އަދުގެ ޚާއްސަ

އިސްލާމީ ތާރީޚް

Print

ހިޖްރައިގެ މައްޗަށް ބަލައިލުން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

ހިޖްރީ އައު އަހަރުގެ ތަހްނިޔާ، ފަންވަތުގެ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރުމަށް އަވަސްވެގަންނަމެވެ. މި އަދު މި ފެށުނު އަހަރު، ބަރަކާތްތެރި، ފާގަތި، ޞުލްޙަވެރި، އަމާން އަހަރެއްކަމުގައި މިންވަރުކުރައްވާށި އެވެ!

މި ކަހަލަ ކޮންމެ މުނާސަބަތެއްގައި ވެސް، އެ މުނާސަބަތަކަށް ބަލައިލުން ރަނގަޅުވާނެ އެވެ. ޢިބްރަތް ޙާޞިލުކޮށް، ދަރްސުތައް އުނގެނުމަށްޓަކަ އެވެ. ހަނދާނުގައި މި މަތިވެރި ޛިކްރާ އިތުރަށް ކަނޑައިނެގުމަށްޓަކަ އެވެ.
Print

މުސްލިމުންގެ ރަންޒަމާނުގެ ތާރީޚުގެ ތެރެއިން....

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

މުސްލިމު ރަސްކަމެއް

ޢަބްދުﷲ ފާރޫޤު ޙަސަން

ސުލްޠާނު ޞަލާޙުއްދީނު އައްޔޫބީ (1138- 1193މ) ރައްކައުވީ ޢިރާޤުގެ ތިކުރީތެވެ ކިޔުނު ރަށުގަ އެވެ. އެއީ ދިޖުލަތު ކޯރުގެ ހުޅަނގު އައްސޭރީގައި ބަޣުދާދާއި، މުޞިލާ ދެމެދުގައި އޮންނަ ރަށެކެވެ. ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، ނަޖުމުއްދީނު ބިން އައްޔޫބީ އެވެ.

ޞަލާޙުއްދީނަކީ ތުއްޕުޅުއިރު ވެސް ބިރުފުޅު ކުޑަ، ހިތްވަރުފުޅު ގަދަ، ހަށިކޮޅުވަރުގަދަ، ބޭފުޅެކެވެ. އެ ޒަމާނުގެ ވިސްނުންތެރީން އޭނާގެ މޫނުފުޅު ދެކެފައި ބުނެ
Print

މުސްލިމު ސައިންސްދާން - 21

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


حَكِيْمُ يَحْيَي مَنْصُورُ

214ހ 832މ
އަޙްމަދު ފަހުމީ

ތަޢާރުފު

حَكِيْمُ يَحْيَي مَنْصُورُ އަކީ، ފަލަކީ ޢިލްމާއި ނުޖޫމީ ޢިލްމު ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ޝާހީ ދަރުބާރަށް ވަޑައިގަތީ ވެސް ނުޖޫމީ ޢިލްމުވެރިއެއްގެ ޙައިޘިއްޔަތުންނެވެ.

ޙަޔާތުގެ ކުރިކޮޅާއި ތަޢުލީމު

ޔަޙްޔާ މަންޞޫރަކީ، ލިޔަންކިޔަން ދަންނަ ޢިލްމުވެރި ޚާންދާނެއްގެ އަގުހުރި ދަރިއެކެވެ. ޔަހްޔާގެ ބައްޕާފުޅަކީ ވެސް ނުޖޫމީ ޢިލްމުވެރިއެކެވެ. އެ ދުވަސްވަރަކީ، އިރު ހަނދާއި ތަރިތަކުގެ އަސަރު ޤަބޫލުކުރާމީހުން ގިނައިން އުޅުނު ދުވަސްވަރެކެވެ. އޭރު ނުޖޫމީ ޢިލްމަށް ޝައުޤުވެރިވާ މީހުން ވަރަށް ގިނަ އެވެ.
Print

މުސްލިމު ސައިންސްދާން - 20

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



أَبُو عَبْدُاللهِ مُحَمَّدُبْنِ أَحْمَدُ اَلْخُوَارِزَمِي

361/980ނުވަތަ928-993
އަޙްމަދު ފަހުމީ

ތަޢާރުފު

މުޙައްމަދު ބިން އަޙްމަދު ޚުވާރިޒަމީ އަކީ، ދުނިޔޭގެ ނިސްބަތުން މަޝްހޫރު ސައެންސު ދާނެކެވެ. އޭނާ، ހުރިހައި މަވްޟޫޢެއް އެކުލެވޭ ބޮޑު ފޮތެއް ލިޔުއްވި އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
Print

ސަޤާފީ ފުޑުންތަކާއި، ސިޔާސީ ކިބަކުރުންތަކުގެ ތެރޭގައި އިސްލާމީ އުއްމަތް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



އިބްރާހީމު ރަޝީދު މޫސާ
  
ކީރިތިރަސޫލާ صلى الله عليه وسلم، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އިސްލާމީ އުއްމަތް ޤާއިމުކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވި އެވެ. މި އުއްމަތް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު މައްކާގައި ވަނީ ފަށްޓަވާފަ އެވެ. މައްކާގައި ފަރުމާކުރެއްވި އުއްމަތް ބިނާކުރެއްވުމުގެ މަސައްކަތް މަދީނާ އަށް ހިޖްރަކުރެއްވުމަށް ފަހު ކުރިއަށްގެންދެވި އެވެ. މި އުއްމަތުގެ ބިނާ ދުނިޔެއަށް ފެންނަފަށަށް އުފުއްލާލެއްވީ މަދީނާގަ އެވެ.
Print

