އަދުގެ ޚާއްސަ

ޚާއްޞަ

Print

އިބްނު ތައިމިއްޔާ (އަށްވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


 މުސްލިމު ސިޔާސީ މުފައްކިރުންގެ ތެރެއިން، އިބްނު ތައިމިއްޔާ....(7ވަނަ ބަޔާ ގުޅޭ..)


ސިފައިންގެވެރިޔާ

ޢަބްދުﷲ ފާރޫޤު ޙަސަން

ކުރީންވެސް ދަންނަވައިފައިވާ ފަދައިން ޙާކިމުންގެ ކިބައިގައި އަސާސީ ދެސިފައެއްހުރުން އިމާމު ބޭނުންފުޅުވެއެވެ. އެންމެފުރަތަމަ ސިފައަކީ އަމާނާތްތެރިކަމެވެ. ދެވަނަޔަށް ބާރުހުރިމީހެއްކަމުގައި ވުމެވެ. ނަމަވެސް އެމަޤާމެއްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅިގެން ސިފަތަކަށް އުނިއިތުރު އައުމުގެ ގެއްލުމެއްނެތް ކަމުގައި އިމާމު ވިދާޅުވިއެވެ. އެގޮތުން ސިފައިންގެ ވެރިޔާގެ ކިބައި އަމާނާތްތެރިކަމަށްވުރެ ބާރުހުރުން ބޭނުންކަމުގައި އިމާމު ދެކެވަޑައިގަންނަވައެވެ. އެކަމަށް ބާރުއަޅުއްވައެވެ.
Print

ލޯބީގެ ރަހަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ


ލޯތްބަކީ ކޮން އެއްޗެއްބާ! ލޯބީގައި ލަނީ ކޮން ރަހައެއްބާ! އެއީ ރަހައެއް ހުންނަ  އެއްޗެއްބާ! ނުވަތަ އޭގައި ރަހައެއް ނުހުރޭބާ!

ލޯތްބަކީ ކޮންކަހަލަ ރަހައެއްލާ އެއްޗެއްތޯ އައްސަވާލެއްވިންތޯއެވެ؟ އެއީ މާމަލުގައި ހުންނަ ފޮނިރަހަ ކަހަލަ ރަހައެއް ހުރި އެއްޗެއްތޯއެވެ؟ ނުވަތަ އެއީ އެނަރޖީ ޑްރިންކެއްތޯއެވެ؟ ނުވަތަ އެއީ ކާއެއްޗެއް ގޮތަށް ކައިގެން އޭގެ ރަހަލާ އެއްޗެއްތޯއެވެ؟

ލޯބީގެ ވަރަށް ގިނަ ބާވަތްތައް ހުންނަކަމަށް ބުނެވެއެވެ. އަޖައިބުވެ އަންތަރީސްކުރުވަނިވި ލޯބިވެސް ހުންނަކަމަށް އަޑުއިވެއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ލައިލާމަޖްނޫނު ކަހަލަ ވާހަކައެއް ނޫނެވެ. ރޯމިޔޯޖޫލިއެޓް ކަހަލަ ލޯބީގެ ވާހަކައެއްވެސް ނޫނެވެ. އަނާރުކަލީ ފަދަ ވާހަކައެއްވެސް ނޫނެވެ. އެކަމަކު ލޯބީގެ ޙަޤީޤީވާހަކަތަކެކެވެ.
Print

މުސްލިމް ސައިންސް ދާނުން - 07

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ

مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي

232ހ 849މ ނުވަތަ850


އަޙްމަދު ފަހުމީ

ތަޢާރުފު

މުޙައްމަދު ބުނި މޫސާ އަކީ، ހިސާބު ޢިލްމުގެ މަޝްހޫރު ޢާލިމު  އަދި އަލްޖެބްރާގެ މޫޖިދު ވެސް މެ އެވެ.

مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي، بَيْتُ الْحِكْمَة އަށް ހުށައެޅުއްވި  އާޓިކަލްގެ ފުރިހަމަ ކަމުން، بَيْتُ الْحِكْمَة  (ސައެންސު އެކަޑަމީ) ގެ މެމްބަރުކަން އޭނާއަށް ލިބިވަޑައި ގަތެވެ.
Print

ތިމަންކަލޭގެފާނުގެ އެކުވެރިޔާ

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޚާއްޞަ


ތިޔަބއިމީހުން ތިމަންކަލޭގެފާނުގެ އެކުވެރިޔާ ތިމަންކަލޭގެފާނަށް ދޫކޮށްފާނަންތޯ؟


އިބްރާހީމް އަޙްމަދު

އަބީ އިދްރީސުލްޚަވަލާނީގެ އަރިހުން ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. އޭނާ ވިދާޅުވިއެވެ. އަބުއްދަރުދާއު ވިދާޅުވާ އަޑު ތިމަން އެއްސެވީމެވެ. އަބޫބަކުރުގެފާނާ ޢުމަރުގެފާނާ ދެކަލުން ކަމަކާމެދު ވާހަކަ ދައްކަވަމުން ގޮސް ކުއްލިއަކަށް އަބޫބަކުރުގެފާނު ޢުމަރުގެފާނު ދެކެ ކޯފާއިސްވިއެވެ. ހަމަ މިއާއެކު ޢުމަރުގެފާނުވެސް ކޯފާވެފައިވާ ޙާލުކޮޅުގައި އަބޫބަކުރުގެފާނުގެ އަރިހުން ވަކިވެ ވަޑައިގަތެވެ.  ދެން ޢުމަރުގެފާނުގެ ފަހަތްޕުޅުން އަބޫބަކުރުގެފާނު  އެކަމާ މަޢާފަށް އެދިވަޑައިގަތުމަށް ވަޑައިގަތުމުން ޢުމަރުގެފާނު އެކަލޭގެފާނަށް މަޢާފު ދެއްވުމެއް ނެތި ގެކޮޅުގެ ދޮރުކޮޅު ލެއްޕެވިއެވެ. ދެން އަބޫބަކުރުގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ވަޑައިގަތެވެ. 
Print

އަލްއިމާމު އިބްނު ތައިމިއްޔާ (ހަތްވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ވަލިއްޔުލްއަމްރުންގެ ސުލޫކު
 
ޢަބްދުﷲ ފާރޫޤު ޙަސަން
      

އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އިސްވެދިޔަ ވާޖިބުތަކުގެ އިތުރަށް އަދި އެހެންކަމެއްވެސް ވަލިއްޔުލް އަމްރުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެކަމަކީ ޚަޞީލަތާއި އަޚްލާޤުގެ ގޮތުން އެބޭފުޅުންގެ ދަރަޖަ މަތިވެރިކުރެއްވުމެވެ. ޚާއްޞަކޮށް އަޚްލާޤީ ބައެއްސިފަތައް އެބޭފުޅުންގެ ގައިކޮޅުގައި އަށަގެންނެވުން ލާޒިމު ކަމުގައި ވިދާޅުވެއެވެ. އުނދަގޫތަކާއި މުޞީބާތްތައް ކުރިމަތިވާއިރު ކެތްތެރިވެ ވަޑައިގަތުމާއި، ކޯފާމަޑުކުރެއްވުމާއި، މީސްތަކުންނަށް މަޢާފުކުރެއްވުމާއި، ހަވާނަފްސުގެ އެދުންތަކާ ދެކޮޅުހެއްދެވުމާއި، ނުލަފާކަމާއި ބޮޑާކަމުން ދުރުހެލިވެވަޑައިގަތުމަކީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާކަންކަމެވެ.
Print

އަލްއިމާމު އިބްނު ތައިމިއްޔާ (ހަވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން......

