ކްރިސްޓިއަން ކަނޑި (12)
އަލްއުސްތާޛު އަޙުމަދު މާޖިދު
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ހަވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 2
ޞަލީބީން ފަލަސްޠީނަށް އައިސް، މުސްލިމުންގެ އަތުން ޤުދުސް ނުވަތަ ޖެރޫސަލަމް އަތުލައިގަތް އިރު އެތަނުގައި ހިންގި ޤަތުލުޢާއްމާ ބެހޭ ޚުލާސާ ބަޔާނެއް މި ދިޔަ ބާބުގައި ވާނީ ގެނެސްދެވިފައެވެ. އެ ބަޔާނުގައި ދަންނަވާފައި ވާނޭ ފަދައިން ޤުދުސް އަތުލައިގަތުމުގެ ތެރޭގައި ޞަލީބީން ދައްކައިފައި ވާ އަނިޔާވެރިކަމާއި ރަޙުމުކުޑަކަމަކީ ތާރީޚުގެ ސަފުހާތަކުގެ ތެރެއިން މަދުން ނޫނީ ނުފެންނަ ފަދަ މިސާލެކެވެ. އެ ނުބައި ޤަތުލުޢާއްމު ހިންގާފައި ވަނީ
ކްރިސްޓިއަން ދީނާއި ކަނޑި (11)
އަލްއުސްތާޛު އަޙުމަދު މާޖިދު
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ޞަލީބީ ކްރިސްޓިއަން ކަނޑި ޤުދުސްގައި
ދެން އޮތީ ޞަލީބީން ޤުދުސްއަށް އަރައި ހިންގި ނުބައި ޖަރީމާތަކުގެ ވާހަކައެވެ. މިއީ އެ ވާހަކައެއް އަޑު އަހާ ޅަކުދީންގެ ބޮލުގައި ހުންނަ އިސްތަށިތައް ނުރަޔަށް ވާ ފަދަ ވާހަކައެކެވެ. ތާރީޚުގެ ސަފުހާތަކުން މިފަދަ ލޭ އޮހޮރުވުމެއްގެ މިސާލެއް ފެންނާކަށް ނެތެވެ. ނުވަތަ ފެނިފައި ވަނީ ވަރަށް ވެސް މަދުންނެވެ. މިއީ ދުނިޔެ ދެމި އޮތްހައި ދުވަހަކު އިންސާނީ ރަޙްމާއި ހަމްދަރުދީއާއި ހިތްހެޔޮކަމުގެ އަގުތަކުން ލަޢުނަތް ދޭނޭ ކަމެކެވެ. އާދޭހެވެ! ރޯމަން
ކްރިސްޓިއަން ދީނާއި ކަނޑި (10)
އަލްއުސްތާޛު އަޙުމަދު މާޖިދު
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ފަސްވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 1
ޖޮނަތަން ރިލޭ-ސްމިތަކީ އިނގިރޭސި ވިލާތުގެ ކްރިސްޓިއަން މުއައްރިޚެކެވެ. ޞަލީބީ ހަނގުރާމައިގެ ތާރީޚާ ބެހޭ ގޮތުން ޚާއްސަ ގޮތެއްގައި ދިރާސާތައް ކުރެއްވި ބޭފުޅެކެވެ. ޞަލީބީ ހަނގުރާމަޔާ ބެހޭ ގޮތުން އޭނާ ވަރަށް ގިނަ ފޮތްތައް ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި އިނގިރޭސި ވިލާތާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ ޔުނިވަރުސިޓީތަކުގައި އެތައް ލެކްޗަރުތަކެއް ދެއްވާފައި ވެއެވެ. އޭނާގެ ފޮތްތަކުގެ ތެރޭގައި 1987 ވަނަ އަހަރު ޝާއިޢު ކުރެވުނު "ކްރުސޭޑްސް: އަ ޝޯރޓް ހިސްޓްރީ" ހިމެނެއެވެ. އޭނާގެ ލެކްޗަރުތަކުގެ ތެރޭގައި 1979 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ޔުނިވަރސިޓީ އޮފް ލަންޑަންގެ ރޯޔަލް ހޮލޯވެއި ކޮލެޖްގައި ދެއްވި ލެކްޗަރު ހިމެނެއެވެ.
ރަށްތަކުގެ މަންމަ: މާތްވެގެންވާ މައްކާ
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކީރިތި ޤުރުއާނުގައި މައްކާއަށް ތަފާތު ނަންތަކުން ޚިޠާބުކުރެވިފައި އެބަހުއްޓެވެ. މި ފަދަ ނަންތަކުގެ ތެރެއިން އެއް ނަމަކީ އުއްމުލްޤުރާ ("މައި ރަށް" ނުވަތަ "ރަށްތަކުގެ މަންމަ") އެވެ. "وَهَـذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَالَّذِينَ يُؤْمِنُونَ بِالآخِرَةِ يُؤْمِنُونَ بِهِ وَهُمْ عَلَى صَلاَتِهِمْ يُحَافِظُونَ."
އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚްޞިއްޔަތު (2)
ޢަބްދުﷲ ފާރޫޤު ޙަސަން
މުޞަންނިފު ބަޔާންކުރައްވާ ގޮތުގައި،[އެކަލޭގެފާނު އާދައިގެ ޢާއިލާއަކުން ވަޑައިގެން ދުނިޔޭގެ ވަރަށްބޮޑު ދީނެއްގެ ބިންގާ އެޅުއްވިއެވެ. އެދީން ފަތުރުއްވައި ދީނުގެ ދާއިރާ ތަނަވަސް ކުރެއްވިއެވެ. ހަމައެއާއެކު ސިޔާސަތުގައިވެސް ބާރުހުރި ޤިޔާދަތެއް ހޯއްދަވައި ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ތޭރަސަތޭކަ އަހަރު ވޭތުވެ ދިޔުމަށްފަހު މިއަދުވެސް އެކަލޭގެފާނުގެ އަސަރު އޭގެ ފުރިހަމަ ބާރާއި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.]
އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (4)
ޢަބްދުﷲ ފާރޫޤު ޙަސަން
މަނާ ލިސްޓު
އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރްއާނާއި ސުންނަތުގެ ސިފައިގައި ހުށަހަޅުއްވައިފައިވާ މާތްދީނުގައި ޤިޔާމަތާ ހަމަޔަށް އިންސާނުންނަށް ބޭނުންވާނެ ހުރިހާ ދާއިރާތަކެއްގެވެސް އަސާސްތައް ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެގޮތުން އިޤްތިޞާދީ ދާއިރާގެވެސް ގިއުގަނޑެއް ވަނީ ފަރުމާކޮށްދެއްވައިފައެވެ.
އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (3)
ޢަބްދުﷲ ފާރޫޤު ޙަސަން
ހ. ޒަކާތްދިނުން.
އިސްލާމްދީނުގައި ޒަކާތުގެ ދެބާވަތެއް ވަނީ ތަޢާރުފުކުރައްވައިފައެވެ. އެއްބާވަތަކީ ފިޠުރު ޒަކާތެވެ. އަނެއް ބާވަތަކީ މުދަލުގެ ޒަކާތެވެ. ޒަކާތަކީ އިސްލާމްދީނުގެ އިޤްތިޞާދީ އިޙްސާންތެރިކަމުގެ އިދާރާގެ މައިތަނބެވެ. އިޖްތިމާޢީ އިޤްތިޞާދީ ގޮންޖެހުންތައް ކަމުގައި ހިމެނޭ ވަޒީފާ ނެތުމާއި، ފަޤީރުކަމާއި، އަސާސީ ބޭނުންތައް ނުފުދުމުގެ މަސްއަލައިގެ ޙައްލެވެ.
އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (2)
ރިބާއާއި ޖުވާއާ އެ ނޫން ވެސް ޙަރާމް ވަސީލަތްތައް
ޢަބްދުﷲ ފާރޫޤު ޙަސަން
ވޭތިވެގެންމިދާ ތިންހަތަރު ސަތޭކަ އަހަރެއްގެ ތެރޭގައި ރިބާއާއި ޖުވާއާއި އެނޫންވެސް މިފަދަ އެތައް ވަސީލަތްތަކެއް ވަނީ އިޤްތިޞާދުގެ ތެރެއަށް ވަރަށް ފުންކޮށް މޫލައިފައެވެ. އެކަންތައްތަކަކީ ގާތްގަނޑަކަށް ހުރިހާ ދީންތަކެއްގައްޔާއި ތަހްޒީބުތަކެއްގައި މުންކަރާތުގެ ތެރޭގައި ހިމަނާ ކަންތައްތަކެކެވެ. މިސާލެއްގެ ގޮތުން ރިބާއަކީ ވަރަށް އިހުއްސުރެ އިޤްތިޞާދީ ދާއިރާގައި ކޮންމެވެސް ސިފައެއްގައި ހިނގަމުންއައި ކަމެކެވެ. ނަމަވެސް ރިބާ ކެއުމަކީ އަބަދުވެސް ނަފްރަތުކުރެވުނު ކަމެކެވެ. އެކަމަކު މިހާރު އެކަންވަނީ މުޅީން ބަދަލުވެފައެވެ.
ކްރިސްޓިއަން ދީނާއި ކަނޑި (9)
ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.
ކެރޮލިންގިއަން ފްރޭންކުންގެ ދައުލަތް
މެރޮވިންގިއަން ފްރޭންކް ދައުލަތުގެ ބާނީ ކްލޯވީ އެއްވަނަ އަވަހާރަވީ މީލާދީން 511 ވަނަ އަހަރުގައެވެ. އޭނާއަށް ފަހު އޭނާގެ ވެރިކަން އޭނާގެ ހަތަރު ފިރިހެން ބޭފުޅުންނަށް ވާރުތަވިއެވެ. އެ ހިސާބުން މެރޯވިންގިއަން ފްރޭންކް މުލޫކިއްޔާ ޝާހީ އަމީރުންނާއި، ދެން ވެސް ބާރުގަދަ ބޭފުޅުންގެ ކުޅޭކުޅޭ އެއްޗަކަށް ވެގެން ދިޔައެވެ.
އިތުރު މަޒުމޫން...
- އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (1)
- އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (3)
- އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (2)
- ކުރިސްޓިއަން ދީނާއި ކަނޑި (8)
- ކްރިސްޓިއަން ދީނާއި ކަނޑި (7)
- ހިޖްރައިގެ އެންމެ މުހިއްމު ދަރްސު
- ވިސްނައިލަމާތޯ!
- ކްރިސްޓިއަން ކަނޑި (6)
- ކްރިސްޓިއަން ކަނޑި (5)
- އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (3)