި އަށެވެ. އޭނާގެ ފިރިމީހާ އަކީވެސް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަންހެންމީހާ އަކީ އޭގެ ކުރިންވެސް ދެތިން ކުދިން ވިހާފައި އިން އަންހެނެކެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަހަލަ މައްސަލަ އަކާ ކުރިމަތިލާން ޖެހޭކަން އަޅުގަނޑަށް އޮތީ އެނގިފައެވެ. އެކަމަކު އެ މައްސަލަ ތަކަކީ ކޮބައި ކަމެއް އެނގިފައެއް ނެތެވެ.
 
Print

މާލެ ދަތުރު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


 މުޙަމްމަދު ޢަލީ

ދުވަސްވަރަކީ ރާއްޖެތެރޭގެ މީހުން މާލެ ދިއުމަށްޓަކައި ދަތިތަކެއް ތަހައްމަލު ކުރަމުން އައި ދުވަސްވަރެކެވެ. މާލެ ދިއުމަށް ބޭނުންވާ ހަމަ ކޮންމެ މީހަކުވެސް މާލެ ދާން ބޭނުންވެއްޖެ ނަމަ، ޖެހިގެން އޮންނަ ރަށެއްގެ ޚަބަރު ބަލައި އެރަށުން މާލެދާނެ ގޮތެއް ނުފެނުނު  ނަމަ އަތޮޅުގެ ކޮންމެވެސް އެހެން ރަށަކަށް ގޮސް މާލެދިއުމުގެ ކަންކަން ހަމަޖައްސަމުން ދެ އެވެ. މިއީ ދަތުރުފަތުރު ކުރުމުގައި ވަރަށް ގިނަ އުނދަގޫތަކެއް ރައްޔިތުން ތަޙައްމަލުކުރި ދުވަސްވަރެކެވެ. ބުރަ ނަމަވެސް މިއީ ނުކޮށް ނުވާން އޮންނަ މުހިއްކަމެއް ކަމުން ކާނާއާއި އެނޫންވެސް ތަކެތި ހޯދުމަށް
Print

އަވަސް ޚިދުމަތް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް

އިބްރާހީމް މަނިކަކީ (އަޞްލު ނަމެއް ނޫން) ވަރަށް މަޝްހޫރު ހެއްވާބައި ކުޅޭ މީހެކެވެ. ޙާޟިރު ޖަވާބު ނުވަތަ ކުއްލި ޖަވާބު ދިނުމުގައި ވަރަށް ނަން ހިނގާފައިވާ މީހެކެވެ. ޓެލެޑްރާމާ އާއި، ރޭޑިއޯ ޑްރާމާ އިން ރާއްޖެ އަށް ވަރަށް ބޮޑަށް މަޝްހޫރު ވެފައިވާ ކުޅަދާނަ ފަންނާނެކެވެ. އެހެން ނަމަވެސް މިހާރު އޭނާ ވަނީ އެ ދާއިރާ ދޫކޮށްލާފަ އެވެ.
 
Print

ފިނޮޅެކެވެ.

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ

( އޯގަސްޓް 1975 ގެ އަމާޒުން ނަގައިފައި )

އިންސާނާގެ ދިރިއުޅުން ހޭދަކުރަމުންދާއިރު ބައެއް ފަހަރަށް ބައެއް މީހުންނަށް ، އެދޭހައި އެދުމެއް ފުދެމުން ބޭނުންހައިއެއްޗެއް ލިބެމުންދެއެވެ. އެންމެފަހުން ދަންފަޅިހަމަވެ، އުމުރުގެ ފަތުގައި ނިމުމުގެ ސިއްކަޖެހޭންދެންވެސް މާމެލާމެލީގެ ދޫލަތަށް މަތީ ހިނގަމުންދެވޭގޮތް މެދުވެރިވެއެވެ. މިކަހަލަ މީހުންނަށް ނަސީބުވެރިންނޭ ކިޔައިއުޅެއެވެ.

