އަދުގެ ޚާއްސަ

ސަމާސާ އަދަބު

Print

ގިތެއު ގުޅި (1)

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ސަމާސާ އަދަބު


ރޭޑިޔޯ ތަމްސީލެއް

ފުރަތަމަ ބައި

ފޮނުއްވީ:  އިލްޔާސް ޝުޖާޢު
ލިޔުއްވީ: އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ

ބީފާނު އަދި ނުތެދުވެ އެނދުގައި އޮއްވައި، ދަންޑަހިލުތައްޚާނު ފޮނުވީމާ، މޫސާ އައިސް ވަންނަތަން ދެކެފައި:

        ވީކާ: (ދުވެފައި ކަހަލަ ގޮތަކަށް، ފައިވާން ދަމަމުން އައިސް ބީފާނު ކައިރިއަށް ގުދުވެފައި ވައި އަޑުން ބީފާނަށް ގޮވަން ފަށައެވެ. ފުރަތަމަ އިވޭ އަޑަކީ، ވީކާ ފައިވާން ދަމަމުން އަންނަ އަޑެވެ. ދެން ގޮވާ އަޑެވެ. ފެށެނީ ވައި އަޑުން، ދެން މަޑުމަޑުން ގަދަވަމުން ގޮސް ހަމަ އަޑަށް ވުރެ ބާރަށް..........)
Print

މިސުރަށް ދިޔަ ހަނދޭގިރިންގެ ޙިކުމަތް

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުލްޙަކީމު ޙުސައިންމަނިކު (1998)

ޤާނޫނީ ސަރުކާރެއް އުފެދުމުގެ ކުރީގައި ވަޒީރުއްދާޚިލިއްޔާގެ ވާޖިބުތައް އަދާކުރާ މީހަކަށް ކިޔަނީ ހަނދޭގިރިންނެވެ. މިއީ އިހުގެ ލިޔުންތަކުން ފެންނަ ގޮތެވެ. އަބަދު ވެސް ހަނދޭގިރިކަން އޮންނަނީ ނަސަބާއި ހސަބުގެ ގޮތުން ވެސް ރަނގަޅު ދަރަޖައެއްގެ މީހަކަށެވެ. ވިސްނުންތެރި ތަޖުރިބާކާރު ހަރުދަނާ މީހަކަށް ވެސް މެ އެވެ. އެގޮތަކީ މުޅި ރާއްޖޭގެ އެތެރެފުށުގެ ހުރިހާކަމެއް ބެލެހެއްޓުމުގެ ވެރިޔަކީ ހަނދޭގިރިންކަމަށްވާތީ އެވެ.
Print

ތުންޑާބޭގެ ގަދަ ބާރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް (2009)

ތުންޑާބެއަކީ، އެއްޒަމާނެއްގައި މާލޭގައި އުޅުނު މީހެއްކަމަށްވެ އެވެ. މީނާ އަކީ، މަޖާ މިޒާޖެއްގެ މީހެކެވެ. މީހުންނާ ގުޅޭ،  މީހުން ގަޔާވާ ޠަބީޢަތެއް ހުންނަ މީހެކެވެ. އޭނާގެ އެންމެ ބުއްދިވެރި ބަހަކަށް އޮންނަކަމަށްވަނީ، ''ބިރު ނުގަންނާށެވެ! ބިރުގަނެގެން އެއްކަމެއް ވެސް ނުވާނެ އެވެ!''
Print

ޖާހިލުކަމަކީ....

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޖާހިލުކަމަކީ ބަނބުކޭލުގެ ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރާންވެސް ޖެހިދާކަމެކޭ



ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު


ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ. ބަނބުކެޔޮގަސް އިންޑިޔާއިން މިރާއްޖެއަށް ފުރަތަމަ ގެންނެވީ، ތިމަންގެ ކާފައިކަލޭގެފާނުންގެ ބަފައިކަލުންނަށަވި (ކާފަގެ ބައްޕަ) އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ރަދުންނެވެ. މިރެދުން ބަނބުކެޔޮގަސް ގެންނަވައިގެން އެއިގެތެރެއިން ގަހެއް މިރަށު (ޔަޢުނީ ފުވައްމުލަކު) ދޫޑިގަމު އެދުރުމަނިކުފާނަށް ފޮނުއްވައިފިއެވެ. ގަސްގެނައި މީހާ އެދުުރުމަނިކުފާނުގެ އަރިހު ދެންނެވި ބަހަކީ ރަދުން ވިދާޅުވިޔޭ. މިއީ ވަރަށް ރަނގަޅު އެއްޗެކޭ. ރަނގަޅު ކާނާއަކަށްވެސް ފުދޭނެޔޭ.
Print

ނަމާދަށްހުރެ ވާހަކަ ދައްކާކަށް ނުވާނެ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޝަރަފުއްދީނު އަބޫބަކުރު، ހއ. ދިއްދޫ

ރޭގެ އިރާކޮޅު ވާރޭ ވަހުމަށްފަހު  ފަތިސްވުމަށްޓަަކައި ދުނިޔެމަތި ތައްޔާރުވަމުން އައި އިރު ވެސް ރަށުތެރޭގައި ފިނީގެ އަސަރުވަނީ ގަދަވެފަ އެވެ. ނަމަވެސް އުމުރުން ދުވަސް ވެފައިވާ ހަރު މީހުން އާންމު ގޮތެއްގައި އަވަހަށް ރޭގަނޑުގެ ނިދިން ހޭލައި އަތިރިއަށް އެރި، ރާޅުތަކުގެ އެހީން އުނގުޅައި ސާފުކޮށްފައިވާ ދޮންވެލިން ހިމުން ވެލި މުށްވަރެއް ނަގައިގެން، ޝަހާދަތް އިނގިލީގެ އެހީއާއެކު ދަތްއުނގުޅަމުން، މިސްކިތާ ދިމާޔަށް ދިޔުމަކީ   އެ ބައިމީހުންގެ އާދަ އެކެވެ.
Print

ސިއްރު ބައިވެރިޔާ ކަނޑުފެއްތުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް (2009)

މި ވާހަކައިގައި ދެ ފުށް އެބަ އޮތެވެ. އެއްފުށުގައި ވަނީ، ލަދުވެތިކަމެވެ. އައިބުކަމާއި ހުތުރުކަމެވެ. އަނެއްފުށުގައިވަނީ، ތާރީޚެވެ. މާޒީއާއި ހާލެވެ.  މި ކަންކަމުގެ ތެރޭން ބޭއިޚްތިޔާރުގައި އުފެދިގެން އަންނަ ހިނިއައުމެކެވެ.

އަޅުގަނޑަށް ވާހަކަ ކިޔައި ދެއްވީ، އުމުރުން އަށްޑިހަ އަހަރުގެ މުޙުތަރަމު ބޭކަލެކެވެ. އޭނާ ބުނުއްވި ގޮތުގައި މިކަމެއް ހިނގީ ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ދުވަސްވަރު އެވެ. ދުވަސްވަރަކީ، މާލޭގެ ގޯތިގޯތީގައި ވަށައިފާރު އޮތް ދުވަސްވަރެއް ނޫނެވެ. ފުޅަފުގެ ދުވަސް ވަރެވެ.  ގެރިބަކަރި މާލޭތެރެއަށް ދޫކޮށްލެވިފައި އޮތް ދުވަސްވަރު ވެސް މެ އެވެ.
Print

މޫސާފުޅުބޭބެޔާ ނުރަޔާ

ޝާޢިއުކުރީ މަލިމް މުޙަންމަދު ދީދީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްމަރުޙޫމު މަލިން މުޙައްމަދު ދީދީ (1959)


