އަދުގެ ޚާއްސަ

އަރަތް

Print

އަރަތް - 21

ޝާޢިއުކުރީ އަޙްމަދު ޙާފިޒު . ހިމެނޭބަޔަކީ އަރަތް



ސްނޯޑްރޮޕް

ބަގީޗާއެއްގެ ތެރޭ ފޮޅިފަވާ މާތަކެއްގައި އުދުހިގެން އައި ދުނިތަކެއް ޖެއްސިއެވެ.

ކޮންމެ ދުންޏެއް މަލެއްގައި ޖެއްސުމުން އެއް ދޫނި ބާކީވެއެވެ.

ފަހަރަކު ދެ ދޫނި މަލެއްގަ ޖެއްސުމުން އެއްމާ ބާކީވެއެވެ.

އެހެންވީމާ ބަގީޗާގަ އިނީ މުޅިއެކު ކިތައްމާހެއްޔެވެ؟

 އަދި އެއީ ކިތައް ދޫނި؟
Print

އަރަތް - 20

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް



ސްނޯޑްރޮޕް


އިއްޔެ ނޫން އޭގެ ކުރީދުވަހު އިޒީ އަށް ވީ 7 އަހަރު.

މި އަހަރު ފިޔަވައި އޭގެ ކުރީ  އަހަރު އިޒީއަށް 10 އަހަރު ފުރޭނެ.

އެއީ ކިހިނެއް؟
Print

އަރަތް - 19

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ އަރަތް

 

އަހަންނަކީ ކާކު؟



ހުށަހެޅީ: މުޞްލިހު މުޙައްމަދު އިސްމާޢީލް



އަހަރެންނަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަނެކެވެ. އަހަރެންގެ ނަމުގެ ފަހަތަށް ފިލިޖަހައިފައިވާ އަކުރެއް އިތުރު ކުރީމާ، އަހަރެން ވަނީ އިންސާނާގެ ލޮލާއި ގުޅުން ހުރި އެއްޗެއްގެ ނަމަށެވެ. އަހަރެން ނަމުގެ ކުރިޔަށް ފިލިޖެހި އެއް އަކުރު އިތުރު ކުރީމާ އަހަރެން ވަނީ، އޮޅުވާލުމުގެ ގޮތުން ކުރާކަމަކަށް ނުވަތަ ލަކުޑީގެ ބާވަތަކަށްވެސް ކިޔާ ނަމަކަށެވެ. އަހަރެންނަކީ ކާކު ހެއްޔެވެ؟


Print

ފަންވަތު އަރަތް - 18

ޝާޢިއުކުރީ މުސްލިމް މުޚްލިޞް . ހިމެނޭބަޔަކީ އަރަތް


ހުށައެޅީ: މުޞްލިޙު މުޙައްމަދު އިސްމާޢީލް / ތ. ދިޔަމިގިލި

ދުވަހު ކުއްޔަށް، ކުއްޔަށްދޭ ކުލީ ކޮޓަރިއެއް، 3 (ތިން) މީހަކު ބައިވެގެން އެއް ދުވަހަށް ކުއްޔަށް ހިފިއެވެ. އެއްދުވަހުގެ ކުއްޔަކީ  30 (ތިރީސް) ރުފިޔާ ކަމުގައި ކޮޓަރީގެ ވެރިޔާ މި 3 (ތިން) މީހުން ގާތު ބުންޏެވެ. ދުވަސް ނިމުމުން މި 3 (ތިން) މީހުންވެސް ކުލި ދެއްކުމަށް ކޮޓަރީގެ ވެރިޔާ ގާތަށް ދިޔައެއެވެ. ކޮޓަރީގެ ކުއްޔަކީ 30 (ތިރީސް) ރުފިޔާ ކަމުން 3 މީހުން ކުރެ ކޮންމެ މީހަކުވެސް 10 (ދިހަ) ރުފިޔާ ދީގެން ކޮޓަރީގެ ކުއްޔަށްވާ 30 (ތިރީސް) ރުފިޔާ ކޮޓަރީގެ ވެރިޔާއާއި ޙަވާލު ކުރިއެވެ.
Print

