އަދުގެ ޚާއްސަ

ދިރާސާ

Print

އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނުން އުފައްދަވައިފައިވާ ފިޠުރަތުގެ ސަބަބުން އިންސާނުންނަކީ ތަފާތު ބައެކެވެ. ވިސްނުމާއި ފިކުރުގެގޮތުން ބެލިކަމުގައި ވިޔަސް، އިސްކޮޅާއި ރޫފައިގެގޮތުން ބެލިކަމުގައި ވިޔަސް ޖިސްމާނީ ހަކަތައާއި ބުންވަރަށް ބެލިކަމުގައި ވިޔަސް މިކަންހުރީ މިގޮތަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި މަޢީޝަތުގެ ވަސީލަތްތައް ލިބިގަތުމުގައިވެސް ތަފާތެއް ހުރުމަކީ ޠަބީޢީކަމެކެވެ.
Print

އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


މަސްއޫލިއްޔަތުގެ ތަޞައްވުރު


ޢަބްދުﷲ ފާރޫޤު ޙަސަން

ކީރިތި ޤުރްއާނުގައްޔާއި، ކައުސާހިބާގެ ސުންނަތުގައި ބަޔާންކުރައްވައިފައިވާ ދާއިމީ އަދި އަޒަލީ އަގުތަކުގެ ތެރެއިން އެއްކަމަކީ މަސްއޫލިއްޔަތުގެ ތަޞައްވުރެވެ. އާދޭހެވެ. އިންސާނާ އުފައްދަވައިފައި ވަނީ އެއްވެސް ހިފެހެއްޓުމެއް، ބަންދުކުރެވުމެއް ނެތި، އޭނާގެ ހިތްކިޔާ ކޮންމެ މިޞުރާބަކަށް އުދުހިގެންދެވޭ ދޫންޏެއްގެ ގޮތުގައެއް ނޫނެވެ. ލަގަންއަޅުވައި މަތަކޮށް ކިޔަމަންނުކުރެވޭ ފަދަ ނުކިޔަމަންތެރި، ނުކިއްސަރު ޙަޔަވާނެއް ފަދަޔަކުން ވެސް ނޫނެވެ.
Print

އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


އިލާހުވަންތަފަރާތުގެ ވަޙްދަތު

ޢަބްދުﷲ ފާރޫޤު ޙަސަން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވައިފައިވާ އަގުތަކުގެ ތެރެއިން ދާއިމީ އަނެއް އަގަކީ އަދި ޙަޤީޤަތާ މުޅީން އެއްގޮތް އެއް ހިދާޔަތަކީ އިލާހުވަންތަ ފަރާތުގެ ވަޙްދަތެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲގެ އެއްކައުވަންތަކަމެވެ.
Print

ކުރިސްޓިއަން ދީނާއި ކަނޑި (8)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ހަތަރުވަނަ ބާބު – ފަރަންސޭސި ރަސްކަލުންގެ މުޤައްދަސް ކަނޑިކޮޅު


އަޙްމަދު މާޖިދު

ތިންވަނަ ބާބުގައި އަޅުގަނޑު ވާހަކަ ދައްކާލާފައި ވާނީ ރޯމަން އަމްބަރާތޫރު ކޮންސްޓަންޓީންގެ ވެރިކަމުގެ ދައުރުގައި ކްރިސްޓިއަން ދީން ފެތުރުމަށް، އަދި ކްރިސްޓިއަން ދީނުގެ ތިންކައުވަންތަކަމުގެ ޢަޤީދާ ފެތުރުމަށް ޓަކައި ކަނޑީގެ ބާރުގައި ކުރެވުނު މަސައްކަތްތަކާ މެދުގައެވެ. އަދި އޭނާއަށް ފަހު ހަމަ އެ މަސައްކަތް އޭނާގެ ފަހުން ވަޑައިގެންނެވި ރަސްކަލެއް ކަމުގައި ވާ ތިއޮޑޯސިއަސް ކުރެއްވި ގޮތާ މެދުގައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރޯމަން ބައިޒެންޓައިން ދައުލަތުގެ ސަރަހައްދުން ވަޘަނީ ދީނުގެ މީހުން މުޅީން ހުސް ކޮށްލެވުނެވެ.
Print

ކްރިސްޓިއަން ދީނާއި ކަނޑި (7)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

 ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙްމަދު މާޖިދު

ވަޘަނީންނާ ދެކޮޅަށް ހިންގުނު ޖަރީމާތައް

ކްރިސްޓިއަން ދީނުގެ ދާއިރާގެ ތެރޭގައި ތިބެ، ތައުޙީދުގެ ޢަޤީދާއަށް އީމާންވި މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ އިތުރަށް، ރޯމަން ދައުލަތުގެ މުސްކުޅީ ދީން ކަމަށް ވާ ވަޘަނިއްޔަތު، ނުވަތަ އިނގިރޭސި ބަހުން ދަންނަވާ ނަމަ "ޕެގޭނިޒަމް" ގެ އަހުލުވެރީންނާ ދެކޮޅަށް ކްރިސްޓިއަނުން ނެގި ކަނޑި ވަކި ކޮށްޓެއް ނޫނެވެ.
Print

ހިޖްރައިގެ އެންމެ މުހިއްމު ދަރްސު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