ބިންފުރާނާގޭ މޫސާފުޅުބޭބެ އެއްދުވަހަކު ހެނދުނު ފެންވަރައިގެން އައިސް މޫނުބަލާ ލޯގަނޑުގެ ކައިރިއަށް ހުއްޓި ބޯ އޮމާންކޮށް ފުނައު އަޅާ ހެދުމުގެ ތެރޭގައި މަތިމަހުން އެފެނުނީ ނުރައެކެވެ. ހަމަ ފެނުމާއެކު، ކުއްލިއަކަށް ލޯ ވަށްކޮށްލާ، ދެބުމަ ދޭތެރެއަށް ރޫއަރުވައި، މޫނު ހަދާލައި ރުޅިން ފުރިގެން ހުރި މަންޒަރެއް ދައްކާލާފައި އެބުނަނީ  " މިއޯ މިއޯ. މިފެންނަނީ ކޮން ހުދުކަމެއްތަ؟" އެތަންވަޅު އޭނާގެ އަނބި ބިއްލޫރިމަނިކެ އެތާކައިރީގައި ހުރެފައި " އެއީ ނުރައެއް ނޫންތޯ" މިހެން ބުނީމާ ކުޑަކޮށް ލަދުގަތީކަންވެސް ނޭނގެ އަދި ވަކިން ރުޅި ވައްތަރު ގަދަކޮށްލައި މޫނުގެ ސިފަބަދަލުކޮށްލައި ރޯޝަނީކަމާއި ތޫނުފިލިކަން ނެތިކޮށްލާފައި އެބުނީ " ބަލަ ބަލަ އޭތް އޭތް މިހިރަ ނުރަޔާ. ކަލެޔަކީ ހާދަ ގޮތްކުޑަ ތަންދޮރު ނުދަންނަ، އަދި އަނެކެއްގެ މިލްކަކަށް ހުރުމަތެއް ނެތް ކުޑަކޮށްވެސް ޤާނޫނު ނުދަންނަ ޖާހިލަކީމުއެވެ. އަހަރެންގެ އިޒުނައަކާއި ނުލައި އެއްވެސް ޖެހިލުމެއް ސިހިލުމެއްނެތި މަގޭ މަތިމަހުގައި އައިސް ތިޔައިނީ ކީއްވެތަ؟ ލަދެއް ހަޔާތެއް ބިރެއްކަމެއްނެތި މަގޭ އަމިއްލަ މަތިމަހުގައި ތިޔަ މަންޒިލްކޮށްލީ ކޮން އާރަކާއި ބާރަކާއިގެން ކާކު ފޮނުވީމާ އައިސްތަ؟" މި ޒުވާބު ކުރަމުން ބޮލަސް ރަނގަޅަށް ވިސްނާލައި ބަލައިލިތަނާ ބޮލުގައިވެސް ހިސާބަކަށް ހުދު އިސްތަށި ހުއްޓާ ފެނިއްޖެއެވެ.
Print

ޖުހާގެ ބޮޑު ވަލީމާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު



މުޙައްމަދު ޒަކަރިއްޔާ /މީޒާން ޅ.ނައިފަރު

ޖުހާ ޝައިޚަކީ އުމުރުގެ އެއްދުވަސްކޮޅެއްގައި ދަރުކޮށައި އުޅުނު ފަގީރެކެވެ. އެ ދުވަސްކޮޅު ފިނިމޫސުމުގެ ދުވަހެއްގައި ވަލުތެރޭގައި އުޅެނިކޮށް ވާރޭވެހި ފިނިގަދަވެ އެކަށީގެންވާ ވަރަށް ދަރުކޮޅެއް ކޮށޭ ގޮތެއްނުވިއެވެ. ދެން ކޮށުނު ކުޑަ ދަރުކޮޅު ބޮނޑިޔަކަށް ބަދެލާ ކޮނޑަށް ހިއްލާލަމުން ކިޔާލިއެވެ. މާތްﷲ މިއަދު އަހަރެންނަށް ދެއްވި މިންވަރަށް އަހަރެން ޝުކުރުކުރަމެވެ.
Print

ބަލަ އަނެއްކާ ވެސް މާވަޑިބެޔަށް ގުޅާށޭ ޖެހޭނީ

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަޙްމަދު ސަމީޢު ށ.މިލަންދޫ


މި ދަންނަވާލަދެނީ  އަޅުގަނޑަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. އޭރު އަޅުގަނޑު  އުޅުނީ ލަކުޑި ވިއްކާ ފިހާރައެއްގެ ސޭޓަކަށެވެ. މިހެން އުޅެނިކޮން އެއްދުވަހަކު ދެތިން މީހަކު އަތުވެއްޖެއެވެ. އެމީހުން އައީ ދޯންޏެއް ބަންނަންވެގެން އެކަމަށް ބޭނުއްވާ ލަކުޑި ހޯދުމަށެވެ. އެކަމަށްޓަކައި  އެމީހުންވަނީ ބޭނުންވާނެ ލަކުޑީގެ ލިސްޓެއް ވެސް އެކުލަވައިލައިފައެވެ.
Print

