އަދުގެ ޚާއްސަ

މޮބައިލްފޯން

Print

މޮޓޮރޮލާ A3100

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

•    މޮޓޮރޮލާގެ މި އުފެއްދުމަކީ 2009 މާރޗް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް މިފޯނު ބޭނުންކުރެވޭނެއެވެ. މޮޓޮރޮލާގެ މި އުފެއްދުމަކީވެސް ޒަމާނުގެ ފަހުގެ ގޮތްތައް ބޭނުންކުރެވިގެން އުފައްދާފައިވާ ފޯނެކެވެ. މިގޮތުން ޓަޗް އިސްކިރީނާއި، ވައި ފައި ފަދަ ޚިދުމަތްތައް މިފޯނުގައި ހިމެނެއެވެ.
 
Print

އެލް.ޖީ KC910i ރެނޯރ LG KC910i Renoir

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން

 
ޢަބްދުﷲ ފިރާޤު

އެލް.ޖީ ގެ މި އުފެއްދުމަކީ ދާދިފަހުން އެކުންފުނިން ބާޒާރަށް ނެރެފައިވާ ފޯނެކެވެ. މޯބައިލްފޯނުގެ ފަހުގެ ވަސީލަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މިފޯނަކީ އެލް.ޖީ ގެ އުފެއްދުންތައް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފޯނެއްކަމަށް ބެލެވެއެވެ. 2 ޖީ، އަދި 3 ޖީ ނެޓްވޯރކްގައިވެސް އެލް.ޖީ ރެނޯރ ބޭނުންކުރެވޭނެއެވެ.
Print

އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

އެޗް. ޓީ. ސީ. ޓަޗް ކްރޫޒް 09 މޯބައިލް ފޯނަކީ އެޗް. ޓީ. ސީ. ގެ އެންމެފަހުގެ އެއް އުފެއްދުމެވެ. 2009 ފެބްރުއަރީގައި ބާޒާރަށް ނެރެފައިވާ މި ފޯނަކީ މޯބައިލް ފޯނުގެ އާ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ގެނުވި ހިނިތުންވުމަކަށްނޫނީ ނުވާނެއެވެ.
 
•    މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްގައިވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާފޯނެކެވެ. 2 ޖީ ނެޓްވޯރކްތަކުގައި ޖީ. އެސް. އެމް 1900 / 1800 / 900 / 850 މި ބޭންޑްތަކުގައި މި ފޯނު ބޭނުންކުރެވޭނެއެވެ. 3 ޖީ ނެޓްވޯރކެއްނަމަ އެޗް. އެސް. ޑީ. ޕީ. އޭ 2100 / 900 މި ބޭންޑްތަކުގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް މި ފޯނު ބޭނުންކުރެވޭނެއެވެ.
 
Print

ގޫގްލް އެންޑްރޮއިޑް ވައިޓް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ޓީ މޯބައިލްގެ "ނިއު ގޫގްލް އެންޑްރޮއިޑް އިން ވައިޓް" ފޯނަކީ ތަފާތު އާ ފަސޭހަތަކަކާއި އެކު އުފައްދާފައިވާ މޯބައިލް ފޯނެކެވެ. ހާއްސަކޮށް މި ފޯނަކީ މޯބައިލް ވެބް ބްރައުޒިންގ ގެ އާފަސޭހަތަކެއް ގެނުވައިދިން ފޯނެކެވެ.

މި ފޯނުގެ ދިގުމިނުގައި ހުންނަނީ 118 މިލިމީޓަރެވެ. ފުޅާމިނުގައި 56 މިލިމީޓަރ ހުންނައިރު ބޯމިނުގައި ހުންނަނީ 17 މިލިމީޓަރެވެ.
Print

ސެމްސަންގ ބީހޯލްޑް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ސެމްސަންގ ބީހޯލްޑް ފޯނަކީ ބަލާލަންރީތި، ގިނަ ފަންކްޝަންތަކެއް ހިމެނޭ ފޯނެކެވެ. ސެމްސަންގް ބީހޯލްޑްގެ އެސްޕްރެސޯ އަދި ބީހޯލްޑް ރޯސް ވެސް ހުރެއެވެ.

• ސައިޒް: ދިގު: 1.4 އިންޗި، ފުޅާ: 1.2 އިންޗި، ފޯނުގެ ބޯމިން: 0.5 އިންޗި.
• މިފޯނުގައި ބޭނުންކޮށްފައިވަނީ ރިޗާރޖަބްލް 1000 މިލިއެމްޕެއަރގެ ބެޓެރީއެކެވެ. 5 ގަޑިއިރު ވާހަކަދެއްކޭއިރު ސްޓޭންޑްބައި ގޮތުގައި 12 ގަޑިއިރު މިފޯނު ބޭނުންކުރެވެއެވެ.
• 850 MHz, 900 MHz, 1800 MHz, 1900 MHz މި ބޭންޑް (ފްރިކްއެންސީ) ތަކުގައި މި ފޯނު ބޭނުންކުރެވޭނެއެވެ.
Print

ނޮކިޔާ 5800 އެކްސްޕްރެސް މިޔުޒިކް

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ މޮބައިލްފޯން


ޢަބްދުﷲ ފިރާޤު

ނޮކިއާގެ މި އުފެއްދުމަކީ މިއުޒިކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ފަރުމާ ކުރެވިފައިވާ ފޯނެކެވެ. ވަންޓަޗް އޯޑިއޯ އަދި ވީޑިއޯ ފީޗާރސް ހިމެނިފައިވާއިރު ހައި ރިޒަލޫޝަން ވައިޑް ސްކްރީނަކާއި، ސްޕީރިއަރ ސަރައުންޑް ސައުންޑްވެސް ހިމެނެއެވެ.

ފޯނުގެ ދިގުމިނުގައި ހުންނަނީ އެންމެ 111 މިލިމީޓަރެވެ. ފުޅާމިނުގައި 51.7 މިލިމީޓަރ ހުންނައިރު ފުޅާމިނުގައި ހުންނަނީ 15.5 މިލިމީޓަރެވެ. ބަރުދަނުގައި 109 ގްރާމްހުރެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