ފަންވަތު އަރަތް - 17

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


ޢަބްދުﷲ ނަޢީމް އިބްރާހީމް

މީހަކު ހިނގާފައި ދަނިކޮށް މަގެއް ދެކަފިވާ ހިސާބަށް ދެވިއްޖެއެވެ. އެތަނުން އެއްކަފިން ނުވަތަ އެއް މަގުން ދިޔައީމާ މަގު ކުރެވެ. އަނެއް ކަފިން ނުވަތަ އަނެއް މަގުން ދިޔައީމާ މަގު ދުރެވެ. އެއް ކަފީގައި ހުރީ ދުވަހަކުވެސް ތެދެއް ނުބުނާ މީހެކެވެ. އަނެއް ކަފީގައި ހުރީ ދުވަހަކުވެސް ދޮގެއް ނުހަދާ މީހެކެވެ.
Print

ފަންވަތު އަރަތް - 16

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


އަހަންނަކީ ކާކު؟


އަހަންނާ އަހަރެންގެ ފިރި މީހާ ދިރިއުޅެނީ ވަރަށް ތަނަވަސް ގެއެއްގާ. އަހަރެންނަކީ ވަރަށް ދޮން ރީތި މީހެއް. އަހަރެންގެ ފިރިމީހާއަކީވެސް ރަތްދޮންކުލައިގެ މީހެއް.  އަހަރެމެން ދެމީހުންގެ ވަރަށްގިނަ ދަރީން ވެސް އެބަތިބި.  އެކަމަމު  އަހަރެން ދެރަވާ ދެކަމެއް އޮވޭ. އެއްކަމަކީ، އަހަރެންގެ ފިރިމާހާ ގެޔަށް ވަދެއްޖެ ނަމަ ހުރިހާ ކުދިން ފިލާނެ. ދުވަހަކުވެސް ބައްޕަ ހުންނަ ތަނެއްގައި އޭން ކުއްޖަކު މަޑެއް
Print

ފަންވަތު އަރަތް - 15

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އަރަތް


އަހަންނަކީ ކާކު؟



މުޙަންމަދުތަކުރުފާނު، ޕޯޗުގީޒުންނާ ދެކޮޅަށް ކަނޑުމަތީގައި  ހޭދަ ކުރެއްވިހައި ދުވަހު، އަހަރެން ހުރީ އެ މަތިވެރި ޖިހާދުގެ ބައިވެރިއެއްގެ ގޮތުގާ. އެތަކުރުފާނުގެ ޚިދުމަތުގާ.

މިހާރު ކަނޑުމަށްޗަށް ވަރަށް އަރަން ނުޖެހޭ. އެކަމަކު،
Print

އަހަންނަކީ ކާކު؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އަރަތް


އަރަތް - 14


ފޮނުވީ: އާނަ


އަހަރެންގެ އާއިލާ ވަރަށް ބޮޑުވާނެ.  އެކި މީހުން ދިރި އުޅެނީ އެކިތަންތާނގައި. ދިވެހިން އަހަރެމެން އާއިލާގެ އެންމެންނަށް ކިޔަނީ އެއް ނަން. އަހަންނަކީ އާއިލާގެ ތަފާތު ދަރިކޮޅުގެ ތެރޭގައި ހިމެނޭ އެއް ދަރިކޮޅަށް ނިސްބަތްވާ މީހެއް. ދާދި ފަހަކާ ޖެހެންދެން އަހަރެން މި ރާއްޖޭގައި އެންމެ ގިނައިން ދިރި އުޅުނު އެއްތަނަކީ، ބަދިގޭ ދުންހޮޅިތައް. ނުވަތަ ނުސާފު ބަދިގެތައް. އެހެންވެގެން
Print

އަރަތް 13: ކިތައް މީހުން؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ވާތްފަރާތުގައިވާ ފޮޓޯގައި އެވަނީ:
ނާއްޓޭއާއި،
ރާއްޓޭއާއި،
ކާއްޓޭއާއި،
ދާއްޓޭއާއި،
ތާއްޓޭއާއި،
ލާއްޓޭއާއި،
އަދިވެސް އެފަދަ އެތައް ބަޔެކެވެ.
Print

އަރަތް 12: އޭނާ އެހެން ބުނީ ކީއްވެ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ބިއްލޫރި ތަށި ވިއްކާ ފިހާރައަކަށްވަދެ މީހަކު ދެ ބިއްލޫރި ތަށި ގަތެވެ. އޭގެތެރެއިން އެއްތަށި ބޮލެވެ. އަނެއް ތަށި ތުންޏެވެ.

