އަދުގެ ޚާއްސަ

ދިރާސާ

Print

އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

14އޮކްޓޯބަރ (ހުކުރު) އާ ގުޅޭ..

އިސްލާމްދީނުގެ ނަބިއްޔާގެ މަގުދެއްކެވުން

ޢަބްދުﷲ ފާރޫޤު ޙަސަން

މާއްދިއްޔަތަށް އަޅުވެތިވެފައިވާ ދުނިޔެ، އަންހެނުންނާ ބެހޭގޮތުން ކޮންމެވެސް އެއްއަތަކަށްގޮސް ޙައްދުފަހަނަޅާގޮތްވަނީ ކީއްވެގެންތޯއެވެ. އެހެންޏާ ދީލިކަޑަވަނީ، އެހެންޏާ ނެގިމަޑުވަނީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ސީދާ ޖަވާބަކީ، އަންހެނުންގެ ޙަޤީޤީ ޙައިޘިއްޔަތާއި އެބައިމީހުންގެ މަޤާމާއި ދަރަޖަ ދެނެގަތުމުގައި، ދުނިޔެ އަބަދުވެސް އަންނަނީ ގޯސްތަކެއް ހަދަމުންނޭ ދެންނެވުމެވެ. އަންހެނުން އުފައްދަވައިފައިވާ މަޤްޞަދާއި، ޖިސްމާނީގޮތުން އަންހެނުންގެ ހަށިތައް ފަރުމާވެފައިވާގޮތާއި، އަންހެނުންގެ ނަފްސިއްޔާތާއި، އަޚްލާޤީ ވުޖޫދު ދެނެގަތުމުގައި ނާކާމިޔާބުވެފައޭ ދެންނެވުމެވެ.
Print

ކްރިސްޓިއަން ކަނޑި (4)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙްމަދު މާދިޖު

އިސްތިސްނާ ޙާލަތެއް


އެ ސަބަބަކީ އެއިރު ޤުދުސް އެބައެއްގެ ބާރުގެ ދަށުގައި އޮތް ފާޠިމީ ދައުލަތުގެ ތަޚުތުގައި ނަފްސާނީ ގޮތުން ހަލާކުވެފައި ހުރި، އަނިޔާވެރި ޡާލިމަކު އިށީނުމެވެ. އޭނާއަކީ ކްރިސްޓިއަނުންގެ އިތުރުން މުސްލިމުންނަށް ވެސް އެމީހެއްގެ އަނިޔާވެރިކަމާއި ނުބައިކަމުގެ ހިތި ތަށީން ބޯން ޖެހުނު ވެރިއެކެވެ. އެއީ ފާޠިމީ ޚަލީފާ އަލް ޙާކިމް ބިން ޢަބްދުލް ޢަޒީޒެވެ.
Print

އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

19 ސެޕްޓެމްބަރު (ހޯމަ) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

ހުޅަނގުގެ ދުނިޔޭގައި އެއިޑްސްއާއި ޖިންސީ އެހެނިހެން ބަލިބައްޔާއި، ނަފްސާނީ މައްސަލަތަކުގައި ހައްޔަރުވެފައިވާ މީހުންގެ ސުމާރެއްވެސް ނެތެވެ. ޝަހުވާނީ ލައްޒަތު ހޯދުމުގައި ޙަޔަވާނީ ދަރަޖަޔަށް ވެއްޓުމުގެ ސަބަބުންނެވެ.

ފަރަންސޭސިވިލާތުގެ ސްކޮލަރަކު އެތާނގެ އިޖްތިމާޢީ ޙާލަތާމެދު ޚިޔާލު ފާޅުކުރައްވަމުން ވިދާޅުވެފައިވެއެވެ. [އަހަރެމެން ދެކެމުން މިދަނީ ބަރތް ކޮންޓްރޯލާއި އެއްވެސް ލަގަނެއްނެތި ޖިންސީ ލައްޒަތަށް އަޅުވެތިވުމުގެ ބިރުވެރި ނަތީޖާއެވެ.
Print

އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ޝައްކެއްނެތެވެ. އިންސާނީ ގާފިލާގެ ޙަޔާތުގެ ދަތުރު ފެށިފައިވަނީ، އާދަމުގެފާނާއި ޙައްވާގެފާނާ ދެކަނބަލުން، ގުޅިވަޑައިގަތުމުންނެވެ. އަރަހުށި މާތް اللّه ފިރިހެނުންނާ އެއް އަސްލަކުން އެބައިމީހުންގެ ބައިވެރިން އުފެއްދެވީ އެކަނބަލުންގެ ކިބައިން ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އިންސާނީ ނަސްލުގެ ދެމިއޮތުން ބިނާކުރައްވައިފައިވަނީ އެ ގުޅުމުގެ މައްޗަށެވެ. އެ ގުޅުމަކީ އަރާމާއި ހިތްހަމަޖެހުން ލިބިގަތުމުގެ ވަސީލަތެއް ކަމުގައިވާ ފަދައިން،
Print

