އަދުގެ ޚާއްސަ

ޚާއްޞަ

Print

ޝައިޚަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ!

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ، ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً،

فَادْخُلِي فِي عِبَادِي، وَادْخُلِي جَنَّتِي


ޢަބްދުލްމުޢީދު ޙަސަން


އަލްއިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި، ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގަ އެވެ.

ފަސްދާނުލުމަށް ހަމަޖެހިފައިވަނީ، އަލްބަޤީޢުގަ އެވެ.

މާތް ﷲ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ. އާމީން!
Print

މުޙައްމަދު ފިރުޢައުނު ނުވަތަ ޖިންނީންގެ ރަސްގެފާނު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން


އޭނާއަކީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އިންސާނެކެވެ. އާދައިގެ މީހަކަށް ނުކުރެވޭނެ ކިތަންމެ ކަމެއް އޭނާ ކުރެ އެވެ. މަޢުދަނުން ހަދާފައިވާ ފައިސާ ފޮތި، އެސްފިޔައިން ލަންބާލުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އޭނާ، އެއްފަހަރާ ދިހަ ކާރު ދަމާފައި ގެންދެ އެވެ. ހަމައެފަދައިން ބޮޑު ލޮރީއެއް ވެސް ދެ އަތުން ދަމާފައި ގެންދިއުމަކީ އޭނާއަށް ވަރަށް އާދައިގެ ކަމެކެވެ. އޭނާ ކައިއުޅޭ ތަކެތީގެ ތެރޭގައި އަލިފާނާއި ރޯމަހާއި ބިއްލޫރި ހިމެނެ އެވެ. އޭނާގެ ދަތްޕިލަ ވަރުގަދަ އެވެ. ޢުމުރުގެ ކުރީ ކޮޅުގައި އޭނާއަކީ ހަށިގަނޑު ވަރުގަދަ ޒުވާނެއް ނޫނެވެ. އޭނާ ދެކޭ މީހަކު "އޭނާއަކީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ މީހެކޭ" ނުބުނާނެ އެވެ.
Print

ޑރ. މުޞްޠަފާ މަޙުމޫދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ
މިޞްރުގެ މަޝްހޫރު ޢާލިމު ޑރ. މުޞްޠަފާ މަޙުމޫދު ވަނީ، 31 އޮކްޓޯބަރ 2009 ވީ ހޮނިހިރު ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. އަވަހާރަވި އިރު އޭނާގެ ޢުމުރުފުޅަކީ، 88 އަހަރެވެ.
މާތް ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ. އާމީން!

ޢަބްދުލްމުޢީދު ޙަސަން


ޑރ. މުޞްޠަފާ މަޙުމޫދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގެ އަލްމުނޫފިއްޔާގައި، މީލާދީ ސަނަތުން 1921 ވަނަ އަހަރު އެވެ. ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރެއްވި ދާއިރާއަކީ މެޑިސިން އެވެ. އޭނާއަކީ މެޑިކަލް ޑަކުޓަރެކެވެ. އޭގެ އިތުރުން، އޭނާއަކީ، މުފައްކިރެކެވެ. ލިޔުންތެރިއެކެވެ. ފިލޯސަފަރެކެވެ. ލިޔުންތެރިކަމާއި ތަޙުޤީޤުކުރުމުގެ މަސައްކަތް އޭނާ ފަށްޓަވާފައިވަނީ، 1960 ގައެވެ.

ޑރ. މުޞްޠަފާ މަޙުމޫދު ކާވަނި ބައްލަވައިގަތީ، 1961 ވަނަ އަހަރުގަ އެވެ. ދެބޭފުޅުން ލިބިވަޑައިގަތް ފަހުން، 1973 ގައި އެ ކާވަނި ރޫޅުނެވެ. ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ، އަމަލު އާއި އަދުހަމް އެވެ. ދެން 1983 ގައި އެހެން ބޭކަނބަލަކާ ކާވަނި ބައްލަވައިގަތެވެ. ނަމަވެސް 1987 ގައި މި ކާވަނި ވަނީ ރޫޅިފައެވެ. އެއަށްފަހު، އޭނާގެ ހުރިހައި ވަގުތެއް ހިބަކުރައްވާފައިވަނީ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށެވެ.
Print