އޭނާ އެ ދެ ތަށި ހިފައިގެން ގެޔަށް ދިޔައިރު، އޭނާގެ އަންހެނުން ބިއްލޫރި ކުރައެއްގައި ފެން ހޫނުކުރަން ހުއްޓެވެ. އޭނާގެ އަންހެނުން އުޅެނީ ސައިހަދަން ވެގެންނެވެ.

ދެން އޭނާ ގެންދިޔަ ދެ ތަށި ފެނުމުން، އޭގެ ތެރެއިން ބޯ ތަށްޓަށް ހޫނު ފެން އަޅައިގެން، އޭނާގެ އަންހެނުން ސައިހަދަން އުޅުނެވެ.
Print

އަރަތް 10: އެއީ ކާކު؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އޭނާއަކީ، ތިބާ އެންމެ ބޮޑަށް ލޯބިވާ މީހުންގެ ތެރެއިން އެންމެ ލޯބިވާ އެކެކެވެ.
އެކަމަކު، ތިބާ އޭނާއާ ވާހަކަ ދައްކައިފިނަމަ، އެހެން މީހުން ހީކުރާނީ ތިބާއަކީ ބޮޑު މޮޔައެއް ކަމަށެވެ.
ފަހެ، އޭނާއަކީ ކާކު؟
Print

އަރަތް 9: ރޮށި ބަހާދީ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އެއީ، މީހަކާއި އޭނާގެ އަންހެން ދަރިފުޅާއި އޭނާގެ އަންހެނުންނާއި އަދި އެހެން މީހަކާއި އޭނާގެ އަންހެނުންނެވެ.


އެމީހުންގެ އަތުގައި އޮތީ ހަތަރު ރޮށްޓެވެ.


އެއިން ރޮށްޓެއް ފަޅިކޮށްނުލައި، ކޮންމެ މީހަކަށް ރޮށްޓެއް ލިބޭގޮތަށް، އެމީހުންނަށް އެ ރޮށިތައް ބަހާދޭނީ ކިހިނަކުން؟
Print

އަރަތް 8: ހަތަރުވަނަ ދަރިފުޅުގެ ނަމަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

އަންމަޑޭގެ މަންމަގެ ތިބީ ހަތަރު ދަރިންނެވެ. ފުރަތަމަ ދަރިފުޅަށް ކިޔަނީ ވިދުވަރެވެ. ދެވަނަ ދަރިފުޅަށް ކިޔަނީ ގުގުރިއެވެ. ތިންވަނަ ދަރިފުޅަށް ކިޔަނީ ވާރޭއެވެ.

އެހެންވީއިރު، ހަތަރުވަނަ ދަރިފުޅަށް ކިޔަނީ ކޮން ނަމެއް؟
Print

އަރަތް 7: ފާލަން ހުރަސްކުރި ތިން މީހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ތިން މީހަކު ފާލަމެއް ހުރަސްކުރިއެވެ.

އޭގެތެރެއިން ފުރަތަމަ މީހާއަށް އެ ފާލަން ފެނުނެވެ. އަދި އޭނާ އެ ފާލަން ހުރަސްކުރީ އޭގެ މަތީގައި ހިނގާފައެވެ.
ދެވަނަ މީހާއަށް އެފާލަން ފެނުނެވެ. އެކަމަކު އޭނާ އެފާލަމުގެ މަތީގައި ނުހިނގައި ހުރަސްކުރިއެވެ.
ތިންވަނަ މީހާއަށް އެފާލަން ނުފެނެއެވެ. އަދި އޭނާ އެ ފާލަމުގެ މަތީގައި ނުހިނގައެވެ. އެކަމަކު އޭނާ ވެސް އެ ފާލަން ހުރަސްކުރިއެވެ.

އެތިން މީހުން ފާލަން ހުރަސްކުރީ އެކުއެކީގައެވެ. އަދި އެއްވެސް އުޅަނދެން ބޭނުމެއް ނުކުރެއެވެ.