ކްރިސްޓިއަން ކަނޑި (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

 އަޙުމަދު މާޖިދު

ދެވަނަ ބާބު – ކްރިސްޓިއަނުންނާ މެދު މުސްލިމުން ޢަމަލު ކުރި ގޮތް

ފުރަތަމަ ބާބުގައި ދަންނަވާލެވިފައި ވާނޭ ފަދައިން، މުސްލިމުންނާ ކްރިސްޓިއަނުންގެ ޒަމާންވީ ކުރިމަތިލުމުގެ ތާރީޚަށް ބަލާ އިރު، ސާބިތުވެގެންދަނީ އެންމެ ފުރަތަމަ ޢުދުވާނުގެ ކަނޑި އުރައިން ދަމައިގަނެ ލޭއޮހޮރުވާލީ މުސްލިމުން ނޫން ކަމެވެ. އަދި ކީއްތޯއެވެ!
Print

ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

أنس بن مالك رضى اللّه عنه ގެ އަރިހުން ޞަޙީޙައިނީގައި ރިވާވެފައިވެއެވެ. أنس ގެފާނު ވިދާޅުވިއެވެ. އަހަރެން رسول اللّه صلّى اللّه عليه وسلّم ގެ ޚިދުމަތުގައި ދިހައަހަރު އުޅުނީމެވެ. އިތުރު ސާހިބާ ދުވަހަކުވެސް އަހަންނާ ދިމާޔަށް ޗުއްޕުވެސް ވިދާޅެއް ނުވެއެވެ. އަހަރެން ކުރިކަމަކާމެދު އެކަމެއްކުރީ ކީއްވެތޯވެސް އައްސަވައެއް ނުލައްވައެވެ. ހަމައެފަދައިން އަހަރެން ނުކޮށްހުރި ކަމަކާ ބެހޭގޮތުން އެކަމެއް ނުކުރީ ކީއްވެތޯވެސް އައްސަވައެއް ނުލައްވައެވެ.
Print

ކްރިސްޓިއަން ކަނޑި (2)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

2 ސެޕްޓެމްބަރު (ހުކުރު) އާ ގުޅޭ..

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


އަލްއުސްތާޛު އަޙުމަދު މާޖިދު


ފުރަތަމަ ބާބު – އިސްލާމް ދީނާ ދެކޮޅަށް ކުރާ ދޮގު ދައުވާތަކާ މެދު ދެތިން ބަހެއް
 
މުސްލިމުން ސްޕޭނަށް ހަމަލަ ދިން ސަބަބަކީ ވެސް މިފަދަ ހާދިސާއަކާ ގުޅިފައިވާ ސަބަބެކެވެ. އުމަވީ ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދުވަސްވަރު މުސްލިމުން ސްޕޭނަށް ހަމަލަ ދީ، އެ ގައުމު ފަތަހަ ކުރީ ސްޕޭނުގެ ނަވާބީ ހާންދާނެއްގެ އިސް ބޭފުޅެއް ކަމަށް ވާ ކައުންޓް ޖޫލިއަން މުސްލިމުންގެ ކިބައިން އެހީއަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އޭނާ މުސްލިމުންގެ ކިބައިން އެހީއަށް އެދިވަޑައިގެންނެވީ،
Print

ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

31 އޯގަސްޓު (ބުދަ) އާ ގުޅޭ..

ހެޔޮލަފާ ވެއްޓެއް

  
ކުޑަކުދިންނަށް ރަނގަޅު ތަރުބިޔަތެއް ދިނުމަށްޓަކައި ރަނގަޅު އެކުވެރީން ބޭނުންވެއެވެ. ހެޔޮލަފާ މާޙައުލެއްގެ މުހިންމުކަން ބޮޑެވެ. الإمام غزالى رحمه اللّه ވިދާޅުވެފައިވެއެވެ. ކުޑަކުދީން ނުބައިކަންތައްތަކާއި ހުތުރު އެއްޗެހި ގޮވުމާއި، އާޑަފުރައްސާރަޔާ ދުރުގައި ގެންގުޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. (އިޙްޔާއު ޢުލުމުއްދީން)
Print

ކްރިސްޓިއަން ކަނޑި (1)

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙްމަދު މާޖިދު

ފުރަތަމަ ބާބު – އިސްލާމް ދީނާ ދެކޮޅަށް ކުރާ

ދޮގު ދައުވާތަކާ މެދު ދެތިން ބަހެއް

އިސްލާމް ދީނާ ދެކޮޅަށް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް ދައްކާ އެއް ވާހަކައަކީ، މުސްލިމުން އިސްލާމް ދީން ފެތުރީ ކަނޑީގެ ބާރުގައި ކަމަށް ބުނެ ދައްކާ ވާހަކައެވެ. އިސްލާމީ ލަޝްކަރުތައް ކަނޑި ހިފައިގެން ޢަރަބި ކަރައިން ނިކުމެ،

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