މައި ޒިޔާދާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން


މައި ޒިޔާދާއަކީ، ޢަރަބީންގެ އެންމެ މޮޅު ޝާޢިރުންގެ ތެރެއިން ޝާޢިރާއެކެވެ. އަދި އަދަބިއްޔާތުގެ މައިދާނުގައި ގަލަންކޮޅު ހިންގަވާލެއްވި ފުންނާބު އުސް އަދީބާއެކެވެ. އޭނާގެ އަޞްލު ނަންފުޅަކީ، މާރީ އިލްޔާސް ޒިޔާދާ އެވެ. އޭނާ މަޝްހޫރުވެފައިވަނީ، މައި ގެ ނަމުންނެވެ. ޢަރަބި ބަހުގެ އިތުރުން ފަސް ބަސް އޭނާ ދެނެވަޑައިގަންނަވައެވެ.

މައި ޒިޔާދާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ފަލަސްޠީނުގެ އައްނާޞިރާ ނަމަކަށް ކިޔުނު ރަށުގައެވެ. ޞައްޙަ ރައުޔުތައް ބުނާ ގޮތުގައި އޭނާގެ އުފަން އަހަރަކީ، ހިޖުރައިން 1304 ވަނަ އަހަރެވެ. އެއީ، މީލާދީން 1886 ވަނަ އަހަރެވެ.
Print

މުސްލިމު ސައިންސް ދާނުން - 11

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ



أَبُو جَعْفَرُ مُحَمَّدُ بْنِ مُوسَي شَاكِرُ


އަޙްމަދު ފަހުމީ

ތަޢާރުފު


މުޙައްމަދު ބިން މޫސާ އަކީ، ފަލަކީ ޢިލްމާ ފަލްސަފާއާ ހިސާބު ޢިލްމާ އަސްދުއްވުން ތެރިކަމަށް ވެސް ކުޅަދާނަ ބޭފުޅެކެވެ.

ޢިލްމީ ޙަޔާތާއި ތަޢުލީމާއި ތަރުބިއްޔަތު

އަބޫޖަޢުފަރު މުހައްމަދު ބިން މޫސާ ޝާކިރަކީ، ބައިތުލް ޙިކްމަތުގައި ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންނެވި ތިންބެއިން ކުރެ އެކެކެވެ. އެހެންކަމުން ވަރަށް ފުރިހަމައަށް އޭނާއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގަތެވެ. ޢިލްމަށް އޭނާ ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން އެމަގުގައި ވަރަށްގިނަ ޢަދަދަކަށް ފައިސާ ވެސް ޚަރަދު ކުރައްވަމުން ގެންދެވިއެވެ. އޭނާގެ އެކުވެރިން ކަމުގައި އިޚްތިޔާރު ކުރެއްވީ، ހެޔޮލަފާ ރަނގަޅު މީހުންނެވެ. އެހެންކަމުން އޭނާ އަކީ، ރަނގަޅު ރަށްވެއްސަކަށް ވެވަޑައިގެންނެވި އެވެ.
Print

އަލްއިމާމު އިބްނު ތައިމިއްޔާ (10)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


 މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން....    

މާލިއްޔާ

ޢަބްދުﷲ ފާރޫޤް ޙަސަން


       
އިމާމު އިބްނު ތައިމިއްޔާ ސަރުކާރުގެ ވެރީންނަށް ހުއްދަދެއްވަނީ މާތްﷲގެ ފޮތާއި، ރަސޫލާގެ ސުންނަތުން ސާބިތުވާ ތަކެތި މާލިއްޔަތަށް ނެގުމަށެވެ. ޒަކާތާއި، ޣަނީމާ މުދަލާއި، ފައިއުމުދާ ނެގުމަށެވެ. އޭގެތެރެއިން ކޮންމެ އެއްޗަކާބެހޭ ގޮތުން ތަފްޞީލުކޮށްވަނީ ވާހަކަ ދައްކަވައިފައެވެ.
       