ފަހެ، އެ ތިން މީހުންނަކީ ކޮބާ؟
Print

އަރަތް:6 ފިލިޖަހާލަދެއްވާ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: ކަނީރު

ތިރީގައިވާ ބަހުގައި ފިލިޖަހާލަދެއްވުން އެދެން.

ހނދނހނދހދނހނދނހނނނހނދހނދނހދނހނދނހނނވރކރމއވ



Print

އަރަތް 1: ހަތް ކިލޯގުރާމުގެ ރަން ދީފައި ގެއެއް ގަތުން.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ގެއެއް ގަންނަން ބެލިއިރު، އެ ގޭގެ އަގަކީ، ހަތް ދުވަސް ވަންދެން، ކޮންމެ ދުވަހަކު ކިލޯގުރާމެއްގެ ރަން ދިނުމެވެ.

އެ ގެ، ގަންނަން ބޭނުންވި މީހާގެ އަތުގައި އޮތީ އެއްކޮށް އޮތް ހަތް ކިލޯގުރާމުގެ ރަންގަނޑަކާއި ރަންކަފާ ދެ ވަޅިއެވެ.
Print

އަރަތް 2: ކުކުޅު ބެހުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

މީހަކު ނިޔާވިއިރު، އޭނާގެ މިލްކުގައިވާ ކުކުޅުތަކެއް ބެހުމަށް ވަސިއްޔަތްކުރިއެވެ. އެކުކުޅުތަކުގެ ޖުމްލަ ޢަދަދަކީ 17 އެވެ. އެ 17 ކުކުޅު ބަހަން ޖެހެނީ އޭނާގެ 3 ދަރިންނަށެވެ. އޭނާ ވަސިއްޔަތްކޮށްފައިވަނީ:
އެންމެ ދޮށީ ދަރިފުޅަށް ދެބައިކުޅަ އެއްބައި ދިނުމަށެވެ.
ދެވަނަ ދަރިފުޅަށް ތިންބައިކުޅަ އެއްބައި ދިނުމަށެވެ.
ތިންވަނަ ދަރިފުޅަށް ނުވަބައިކުޅަ އެއްބައި ދިނުމަށެވެ.
އަދި އެއްވެސް ކުކުޅެއް މަރާނުލައި، ކުކުޅުތައް ބެހުމަށް ވެސް އޭނާ ވަސިއްޔަތްކޮށްފައި ވެއެވެ.
Print

އަރަތް 3: ޓެކްސީ ޑްރައިވަރުގެ އެކްސިޑެންޓް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: އެމް

ޓެކްސީ ޑްރައިވަރަކު ތަންކޮޅެއް ބާރަށް މަގު ހުރަސްކުރިއެވެ. އެވަގުތު އޭނާ ދުވާރުގައި ޖެހި އެކްސިޑެންޓްވިއެވެ. އަދި ދުވާރު މަތީގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެމީހާ ވެއްޓުނެވެ. އެވަރުން ވެސް އޭނާ މަތައެއް ނުވިއެވެ. އޭނާ ހުއްޓުނީ ދުވާރުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިފައެވެ. އޭރު އެތަނުގައި ޓްރެފިކް ބަލަހައްޓާ ފުލުހެއް ހުއްޓެވެ. އެ ފުލުހަށް، މި ހިނގާދިޔަ ހުރިހާ ކަމެއް ރަނގަޅަށް ފެނުނެވެ. ނަމަވެސް އެ ފުލުސްމީހާ، މިކަމާމެދު އަޅައެއް ނުލިއެވެ. އެއީ ކީއްވެ؟
Print

އަރަތް 5 - ފިލިޖަހާލަދެއްވާ

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އަރަތް


ފޮނުވީ: ކަނީރު

ތިރީގައި މިވަނީ އެކުވެރިޔަކު ފޮނުވި އީ- މެއިލެކެވެ.  ފިލިޖަހަންހަނދާންނެތުނީ ޔޯލައެވެ. މަށަށް މީގައި އަޅެފިލިޖަހާލަދީބަލާށެވެ.

އނނނނނނނނނނޏނނނނނނދނނދށވ.


އިތުރު މަޒުމޫން...

ހަމަމިގަލަމުން

އިދާރާ

ވާހަކަ