ﷲ އަށް ބިރުވެތިވުމުގެ ދަރުމަ

ޝާޢިއުކުރީ ޙުސައިން ޝާކިރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


ޙަޤީޤީ ވާހަކަ

ތަރުޖަމާ: ޙުސައިން ޝާކިރު

މިއީ، ކައު އިތުރު  ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެވަނަ ޚަލީފާ، މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި ހިނގާފައިވާ ވާޤިޢާ އެކެވެ.

އެއްދުވަހަކު ހުއިހައްޕާއުޅޭ ފަގީރު އަންހެނަކު އޭނާގެ ބަކަރިތަކުން ކިރުފެލައިގެން އައިސް އޭނާގެ ދަރިފުޅު ގާތުގައި ބުންޏެވެ. "ދަރިފުޅާ ކަނބުލޯ އެވެ. މި ކިރުފޮދުގެ ތެރެއަށް ކުޑަ ފެންފޮދެއް އަޅައި ކިރުފޮދު އިތުރުކޮށްލަދޭށެވެ. އެހެން ހެދީމާ ކިރު ވިއްކައިގެން އަހަރެމެންނަށް އިތުރު ފައިސާ ލިބޭނެއެވެ"
Print

މުސްލިމު ސައިންސްދާން - 19

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



غُرَيْبُ بْنِ سَعِيْدُ الْكَاتِبُ اَلْقُرْطَبِي

356/976-964
އަޙްމަދު ފަހުމީ

ތަޢާރުފު

غُرَيْبُ އަކީ މޮޅު ޑަކްޓަރެކެވެ. އަދި އޭނާ އަކީ، މުފައްކިރެއް ވެސް މެ އެވެ. އޭނާ އަންހެނުންގެ ބަލިތަކާ ބެހޭގޮތުން ހޯދުން ތަކެއް ހޯއްދަވައިފައި ވެ އެވެ. އަދި ފޫޅުމައި ކަމުގެ ޢިލްމަށް، غُرَيْبُ  ޚާއްޞަ މުހިއްމު ކަމެއް ދެއްވި އެވެ.  
Print

މުސްލިމު ސައިންސް ދާން -18

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


أَبُومَنْصُورُ مُوَفَّقُ بْنِ عَلِي اَلْهَرَوِي


340/961

އަޙްމަދު ފަހުމީ


ތަޢާރުފު

مُوَفَّقُ بْنِ عَلِي اَلْهَرَوِي އަކީ، ސައެންޓިސްޓެކެވެ. ފުރިހަމަ ޑޮކްޓަރެކެވެ. ވަކިބޭހުގެ ފައިދާއާ އަސަރުތަކުގެ މާހިރެކެވެ. އޭނާ އަކީ ބޭސްވެރި ކަމުގެ ފަންނުގައި މިޘާލެއް ނުވާވަރުގެ ބޭފުޅެކެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

     مُوَفَّقُ بْنِ عَلِي اَلْهَرَوِي އަކީ، އޭނާގެ ޒަމާނުގައި ބޮޑު ބޭސްވެރިއެކެވެ. ބޭހާ ބެހޭ ޢިލްމުގައި އޭނާ އަކީ، ވަރަށް މޮޅު ބޭފުޅެކެވެ. އަދި މޮޅު ސައިންސުދާނެކެވެ. އޭނާ އަކީ، އީރާނުގެ هَرَاتُގެ ރަށްވެއްސެކެވެ. އޭނާ ތަޢުލީމު ޙާޞިލުކުރެއްވީ އޭނާގެ ރަށުގަ އެވެ. އެއަށްފަހު މުޠާލަޢާ އާ ތަޖުރިބާގެ ދައުރު ފެށްޓެވި އެވެ.
Print

މުސްލިމު ސައިންސް ދާން -17

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް


حَكِيْمُ أَبُونَصْرُ مُحَمَّد اَلْفَارَابِي

238/950
އަޙްމަދު ފަހުމީ

ތަޢާރުފު

ފާރާބީ އަކީ، ދުނިޔޭގައި އުފެދުނު ވިސްނުން ތޫނު، ފުރިހަމަ، މޮޅު، ހަތަރު މީހުންގެ ތެރެއިން އެކަކު ކަމުގައި ބެލެވެ އެވެ. އޭނާ އަކީ، ޖުމްލަކޮށް ހުރިހައި ދާއިރާއަކަށް ވެސް މޮޅު ބޭފުޅެކެވެ. މީނާގެ ފުރިހަމަ ނަމްފުޅަކީ، أبو نصر محمد بن محمد بن أوزلغ بن طرخان އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

އަބޫ ނަޞްރު ފާރާބީ އަކީ، ވަރުގަދަ ސިކުނޑީގެ ވެރި ބޮޑު މުފައްކިރު އަދި ސައިންސު ދާނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