އަނެއްބަޔަކީ ، މުޅީން ތަފާތުގޮތްތަކެއް މެދުވެރިވެފައިވާ ބައެކެވެ. އެބައިމީހުންގެ ޙަޔާތުގެ ނައު ދުއްވާންޖެހިފައި އޮންނަނީ ގަދަކަނޑެއްގެ ތެރޭގައެވެ. ގޮށް ރާޅުތަކުގެ ތެރޭގައެވެ. ގަދަ ވަޔާއި އޮއިވަރުގެ ތެރޭގައެވެ.
Print

ކާޅިވައްމިސްކިތު މުދިންކަލޭގެ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު



މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ކޮންމެވެސް ރަށެއްގެ މީހުން އުޅޭހިސާބުގަނޑާއި ތަންކޮޅެއް ދުރުގައި ހުންނަ މިސްކިތަށް ކިޔަނީ ކާޅިވައް މިސްކިތެވެ. މި މިސްކިތުގެ އިމާމުކަލޭގެއަކީ މީހުންތެރޭގައި ބަސްވިކޭ މީހެކެވެ. ކުޑަކޮށް މީހުންނަށް ބޭސް ފަންޑިތަ ހަދައިދީއުޅުއްވާ ބޭކަލެކެވެ. އިރުވަރު ބަލައިދިނުމާއި ކަންވެރިކަންވެސް ކޮށްއުޅެއެވެ. ކޮންމެވެސް ވަރަކަށް ކުޑަކުދިންނަށް ކިޔަވައިދީއުޅުއްވާ ބޭކަލެއް ވެސްމެވެ. ނަމަވެސް މީނާއަކީ ވަރަށް އަމިއްލައެދުން ބޮޑު މީހެކެވެ.
Print

ޤައުމީ ދުވަހުގެ އިސްޓޭޖް ޝޯވް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ޝަރީފު، ރޯޒީ، ށ.ފުނަދޫ

1428ވަނައަހަރުގެ ޤައުމީދުވަސް ޤައުމީފެންވަރުގައި ސަރުކާރުން ފާހަގަ ކުރެއްވީ ށ. ފުނަދޫގައެވެ. ރަސްމީ ހުރިހާ ރަސްމިއްޔާތު ތަކެއް އޮތީ ފުނަދޫ ގައެވެ. ރަސްމީ ޖަލްސާއެވެ. ދަނޑުކުޅިވަރު ތަކެވެ.ސުޓޭޖު ޝޯއެވެ. ސިފައިން ނާއި ކެޑޭޓުންގެ ޕެޜޭޑެވެ. މިކަންތައްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެކަމަކަށް އެންމެބޮޑު ޝަވްޤުވެރިކަމެއް ބަހައްޓައިގެން ބެލީ ދުވަހުގެ މުނާސަބަތުގައި ބޭއްވި
Print

ވިގަނި ދުނި

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

މީހަކު މަރުވިތާ ސާޅިސް ހަމަނުވަނީސް އެހެންމީހަކު މަރުވެއްޖެނަމަ އެކަމަކީ އާދަޔާ ޚިލާފު މާބޮޑު ކަމެއްކަމުގައި ކަންބޮޑުކޮށްކޮށްފައި ވާހަކަދެއްކުމަކީ ތަންކޮޅެއް ކުރީގެ އާދައެކެވެ.
Print