 



                              ޢަދުލު އިންސާފު ޤާއިމްކުރުން
ޢަބްދުﷲ ފާރޫޤު ޙަސަން

އަލްއިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އަމާނާތްތައް އޭގެ އަހްލުވެރީންނަށް ރައްދުކުރުމުގެ ވާޖިބާޖެހިގެން ވަލިއްޔުލްއަމްރެއްގެ ދެވަނަ ވާޖިބަކީ ޢަދުލު އިންސާފު ޤާއިމްކުރެއްވުމެވެ. ޢަދްލުވެރިކަމުގެ މުހިންމުކަން ބަޔާން ކުރެއްވުމަށްޓަކައި އިބްނު ތައިމިއްޔާވަނީ އެކަލޭގެފާނުގެ ގަލަންކޮޅާއި ދޫފުޅުގެ ބާރު ވަރަށް ބޮޑަށް ބޭނުންކުރައްވައިފައެވެ. އިމާމު ވިދާޅުވާގޮތުގައި ދީނާއި ދުނިޔޭގެކާމިޔާބީ ބިނާވެފައިވަނީ ޢަދުލުވެރިކަމާއި އިންޞާފުގެ މައްޗަށެވެ. ޢަދުލުވެރިކަމާނުލައި ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްވުމަކީ މުސްތަޙީލު ކަމެކެވެ. ޢަދްލުވެރިކަމުގެ އަހައްމިއްޔަތު ބަޔާންކުރެއްވުމަށްޓަކައި ކީރިތި ޤުރުއާނާއި ކައުސާހިބާގެ ޙަދީޘުފުޅުތަކުން އިބްނު ތައިމިއްޔާ ދަލީލުދެއްކެވިއެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުން ޢަދުލުވެރިކަމުގެ މުހިންމުކަން ފުރިހަމަޔަށް ކަށަވަރު ކޮށްދެއްވިއެވެ.
Print

މުސްލިމް ސައިންސްދާނުން - 06

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


حَجَّاجُ بْن يُوسُفُ مَطَرُ

214 ހ 832މ
އަޙްމަދު ފަހުމީ

ތަޢާރުފު

    ޙައްޖާޖު ބިން ޔޫސުފް މަޠަރަކީ، ޖިއޮމެޓްރީއަށް އަރައި ހުންނެވި ޢިލްމުވެރިއެކެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

    ޙައްޖާޖަކީ، عِلْمُ الْهَنْدَسَة - ޖިއޮމެޓްރީގެ މާހިރެކެވެ. އޭނާ މި މާއްދާގައި، ވަރަށް ކުރިއަށް ވަޑައިގެންފައި ވެ އެވެ. އޭނާ އަކީ، ރަށްފުށުގެ ބޭފުޅެކެވެ. މައިންބަފައިންނަކީ ވެސް މާ ޢިލްމުވެރި ބައެއް ނޫނެވެ. ޙައްޖާޖު ކުރިއަށް ވަޑައިގަތީ އޭނާގެ ހިއްމަތާއި މިންނަތުންނެވެ.  ތައުލީމު ޙާޞިލު ކުރެއްވުމަށްފަހު، މީލާދީން 786 ގައި، ބަޣްދާދަށް ވަޑައިގަތެވެ.  
Print

އަލްއިމާމު އިބްނު ތައިމިއްޔާ (ފަސްވަނަބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރޭން...


                                 ވެރިޔަކު އިންތިޚާބުކުރުން
ޢަބްދުﷲ ފާރޫޤު ޙަސަން

ކުރީންވެސް ދެންނެވިފަދައިން އިސްލާމީ އުންމަތުގެ ހުރިހާދާއިރާތަކަކަށްވެސްވަނީ ބަޣުދާދުވެއްޓުމުގެ އަސަރު ފޯރައިފައެވެ. ޚާއްޞަކޮށް މުސްލިމުންގެ ވިސްނުމަށާއި، ސިޔާސަތަށް އޭގެ ސަބަބުން ވަނީ ވަރަށް ނުބައިއަސަރުތަކެއް ވެރިވެފައެވެ. އެހެންކަމުން އެޒަމާނުގެ މުފައްކިރުންވަނީ ކަންއޮތްގޮތުގެ ޙަޤީޤަތް ޤަބޫލުކުރެއްވުމުގެ މަގު ޚިޔާރުކުރައްވައިފައެވެ. އޭގެ އެންމެ ރީތި އެއްމިސާލަކީ އިބްނު ޠަޤްޠަޤާއެވެ. އިމާމު އިބްނު ތައިމިއްޔާއަކީވެސް އެކަލޭގެފާނުގެ ޒަމާން ލާޒިމުކުރާފަދައިން ޙަޤީޤަތް ޤަބޫލުކުރައްވާ ބޭކަލެކެވެ. އަނެއްކޮޅުން ޙަންބަލީ މަޒްހަބުގެ ބޭކަލެއްކަމުގައިވުމާއެކު ޝަރުޢީޤާނޫނުތަކާ ފުކެއްވެސް ފޭއަށްޖެހިވަޑައިގަންނަވާކަށެއް އެއްބަސްވެވަޑައެއް ނުގަންނަވައެވެ.
Print

