ޚައްޠާޠު މުޙައްމަދު ޙުސްނީ (1312 – 1389 ހ. ، 1896 – 1969 މ.)
ޢަބްދުލްމުޢީދު ޙަސަންޚައްޠާޠު މުޙައްމަދު ޙުސްނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ޝާމުކަރައިގެ ދިމަޝްޤުގަ އެވެ. ތަޢުލީމުގެ ފުރަތަމަ އޮޅިތައް އޭނާ ގިރާކުރެއްވީ އެރަށުގަ އެވެ. އެންމެ ކުޑައިރުއްސުރެ، ޢަރަބި ލިޔުމާއި ކުލަޖެއްސުމަށް އޭނާ ލޯބިކުރެއްވި އެވެ. ޢަރަބި ލިޔުމުގެ ތަފާތު ވައްތަރުތައް އޭނާ ދަސްކުރެއްވީ އެޒަމާނުގައި އުޅުއްވި މޮޅު ޚައްޠާޠުން (ޢަރަބި ލިޔުމުގެ ފަންނާނުން) ގެ އަރިހުންނެވެ.
މުޙައްމަދު ޙުސްނީ، އޭނާގެ ބައްޕައާއެކު މިޞްރަށް ހިޖުރަކުރެއްވީ، 1331 ވަނަ އަހަރު ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ. ޚާއްޞަ ތަނެއްގައި ޢަރަބި ލިޔުމުގެ މަސައްކަތް ކުރައްވަން ފެށްޓެވުމުގެ ކުރިން، އެ މަސައްކަތް އޭނާ ކުރައްވާފައިވަނީ، ގޭގަ އެވެ. ޚާއްޞަ ތަނެއްގައި އެމަސައްކަތް ކުރައްވަން ފެށްޓެވީ، 1348 (1929) ވަނަ އަހަރުން ފެށިގެންނެވެ. އެއީ އޭނާގެ އަމިއްލަ ތަނެކެވެ. އެތަނުގައި ޢަރަބި ލިޔުމުގެ އިތުރުން، ފަންނީ އެހެން މަސައްކަތްތައް ވެސް ކުރެއްވި އެވެ.