ދަނޑު އަލިބޭ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އަޅުގަނޑުމެން ރާއްޖޭގައި ދަނޑުގޮވާންކުރުމަކީ މާއިހުއްސުރެ ކުރަމުން އަންނަ ފޯރިގަދަ މަސައްކަތެކެވެ. އޭރު މީހުންގެ އާބާދީ ކުޑަކަމާއިއެކު ބިން ވަރަށް ބޮޑެވެ. މީހުން އުޅޭރަށްރަށާއި ފަޅުރަށްރަށުގައިވެސް ދަނޑުގޮވާން ކުރެއެވެ. އެޒަމާނާއި އެކަށީގެންވާ މިންވަރަށް ބިމުގެފައިދާ ހޯދައެވެ. ވުޒާރަތުލް މާލިއްޔާއިން ފަޅުރަށްރަށާއި ގޮއިފާލައްބަ ލިއުއްވައިގެން އުޅޭމީހާއަށް ރަށްވެރިޔާއޭކިޔައެވެ. ދަނޑުގައި ހައްދާ ކޮންމެ ބާވަތަކުން ފަސްބައިކުޅަ އެއްބައި ގޮޔަށް ނަގާނެއެވެ. އެކަމާއި ހަވާލުވެހުންނަ މީހާއަށް ގޮއިވެރިޔާއޭ ކިޔައެވެ. އެތަކެތި ނެގޭ ގެއަށް ގޮއިގެއޭ ކިޔައެވެ. އަދި ގޮޔަށް ނެގޭ ތަކެތީގެ އިތުރަށް ރަށްވެރި މީހާއަށް ރަށްވެރި ދަނޑު ކޮށައިދިނުން އޮވެއެވެ.
Print

ބެހިގެން ދެވުނު އިންޑިޔާ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު ޢަބްދުއްރަޙުމާނު - ނޫރާނީގެ ށ. މިލަންދޫ

ދުވަސްވަރަކީ އިރުވައިގެން ތިންހަޅަ ކެނޑި ވައިމަޑު ދުވަސްވަރެވެ. މިދުވަސްވަރަށް ބައެއް މީހުން އޮއި މޫސުމޭ ކިޔައެވެ. ބައްތެލި މާލޭން ރަށަށް ދާން ފުރިއިރު ހުރީ ބޮޑު ރިޔަލު ވައެވެ. ބައެއް ފަހަރަށް ވައިހިނދި ދަހަނގުވެ އެވެ. ބައެއް ފަހަރަށް ބޮޑު ރިޔަލު ވައިޖެހިފައި ކުއްލިއަކަށް ވައި ހިނދެއެވެ. ބައެއްފަހަރަށް ގަހާ ދަށުން ވައިރޯޅިވެފައި ވައިހިނދި އެކިފަހަރު އެކިފަހަރު އެކިތަނުން ރޯޅިޖެހެއެވެ.  މިއީ ވައި ހަރުނުލާ މޫސުމުވެ. އެކަހަލަ މިކަހަލަ ގޮތަކަށް ދަތުރުކުރަމުން އައިސް އެއްދުވަހެއްގެ މެންދުރެއްހައިއިރު އަތޮޅުވަދެވިއްޖެއެވެ. ވައިރޯޅިއަންނަނީ ބާރުވަމުންނެވެ. ފަހިތަނުން އަންނަ ނަލަ ރޯޅީގައި ދެކަންކަށިން ފޮނުބުރުވައިލައިފައި ބައްތެލި ދުއްވައިގެންފި އެވެ. މިހާރު ރާޅު ބޮލުގައި ހައްޖުތާކިހާ އެޅިއްޖެއެވެ.
Print

އިންޓަރނެޓް

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އިބްރާހީމް ނަޢީމު

މީގެ އަހަރުތަކެއް ކުރިން އަތޮޅުތެރެއަށް ކުރެވުނު ދަތުރެއްގައި އެއަތޮޅުގެ ރަށެއްގައި ފަނަރަ ވަރަކަށް ދުވަހު މަޑުކޮށްލަން ޖެހިއްޖެއެވެ. ރަސްމީ ދަތުރެއްކަމުން ރަށުގެ ކަތީބާއެކު  ކަންކަމުގައި ލައްކަ ގިނަ ވަގުތު ހޭދަ ކުރަންވެސް ޖެހުނެވެ. ދުވަސްވަރަކީ އިންޓަރނެޓް ހަމަ ކިރިޔާ އަތޮޅުތެރޭގެ ރަށްރަށަށް ލިބެން ފެށި ދުވަސްވަރުކަމުން އެކަމަށް އަހުލުވެރި މާގިނަ ބަޔަކު އޮފީހުގައިވެސް އުޅޭކަމަށް ނުވެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