ބައެއް މިސާލު ބަސް

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މާވެވަށް ވެއްޓުނު ގެރި


ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1998)
    
   
މާވެވަކީ ވަރަށް  ރީތި ވެވެކެވެ. އެހެންނަމަވެސް 1932 މ. ގައި ޤާނޫނު އަސާސީ ފާސްވެގެން ވެޔޮތައް ނައްތާލުމަށް ފާސްވި ޤާނޫނެއްގެ ދަށުން މާވެޔޮވެސް ހަލާކުކޮށްލައިފިއެވެ. ދެން އޮންނަނީ ވަރަށް ބިޔަ ބޮޑު ފެންގަނޑެއްގެ ސިފައިގައެވެ. ރަނގަޅު މީހުން ކިޔާގޮތުގައި މާވެވަކީ ކޮންމެ ބިތެއްގައި ތިރީސް ހަމުށް ހުންނަ ބޮޑު ބިޔަ ވެވެކެވެ. އެދުވަސްވަރު މައްޗަންގޮޅި އަވަށު ވެރިއެއްކަމުގައި ހުންނެވީ އެސްޖެހި ގަނޑުވަރު އައްނަބީލު ޅަސީދީއެވެ. އެއްދުވަހަކު މީހަކު އަވަށުވެރި ގެއަށް އައިސް ދެންނެވިއެވެ. މާވެވަށް ބޮޑު ގެރިއެއް ވެއްޓިއްޖެއެވެ. އެކަމަކު އެއީ މުޅިން ވީ ގޮތެއްނޫނެވެ. ބޮޑު ގެރިއެއް ހިނގަމުން ހިނގަމުންގޮސް އެފެންގަނޑުން ފެންބޮމުން އެރެމުން ގޮސް ފައިތައް ކިސަޑުގައި ހަރުލީއެވެ. ގެރީގެ ބަނޑު ފެންގަޑުގައި ޖެހިފައި އޭގެ އިތުރަށް ނުގެނބި ހައްޔަރުވީއެވެ.
Print

އަނބު ހޮވުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


"އަނގަގަދަނުކޮށް އަނބުކޮޅު ހޮވާލައިގެން ދެވުނުނަމަ، މާރަނގަޅުވީހެވެ."

 
ޙަސަން ޝާކިރު މުޙައްމަދު
 
މާލޭގެ ބޮޑު މަގެއްގައި ހުންނަ މަޝްހޫރު ގެއެކެވެ. އެގޭގައި ދިރި އުޅެނީ، އެގޭ "މަންމަ" އެކަންޏެވެ. އެއީ މިހާރުނަމަ އިސް ރަށްވެއްސެއްގެ ޢުމުރަށް ގޮސްފައިވާ މީހެކެވެ. ގޭގެ ގޯތިތެރެ އޮންނަނީ އެކިކަހަލަ ގަސްގަހާގެހިން  " ޖަންގަލި " ހެދިފައެވެ. އޭތެރޭގައި ވަރަށްބޮޑު އަނބުގަހެއްވެސް ހުރެއެވެ.
އަނބުގެ ވިޔާފާރިކުރާ ބައެއްމީހުން، އަނބު މޫސުމުގައި  އެގެއަށް އައިސް ފައިސާ ކޮޅެއްދީފައި ގަހަށް އަރާ އަނބު ބިނދެގެން ގެންދެއެވެ. މިގޮތަށް އަނބު ބިންނައިރު، ބިންމައްޗަށް ވެއްޓި ހަލާކުވެފައި ހުންނަ އަނބުކޮޅު ހޮވަން އާދަވެގެން އަންނަ، މޫސާފުޅު ކިޔާ މީހަކުވެސް އުޅެއެވެ.
Print

އަޅޭ ކަތީބާ!