ޒަކާތުގެ ނިޞާބާއި ޒަކާތްވާޖިބުވާ އެއްޗެއްސާ ބެހޭގޮތަކުން އިމާމު އިބްނު ތައިމިއްޔާ ބަޙްޘެއް ނުކުރައްވައެވެ. ނަމަވެސް  ޒަކާތް ޙައްޤުވާ މީހުންނާ ބެހޭ ތަފްޞީލު ބަޔާންކުރައްވައެވެ. ސޫރަތުއްތައުބާގައި އެބައެއްގެ ވާހަކަ ބަޔާން ކުރައްވައިފައިވާ މީހުންނެވެ. ރިޒުޤުހޯދަން މަސައްކަތްކުރެވޭ ވަރަށް ހަށިގަނޑުގައި ވަރުހުންނަމީހުންނަށް ޒަކާތް ޙައްޤުވާނެކަމަކަށް ވިދާޅެއްނުވެއެވެ. ލަފާކުރެވޭގޮތުން އިމާމުގެ މަޤްޞަދަކީ ރިޒުޤުހޯދޭހައިވަރުހުރި އެކަމުގެ މަގުތައް ހުޅުވިފައިވާ މީހުން އަތްފައިހަލުވައިލުމެއްނެތި ތިބޭކަމުގައިވާނަމަ އެފަދަ މީހުންނަށް ޒަކާތުން ބައިލިބުން ހުއްދަ ނޫންކަމުގައި ވިދާޅުވުމެވެ.
 
Print

(1)އައްޠުފައިލުބިން ޢަމްރުއްދައުސީ

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ ޚާއްޞަ


ޞަޙާބީ ބޭކަލުންގެ ތެރެއިން:

ޝިފްޒާން އަޙްމަދު

"اللهم اجعل له آية تعنيه على ما ينوي من الخير"


މާނަ: "އޭﷲއެވެ. އޭނާ ނިޔަތްގަތް ހެޔޮކަންތައް ކުރުމަށް އެހީވެދޭނެ އާޔަތެއް މިންވަރުކުރައްވާނދޭވެ!" - ރަސޫލުﷲ ޠުފައިލުގެފާނަށްޓަކައި ކޮށްދެއްވި ދުޢާއެކެވެ.

އައްޠުފައިލު ބިން ޢަމްރުއްދައުސީ އަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސުވަންހައިގެ ސާހިބާއެވެ. އެކަލޭގެފާނަކީ ޢަރަބިންގެ މާތް ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.  ރަސޫލާގެ ކިބައިން ޙަދީޘްރިވާކުރެއްވި މާތް ޞަޙާބިއްޔަ ބޭކަލެއްވެސްމެއެވެ.
Print

މުސްލިމް ސައިންސް ދާނުން - 09

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


أَبُو طَيِّبُ سَنَدُبْنِ عَلِي

224/864
އަޙްމަދު ފަހުމީ

ތަޢާރުފު

أَبُو طَيِّبُ سَنَدُبْنِ عَلِي އަކީ، ތިން ޢިލްމަކަށް މޮޅު ބޭކަލެކެވެ. އޭނާ އަކީ، ކުޅަދާނަ މެތެމެޓިޝަން އެކެވެ. މޮޅު ސިވިލް އިންޖިނިއަރެކެވެ. އަދި މަޢުދަން ތަކާ ބެހޭ ޢިލްމުގެ މާހިރެއް ވެސް މެ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

أَبُو طَيِّبُ سَنَدُبْنِ عَلِيދުނިޔޭގެ އަލިކަން ދެކެވަޑއިގެންފައި ވަނީ، ޢިރާޤުގެ ބަޣުދާދުގަ އެވެ. ތަޢުލީމު ޙާޞިލު ކުރެއްވީ ވެސް ބަޣުދާދުގަ އެވެ. ބަޣުދާދުގެ ޢިލްމީ މާޙައުލުގައި ކުރިއަރައިގެން ދިޔަ އެންމެމޮޅު 4 މީހުންގެ ތެރެއިން أَبُو طَيِّبُ سَنَدُبْنِ عَلِي އަކީ އެއް ބޭފުޅެކެވެ. އޭނާ އަކީ، މުރުއްވަތްތެރި، ޙިލްމުވެރި، ކުޅަދާނަ، އެކުވެރިކަން ދެމެހެއްޓުމުގެ ޖަޒުބާތު ހުރި މާތް މީހެކެވެ.
Print