ރޭވުންތެރިކަން


އިބްރާހީމް ރަޝީދު މޫސާ

އަހަރެއް ފާއިތުވެ  އާ އަހަރަކާ ކުރިމަތިލާ މިދުވަހަކީ ދުނިޔެ ދައުރުކުރަމުންދާ ދިޔުމުގެ ތެރޭގައި އަލްވަދާޢުކިޔުމާއި  އިސްތިޤުބާލުކުރުމުގެ  އުޞޫލުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ދުވަހުގެ ތަހްނިޔާއާއި ތަބްރީކާތުތައް ލޮބުވެތި ކިޔިންތެރިންނަށާއި ބެލުންތެރިންނަށް އަރިސްކުރުމަށް އަވަސްވެ ގަންނަމެވެ. މާތްﷲ، ވޭތުވެދިޔައަހަރަށް ވުރެ ކުރިމަތިލީ މި އަހަރު، ފާގަތި، ބާއްޖަވެރި، ޞުލްޙަވެރި އަހަރެއްކަމުގައި ލައްވާށި އެވެ.
Print

ވިސްނައިލަމާތޯ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އިބްރާހީމް ރަޝީދު މޫސާ (2011)

އިނގިރޭސިވިލާތުގެ މަޝްހޫރުރަސްކަލަކު (1) އޭނާގެ އަސްވާރުންގެ ތެރެއިންމީހަކާ އެކު ރާޒުވާކުޅުއްވި ދުވަހެކެވެ. މި އަސްވާރު ދެންނެވި އެވެ. އަޅުގަނޑަށް މަސާހިބާ ބަލިކުރެއްވިއްޖެ ނަމަ ރާޒުވާގޮނޑީގެ ކޮންމެ ގޮޅިއަކަށް އަޅުގަނޑު މި ދަންނަވާގޮތަށް ގޮދަންފުއް ދެއްވިދާނެތޯ އެވެ. ފުރަތަމަ ގޮޅިއަށް އެއް ފުކެވެ. ދެވަނަގޮޅިއަށް އޭގެ ޑަބަލެވެ. ތިންވަނަގޮޅިއަށް ދެވަނަގޮޅީގެ ޑަބަލެވެ. މިގޮތަށް ގޮސް ރާޒުވާގޮނޑީގެ 64 ގޮޅި އަށް ގޮދަންފުއް ދެއްވާގޮތަށް ކުޅެފާނަމެވެ.
Print

ކްރިސްޓިއަން ކަނޑި (6)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

10 ނޮވެމްބަރު (ބުރާސްފަތި) އާ ގުޅޭ..

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙުމަދު މާޖިދު
ޑޮނޭޓިސްޓުން ސުންނާފަތި ކޮށްލުން
ނީސިއާގެ ފުރަތަމަ ކައުންސިލުގެ ބައިވެރީން، ކްރިސްޓިއަން ދީނަކީ ތިންކައުވަންތަ އިލާހެއްގެ ޢަޤީދާގެ ދީނަކަށް ހަދައި، ޢީސާ ޢަލައިހިއްސަލާމަކީ ކަލެއް، އަދި ކަލާނގެ ދަރިކަލުން ކަމުގައި ހެދުމުން އެކަމާ ޑޮނޭޓަސް އިދިކޮޅު ހެއްދެވިއެވެ. އަމްބަރާތޫރު ކޮންސްޓަންޓިންއާއި ރޯމާއި އެލެގްޒެންޑްރިއާގެ ބޮޑު ފައްޅިތަކުގެ އިސް ވެރީން ކުރެއްވި އެތައް މަސައްކަތަކުން ވެސް ޑޮނޭޓަސް އާއި އޭނާގެ އެކުވެރީންގެ "ތައުޙީދު" ގެ ޢަޤީދާ ފުނޑުފުނޑުކޮށެއްނުލެވުނެވެ.
Print

ކްރިސްޓިއަން ކަނޑި (5)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަލްއުސްތާޛު އަޙުމަދު މާޖިދު

ތިންވަނަ ބާބު – ކްރިސްޓިއަން  ކަނޑީގެ ފުރަތަމަ ދައުރު

ކްރިސްޓިއަން ދީނުގެ ތާރީޚުގައި ތޯމަސް އަކީނާސް އަކީ، އިސްލާމީ ޢިލްމުތަކުގެ ތާރީޚުގައި އިމާމް އައްޝާފިޢީ ރަޙިމަހުﷲ އަށް ދެވިގެންވާ ދަރަޖަ، ނުވަތަ އެއަށްވުރެ ވެސް މަތީ ދަރަޖައެއް ދެވިފައި ވާ ބޭފުޅެކެވެ. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީން 1225 ވަނަ އަހަރުން ފެށިގެން 1274 ވަނަ އަހަރާ ހަމަޔަށެވެ. އަކީނާސްގެ "ސަންމާ ތިއޮލޮޖީކާ" އެވެ ކިޔުނު ފޮތާއި "ސަންމާ ކޮންޓްރާ ޖެންޓައިލްސް" އެވެ ކިޔުނު ފޮތަކީ ކްރިސްޓިއަން ދީނުގައި ބައިބަލަށް ފަހު ދެން އެންމެ މުހިއްމު ފޮތްތަކުގެ ތެރެއިން ދެ ފޮތެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