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޅޮހީ ޢަބްދުއްރަޙީމް / މަނަދޫގެ

އަލަށް އެއްޗެއް ތަޢާރަފުވާ ކޮންމެ ފަހަރަކީ އާ ކަންތައްތައް އަބަދުވެސް ހިނގާފަހަރު ތަކެކެވެ. މިގޮތުން އެކި ފަހަރު ހިނގަނީ އެކި ގޮތަށެވެ. ބަޔެއް ފަހަރު އެއީ ހެއްވާ މަޖާ ކަންތަކަށް ވެފައި އެބަހުއްޓެވެ. އަނެއް ބައި ފަހަރު އެއީ ނުހަނު ހިތާމަވެރި ހާދިސާތަކަށްވެސް ވެފައި އެބަހުއްޓެވެ. މިސާލަކަށް ކަރަންޓު އިސްތިރި ގެނައިތާ ކައިރީ އޭގެ ދަށްފުށް ރީތިވެފައި އޮމާންވީމާ އަތުން ބަލާލާ ހިތްވެގެން، އިސްތިރި ނުހަނު ދޮންބޮޑު ވެފައި ހުއްޓައި އަތްކާތާލެވިގެން އަތް ފިހިފައިވެސް އެބަހުއްޓެވެ. އެކަމަކު މިފަހަރު އެހެން ވާހަކައެކެވެ.
Print

މޮޅު ޖަވާބެއް

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

މާލޭގައި ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު ވެރިކަން ކުރެއްވި ދުވަސްވަރަކީ ސަބަބުތަކެއް ހުރެގެން ޢާންމު އާދައިގެ މީހުންނަށް ވެސް ޖާސޫސީ ނަޒަރަކުން ބައްލަވަމުން ގެންދެވި ދުވަސްވަރެކެވެ. މިކަން އާދައިގެ މީހުންނަށްވެސް ވިސްނޭމެއެވެ.  ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަރިހުގައި ދެތިން މީހަކުތިބެގެން ފަތިސް ނަމާދަށާއި ޢަޞްރު ނަމާދަށް އެކިފަހަރު އެކިމިސްކިތަށް ވަޑައިގަންނަވާކަމަށް ބުނެވެއެވެ. ނަމާދުން ނިމިވަޑައިގެން ފައިބައިވަޑައިގެން އަރިހުގައި ތިބޭބަޔަކާއެކު މަގުމަތީ ނުވަތަ މިސްކިތު ގޯތިތެރޭގައި މަޑުކޮއްލައްވައިގެން ވާހަކަދައްކަވަން ތިއްބަވައެވެ. މިސްކިތުން ފައިބާމީހުން ނުވަތަ މަގުމަތިން ހިނގާމީހުންވެސް ބައެއްފަހަރަށް ކައިރިކޮށްލުމުން އެ މީހުންނާއިވެސް ވާހަކަފުޅު ދައްކަވާކަމުގައިވިއެވެ. ހިނގާމީހުންނަށް  ނުވަތަ ޅަފުރައިގެކުދިންނަށް ގޮވާލައްވާ ގެންނަވައި ކޮންމެވެސްއެއްޗެއް ވިދާޅުވާކަމުގައިވެއެވެ.
Print

ލޯ ފަޅާށޯ ވާނީ!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު

     
އާދަމް ނަޞީރު އިބްރާހީމް (2005)


" ދޮން ހައްވާ! ލޯ ފަޅާށޯ ވާނީ! އުޕުރޭސަނެއް ނުކޮށެއް ދެނެއް ރަނގަޅެއް ނުވާނެޔޯ! އެކަމަކު ހާދަހައިވާ  ބިރެއްގަންނަކަމެކޭ.. މަށަކަށްވާ ހަމަ ލާހިކެއްނޫން!''