އަލްއިމާމު އިބްނު ތައިމިއްޔާ (09ވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޚަރާޖާއި ވާރުނަގާމީހުން


ަޢަބްދުﷲ ފާރޫޤު ޙަސަން

ޚަރާޖުނަގާ ޢާމިލުންނަށްވެސް ދެސިފައެއް ބޭނުންކަމުގައި އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. ބާރުގެ ޒަރީޢާއިން މާލިއްޔަތުގެ ޙިއްޞާ އަތުލެވޭފަދަ މީހަކަށްވުމާއި، އަމާނަތްތެރިއަކަށްވުމުގެ ސަބަބުން ޚަޒާނާއަށް ޚިޔާނާތްތެރިނުވެ ބަލަހައްޓާނެމީހަކަށް ވުމެވެ. ކުރީންވެސް ދެންނެވިފަދައިން މިދެސިފަހުރި އެކަކު ނުލިބިއްޖެނަމަ ދެމީހުން އައްޔަންކުރުމަށް އިމާމު ލަފާދެއްވައެވެ. ޖުމްލަގޮތެއްގައި މިދެންނެވި ދެސިފަހުރި ދެމީހުންނެވެ. ދެމީހުންގެ އަމަލީ ބައިވެރިވުމުގެ ސަބަބުން ދައުލަތުގެ ޚަޒާނާ ބެލެހެއްޓުމުގެ ކަންތައްތަކުގައި އެއްބާރުލުން އުފެދުމަށެވެ. ތަފާތު ސިފަތަކުގެ މީހުންގެ މެދު އަމަލީގޮތުން އެއްބާރުން ޤާއިމްކުރެވޭނީ ކިހިނަކުންކަމެއް އިމާމު ވިދާޅުވެއެއް ނުދެއްވައެވެ.
Print

މުސްލިމު ސައިންސް ދާނުން - 10

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ



أَبُو الْحَسَنُ عَلِي بْنِ سَهْلُ بْنِ رَبَنْ طَبَرِي

251/870

އަޙްމަދު ފަހުމީ


ތަޢާރުފު

عَلِي بْنِ سَهْلُ އަކީ، ބޭސް ވެރިއެކެވެ. އޭނާ ބަޣުދާދުގެ ހުރިހައި ހޮސްޕިޓަލެއްގެ އިންސްޕެކްޓަރުކަން ކުރައްވައިފައި ވެ އެވެ.

ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

عَلِي بْنِ سَهْلُ އަކީ، ފުރިހަމަ މުޙައްޤިޤެކެވެ. ޚާއްޞަކޮށް ބޭސްވެރިކަމުގެ ދާއިރާގައި މީނާ ވަކިން ބޮޑަށް ފުރިހަމަކަން ޙާޞިލު ކުރައްވައިފައި ވެ އެވެ.

عَلِي بْنِ سَهْلُ އަކީ، ޠަބަރިސްތާނު ގެ ވަޒަން ވެރިއެކެވެ. އޭނާގެ ބައްޕާފުޅަކީ، ޤާބިލް ބޭސްވެރިއެކެވެ. އަދި ރީތިކޮށް ލިޔުއްވާ ލިޔުންތެރިއެއް ވެސް މެ އެވެ. عَلِي بْنِ سَهْلُ ތައުލީމު ޙާޞިލުކުރެއްވީ، އޭނާގެ ބައްޕާފުޅުގެ އަރިހުންނެވެ.
Print

މުސްލިމް ސައިންސް ދާނުން - 08

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


أَحْمَدُبْنِ مُوسَي شَاكِرُ

240/858

އަޙްމަދު ފަހުމީ

ތަޢާރުފު

މުސްލިމުންގެ ތެރޭގައި އުފެދުނު އެންމެ ފުރަތަމަ މެކޭނިކަކީ، މީނާ އެވެ. ޢަރަބި ބަހުގައި މިފަންނަށް ކިޔަނީ، عِلْمُ الْحِيَلِ އެވެ.


ފަށާ ތަޢުލީމާއި ތަރުބިއްޔަތު

އަޙްމަދު މޫސާ އަކީ، ތާރީޚު ހެކިވާ ގޮތުގައި މުސްލިމުންގެ ތެރޭގައި އުފެދުނު އެންމެ ފުރަތަމަ މެކޭނިކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