މުސްލިމް ސައިންސް ދާނުން - 05

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


حَكِيْمُ يَحْيَي مَنْصُورُ

214ހ 832މ

އަޙްމަދު ފަހުމީ

ތަޢާރުފު

حَكِيْمُ يَحْيَي مَنْصُورُ އަކީ، ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ޝާހީ ދަރުބާރަށް ވަޑައިގަތީ ވެސް ނުޖޫމީ ޢިލްމުވެރިއެއްގެ ޙައިޘިއްޔަތުންނެވެ.

ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމު

ޔަޙްޔާ މަންޞޫރަކީ، ލިޔަންކިޔަން ދަންނަ ޢިލްމުވެރި ޚާންދާނެއްގެ އަގުހުރި ދަރިއެކެވެ. ޔަހްޔާގެ ބައްޕާފުޅަކީ ވެސް ނުޖޫމީ ޢިލްމުވެރިއެކެވެ. އެ ދުވަސްވަރަކީ، އިރު ހަނދާއި ތަރިތަކުގެ އަސަރު ޤަބޫލުކުރާމީހުން ގިނައިން އުޅުނު ދުވަސްވަރެކެވެ. އޭރު ނުޖޫމީ ޢިލްމަށް ޝައުޤުވެރިވާ މީހުން ވަރަށް ގިނަ އެވެ.
Print

ކައިވެނި ބައްލަވައިގެންނެވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބާ؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ޚާއްޞަ


އިޔާޒު ނަސީމް

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ ކޮބައިކަމާ މެދު މިހާތަނަށް އެތައް ދިރާސާއެއް ކުރެވިފައިވެއެވެ. މި ދިރާސާތަކުން ޢާއިޝަތުގެފާނާ ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ފުރިހަމަ އަންހެނެއް ކަމާއި ކުޑަ ކުއްޖެއް ނޫންކަން ސާބިތުވެއެވެ. އެހެން ނަމަވެސް މުސްލިމުންގެ ތެރެއިން ވެސް ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި ރަސޫލާ ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު އެކަމަނާއަކީ ޢުމުރުފުޅުން ވަރަށް ހަގު، ތުއްޕުޅު ބޭފުޅެކެވެ. އަދި މިކަން ވެފައިވަނީ ރަސޫލާގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ނުކިއްސަރު ވާހަކަތައް ފެތުރުމަށް ޣައިރު މުސްލިމުންނަށް ލިބިފައިވާ ފުރުޞަތެއް ކަމުގައެވެ.
Print

ކީރިތި ރަސޫލާ އަކީ ޢާލަމްތަކަށް ފޮނުއްވި ރަޙްމަތެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ޚާއްޞަ


ދުނިޔޭގެ މައްސަލަތަކަށް އޮތް ޙައްލަކީ ރަސޫލާގެ މެސެޖްގައި ހިފުން


ޢަބްދުﷲ ނަޢީމު އިބްރާހީމް

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ.

"އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަން ސުވާމީންގެ ކަލޭގެފާނު ނުފޮނުއްވަމެވެ." (އަލްއަންބިޔާއު 107)

ކީރިތި ރަސޫލާ ފޮނުއްވީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކާއި ބަސްފުޅުތަކުން މީސްތަކުންނަށް ރަޙްމަތުގެ ދޮރު ހުޅުއްވައި ދެއްވާންކަން މި އާޔަތުން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