ހަސަންފުޅު މި ފަހަރު ވެސް  މާލެ ގޮސްފައި އައިސް އޭނާގެ އަންހެނުން ދޮންހައްވަ ގާތު އެ ދައްކަނީ ހަމަ ކުރީފަހަރު ވެސް ދެއްކި ވާހަކަ އެވެ. މި ފަހަރު ދެއްކި ޑަކުޓަރަކީ އެހެން ޑަކުޓަރަކަށް ވުމަކުން ވަކި ވީ ތަފާތެއް ނެތެވެ. ދިވެހި ޑަކުޓަރަކަށް ނުދައްކައި ބޭރުގެ ޑަކުޓަރަކަށް ދެއްކީ ވެސް އެމީ ހުންނަށް އޮންނަ ''އިތުބާރެއްގެ''  ބޮޑުކަމުންތާ އެވެ!
Print

ކޭލުފެން

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


މި އޮއް އެންމެން ގޮވައިގެން ރަސްކަން ކުރަން އިންމީހާ


 ކޭލުފެން ކައްކާ ގޮތް ވެސް ނުދަންނަނީތާ އެވެ.


ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީން މުސްކުޅި ބަންޑާރައިންގެ ޒަމާނުގައި އުތުރު ރަށަކުން އަންނަ މުސްކުޅި ބޭބެޔަކު ރަދުންގެ ފައިވާންފުޅު ދެކޭން ގަނޑުވަރަށް އައިސް އުޅެތެވެ. މި ބޭބެގެ ޒާތަކީ، މަލާފަތަކަށް ދެތިން އުޅާލި ލައިގެން ރޯނުގަނޑަކުން ދަމާ ބަނދެގެން ވެސް ރަދުން އަރިހަށް އަތުވެ ދެ އެވެ.
Print

ހަވައްޑޭ ތުއްތީދީގެ ޙިކްމަތްތެރިކަން

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޢަބްދުލްޙަކީމު ޙުސައިން މަނިކު

ހަވައްޑޭ ތުއްތީދީއަކީ، ވަރަށް ހިތްވަރުގަދަ ވިސްނުންތެރިއެކެވެ. ތުއްތު އަލިދީދީގެ ސީދީގެ އުމުރުން އަށާރަވަރަކަށް އަހަރުގައި އޭނާގެ ބޮޑު ޅިޔަންބޭބެ އަދި ބޮޑުވަޒީރު އަރިހުގައި ލަންކާޔަށް އިނގިރޭސި ކިޔަވަން ފޮނުވާތޯ ބައްދަލުކޮށްފައި ދަންނަވައިފި އެވެ. ވިދާޅުވީ ބޭބެގެ ކުދިން އިނގިރޭސި ކިޔެވިޔަކަސް، އެންމެންނަކަށް އިނގިރޭސިއެއް ނުކިޔެވޭނެ އެވެ. މި ބަހުން ލިބިވަޑައިގަތް ހިތްވަރުގައި އޮޑިކަނޑައިގެން ހުރަޔަށް އަރުވާލާފައި ހުންނެވި އެއްގަމުގޭ ތުއްތު ޢަލި ދީދީ ނަންގަވައިގެން ލަންއަށް ލަންކާއަށް ކުރެއްވި ހިތްވަރުގަދަ ދަތުރުގައި މާލިމީއަކީ ހަވައްޑޭ ތުއްތުދީދީ އެވެ. އެނގުނީ ހަވައްޑޭ ތުއްތު ދީދީއަކީ، ވަރަށް ކެރޭ ބިރުކުޑަ ބޭފުޅެއްކަމެވެ.
Print

ކިތަންމެ މޮޅު ރާނީ އަކަސް......

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ކިތަންމެ މޮޅު ރާނީ އަކަސް، ފިރިކަލުންގެ ކުރިމަތީގައިވާނީ، އަނބި ކަނބަލަކު


ކަމުގައިވާށެވެ!





ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

ކްވީން ވިކްޓޯރިޔާ – އިންޑިޔާގެ އެމްޕްރެސް މި ފަދަ މާތް ޢިއްޒަތްތެރި ބޮޑު ރާނީ، އެއްދުވަހަކު ވަޑައިގެން އެކަމަނާގެ ފިރިކަލުން ޕްރިންސް އަލްބަރެޓް އޭނާގެ ލިޔާ ކޮޓަރި ކޮޅުގައި ދޮރުކޮޅު ލައްޕަވައިގެން އިންނަވަނިކޮށް،  ދޮރުކޮޅުގައި ޓަކި ދެއްވައިފި އެވެ.
Print

މާތް ވަގެއް ވަގުފުޅެއް

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޅޮހީ ޢަބްދުއްރަޙީމު

އާންމުކޮށް އަޅުގަނޑުމެންނަށް ވަގުން ފެންނަނީ ވަރަށް ދަށުދަރަޖައިގެ ނުބައި ބައެއްގެ ގޮތުގައެވެ. އަދި މުޖުމަތަމަޢުގައި ގަދަރުނުކުރެވޭ ވިޔާނުދާ ބަައެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ބޮޑެތި ވަގުން ބޮޑެތި ވަލީވެރިންނަށް ވެސް ވެފައި ހުންނަނީއަކީ މަދެއްކޮށެއްނޫނެވެ. މޫސާގެފާނުގެ ޒަމާނުގައި މިޞްރުގައި ރަސްކަން ކުރި ކަލެއްގެ ދަރަޖަ ދެވުނު ފިރުއަޢުނަކީވެސް އެ ބާރު ލިބުމާއި ހަމައަށް މިޞްރުގެ ޤަބުރުސްތާނުތަކުން ވައްކަން ކޮށްގެން އުޅުނު މީހެއް ކަމަށް ޢިލްމުވެރީން ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް އަޅުގަނޑުގެ މިލިޔުމުގައި ގެނެސްދޭން މިއުޅެނީ މި ދިވެހިރާއްޖޭގައި މާތްކޮށް ހިތުނު "މާތްވަގެއް"ގެ  ވާހަކައެވެ. ކުރިޔަށް ވަޑައި ގަންނަވާށެވެ.
Print

އަޅައިލާ އަޅައިލާ ބާރަށް ފިތައިލާ

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ

އަަލަށްއެއްޗެއް ލިބޭ ކޮންމެފަހަރަކީ އާކަމެއް ކޮށްލާހިތްވާ ނުވަތަ އައުކަމެއް ކުރެވިފައި އޮންނަ ފަހަރެކެވެ. މިގޮތުން ދިމާވާ ހާދިސާތަކަކީ ބިރުވެރި ހެއްވާ ހިތާމަވެރި ހާދިސާއަށްވެސް ވެފައި ހުންނަނީއަކީ މަދެއްކޮށެއްނޫނެވެ. މިގޮތުން ދިވެހިރާއްޖޭގައި މިކަހަލަ ކިތަންމެ ހާދިސާއެއް ހިނގާފައި ހުންނާނެކަމީ ހަމަ ޔަގީންކަމެކެވެ. އެގޮތުން އަޅުގަނޑު ހުށައަޅާލަނި އެއިގެތެރޭން އެއް ހާދިސާއެވެ. ކުރިއަށް އަންނާން ކިތަންމެ ހާދިސާއެއް ހުރިކަން ހަނދުމަފުޅު ބަހައްޓަވަން ވާނެއެވެ.
Print

މިނިވަން ސައި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު

                      
   ޢަބްދުﷲ ޞާދިޤު
 
އަޅުގަނޑާ އަޅުގަނޑުގެ އެކުވެރި ފާރޫޤް ޙަސަނާ ތިބީ ކޮންމެވެސް ހޮޓަލަކަށް ސައިބޯން ގޮހެވެ. ދެމީ ހުން މިގޮތަށް ދިމާވާ ފަހަރުފަހަރު އަޅުގަނޑުމެން ކަންތައް ކޮށް އުޅޭ ގޮތާއެއްގޮތަށް ގެދޮރާ އާއިލާއާއި ދުނިޔެއާ އަޅުގަނޑުމެންގެ ވެއްޓާ ބެހޭގޮތުން ދައްކައި އުޅޭ ވާހަކަތަކުގައި އަޅުގަނޑުމެން ތިބީ މަޝްޣޫލު ވެގެންނެވެ. ދެމީހުން މިހޮޓާ ޚިޔާރުކުރީ ތަންކޮޅެއް މިނިވަންކޮށް ދައްކާލަން ޖެހޭކަހަލަ ވާހަކަތަކެއް ހުރެގެންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